އެކަކަށްވުރެ ގިނަ މީހުން ބަލިމީހުންގެ ގާތަށް އައިސް ކިޔެވުމުގެ މައްސަލާގައި މަނިކުފާނުގެ ރައުޔަކީ ކޮބައިތޯ އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް ރަޙިމަހުﷲ އާއި ސުވާލު ކުރެވުނެވެ؟
ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ކިޔަވާ މީހުންނަކީ ޢަގީދާގެ ގޮތުންނާއި އަޚްލާގީ ގޮތުން ރަގަޅު ބަޔަކު ކަމުގައި ވަނީނަމަ އެޔަކީ މައްސަލަ އެއް ކަމަކަށް އެނގިފައެއް ނެތެވެ. އަޅުގަޑުގެ އިޚްލާޞްތެރި ދުޢާ އަކީ އަޅުގަޑާއި ތިޔަ އަޚުންނަށް އަދި އެންމެހާ މުސްލިމުންނަށް ފައިދާ ކުރުވަނިވި ޢިލްމު ދެއްވާ އެއަށް ޢަމަލު ކުރުމުގެ ތައުފީގް ދެއްވުމެވެ. ހަމަކަށަވަރުން އެއިލާހީ އައްސަވާ ވޮޑިގެންވާ އެންމެ ގާތުގައިވާ އިލާހެވެ. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. والله أعلم.

http://www.binbaz.org.sa/mat/3471

حكم إحضار أكثر من قارئ للقراءة على المريض |

www.binbaz.org.sa

ހަމަ މިމައްސަލައާއި މެދު ޝއިޚް ޖިބްރީންއާ ސުވާލުވެވުނެވެ.
ސުވާލަކީ: ބަލިމީހެއްގެ ގާތުގައި އެކަކަށް ވުރެ ގިނަ މީހުންނަށް ކިޔެވިދާނެތޯއެވެ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބަލިމީހެއްގެ ގާތުގައި ކިޔެވުން ތަކްރާރު ކުރުމަކީ މައްސަލަ އެއް ނޫނެވެ. އަދި އެއްވަގުތެއްގައި އެކަކަށް ވުރެ ގިނަ މީހުން ބަލިމީހާގެ ގާތުގައި ކިޔެވުމަކީވެސް މައްސަލަ އެއް ނޫނެވެ. އެކިޔެވެނީ މީސްތަކުންނަށް ޝިފާ އެއް ކަމުގައި ލައްވާފައިވާ، ﷲ ގެ ކަލާމްފުޅެވެ. والله أعلم.
މި ފަތްވާ ނެގިފައިވަނީ: “އައްލުއުލުއުލް މަކީން މިން ފަތާވާ އިބްނު ޖިބްރީން” ކިޔުނު ފޮތުންނެވެ. ޞަފްޙާ ނަމްބަރު 17.

3 ޚިޔާލު މިލިޔުމަށް “އެކަކަށް ވުރެ ގިނަ މީހުން ބަލިމީހާގެ ގާތުގައި ކިޔެވުމުގެ ޙުކުމް”

  1. Hannaadu Jaleel says:

    މިސައިޓު ވަރައް ކަމުދޭ ހަމަ ވަރައް އޮބި އުންމީދު ކުރަނީ އަޅުގަނޑު ގެ ސުވާލް ތަކުގެޖަވާބް އަޅުޖަނޑައް އެގޭނޭ ކަމަހް އަޅުގަނޑު ގެ ޖީމެއިލް އައިޑީޔައް ޖަވާބު ފޮނުވައިދޭނެ ކަމައް އަދި މިސައިޓުން މީގެ ގަވާބު ތައް ފެންނާނެކަމައް … ހެޔޮމަގުން މުސްލިމުން ދުރުނުކުރައްވާށި އާމީން…

މިލިޔުމަށް ޚިޔާލު ދެއްވާ!