ޖިންނި އަވަލުމުން ފެންނާނެ ޢަލާމާތްތަކާއި، ރުޤްޔާ ކޮށްގެން އެކަން ދެނެގަންނާނެ ގޮތް ވާނީ މީގެ ކުރިން ބަޔާންކޮށްފައެވެ. މިލިންކް ތަކުން ތަފްސީލުތައް ބެއްލެވުން އެދެމެވެ.

ޖިންނި އަވަލާފައިވާނަމަ (މައްސުގެ ސަބަބުން) ފެނިދާނެ ޢަލާމަތްތައް

Close Ad XGet My Ruqya Android App On Google Play

ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް އަޑުއެހިދާނެ ރުޤްޔާ

ޖިންނި އަވަލުމުގައި ތަފާތު ޙާލަތްތަކާއި ގޮތްތައް ވެއެވެ. އޭގެތެރޭގައި ޖިންނިއެއް އިންސާނާ މޮޔަކޮށްލުމާއި، ހަށިގަނޑަށްވަދެ ހަށިގަނޑުގެ ކޮންޓްރޯލު ޖިންނި ނަގައި ހޭނައްތައި އެހެންވެސް ދުއްތުރާތައް ކުރުން ހިމެނެއެވެ. އަދި ހަމަ އެފަދައިން ލޯބިވެގެން އަންނަ ޖިންނީންގެ ފަރާތުން ތަފާތު ޖިންސީ ގޯނާތައްވެސް ކުރިމަތި ވެއެވެ. މިފަދަ އެކި ޙާލަތްތަކުގައި އެކި މިންވަރު ތަކުގައި އެކި ފަރުވާތައް ޖިންނި އަވަލުމުން ކުރެވޭނެއެވެ. މިތަނުގައި މިހިމަނާލަނީ އަމިއްލައަށް ފަރުވާ ކުރެވޭ ޙާލަތުގައި ހުންނަ އިރު މައްސުގެ ކޮންމެ ވައްތަރަކަށްވެސް އަމިއްލައަށް ކުރެވޭނެ ފަރުވާތަކެކެވެ. ޖިންނި އަވަލައިގެން މޮޔަވެފައިވާ މީހާވެސް، އޭނާ އަބަދު މޮޔަވެފައި ނުހުރެ، ހަމަ ހޭގައި ހުންނަ ވަގުތުތަކުގައި މިފަރުވާތައް ކުރެވޭނެއެވެ. ނަމަވެސް އަބަދު މޮޔަވެ ޖިންނި ހަށިގަނޑަށް ވަދެ ނުނިކުމެ އަބަދު ހުންނަ ނަމަ ރުޤްޔާ އޯޑިއޯ އެހެންމީހަކު އެމީހާއަށް އަޑުއިއްވާނީއެވެ. ނުވަތަ ރުޤްޔާ ކުރާ މީހެއްގެ އެހީތެރިކަން ހޯދާނީއެވެ.

މިގޮތުން ކުރިއަށް ގެންދެވިދާނެ ފަރުވާތައް ވަކި ޕްރޮގްރާމު ތަކެއްގެ ގޮތުގައި ހިމަނާލާނަމެވެ. މިއިން ކޮންމެވެސް އެއް ޕްރޮގްރާމެއްގައި ހިމެނޭ ކަންތައްތައް ކުރިއަށް ގެންދާނީއެވެ. މިގޮތުން އެއް ޕްރޮގްރާމް ވަކި މުއްދަތަކަށް ކުރިއަށް ގެންދިއުމަށްފަހު އަނެއް ޕްރޮގްރާމަށް ބަދަލުކޮށްލެވިދާނެއެވެ. މިގޮތުން މަދުވެގެން 21 ދުވަހު ނުވަތަ 1 މަސް ދުވަހު 1 ޕްރޮގްރާމ ކުރިއަށް ގެންދިއުމަށްފަހު ރަނގަޅު ނުވާނަމަ އަނެއް ޕްރޮގްރާމަށް ބަދަލުކޮށްލެވިދާނެއެވެ. ނުވަތަ ހަމަ އެޕްރޮގްރާމެއް އިތުރަށް ތަކުރާރުވެސް ކޮށްލެވިދާނެއެވެ. އަދި އެއްފަހަރާ 2 ޕްރޮގްރާމެއް ނުވަތަ އެއަށްވުރެ ގިނައިން ކުރިއަށް ގެންދިއުމަކީވެސް މައްސަލައެއް ނޫނެވެ. އަދި މީގެން ކޮންމެ ޕްރޮގްރާމަކާއި އެކުވެސް، އިތުރު ފަރުވާތަކާއި އިރުޝާދުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި އެދެވިގެންވަނީ އެކަންކަމުން ކުޅަދާނަވީ އެންމެ ގިނަ މިންވަރެއް ކުރުމެވެ.

ރުޤްޔާ ޕްރޮގްރާމް 1:

ކަންކުރަންވީ ގޮތުގެ އިރުޝާދު:

  1. މިރުޤްޔާ ޖިންނީގެ އުނދަގުލުން މާތްﷲގެ ޙަޒުރަތުން މިންޖުވެ ޝިފާ ލިބުމަށް އެދި ބަލިމީހާ އަމިއްލައަށް ކިޔަވާށެވެ.
  2. އަދި މީގެ އިތުރުން ގައި ތެންމާލެވޭހާ ފެނަށް މި ރުޤްޔާ ކިޔަވާށެވެ. 5 ލީޓަރު ހުންނަވަރުގެ ފެން ފުޅިއަކަށް ކިޔެވުމުން ފުދޭނެއެވެ.
    ކިޔެވުމަށްޓަކައި އަނގައިގެ ވައި ފެން އެއްޗަށް ދާގޮތަށް ކައިރިކޮށްގެން ކިޔަވާށެވެ. އަދި ކިޔަވާ ކޮންމެ ބައެއް ނިމުމުން ފުމެލާށެވެ. އެއްކޮށް ނިމުމުން ފުމެލިކަމުގައި ވިޔަސް، އަދި ކޮންމެ ބައެއް ނިމުމުން ފުމެލިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ދެން ކޮންމެ ދުވަހަކުވެސް ފެންވެރުމަށްފަހު މިފެނުން (5 ލީޓަރުގެ ފެން ފުޅިއެއް ނަމަ) ދެބައިކުޅަ އެއްބައި ފެން ބޮލަށް އަޅާލާށެވެ. އަދި ހުސްވުމުން އަލުން ކިޔަވައިގެން ހަމަ މިގޮތަށް ތަކުރާރުކުރާށެވެ.
  3. ޒައިތޫނި ތެލަށް ނުވަތަ ކަޅުދިރި ތެލަށް މި ރުޤްޔާ ކިޔަވާށެވެ. ދެތެޔޮ އެއްވަރަކަށް އެއްކޮށްލުން ބޮޑަށް ރަނގަޅެވެ. ތެޔޮ ފުޅި އަކަށް ކިޔަވާފައި ބަހައްޓައިގެން ބޭނުން ކުރާނީއެވެ. ހުސްވުމުން އަލުން ކިޔަވާނީއެވެ. އަދި މިތެޔޮ ކޮންމެ ދުވަތަކު މަދުވެގެން 2 އިރު (ރޭގަނޑު އާއި ހެނދުނު) މުޅި ހަށިގަނޑުގައި އުނގުޅާށެވެ. 3 އިރު 5 އިރު ނުވަތަ 7 އިރު އުނގުޅުމުން (ގިނަ ވަގުތުތަކުގައި) ފައިދާ ބޮޑުވާނެއެވެ. ތެޔޮ އުނގުޅާއިރު، އިނގިލިތަކުގެ ދެމެދާއި އިނގިލި ތަކުގެ ކުރިޔާއި ބޮލުގެ އިސްތަށިތަކުގެ ބުޑާއި އިސްތަށިގަނޑުގައިވެސް ތެޔޮ އުނގުޅާށެވެ. މިގޮތަށް މިފަރުވާ ކުރިއަށް ގެންދާނީއެވެ.
  4. މިރުޤްޔާ ބޯފެނަށް ކިޔަވާށެވެ. 5 ލީޓަރު ހުންނަހާ ފެން ފުޅިއަކަށް ކިޔަވައިގެން ބޭނުންކޮށް ހުސްވުމުން އަލުން ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ބޯ ކޮންމެ އިރަކު ފެން ތައްޓަކަށް ކިޔަވައިގެން ބުއިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. މިގޮތަށް އެންމެ މަދުވެގެން 2 އިރު (ރޭގަނޑު އާއި ހެނދުނު) ކޮންމެ އިރަކު ތައްޓެއްގެ ފެން ބޯލާށެވެ. އިތުރު އިރެއްގައި ބުއިކަމުގައި ވީނަމަވެސް މައްސަލައެއް ނެތެވެ. މިގޮތަށް މިފަރުވާ ކުރިއަށް ގެންދާނީއެވެ.
  5. ރުޤްޔާ އަޑުއެހުން: ޖިންނި އަވަލުމަށް ކުރާ އެހެން ފަރުވާތައް ކުރިއަށް ގެންދާއިރު، އޭގެ އިތުރުން ކޮންމެ ދުވަހަކު އަމިއްލައަށް ފަރުވާ ކުރުމަށްޓަކައި އަޑު އަހާ ރުޤްޔާތައް އަޑުއަހާށެވެ. އެއްފަހަރަށްވުރެ ގިނަފަހަރު (ދުވާލު ދެއިރު ނުވަތަ ތިން އިރު) އަޑު އެހުމުން އިތުރަށް ފައިދާ ބޮޑުވާނެއެވެ. މިގޮތަށް ރުޤްޔާ އަޑުއަހާނީ ޝިފާލިބުމަށް އެދިގެންނެވެ.
  6. މައްސަށް (ޖިންނި އަވަލުމަށް) ފަރުވާ ކުރުމުން، މައްސުގެ ސަބަބުން ދިމާވި ޢަލާމާތްތައް ފިލަންދެން، އަދި މައްސަށް ކިޔަވާ ރުޤްޔާތައް ކިޔަވައި އަޑުއަހާއިރު ހަށިގަނޑަށްވާ އުންދަގޫތައް ފިލަންދެން މައްސަށް ފަރުވާ ކުރުން ކުރިއަށް ގެންދާނީއެވެ.

(ރުޤްޔާ ތިރީގައި ހިމަނާފައިވާނެއެވެ.)

ރުޤްޔާ ޕްރޮގްރާމް 2:

ކަންކުރަންވީ ގޮތުގެ އިރުޝާދު:

  1. ރުޤްޔާ ޖިންނީގެ އުނދަގުލުން މާތްﷲގެ ޙަޒުރަތުން މިންޖުވެ ޝިފާ ލިބުމަށް އެދި ބަލިމީހާ އަމިއްލައަށް ކިޔަވާށެވެ. ޚާއްސަކޮށް ހިތާވެގެން/ލޯބިވެގެން އަޅައިގަނެގެން އުޅޭ ޖިންނީގެ އުނދަގުލުން ސަލާމަތް ވުމަށް މި ރުޤްޔާ ބޭނުން ކުރާށެވެ. އަދި މައްސުގެ އެހެން ޙާލަތްތަކުގައިވެސް މިރުޤްޔާ ބޭނުންކުރެވޭނެއެވެ.
  2. އަދި މީގެ އިތުރުން ގައި ތެންމާލެވޭހާ ފެނަށް މި ރުޤްޔާ ކިޔަވާށެވެ. 5 ލީޓަރު ހުންނަވަރުގެ ފެން ފުޅިއަކަށް ކިޔެވުމުން ފުދޭނެއެވެ. ކިޔެވުމަށްޓަކައި އަނގައިގެ ވައި ފެން އެއްޗަށް ދާގޮތަށް ކައިރިކޮށްގެން ކިޔަވާށެވެ. އަދި ކިޔަވާ ކޮންމެ ބައެއް ނިމުމުން ފުމެލާށެވެ. އެއްކޮށް ނިމުމުން ފުމެލިކަމުގައި ވިޔަސް، އަދި ކޮންމެ ބައެއް ނިމުމުން ފުމެލިކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. ދެން ކޮންމެ ދުވަހަކުވެސް ފެންވެރުމަށްފަހު މިފެނުން (5 ލީޓަރުގެ ފެން ފުޅިއެއް ނަމަ) ދެބައިކުޅަ އެއްބައި ފެން ބޮލަށް އަޅާލާށެވެ. އަދި ހުސްވުމުން އަލުން ކިޔަވައިގެން ހަމަ މިގޮތަށް ތަކުރާރުކުރާށެވެ.
  3. ޒައިތޫނި ތެލަށް ނުވަތަ ކަޅުދިރި ތެލަށް މި ރުޤްޔާ ކިޔަވާށެވެ. ދެތެޔޮ އެއްވަރަކަށް އެއްކޮށްލުން ބޮޑަށް ރަނގަޅެވެ. ތެޔޮ ފުޅި އަކަށް ކިޔަވާފައި ބަހައްޓައިގެން ބޭނުން ކުރާނީއެވެ. ހުސްވުމުން އަލުން ކިޔަވާނީއެވެ. އަދި މިތެޔޮ ކޮންމެ ދުވަތަކު މަދުވެގެން 2 އިރު (ރޭގަނޑު އާއި ހެނދުނު) މުޅި ހަށިގަނޑުގައި އުނގުޅާށެވެ. 3 އިރު 5 އިރު ނުވަތަ 7 އިރު އުނގުޅުމުން (ގިނަ ވަގުތުތަކުގައި) ފައިދާ ބޮޑުވާނެއެވެ. ތެޔޮ އުނގުޅާއިރު، އިނގިލިތަކުގެ ދެމެދާއި އިނގިލި ތަކުގެ ކުރިޔާއި ބޮލުގެ އިސްތަށިތަކުގެ ބުޑާއި އިސްތަށިގަނޑުގައިވެސް ތެޔޮ އުނގުޅާށެވެ. މިގޮތަށް މިފަރުވާ ކުރިއަށް ގެންދާނީއެވެ.
  4. މިރުޤްޔާ ބޯފެނަށް ކިޔަވާށެވެ. 5 ލީޓަރު ހުންނަހާ ފެން ފުޅިއަކަށް ކިޔަވައިގެން ބޭނުންކޮށް ހުސްވުމުން އަލުން ކިޔެވިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ނުވަތަ ބޯ ކޮންމެ އިރަކު ފެން ތައްޓަކަށް ކިޔަވައިގެން ބުއިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. މިގޮތަށް އެންމެ މަދުވެގެން 2 އިރު (ރޭގަނޑު އާއި ހެނދުނު) ކޮންމެ އިރަކު ތައްޓެއްގެ ފެން ބޯލާށެވެ. އިތުރު އިރެއްގައި ބުއިކަމުގައި ވީނަމަވެސް މައްސަލައެއް ނެތެވެ. މިގޮތަށް މިފަރުވާ ކުރިއަށް ގެންދާނީއެވެ.
  5. ރުޤްޔާ އަޑުއެހުން: ޖިންނި އަވަލުމަށް ކުރާ އެހެން ފަރުވާތައް ކުރިއަށް ގެންދާއިރު، އޭގެ އިތުރުން ކޮންމެ ދުވަހަކު އަމިއްލައަށް ފަރުވާ ކުރުމަށްޓަކައި އަޑު އަހާ ރުޤްޔާތައް އަޑުއަހާށެވެ. އެއްފަހަރަށްވުރެ ގިނަފަހަރު (ދުވާލު ދެއިރު ނުވަތަ ތިން އިރު) އަޑު އެހުމުން އިތުރަށް ފައިދާ ބޮޑުވާނެއެވެ. މިގޮތަށް ރުޤްޔާ އަޑުއަހާނީ ޝިފާލިބުމަށް އެދިގެންނެވެ.
  6. މައްސަށް (ޖިންނި އަވަލުމަށް) ފަރުވާ ކުރުމުން، މައްސުގެ ސަބަބުން ދިމާވި ޢަލާމާތްތައް ފިލަންދެން، އަދި މައްސަށް ކިޔަވާ ރުޤްޔާތައް ކިޔަވައި އަޑުއަހާއިރު ހަށިގަނޑަށްވާ އުންދަގޫތައް ފިލަންދެން މައްސަށް ފަރުވާ ކުރުން ކުރިއަށް ގެންދާނީއެވެ.

(ރުޤްޔާ ތިރީގައި ހިމަނާފައިވާނެއެވެ.)

ރުޤްޔާ ޕްރޮގްރާމް 3:

ކަންކުރަންވީ ގޮތުގެ އިރުޝާދު:

  1. ޝިފާ ލިބުމުގެ ނިޔަތުގައި ބަޤަރާ ސޫރަތް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ. އަދި މިގޮތަށް ކިޔަވާއިރު ފެނަށާއި ޒައިތޫނި ތެލަށް ނުވަތަ ކަޅުދިރި ތެލަށް ކިޔަވާށެވެ. އަދި އެފެނުން ބުއިމަށްފަހު މުޅި ހަށިގަނޑުގައި ފެން ހާކާށެވެ. އަދި އެއަށްފަހު ހިކުމުން، ތެޔޮ އުނގޫޅާށެވެ. ކޮންމެ ދުވަހަކު 3 ކޯވަރު ބުއިމަށްފަހު މުޅި ހަށިގަނޑުގައި އުނގުޅާލެވޭހާ ފެން ރަނގަޅުވާނެއެވެ. އަދި ތެޔޮ ފުޅިއަކަށް ކިޔަވާފައި ބަހައްޓައިގެން ކޮންމެ ދުވަހަކު ހަމަ އެތެޔޮފުޅިއަށް ކިޔަވައި، އެތެޔޮ ގައިގާ އުނގުޅާނީއެވެ. ކިޔަވާއިރު ދޭތެރެއަކުން ފެނަށާއި ތެލަށް ފުމެލަމުން ސޫރަތް އެއްކޮށް ނިމެންދެން މިގޮތަށް ކިޔަވާ ފުމޭނީއެވެ.
  2. ކޮންމެ ދުވަހަކުވެސް يوسف (ޔޫސުފް) النور (އައްނޫރު) يس (ޔާސީން) الصافات (ޞާއްފާތު) މިސޫރަތްތައް ޝިފާލިބުމަށް ނިޔަތްގަނެގެން ކިޔަވާށެވެ.
  3. މައްސަށް ފަރުވާކުރުމަށް ކިޔަވާ ރުޤްޔާތައް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ. އަދި ކިޔަވަމުންދާއިރު ބޮޑަށް އަސަރުކުރާ އާޔަތްތައް ތަކުރާރު ކުރާށެވެ.
  4. އުނދަގޫ ބޮޑުނަމަ ކޮންމެ ދުވަހަކުވެސް ކިޔަވާފައި ހުރި ޒައިތޫނި ތެޔޮ ދުވާލަކު 3 ނުވަތަ 5 އިރު އުނގުޅާށެވެ.
  5. ހެނދުނާއި ހަވީރުގެ ދުޢާތަކާއި ޛިކުރުތަކާއި އަދި އެހެންވެސް ދުޢާތަކާއި ޛިކުރުތައް ކިޔުމަށް ރައްކާތެރިވާށެވެ.
  6. ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު، ކޮންމެ އިރަކު 100 ފަހަރު لَا إِلٰهَ إِلَّا اللَّه وحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ، ولَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިފަދައިން ކިޔުމަށް ފަރުވާތެރިވާށެވެ.
  7. ކޮންމެ ދުވަހަކުވެސް 100 ފަހަރު ނުވަތަ އެއަށްވުރެވެސް ގިނައިން އިސްތިޣުފާރު ކުރާށެވެ. އެބަހީ أَسْتَغْفِرُ الله މިފަދައިން، ތައުބާވެ ފާފަހެވުން އެދިގެން ކިޔާށެވެ.
  8. ކޮންމެ ދުވަހަކުވެސް 100 ފަހަރު ނުވަތަ އެއްށްވުރެ ގިނައިން لَاحَوْلَ وَلَاقُوَّةَ إِلَّا بِالله މިފަދައިން ކިޔާށެވެ.
  9. ޖިންނީގް އުނދަގުލުން ސަލާމަތް ކުރެއްވުން އެދި ގިނައިން ދުޢާކުރާށެވެ.
  10. އެއްޗެއް ކައިބޮއެހަދާނަމަ އެއެއްޗަކަށް އެންމެ ކުޑަމިނުން ފަލަޤް ސޫރަތާއި ނާސި ސޫރަތް ކިޔަވާ ފުމެގެން ބޭނުން ކުރަން މަސައްކަތް ކުރާށެވެ.
  11. ކޮންމެ ދުވަހަކުވެސް 4 ސައިސަމްސާ ހުންނަހާ މާމުއި، ތާފަނާ ފެނަށް އަޅައި ގިރާލުމަށްފަހު، އެޔަށް މައްސަށް ކިޔަވާ ރުޤްޔާ ނުވަތަ ޖިންނި ސޫރަތް ކިޔަވާލުމަށްފަހު ބޯލާށެވެ. މިގޮތަށް ކޮންމެ ދުވަހަކު 3 ނުވަތަ 5 އިރު ބޯށެވެ. ހަކުރުބަލި ހުންނަނަމަ ހަކުރުބަލީގެ މިންވަރު އިތުރުނުވާނެ މިންވަރަށް މާމުއިގެ މި ބުއިން ބޭނުންކުރާށެވެ.

 

އިތުރު ފަރުވާތަކާއި އިރުޝާދުތައް:

ބަޔާންކުރެވުނު ރުޤްޔާ ޕްރޮގްރާމްތަކުގެ އިތުރުން މައްސަށް ފަރުވާކުރުމުގެ ގޮތުން ކުރެވިދާނެ އިތުރުފަރުވާތައް ވެއެވެ. އަދި ކޮންމެހެން ސަމާލުކަންދީ ފަރުވާތެރިވުން މުހިއްމު ކަންކަން ވެއެވެ. މިގޮތުން މުހިއްމު ކަންކަން ބަޔާންކޮށްލާނަމެވެ.

  1. ޒަމްޒަމް ފެން ބުއިން: އިބްނު ޚުޒައިމާއާއި ސުވާލު ކުރެވުނެވެ. ކަލޭގެފާނު ޢިލްމު ޙާޞިލްކުރެއްވީ ކޮންތާކުންތޯއެވެ. ފަހެ އެހިންދު ދެންނެވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ޒަމްޒަމް ފެން ވަނީ އެފެން ބުއި ކަމަކަށެވެ.” އަދި ތިމަންނާ އެފެން ބުއި އިރު ﷲގެ ޙަޒުރަތުން އެދުނީ ފައިދާ ދެނިވި ޢިލްމު ދެއްވުމަށެވެ.” ޒަމް ޒަމް ފެނާއި މެދު ކީރިތި މާތް ނަބިއްޔާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. إِنَّهَا طَعَامُ طُعْمٍ وِشِفَاءُ سُقْمٍ” މާނައީ: “އެއީ ތިބާ ކާ ކެއުމެވެ. އަދި ޝިފާލިބެނިވި ބުއިމެވެ.” (ރަވާޙް އަބޫ ދާވޫދު)
    އެހެންކަމުން ޒަމްޒަމް ފެން ބޯއިރު ޝިފާ ދެއްވުން އެދި ދުޢާކޮށް އެކަމަށް އެދިގެން އެފެން ބުއިމުން ބަލިތަކަށް މާތް ﷲގެ ރަޙްމަތުން ޝިފާލިބިގެންދާނެއެވެ.
  2. މާމުއި ބޭނުންކުރުން: ފަރުވާގެ ގޮތުގައި މާމުއި ބުއިމަށް އަދި ބަލީގެ އަސަރު ހުންނަ ތަންތަނުގައި އުނގުޅައިގެން ފަރުވާކުރުމަށްވެސް (މިސާލަކަށް ގައިގެ ހަމުގައިވާ ބަލިކަމަކަށް ނުވަތަ އެސްފީނާގެ އަސަރަށް ފަރުވާކުރުމަށް އުނގުޅުން) ބޭނުންކުރެވޭނެއެވެ. މިގޮތުން މާމުޔަށް ރުޤްޔާ ކިޔަވައިގެން ބޭނުން ކުރުމުން އޭގައި ރުޤްޔާގެ ފައިދާވެސް އިތުރުވެގެންދާނެއެވެ. މާމުޔަކީ ޝިފާ އެކުލެވިގެންވާ އެއްޗެއްކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ.
    قال الله تعالى: “يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ إِنَّ فِي ذَلِكَ لآيَةً لِّقَوْمٍ يَتَفَكَّرُون” [سورة النحل:69]
    . މާނައީ: ” އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއިގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން، ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ.”
  3. ކަޅުދިރި އާއި ކަޅުދިރި ތެޔޮ ބޭނުން ކުރުން: ފަރުވާގެ ގޮތުގައި ކަޅުދިރި ތެޔޮ، ބުއިމަށާއި، ގައިގަ އުނގުޅުމަށާއި މިނޫންވެސް ބައްޔާއި ގުޅުންހުރި އިތުރު ގޮތްތަކަށް ބޭނުން ކުރެވިދާނެއެވެ. އަދި ކަޅުދިރި ކެއުމާއި، މާމުޔަށް އެއްކޮށްގެން ބޭނުން ކުރުމާއި، ފެނަށްއަޅައިގެން ފެނުގައި ކައްކައި އޭގެ އާވި ނޯށަށް އަރުވައިގެންނާއި، ކަޅުދިރިން ދުން އަރުވައިގެން ނޯށަށް ދުން އަރުވައިގެންވެސް ފަރުވާ ކުރެވިދާނެއެވެ. އަދި މިއިން ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް އެޔަށް ރުޤްޔާ ކިޔަވައިގެން ބޭނުންކުރުމުން ފައިދާ ބޮޑުވާނެއެވެ. ކަޅުދިރިއާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (الحبة السوداء شفاء من كل داء) [رواه مسلم: 5729] މާނައީ”ކަޅުދިރި އަކީ ހުރިހާ ބައްޔަކަށްވާ ފަރުވާއެކެވެ.”
  4. ޛިކުރުތަކަށް ރައްކާތެރިވުން: އެސްފީނާ ނުވަތަ އެހެން ކަމެއް ނުޖެހުނު ނަމަވެސް ދުޢާތަކާއި ޛިކުރުތަކަށް ރައްކާތެރިވާން ޖެހެއެވެ. ޚާއްޞަކޮށް މިފަދަ ބައްޔެއް ޖެހުމުން ވަކިން ޚާއްޞަ ސަމާލުކަމެއް ދީ ހުރިހާ ކަމެއްގައިމެ ޛިކުރުތަކާއި ދުޢާތަކަށް ރައްކާތެރިވާށެވެ. މިގޮތުން، ހެނދުނާއި ހަވީރުގެ ދުޢާތަކާއި ޛިކުރުތަކާއި، ގެއަށް ވަދެ ނުކުމެވުމުގެ ޛިކުރުތަކާއި، ފާޚާނާއަށް ވަދެ ނުކުމެވުމުގެ ޛިކުރުތަކާއި، ހެދުން ބަދަލު ކުރާހިނދު، ކެއިން ބުއިމުގައި، ޖިމާޢުވާހިނދު އަދި މިނޫންވެސް އެކި ކަންކަމުގައި ކިޔުމަށް އައިސްފައިވާ ދުޢާތަކާއި ޛިކުރުތައް ކިޔުމަށް ސަމާލުވާށެވެ.
  5. އެހެން ބަލިމީހުންނަށްޓަކައި އެމީހުނަށް ހެޔޮއެދި އިޚްލާޞްތެރި ކަމާއިއެކު ދުޢާކުރުން: މުސްލިމުންގެ ތެރޭގައިވާ ބަލިމީހުންނަށް ޝިފާދެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ. އަދި ތިމާއަށް އެނގޭ ބަލިމީހެއްގެ ބައްޔަށް ޝިފާދެއްވުން އެދި ދުޢާކުރާށެވެ. ހިތުގެ އިޚްލާޞްތެރިކަމާއި އެކު ދުޢާކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
    “‏ دَعْوَةُ الْمَرْءِ الْمُسْلِمِ لِاَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لَاخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ آمِينَ وَلَكَ بِمِثْلٍ ‏ “ (صحيح مسلم)މާނައީ: “މުސްލިމަކު އޭނާގެ އަޚާއަށްޓަކައި ހެޔޮ އެދިގެން އިޚްލާޞްތެރިކަމާއި އެކު ކޮށްދޭ ދުޢާއަކީ މުސްތަޖާބު (އިޖާބަވެވިގެންވާ) ދުޢާއެކެވެ. އޭނާގެ އަޚާއަށްޓަކައި ހެޔޮދުޢާ ކޮށްދޭ ކޮންމެ ފަހަރަކު ކަނޑައެޅިގެންވާ މަލާއިކަތަކު ވިދާޅުވާނެއެވެ. “އާމީން (ދުޢާ އިޖާބަ ކުރައްވާށިއެވެ).” އަދި ވިދާޅުވާނެއެވެ. އަދި ތިބާއަށްވެސް އެފަދައިން މިންވަރު ކުރައްވާށިއެވެ.”
    އައްޠީބިއްޔު ވިދާޅުވިއެވެ: “ބައެއް ސަލަފުއްޞާލިޙުން، އެބޭކަލުންގެ ނަފްސުގެ މައްޗަށް ކަމަކަށް އެދި ދުޢާކުރަން ގަޞްދުކުރައްވައިފިނަމަ އެދުޢާއެއް އެބޭކަލުންގެ މުސްލިމު އަޚާއަށްޓަކައި ކުރައްވައެވެ. އެއީ ހަމަ އެފަދައިން އެބޭކަލަކަށްޓަކައި މަލާއިކަތާގެ ދުޢާ ލިބުމަށްޓަކައެވެ. ދެން އެދުޢާއެއް އިޖާބަވާކަމުގައި ވެއެވެ.”
  6. ޞަދަޤާތް ދިނުން: ތިމާގެ ބަލިން މިންޖު ކުރައްވައި މައްސާއި ޖިންނީންގެ އުނދަގޫ ފިއްލެވުން އެދިގެން ޞަދަޤާތް ދިނުން ގިނަކުރާށެވެ. އަދި ތިމާ ކޮށްފައިވާ ހެޔޮޢަމަލުތައް މެދުވެރިކޮށް ދުޢާކުރުން ގިނަކުރާށެވެ.
  7. ދުން އެޅުން / ދުން އެރުވުން / އާވިއެރުވުން: ލީޓަރެއް ހުންނަހާ ކިޔަވާފައި ހުރި ހޫނު ފެނުގެ ތެރެއަށް ބޮޑު ސަމްސަލެއްގެ ކަޅުދިރި ތެޔޮ އަޅާށެވެ. އަދި އޭގެ އާވި ނޭފަތުން އެތެރެއަށް ދަމާށެވެ. މިގޮތަށް ދުވާލަކު 1 ނުވަތަ ދެފަހަރު ކަންތައް ކުރާށެވެ. ޚާއްޞަކޮށް އުނދަގޫ ބޮޑުވެއްޖެ ނަމަ މިކަން ކުރާށެވެ.
  8. ސޫރަތުލް ބަޤަރާ ކިޔެވުން ގިނަކުރާށެވެ. އެހެނީ ބަޤަރާ ސޫރަތް ކިޔަވާ މީހާގެ މައްޗަށް ޝައިޠާނުންނާއި ސިހުރުވެރީންނަށް ގަދަ ނުވެވޭނެއެވެ. އަދި ގޭގައި ކިޔަވާނަމަ އެގެއަކުން ޖިންނި ޝައިޠާނުން ފިލައި ރައްކާވާނެކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
  9. އާޔަތުލް ކުރުސިއާއި ސޫރަތުލް އިޚްލާޞް، ފަލަޤް، ނާސް ކިޔެވުން ގިނަކުރާށެވެ. މިގޮތުން ވަކި ޢަދަދެއް ބެލުމެއް ނެތި ދުވާލާއި ރޭގަނޑު ކިޔެވުން ގިނަކުރާށެވެ.
  10. ޝިފާލިބުން އެދިގެން ޤުރުއާން ގިނައިން ކިޔަވާށެވެ. އަދި ރުޤްޔާތަކާއި ޤުރުއާނުގެ ސޫރަތްތައް އަޑުއެހުން ގިނަ ކުރާށެވެ.
  11. ޔޫސުފް ސޫރަތާއި ނޫރު ސޫރަތް އަދި ޖިންނި ސޫރަތް ގިނައިން ކިޔަވާށެވެ.
  12. މައްސަށް ފަރުވާ ކުރުމަށް އަޑުއަހާ ރުޤްޔާތައް ގިނައިން އަޑުއަހާށެވެ.
  13. يس ،الصافات ، الدخان ، الرحمن ، الجن ، المعارج ، البروج ، القارعة މިސޫރަތްތައް ކޮންމެ ދުވަހަކު ކިޔަވާށެވެ.
  14. މީރުވަސް ދުވާ ތަކެތި ބޭނުންކުރުން: މީރުވަސް ދުވާ އަތަރުފަދަ ތަކެއްޗަށް ކިޔަވައި އެތަކެތިން ވަސް ނޯށަށް ބޮޑަށް އެތެރެއަށް ދަމައި، ގައިގައި އުނގުޅާށެވެ. މިގޮތުން “ވައިޓް މަސްކް” “ބްލެކް މަސްކް” ފަދަ އަތަރު އުނގުޅާށެވެ.
  15. ކިޔަވާފައިވާ ތެޔޮ ބޭނުންކޮށްގެން ހަށިގަނޑުގައި ރިހުމާއި އުނދަގޫ ހުންނަ ތަންތަން އަދި މުޅި ހަށިގަނޑު މަސާޖު ކުރާށެވެ. މިގޮތުން ކުރަންވާނީ ދެމަފިރިން ނޫންނަމަ އަންހެނަކު އަންހެނެއް ލައްވައެވެ. އަދި ފިރިހެނަކު ފިރިހެނެއް ލައްވައެވެ. އަދި ރަނގަޅަށް މިކަން ކުރަން ދަންނަ މީހުން ލައްވައެވެ. އެއްވެސް ޙާލެއްގައި ހިލޭ ފިރިހެނަކު ހިލޭ އަންހަނަކަށް ، އަދި ހިލޭ އަންހެނަކު ހިލޭ ފިރިހެނަކަށް މަސާޖުކޮށްދީގެން ނުވާނެއެވެ.
  16. ކައިވެނި ކުރުން: މައްސުގެ އުނދަގޫ ޖެހިފައިވަނީ ކައިވެނި ނުކޮށް ހުރި މީހަކަށް ނަމަ ކައިވެނި ކޮށް ދެމަފިރިން އެކަކު އަނެކަކަށް ލޯބި އިތުރުކުރުމަކީ މައްސުގެ ޙާލަތުގައި، ޚާއްސަކޮށް ހިތާވެގެން އަވަލާފައިވާ ޖިންނި ބަލިކޮށް ފޮނުވާލުމަށް ވަރަށްވެސް އަސަރުކުރާ ފައިދާ ހުރި ކަމެކެވެ. އަދި އަވަހަށް އެކަމުން ސަލާމަތްވުމަށް އޮތް މަގެކެވެ.
  17. ވަސްވާސްތަކަށް ތަބާވުމުން ދުރުވާށެވެ. އަދި ގިނަގިނައިން ﷲ ޛިކުރުކުރާށެވެ.
  18. ފާފަތަކުން ތައުބާވެ މާތް ﷲއަށް ރުޖޫޢަވުން ގިނަކުރާށެވެ.
  19. މިޔުޒިކް އަޑުއެހުމާއި ފާޑުފާޑުގެ ފިލްމްތަކާއި ޑްރާމާތައް ބެލުންފަދަ ޝައިޠާނާއަށް ބާރުލިބޭ ކަންކަމުން ދުރުވާށެވެ.
  20. މުޅިން ފަސޭހަ ވަންދެން ކެތްތެރިކަމާއިއެކު ރުޤްޔާ ކުރުން ކުރިއަށް ގެންދާށެވެ. އަދި ޝިފާ ލިބުން ވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟުރަތުންކަން އަބަދުވެސް ޔަޤީންކުރާށެވެ.

(ނިމުނީ)

މަޢުލޫމާތު ނެގި ބައެއް މަސްދަރުތައް
  • ދަލީލުލް މުޢާލިޖީން(އަރަބި ބަސް)
  • ވިޤާޔަތުލް އިންސާނި މިނަލް ޖިންނި ވައްޝައިޠާނި(އަރަބި ބަސް)
  • މަންހަޖުއް ޝަރްޢި ފީ ޢިލާޖިލް މައްސި ވައްޞަރްޢި (ޢަރަބި ބަސް)
  • އައްޠުރުޤުލް ޙިސާނި ފީ ޢިލާޖި އަމްރާޟިލްޖާން، (ޢަރަބި ބަސް)،
  • ޝެއިޚް ޚާލިދުލް ޙިބްޝީގެ ވެބްސައިޓް

  1. 1. ޖިންނި އަވަލުމުން ކުރެވިދާނެ ރުޤްޔާ ޕްރޮގްރާމު 1

    ޑައުންލޯޑް 890 ފަހަރު ޑައުންލޯޑުކުރެވިފައި
  2. 2. ޖިންނި އަވަލުމުން ފަރުވާ ކުރުމަށް އަޑުއަހާ ރުޤްޔާ 1

    ޑައުންލޯޑް 575 ފަހަރު ޑައުންލޯޑުކުރެވިފައި
  3. 3. ޖިންނި އަވަލުމުން ކުރެވިދާނެ ރުޤްޔާ ޕްރޮގްރާމު 3

    ޑައުންލޯޑް 746 ފަހަރު ޑައުންލޯޑުކުރެވިފައި
  4. 4. ޖިންނި އަވަލުމުން ފަރުވާ ކުރުމަށް އަޑުއަހާ ރުޤްޔާ 2

    ޑައުންލޯޑް 471 ފަހަރު ޑައުންލޯޑުކުރެވިފައި
  5. 5. ޖިންނި އަވަލުމުން ކުރެވިދާނެ ރުޤްޔާ ޕްރޮގްރާމު 3

    ޑައުންލޯޑް 784 ފަހަރު ޑައުންލޯޑުކުރެވިފައި
  6. 6. ޖިންނި އަވަލުމުން (މައްސަށް) ފަރުވާ ކުރުމަށް ކުރެވިދާނެ ރުޤްޔާތައް މުޅި އާރޓިކަލް އެއްކޮށް

    ޑައުންލޯޑް 731 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު