ލޯޑްވަނީ...
 ފުރަތަމަ ސަފްހާ  >  އަޅުގަނޑުމެން

އަޅުގަނޑުމެން

ޙަމްދު ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.

ސިޙުރާއި ސިޙުރުވެރިކަމުން މުޅި ދިވެހިރާއްޖެ މިވަނީ ކިލަނބުވެފައެވެ. އެތައް ޢާއިލާތަކެއް އެތައް ވޭނެއް ސިޙުރާއި ޖިންނި ޝައިޠާނުންގެ އުނދަގޫތަކުގެ ސަބަބުން ދަނީ ތަޙައްމަލް ކުރަމުންނެވެ. ސިޙުރު ފަދަ ކަންކަން ޖެހުމުން ހަދާނެ ގޮތް ހުސްވެ ޚުރާފީ ކަންކަމުގެ ތެރެއަށް ވަދެ ސިޙުރުވެރިންގެ ފައިބުޑަށް ވެއްޓޭ މީހުން މިވަނީ ގިނަވެފައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަށްވުރެ ސިޙުރު ވެރިންނާއި ޖިންނި ޝައިޠާނުން ދެކެ ބިރުގަންނަމީހުން މިވަނީ ގިނަވެފައެވެ. ތައުޙީދާއި ޢަޤީދާ މިވަނީ ބަލިކަށިވެ ﷲ އާއިމެދު މީސްތަކުންގެ ހިތްތަކުގައި ވަހުމްތައް ވަނީ އަށަގަނެފައެވެ. ޤުރުއާނާއި ސުއްނަތުގައި ވާރިދުވެފައިވާ ގޮތްތައް ފަރުވާ ކުރުމުގައި މީހުން ބޭނުން ކުރަނީ ވަރަށް މަދުންނެވެ. މީސްތަކުންނަށް މިކަންކަމުގެ ޙަޤީގަތް ވަނީ އޮޅިފައެވެ. އަދި ސިޙުރުވެރިން ދަނީ އެބައިމީހުންގެ މަކަރާއި ހީލަތުން މީސްތަކުން މަގުފުރައްދަމުންނެވެ. ސިޙުރަށް ކުރެވޭ ތުހުމަތުތަކުގައި ދާނެ ދިމައެއް ނެތި މީސްތަކުން މިވަނީ މާޔޫސްވެ ފާފަތަކަށް އަރައިގަންނަ ހިސާބުގައެވެ. އެކަމާއި ހެދި އަނިޔާވެރިކަން މިވަނީ އިތުރުވެފައެވެ.

ޤައުމުގެ ޙާލަތަކީ މިއީކަމުގައި ވީއިރު “މައިތިރި” މިވެބްސައިޓް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ މިފަދަ ހުރިހާ ކަމެއް މައިތިރިކޮށް މީސްތަކުން ހަމަ މަގަށް އަޅުވާ ރުޤްޔާ ޝަރުޢިއްޔާގެ އެހީތެރިކަން މީސްތަކުންނަށް ފޯރުކޮށްދިނުމެވެ. ސިޙުރާއި ޖިންނި ޝައިޠާނުންގެ ކަންކަމުގައި ކުރިމަތިލާނެ ގޮތްތަކާއި ފަރުވާ ކުރާނެ ގޮތްތައް ބުނެދިނުމެވެ. ޚުރާފާތްތަކާއި ނުބައި އާދަތަކުގެ މައްޗަށް ބިނާވެފައިވާ ގޮތްގޮތަށް ފަރުވާ ކުރުން ހުއްޓުވާ ސިޙުރުވެރިންގެ ބާރު ކަނޑުވާލައި މީސްތަކުންނަށް މިކަންކަމުގެ ރަނގަޅު ގޮތްތައް އަންގައިދިނުމެވެ. އަދި ދިވެހިރާއްޖޭގައި ހިނގާ މިފަދަ ކަންކަމުގެ މަޢުލޫމާތުތަށް ފޯރުކޮށްދީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ރުޤްޔާ ކުރުމުގެ ފުރުސަތުތައް ފުޅާކޮށްދީ މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

ﷲ އިރާދަކުރެއްވިއްޔާ މިކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތާއި އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަމެވެ. ރުޤްޔާއާއި ބެހޭގޮތުން އެކި ބޭފުޅުން އެކިސައިޓްތަކުގައި ލިޔުއްވާ ލިޔުއްވުންތައްވެސް މަސްދަރާއި އެކު މިސައިޓުން ކިޔޭނެގޮތް އިރާދަކުރެއްވިއްޔާ ހަދާނަމެވެ. ބޭނުމަކި ރުޤްޔާއާއި ބެހޭ ހުރިހާ ދިވެހި މަޢުލޫމާތެއް އެއްސައިޓަކުން ފަސޭހައިން ލިބޭނެގޮތް ހެދުމެވެ. އަދި މީސްތަކުން ހޭލުންތެރިކޮށް ޙައްޤު ބަސް ބުނުމެވެ. މާތް ﷲ އަޅުގަނޑުމެންނަށް އިޚްލާޞްތެރިކަން ދެއްވައި މިމަސައްކަތުގައި ބަރަކާތްލައްވާ ކާމިޔާބު ދެއްވާފާނދޭވެ. ! އާމީން.

އެޑިޓަރ : އައްރާޤީ އަޖްނާދު ޢަލީ


1 ޚިޔާލު

  1. ާާަިާޢާއިޝަތު ހާނިމް says:

    ތިޔަބޭފުޅުން ތިޔަ ކޮށްދެއްވާ މަސައްކަތަށް މާތް ﷲ ސުބުޙާނަހޫ ވަތަަަޢާލާ ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރަން. ހަމަ ޔަގީނުންވެސް ތިޔަކަމުގެ ފައިދާ އަޅުގަނޑަށް ކޮށްފި. ހެދުނާ ހަވީރުގެ ޒިކުރުތައް ކިޔުމާއި އަދި އެހެނިހެން ކަންތައްތަައް ޤަވާޢިދުން ކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ތިޔަބޭފުޅުންގެ މި ޕްރޮގްރާމްގެ ޒަރީޢާއިން އަޅުގަނޑަށް ލިބިއްޖެ. މި ޕްރޮގްރާމްގެ ހުރިހާ ބައިތަކެއް ވެބްސައިޓުގެ ޒަރީޢާއިން މިދަނީ އަޑުއަހަމުން. މިއަދު ފަސްވަނަ ޕްރޮގްރާމް މި އަޑުއެހުނީ. އަލްޙަމްދުލިއްﷲ!

       4 މީހުނަށް މި ޚިޔާލު ކަމުދޭ!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>