މާފަންނު ސްޓީވް ބްރީޒް ގައި ސިޙުރު ހަދަމުން ދިޔަ ހދ.ކުޅުދުއްފުށީ މުޙައްމަދު އާދަމް، ރޭގެ ވަގުތެއްގައި އަތުލައިގަނެފިއެވެ. މީނާ އަތުލައިގަނެފައިވަނީ ފުލުހުންނަށް ރިޕޯރޓް ކޮށްގެންނެވެ. އެގެއާއި ދާދި ކައިރީގައި ހުރި ގެއެއްގައި އުޅޭ ސިޙުރުޖެހިފައިހުރި މީހަކަށް ވަރަށް ބޮޑަތި އުނދަގޫތަކެއްވާތީ ޕޮލިހުންނާއި އެކު އެގޭ މީހުން މ.ސްޓީވް ބްރީޒް އަށް ވަދެ ބެލިއިރު އެމީހާ އިނީ ސިޙުރު ހަދަން ކަމަށް އެގޭގެ މީހުން މަޢުލޫމާތު ދެއެވެ. އަދި އެގެއިން ހޯދާފައިވާ ބައިވަރު ސިޙުރުގެ ސާމާނު ނަގާފައިވެއެވެ. އެތަކެތި މިހާރު ހުރީ ބާޠިލުކުރުމަށްޓަކައި ފެންކިޔަވާ ފެނުތެރެއަށް ލާފައެވެ. އަދި މިހާރު މިމީހާ ވަނީ ޕޮލިހުގައި ހައްޔަރުކުރެވިފައެވެ. މޯލްޑިވްސް ޕޮލިސް ސާރވިސް އިން ސިޙުރުވެރިޔާގެ ނަން ހާމަ ނުކުރައްވާ ވިދާޅުވީ ، މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާކަމަށާއި އެކަކު ސިޙުރުގެ ތުހުމަތުގައި ހައްޔަރުގައި އެބައިން ކަމަށެވެ. ސިޙުރު ޖެހިފައިވާ ކުއްޖާ ކައިރީ ރުޤްޔާ ކުރުމަށްޓަކައި އަޅުގަނޑަށް ދެތިންފަހަރަކު ރޭގެ ވަގުތެއްގައި ގުޅާފައިވެއެވެ. ވަގުތު ހުރިގޮތުން އަޅުގަނޑަށް ނުދެވުމުން ކިޔެވީ އެގޭ ކުދިން ކޮޅެކެވެ. މިއަދު އަޅުގަނޑު އޭނާގެ ޙާލަތު ބަލައިލިއިރު ވަރަށް ބޮޑަށް ސިޙުރުގެ އަސަރު ކޮށްފައިވާކަން ސާބިތުވެއެވެ. ވަރަށް ވަރުގަދަޔަށް ސިޙުރު ހެދުމަށްފަހު ކާންދީފައިވާކަން އެނގެއެވެ. ހަށިގަނޑު ހުރީ ތުރުތުރު އަޅައަޅައެވެ. ޖިންނި އޭނާގެ ހަށިގަނޑުތެރޭގައި ކޮޅުކޮޅަށް ދުވާކަން ލޯމައްޗަށް އެނގެއެވެ. މިފަދަ ސިޙުރުވެރިންނަކީ ދޫކޮށްލެވިގެންވާނެ ބައެއް ނޫނެވެ. ޖަލަށް ލިޔަސް ޖަލުގައި އިނދެގެންވެސް ސިޙުރުވެރިއަކަށް ސިޙުރު ހަދައިގެން މީހަކު މަރާލެވޭ ވަރު ސިޙުރުވެސް ހެދިދާނެއެވެ. އެހެން ކަމުން މިފަދަ ގޮތަކަށް ސާބިތު ވުމުން ދޫކޮށްލައިގެން ނުވާނެއެވެ. ފުރިހަމަ ޝަރީޢަތް ޤާއިމް ކުރަން ޖެހޭނެއެވެ.

14:40 ފުލުހުން ހާމަކުރިގޮތުގައި އޭނާ ހައްޔަރުކުރެވިފައިވަނީ ބައެއް ސާމާނާއެކު. އެހެންނަމަވެސް ތަޙުޤީޤު މަރުހަލާ ނިމި ޝަރީޢަތް ނުނިމެނީސް ނަންހާމަކޮށް އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށް ހާމަކުރެއްވި.
ތުހުމަތުކުރި ބައެއް މީހުން މަޢުލޫމާތު ދޭގޮތުގައި އޭނާ އަތުން އޭނާ ކަންތައްތައް ކޮށްދީފައިވާ މީހުންގެ ލިސްޓާއި ފައިސާ ދީފައިވާ ވަރު ނޯޓުކޮށްފައިވާ ފޮތެއް ފެނިފައިވެއެވެ. އަދި އޭގެ އިތުރުން ނަންތަކެއް ލިޔެވިފައިވާ ލިސްޓެއްވެސް ފެނިފައިވާކަމަށް ބުނެއެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ މެދުނުކެނޑި ސިޙުރު ހަދާމީހުންގެ ލިސްޓެވެ. އަދި ކުނިކޮށްފައި އެއްޗެއްގެ ތެރޭގައި އޮތް އެއްޗެއްވެސް ފެނިފައިވާކަމަށް ބުނެއެވެ.

މަޢުލޫމާތު ލިބޭވަރުން އަޕްޑޭޓް އަންނަނީ….

ފެނިފައިވާ ތަކެތީގެ ފޮޓޯތައް

1pluginjquery WordPress plugin

25 ޚިޔާލު މިލިޔުމަށް “ސިޙުރުވެރިއަކު އަތުލައިގަނެފި !”

  1. Alhamdhulillahi, mikahala meehunnah dheenuga onna enme bodu adhabu dheynvee hama

  2. އަލްޙަމްދުލިއްﷲ… އުއްމީދު ކުރަނީ ޝަރުޢީ ދާއިރާގެ ތެރެއިން ފުރިހަމަ ޝަރީއަތެއް ކުރެވިގެން ދިއުން.. އެކަމް ދަތި ތަކެއްވެސް އެބަ ހުރި، ސިޙުރު ވެރިންނަށް އަދަބު ދިނުމަށް ވަކި ޤާނޫނެއް ނެއްކަން… އެހެން ނަމަވެސް އިސްލާމީ ޝަރީއަތުގައި ވަނީ އެކަން ކަނޑައެޅި ބަޔާންވެފައި. އަޖުނާދު އަށް ﷲ ރަޙުމަތްލައްވާ، ރުގްޔާގެ މަގުގައި ކުރިޔަށް ދިއުމުގެ ތަޢުފީޤް މިންވަރު ކުރައްވާށި! އާމީން

    • އަބްދުﷲ says:

      ސިހުރު ވެރިންނަށް ހައްޤުވާ އަދަބު ދިނުމަށް ޤާނޫނެއް ހަދާކަށް ނުޖެހޭނެ! ﷲ ގެ ޝަރީއަތަކީ މާ ފުރިހަމަ ޤާނޫނެއް. ސިހުރުވެރިޔާގެ އުޤޫބާތަކީ ބޮލާއި ކަނދުރާ ވަކިކުރުން.

  3. އަޙްމަދު says:

    ޙައްޤު އަދަބު ލިބެންޖެހޭނެ. އޭނާ ދޫކުރެވިގެން ނުވާނެ.

  4. އަހްމަދު says:

    އެކަހަލަ ސުންޕާ މީހުން ޖެހޭނީ ހަމަ މަރަން… އެފަދަ މީހުން ދޫކޮށްގެން ނުވާނެ… އެހެން ވެއްޖެ ނަމަ މި މުޖުތަމައު އިތުރަށް ފަސާދަ ވެގެން ހިނގައިދާނެ… ފެނުނު ތަކެތީގެ ފޮޓޯ ތަށް ވަރަށް ބޭނުން….

  5. allah akbar,mee raajjey ga migothah athulaiganevunu emme furathama sihuru veriya kanneyge,alhamdhulillah,den othy islaamy shary athuga va gothah amalu kurun,ehen nun nama mikamun fahun nikunaneh natheeja faharuga varah hithi vedhaneh.mee ehgothakah ves alhaanula dhookohlaa varuge kameh nun.

  6. އާސިރުގެ ޚިޔާލަށް ވަރަށް ތާޢީދު! މީނަ ސަލާމަތް ވެއްޖެ ނަމަ، އިތުރު ބަޔަކަށް މީނަގެ ނުރައްކަލާ ކުރިމަތި ލާންޖެހޭނެ، އެއީ ޝައްކެއް ވެސް އޮތްކަމެއް ނޫން….

  7. alhamdhulillah theena red handed kohh hifehehtunukan..ehenney hadhan v konnme sihuruveriyakahvess…adhi ajunaadh ebunifadhaain egothah ehaabodah sihuru hadhaameehun jalugaai beythihbumakeevess rangalhu kameii noon ae emeehun jinni beynun kohhgen jinni ah sajidha jahaagen emeehun beynun vaakameii kurumah ethanuga indhegen vess kureveyne…eyna dhoonukurey..adhi islam dheenuge hukumun hukum kurey….. ehenoonee mujthamau efadha meehunge sababun halaakuve hingaaidhaane..

  8. الحمد لله

  9. alhamdhulillaah . alhamdhulillaah ….. thi meehakau lavvaa thikan kuruvaa meehunna vess adhabu liben vaane …. kushe nei kitha baegge dhiriulhun e halaaku kollee…sihuru jehifaivaa meehunna avass shifaa akka edhen.

  10. Alhamdhu lillaahi..

    Rashu meehakah veema hithaama kuran .
    Ekamaku Sihuruvrein nah mirajjegai jaaga nudhinumah edhen..
    Jazakalaah khair

  11. hama jeheynee maraalan nooni myna komme fadha kamehves kohfaane

    • އަބްދުﷲ says:

      އިސްލާމުން ނަމަ އިންސާނެއްގެ މަރު ހިފޭނީ ﷲ ހަލާލް ކުރެއްވި ގޮތައް. ސިހުރުވެރިއެއކަމަށްވިޔަސް މަރަށް މަރު ހިފަން ހުކުމް ކުރިޔަސް މަރުގެ އުޤޫބާތް ދިނުމަކީ ފިސާރި ބޮޑުކަމެއް އަދި ސިޙުރުވެރިންނަށް ދޭންޖެހޭ ޙައްޤު އަދަބު ނުދީ މުޖްތަމައުގައި އޭނާ އުޅޭނެ ގޮތަކަށް އުޅެއް ފުރުސަތު ދިނުމަކީ ފިތުނައެއް! މީ މިހާރު ވަރަށް ބޮޑުވެއްޖެ ކަމެއް! އޭނާ އެކުޅަކަން ޝަރީޢަތް ކުރެވެން ޖެހޭނެ. އަދި ޙައްޤުވާ އުޤޫބާތް އޭނާއަށް ދެވެން ޖެހޭނެ! ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ ފުރިހަމަ ނިޒާމާއި ސީދާ ދިމާއިދިކޮޅު (ފައިސާއަށް ﷲ ގެ ޝަރީއަތައް ފުރަގަސްދިނުން) އާންމު ވެފައިވާ ނިޒާމެއް. ސާދާ ސީދާ ﷲ އަށް ބިރުވެތިވާ ޝަރީއަތުގެ މަޖިލިހެއް ބޭނުންވަނީ މިހެންވެ! މޫނަކަށް އަދި ސިހުރުވެރިއެއްގެ ކަނދުރާއަކަށް ބެލުމެއް އޮވެގެން ނުވާނެ! ޤައުމީ ސަލާމަތާއި ހުރިހާ ބާރުތަކަށް މިގޮވާލަނީ މި ސިހުރުވެރިއެއްތޯ ބެލުމަށް ނޫނީ އޭނާ އެކުޅަ ކަންކަމަކީ ކުރިކަމެއްތޯ ބެލުމަށް ފަހު އޭނާއަށް ޙައްޤުވާ އިސްލާމީ ޝަރީއަތުގެ އުޤޫބާތުގެ ޕެކޭޖް އެރުވުމަށް.

    • މުސާފިރު says:

      ސިހުރުވެރިޔަކު ސިހުރުހަދަން ހުއްޓާ ނުވަތ އިންދާ ފެނިއްޖެނަމަ އޮންނަ ހުކުމަކީ ވަގުތުން ބޯކަނޑައިލުނކަމަށް ދަންނަބޭކަލުންގެ ދަރުސުތަކުން އެނގޭ. ނަމަވެސް މިޒަމާނުގައި މިގޮތަށް މިކަން ދޫކޮށްލާފައިވަނަމަ ސިހުރުވެރިޔެކޭ ކިޔާފައި ޖެހުނު ކޮންމެމީހެއްގެ ބޯ ބުރިކުރަމުންވެސް ދުވަނެ ބަޔަކު އުޅެފާނެ.

  12. މުޙައްމަދު ޒޮިޔާދު އާދަމް says:

    އޭނާ ދޫކޮށްލައިފި ކަމަށް ޚަބަރު ލިބުން ރޭގަ…

  13. AHAREN BOLUGAAVES SIHURU HADHA EY KIYAIGEN DHOGU BADHUNAAMEH ELHUVI BAYAKU, EKAMEH AHAREN MEE EKAHAL EVVES KAMEH KURIMEEHENVVES NOON! MULHI RASHUTHEREY OTHEE EH ADAKAN MASIHURU HADHIYYEY. MULHI ABRU HUTHURU ALHUVAIFI, DHEN MASHAN OTHEE KON GOTHEH!!
    MEEHUN BOLUGAA EKAMUGE THUHUMATHU ALHUVAAMEEHUNVES SIHURU HADHAA MEEHAKAA HAMHAMA EH NUVEYTHA?

    • އަޖްނާދު ޢަލީ says:

      meehaku dhogu thuhumatheh elhuvumaa saabithu nuvun ei ehen kameh. ekam faalhuga kuranikoh fenigen athulaigathun ei dhogu thuhumathakah nuvaane. sihuru veriyaa ebbas nuviyas emeehaa e hedhee thedhakah nuvaane. faalhuga fenuneema eyge furihama hadhdhu qaaim kuran jeheyne. bayaku meehaku badhunaamu kuran vaahaka dhakkaa nama emeehakah eba oiy aburu salaamaiy kuraane goiy thah. aburuge dhauva ves kureveyne. ekamu kuranikoh hifaa hayyaru kureema evaahaka dhakkaa hisaabah mi qaumuga sihuruge kankan mihaaru mi othee.

  14. dhauvaa kuraa irah eba buneh sihuraabehey gaanooneh noaveyen dhen!

    • ސިޙުރާއި ބެހޭ ޤާނޫނު ﷲ ވަނީ ކަނޑައަޅުއްވާފައެވެ. އެތަންފީޛު ނުކުރުމަކީ އެބަޔަކު ފާފަވެރިވާނެކަމެއް. ކޯޓުން އަދި ޤާނޫނެއް ނެތްކަމަށް ބުނުމަކީ އެމީހާ އެކަން ނުކުރާ ކަމުގެ ނުވަތަ އެއީ ސިޙުރުވެރިއެއް ނޫންކަމުގެ ޙުއްޖަތެއް ނޫން. އަދި އެފާފަ އޭނާގެ ބޮލުން ފިލާނެ ކަމެއްެވެސް ނޫން

  15. ސުވާލަކީ އެނާ ހިލޭސާބަހަށް އެކަށް ކޮށްދީފާނެހޭ؟؟ ހަމަޔަގީނުންވެސް ކޮންމެވެސް އަދަދަކަސްފައިސާނަގާނެ! އަދި ބަޔަކު ަެދުމުގެ މަތީން އެކާންކުރާނީވެސް. އެކަމުގެ ޑިމާންޑް ބޮޑުވީމާ އެކަން ކުރަނީ، އެހެންކަމުނ އަހަރެމެންހަމާގައި ތިބި މީހުން މިފަދަކަނކަމުން ދުރުހެލިވަމާ! ބައެއްފަހަރު ތިމީމީސް މީހުން ކަޑަ އެޅިގެން ރޯބުނހުތާނު އެބަހަދާ! ފިތުނަފަށްދަ އެބަ އުފައްދާ! އަހަރެން މީ ތިހަދަން ތާޢީދު ކުރާމީހެއްވެސްނޫން އަދި ހަދާމީހެއްވެސް ނޫން، އެކަމަކު ބަޔަކު އަހަރެން ބޮލުގައިވެސް ވަނީ ތީގެ ބަދު ނާމު އަޅުވާފަ! ދެން އެހެނެކޭކިޔާފަ އަހަރެން ކުރާނީ ކީން؟؟ އެންހެން ކީމީހުންވެސް ހައްޔަރު ކުރަންވީތަ؟ އަދި އަދަށް ދާންދެންވެސް އެމީހުން ތިބީ އެކަން ގަބޫލުކޮށްގެން. އެހެންކަމުން އަހަރެންނަސް ވިސްނެނީ އެކަންވެސް ކުރާން ޖެހޭގޮތުގައި ކުރާމީހުން ކަިރިއަށްދިއުން!

    • ބަޔަކު އަޅުވާ ދޮގުތުހުމަތާއި ހެއްކާއި އެކު ފެންނަމީހާ ހަމަހަމަ އެއް ނުވާނެއެވެ. ބަޔަކު ޢާއްމުކޮށް މިފަދަ ތުހުމަތު ކުރަނީ ކޮންމެވެސް ކަމެއް ފެނުނީމަ. ޙަސަދަވެރި ބަޔަކު ދޮގު ތުހުމަތުކޮށް މީހެއްގެ އަބުރު ނަގާލުމަކީވެސް ވެދާާނެކަމެއް. އަބުރު ނަގާލެވޭ މީހާއަށްވެސް އިސްލާމްދީނުގައި ޙައްޤު ލިބިދީފައިވޭ. ސިޙުރު ހަދާމީހަނަކީ ފާޅުގަ ފެނުނަސް އެއްބަސްވާ ބައެއްނޫން ޢާއްމުކޮށް. އެމީހުން ބަލާނީ ވަރަށް މާތް ބައެއްގެ ގޮތުގައި ދެއްކިގެން އުޅެވޭތޯ. ސިއްރުން އެބައިމީހުންގެ ކަންކަން މީހުނަށް އޮޅުވާލައިގެން ކުރެވޭތޯ. ސިޙުރުވެރިން ސިޙުރު ހަދާނެ މީހަކު ލާރި އެއް ނުދިނަސް، މީހަކު ސިޙުރު ހަދާދޭށޭ ނުބުންޏަސް. އަދި ތިވިދާޅުވިހެން ލާރި ދީގެން އެކަން ކުރުވާމީހުންވެސް އުޅޭ. އެމީހުނަށްވެސް ސާބިތުވެއްޖެނަމަ ޙައްޤު އަދަބު ލިބެން ޖެހޭނެ. ސިޙުރު ހަދާމީހުން ކައިރިއަށް އެފަދަ ބޭނުމަކު ދިއުމަކީވެސް ޙާރާމް ކަމެއް.

  16. ތިފަދަމީހުންނަށް ހައްގު އަދަބު ނުދެވޭނަމަ ކޮންވެސް ބަޔަކުނުކުމެ ތިމީހުން މަރާތަން ފެންނާނީ އެއިރުން އުފެދޭ ފިތުނަ މާބޮޑުވާނެ

  17. މުޙައްމަދު މާހިދު says:

    ތިކަހަލަ މީހުން ހަމަ މަރަންވީ…ކަޑިން ޖަހާ ބޯ ބުރި ކުރަން ވީ…ކިތައް މީހުންގެ އާއިލާ ހަލާކު ކުރާނެ…ތީގެ މީހަކު މިހާރުވެސް އަހަރެމެން އާއިލާޔައް ސިހުރު ހަދާ…ހަމަ މަރު…

މިލިޔުމަށް ޚިޔާލު ދެއްވާ!