މައްސު ނުވަތަ ޖިންނި އަވަލުމަކީ އިންސާނާގެ ހަށިގަނޑުގެ އެތެރެއާއި ބޭރުން ނުވަތަ އެތެރެއިން ނުވަތަ ބޭރުން ޖިންނި ބީހުމެވެ. ނޭނގުމުގެ ތެރޭގައި އިންސާނާއަށް ޖިންނިއަކަށް ކުރެވޭ ގޯނާއެއްގެ ސަބަބުނެ އޭގެ ބަދަލު ހިފުމުގެ ގޮތުން، ނުވަތަ އިންސާނާ ދެކެ ޖިންނި އެއް ލޯބިވެ ޝަހުވާނީ ގޮތުން އަޅައިގަތުން، ނުވަތަ ޖިންނި އިންސާނަކާއި މެދު އަނިޔާވެރިގޮތުގައި އެއްވެސް އެހެން ސަބަބެއް ނެތި އަޅައިގަނެ ގޯނާކުރުން ފަދަ ގޮތްގޮތަށް ޖިންނި އަވަލައެވެ. އަދި ސިހުރުގެ ސަބަބުންނާއި އެސްފީނާގެ ސަބަބުންވެސް ޖިންނި އަވަލައި އިންސާނާއަށް ގޯނާކޮށް މޮޔަކޮށްލާވެސް ހަދައެވެ. ޖިންނި އަވަލާފައި ހުރިކަން ނުވަތަ ޖިންނީގެ ގޯނާއެއް ޖެހިފައި ހުރިކަން 2 ގޮތަކަށް ދެނެގަނެވިދާނެއެވެ. އެއީ:

1- ޢަލާމާތް ތަކުގެ އަލީގައި ދެނެގަތުން (މިބައިގެ ތަފްސީލު ބެއްލެވުމަށް މިތަނަށް ފިތާލައްވާ)
2- ރުޤްޔާ ކިޔަވައިގެން ނުވަތަ އަޑުއަހައިގެން ދެނެގަތުން.

Close Ad XGet My Ruqya Android App On Google Play

މިލިޔުމުގައި މި ބަލައިލަނީ އަމިއްލައަށް ރުޤްޔާ ކިޔަވައިގެން ނުވަތަ ރުޤްޔާ އަޑުއަހައިގެން އެކަން ދެނެގަންނާނެ ގޮތެވެ.

 

  • ކިޔަވައިގެން ދެނެގަތުން

    ތިރީގައި މިބަޔާންކުރަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސުންނަތުން ޘާބިތުވާ އަދި ހުއްދަ އެހެން ބައެއް ދުޢާތަކުގެ މައްޗަށް އެކުލަވާލާފައިވާ ކުރު ރުޤްޔާއެކެވެ. މިރުޤްޔާ ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް އަމިއްލައަށް ކިޔަވާށެވެ. ތަކުރާރުކޮށް ކިޔަވާށެވެ. މިގޮތުން 7 ފަހަރު ނުވަތަ އެހެންވެސް އޮނަހިރި ޢަދަދުގެ މިންވަރަކަށެވެ. 7 ފަހަރު ކިޔެވުން ލާޒިމެއް ނޫނެވެ. އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ 3 ފަހަރު ކިޔެވުމުންވެސް ޢަލާމާތްތައް ފާޅުވެއްޖެނަމަ ހުއްޓާލެވިދާނެއެވެ. ކިޔެވުމުން، ހަށިގަނޑަށް އުނދަގޫތައްވާނަމަ ޖިންނި އަވަލާފައި ނުވަތަޖިންނީގެ އުނަގުލެއް ކުރިމަތިވެފައި ހުރީއެވެ. ކިޔަވަމުންދާއިރު ފެނިދާނެ ބައެއް ޢަލާމާތްތަކަކީ:

 

  • ބޮލުގައި ރިހުން ނުވަތަ ބޮލަށް ބަރުވެ ފިތޭގޮތަށް އިޙުސާސްވުން
  • ހަށިގަނޑުތެރޭގައި އެއްޗެއް ދުވާހެން އިޙްސާސްވުން
  • ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވުން.
  • ހޮޑުލަވާގޮތްވުން ނުވަތަ ހޮޑުލެވުން
  • ލޮލުން ފެން އަންނަން ފެށުން
  • ސަބަބެއް ނެތި ރޮވޭގޮތް ވުން
  • ސަބަބަކާއި ނުލައި އަމިއްލަ އިޚްތިޔާރާއި ނުލައި ހަޅޭލެވޭގޮތް ވުން.
  • ބަނޑަށް އުނދަގޫވުން/ ބަނޑު ފުއްޕުން ނުވަތަ ބަނޑުތެރޭގައި އެއްޗެއް ދުވާހެން ހީވުން
  • ގައިގެ ކޮންމެވެސް ހިސާބަކުން ދިލަނެގުން
  • މެޔަށް ބާރުވެ މޭ ފިތޭގޮތް ވުން ނުވަތަ ނޭވާ ހާސްވާގޮތް ވުން
  • ތުރުތުރު އަޅާގޮތް ވުމާއި އަތްފައިގެ ނާރުތަކަށް ވާންވެ ބާރުއެރުން
  • ގައިން ދިލަ ހޫނު އެރުން
  • ކުރިމަތިފަރާތް އާދަޔާއި ޚިލާފަށް ހިރުވައި، ތަދުވެ ދިލަ ނެގުން ފަދަ ކަންކަން ދިމާވުން. އަދި ކިޔެވުން ހުއްޓާލުމުން މިއުނދަގޫ ކުޑަވުން.

މިނޫނަސް ކިޔަވަން ފެށުމުގެ ކުރިން ހަށިގަނޑަށް ނުވާ އުނދަގުލެއް، ނުވަތަ އިސްވެ ބަޔާންވެދިޔަ ފަދަ އުނދަގުލެއް ކިޔަވަމުންދާވަރަކަށް ވާނަމަ ޖިންނި އަވަލާފައި ހުރީއެވެ.

**(ކިޔަވަންވީ ރުޤްޔާގެ ޕީޑީއެފް ފައިލް ތިރީގައި ހިމަނާފައި ވާނެއެވެ.)

  • އަޑުއަހައިގެން ދެނެގަތުން

މިރުޤްޔާ ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް އަޑުއަހާށެވެ. މިގޮތުން 7 ފަހަރު އަޑުއެހުން އެދެވިގެންވެއެވެ. 7 ފަހަރު އަޑު ނާހަނީސް އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ 3 ފަހަރު އަޑުއެހުމުންވެސް ޢަލާމާތްތައް ފާޅުވެއްޖެނަމަ އަޑުއެހުން ހުއްޓލާނީއެވެ. އަޑުއެހުމުން ހަށިގަނޑަށް އުނދަގޫތައްވާނަމަ ޖިންނި އަވަލާފައި ހުރިކަން ނުވަތަ ޖިންނީގެ އުނދަގުލެއް ހުރިކަން ޔަޤީންވީއެވެ. އަޑުއަހަމުން ދާއިރު ފެނިދާނެ ބައެއް ޢަލާމާތްތަކަކީ:

ބޮލުގައި ރިހުން ނުވަތަ ބޮލަށް ބަރުވެ ފިތޭގޮތަށް އިޙުސާސްވުން

  • ހަށިގަނޑުތެރޭގައި އެއްޗެއް ދުވާހެން އިޙްސާސްވުން
  • ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވުން.
  • ހޮޑުލަވާގޮތްވުން ނުވަތަ ހޮޑުލެވުން
  • ލޮލުން ފެން އަންނަން ފެށުން
  • ސަބަބެއް ނެތި ރޮވޭގޮތް ވުން
  • ސަބަބަކާއި ނުލައި އަމިއްލަ އިޚްތިޔާރާއި ނުލައި ހަޅޭލެވޭގޮތް ވުން.
  • ބަނޑަށް އުނދަގޫވުން/ ބަނޑު ފުއްޕުން ނުވަތަ ބަނޑުތެރޭގައި އެއްޗެއް ދުވާހެން ހީވުން
  • ގައިގެ ކޮންމެވެސް ހިސާބަކުން ދިލަނެގުން
  • މެޔަށް ބާރުވެ މޭ ފިތޭގޮތް ވުން ނުވަތަ ނޭވާ ހާސްވާގޮތް ވުން
  • ތުރުތުރު އަޅާގޮތް ވުމާއި އަތްފައިގެ ނާރުތަކަށް ވާންވެ ބާރުއެރުން
  • ގައިން ދިލަ ހޫނު އެރުން
  • ކުރިމަތިފަރާތް އާދަޔާއި ޚިލާފަށް ހިރުވައި، ތަދުވެ ދިލަ ނެގުން ފަދަ ކަންކަން ދިމާވުން. އަދި ކިޔެވުން ހުއްޓާލުމުން މިއުނދަގޫ ކުޑަވުން.

 

އަޑުއަހަން ފެށުމުގެ ކުރިން ހަށިގަނޑަށް ނުވާ އުނދަގުލެއް، ނުވަތަ އިސްވެ ބަޔާންވެދިޔަ ފަދަ އުނދަގުލެއް އަޑުއަހަމުންދާވަރަކަށް ވާނަމަ ޖިންނި އަވަލާފައި ހުރީއެވެ. މިރުޤްޔާ އަޑު އެހުމުން ކުރިން ދެންނެވިފަދަ ޢަލާމާތްތައް ފާޅުވެ، އަޑު އެހުމުން ވީ އުނދަގޫތައް، އަޑު އަހާ ނިމުމުންވެސް ކުޑަ ނުވާނަމަ، يس  (ޔާސީން) ސޫރަތް 3 ފަހަރު ކިޔަވާލާށެވެ. ނުވަތަ އަޑު އަހާލާށެވެ. ނުވަތަ ފެންފޮދަކަށް އާޔަތުލް ކުރުސި 7 ފަހަރު ކިޔަވާ ފުމެލުމަށްފަހު، އޭގެން އެއްބައި ބުއިމަށްފަހު އަނެއްބައި މޫނާއި، ބޮލާއި ދެއަތްތިލައިގައި އުނގުޅާލާށެވެ. އެއިރުން މާތް ﷲގެ އިރާދަފުޅުން އެވަގުތު ވީ އުނދަގޫ ފިލާނެއެވެ.

 

 

  1. 1. ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް ކިޔެވިދާނެ ރުޤްޔާ

    ޑައުންލޯޑް 765 ފަހަރު ޑައުންލޯޑުކުރެވިފައި
  2. 2. ޖިންނި އަވަލާފައި ހުރިތޯ ބެލުމަށް އަޑުއަހާ ރުޤްޔާ

    ޑައުންލޯޑް 842 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު