މައްސު ނުވަތަ ޖިންނި އަވަލުމަކީ އިންސާނާގެ ހަށިގަނޑުގެ އެތެރެއާއި ބޭރުން ނުވަތަ އެތެރެއިން ނުވަތަ ބޭރުން ޖިންނި ބީހުމެވެ. ނޭނގުމުގެ ތެރޭގައި އިންސާނާއަށް ޖިންނިއަކަށް ކުރެވޭ ގޯނާއެއްގެ ސަބަބުނެ އޭގެ ބަދަލު ހިފުމުގެ ގޮތުން، ނުވަތަ އިންސާނާ ދެކެ ޖިންނި އެއް ލޯބިވެ ޝަހުވާނީ ގޮތުން އަޅައިގަތުން، ނުވަތަ ޖިންނި އިންސާނަކާއި މެދު އަނިޔާވެރިގޮތުގައި އެއްވެސް އެހެން ސަބަބެއް ނެތި އަޅައިގަނެ ގޯނާކުރުން ފަދަ ގޮތްގޮތަށް ޖިންނި އަވަލައެވެ. އަދި ސިހުރުގެ ސަބަބުންނާއި އެސްފީނާގެ ސަބަބުންވެސް ޖިންނި އަވަލައި އިންސާނާއަށް ގޯނާކޮށް މޮޔަކޮށްލާވެސް ހަދައެވެ. ޖިންނި އަވަލާފައި ހުރިކަން ނުވަތަ ޖިންނީގެ ގޯނާއެއް ޖެހިފައި ހުރިކަން 2 ގޮތަކަށް ދެނެގަނެވިދާނެއެވެ. އެއީ:
1- ޢަލާމާތް ތަކުގެ އަލީގައި ދެނެގަތުން
2- ރުޤްޔާ ކިޔަވައިގެން ނުވަތަ އަޑުއަހައިގެން ދެނެގަތުން.

 

Close Ad XGet My Ruqya Android App On Google Play

މިގޮތުން މި ބަލައިލަނީ  ޖިންނި އަވަލުމުން ނުވަތަ މައްސުގެ ސަބަބުން ފެނިދާނެ ޢަލާމާތްތަކަށެވެ.

1- ޢަލާމާތް ތަކުގެ އަލީގައި ޖިންނި އަވަލާފައި ހުރިކަން ދެނެގަނެވިދާނެ ގޮތް: ޖިންނި އަވަލުމުން އިންސާނާ ހޭލާ ހުންނައިރުއާއި ނިދީގައި ތަފާތު ޢަލާމާތްތައް ފެނިދާނެއެވެ. މިގޮތުން ޢާއްމުކޮށް ފާހަގަކޮށްލެވޭ ޢަލާމާތްތަކަކީ:

1. ތިމާ ބޭނުންވެ މަސައްކަތް ކުރިނަމަވެސް، ﷲ އަށް އަޅުކަންކޮށް، ކިޔަމަންތެރިކަން އަދާކުރުމުން ދުރުވެގަތުން، ނުވަތަ ﷲ އަށް ޛިކްރު ނުކޮށް، ޤުރުއާން ނުކިޔަވައި އުޅުން. މިކަންކަން ކުރަން އުޅުމުން އުނދަގޫތައް ހަށިގަނޑަށް ވެރިވެ ބުރަޖެހުން. މެޑިކަލް ސަބަބެއްނެތި ފިޓްޖެހުން (ޖިންނީންގެ ފަރާތުން ކުރިމަތިވާ މިފަދަ ކަންތައްތައް އެނގޭނެ ޢަލާމާތްތަކެއްވެސް ވެއެވެ.)

2. މެޑިކަލް ސަބަބެއްނެތި ހަށިގަނޑުގެ ގުނަވަނެއް، ނުވަތަ ބައެއް ވާގިނެތުން.

3. ފާހަގަކުރެވޭ ސަބަބުތަކެއްނެތި އަވަސް އަވަހަށް ރުޅިއައުން، ނުވަތަ ރުއިން.

4. ފާޚާނާގައި މާގިނައިރުވެ، ފާޚާނާތެރޭގައިހުރެ އެކަނި ވާހަކަދެއްކުން.

5. މެޑިކަލް ސަބަބެއްނެތި އާދަކޮށް ބޮލުގައި ރިއްސުން، އަދި ތަދުކަނޑުވާ ބޭސް ބޭނުންކުރުމަކުންވެސް އެއްވެސް ވަރަކަށް ލުއިކަން އިޙްޞާސްނުކުރެވުން.

6. ވަރުބަލި ކަމާއި ކަންނެތްކަން ކުރިމަތިވުން

7. އަންހެނުންގެ މަސްވަރުކަންތައް އޮޅުން ބޮޅުންވުން

8. ޙަގީގަތުގައި މީހަކު ކައިރީ ނެތް ނަމަވެސް އަބަދު ކައިރީ މީހަކު އުޅޭހެން އިޙްސާސުވުން

9. އެކަނި ހުންނަ ވަގުތުގައި ވައި އަޑުން ނުވަތަ ހަމަ އަޑުން، ނުފެންނަ މީހަކު ކައިރިން ތިމާއަށް ނަމުން ގޮވާއަޑު އިވުން.

10. އާދަޔާ ޚިލާފް ގޮތްގޮތަށް ތިބި މީހުންނާއި، ހަރުފައާއި، ތަފާތުބާވަތްބާވަތުގެ ދިރޭއެއްޗެއްސާއި، ގަބުރާއި، ޖިންނި އަދި ފުރޭތަފަދަ ތަފާތުބިރުވެރި ތަކެތި ހުވަފެނުން ފެނުމާއި އެމީހަކު އުސްތަންތަނުން ވެއްޓެނިކޮށްފެނުން. އަދި އަނެއްޖިންސުގެ މީހަކު އޭނާއާއިއެކު ޖިންސީ ގުޅުން ހިންގަން އުޅުން ނުވަތަ އޭނާއަށް އަނިޔާކުރަން އުޅުންފަދަ ކަންތައްތައްވެސް ހުވަފެނުގައި ފެނިދާނެއެވެ. އަދި މިފަދައިން ތަކުރާރުވުން.

11. ނިދަން އުންދަގޫވުމާއި، ހާސްވެ ކަންބޮޑުވުމާއި، ހޭލުމަށްފަހުވެސް ބިރުގަތުން.

12. ނިދީގައި ބާރަށްވާހަކަދެއްކުމާއި، ނުވަތަ ނިދީގައި ރޮވޭގޮތްވުމާއި ހަޅޭލެވޭގޮތްވުން.

13. ނިދާފަހުރެގެން އިންސާނާއަށް ނޭނގޭ ހާލު ނިދީގަ ހިނގުން.

14. ގަބުރުސްތާނުގަ ވަނިކޮށް ތަކުރާރުކޮށް ހުވަފެނުގައި ފެނުން.

15. ނިދީގައި ޖިންނިފެނުން އަދި އެސޮރުމެނާއި ހަނގުރާމަކުރާތަން ފެނުން.

16. އިންސާނާ، އޭނާގެ ނިދީގައި ބިރުވެރިކަމަކާއި ދިމާވެ އަދި އެކަމުން ސަލާމަތްވުމަށް މަސައްކަތް ކުރިނަމަވެސް އެކަމަށް ކުޅަދާނަނުވުން.

17. ތަކުރާރުކޮށް ނިދީގައި މީހާ ގާވުމާއި، ހިތުން ކުރުސި ނުވަތަ ހެޔޮ އެއްޗެއް ކިޔުމުން ހައްޔަރަކުން ނެއްޓޭފަދައިން ގާކަން ދިއުން.
މިއީ މައިގަނުގޮތެއްގައި ޖިންނި އަވަލުމުން ފެންނަ ޢާއްމު ޢަލާމާތްތަކެވެ.

 

ޖިންނި އަވަލުން (މައްސު) ގެ ސަބަބުން ފެންނަ ބައެއް ހުވަފެން:

• އާދަޔާ ޚިލާފް ގޮތްގޮތަށް ތިބޭ މީހުން (މިސާލަކަށް ބޯ ކުޑަކޮށް ހަށިގަނޑު ވަރަށް ބޮޑުކޮށް، ނުވަތަ ބޯ ވަރަށް ބޮޑުކޮށް އަދި ހަށިގަނޑު ވަރަށް ކުރުކޮށް ތިބޭ މީހުން، އާދަޔާއި ޚިލާފަށް ދިގު ނުވަތަ އާދަޔާއި ޚިލާފަށް ކުރު މީހުން، ގުނަވަންތައް އައިބުކޮށް ހުންނަ މީހުން)
• ހަރުފަ
• ތަފާތުބާވަތްބާވަތުގެ ދިރޭއެއްޗެހި (ޚާއްސަކޮށް މިތަކެތި ގިނަ ބައިގަނޑެއް ގޮތަށް ނުވަތަ އެތަކެތި ތިމާއަށް ޙަމަލާ ދޭތީ ފެނުން)
• ގަބުރު ނުވަތަ ގަބުރުސްތާނު
• ޖިންނީން ފެނުން
• އެމީހަކު އުސްތަންތަނުން ވެއްޓެނިކޮށްފެނުން.
• އަބަދުވެސް ކޮންމެވެސް ތަނަކުން ވެއްޓޭތީ ފެނުން.
• ތަކުރާރުކޮށް ގިނައިން ޝަހުވާނީ ހުވަފެން ފެނުން. އަދި އެހުވަފެނުން ހޭލެވޭއިރު އެދުން ފުދިފައި ހުރުން.
• އެއް ޖިންސުން ގުޅުން ހިންގާތީ ފެނުން.
• ތިމާ ފަހަތުން ބަޔަކު އުޅޭތީ ނުވަތަ ހަމަލާދިނުމަށް ފަހަތުން އަންނާތީ ފެނުން
• ގަބުރުސްތާނުގައި ވަނިކޮށް ފެނުން.
• ގޮތް ނޭނގޭ މަގަކުން ހިނގާފައިދާތީ، މަގު އޮޅިގެން ކުރިއަށް ނުދެވިގެން އުޅޭތީ ފެނުން
• މޫދުގައިވަނިކޮށް ފެނުން، ނުވަތަ މޫދު ފެނުން، ދަތުރުކޮށްފައި ދާން އުޅޭ ތަނަކަށް ނުދެވިގެން އުޅޭތަން ފެނުން
• ޖިންނީންނާއި ހަނގުރާމަކުރާތަން ފެނުން.
• ޖިންނިއެއް ތިމާއާއި ޖިންސީ ގުޅުން ހިންގާތީ ފެނުން.
• ނިދީގައި ގުޑާނުލެވޭ ގޮތަށް ހަށިގަނޑު ބަންދުވެފައިވާ ޙާލު، މީހަކު ނުވަތަ ކަޅު ހިޔަންޏެއް ނުވަތަ ޖިންނިއެއް ތިމާ ކައިރީ ހުއްޓައި، ނުވަތަ ގައިމަތީ އިންދާ ނުވަތަ ގުދުވެގެން ތިމާ ހިފަހައްޓައިގެން ހުއްޓާ ފެނުން.

 

ނޯޓް: މިޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެއް ފެންނަ އިރަށް އެމީހަކީ ޖިންނި އަވަލާފައިވާ މީހެއް ކަމުގައި ނުވެދާނެއެވެ. މީގެ ބައެއް ޢަލާމާތަކީ ޖިސްމާނީ އެކި ބަލިތަކާއި ދިރިއުޅުމުގެ ބައެއް ޙާލަތްތަކުގައިވެސް ފެނިދާނެ ޢަލާމާތްތަކެކެވެ. ނަމަވެސް މީގެން ގިނަ ޢަލާމާތްތައް އިތުރު ސަބަބަކާއި ނުލައި ތަކުރާރުވާނަމަ އެމީހަކާއި ޖިންނި އަވަލާފައި ހުރީކަމުގައި ބަލައި ރުޤްޔާކޮށް އިތުރަށް ޔަޤީންކޮށް ފަރުވާކުރަންވާނެއެވެ.

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު