ތިޔަބައި މީހުންކުރެ މީހަކު އަންހެނަކާ ކައިވެނިކޮށްފިނަމަ ނުވަތަ އަޅު އަންހެނަކު ގެންފިނަމަ ފަހެ މި ފަދައިން ކިޔާށެވެ.
“اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه”
މާނައީ: “އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އޭނާގެ ކިބައިގައިވާ ހެވަކާއި އަދި އޭނާގެ فطرةގައި އިބަ ﷲ ލެއްވި ހެޔޮކަމެއް ދެއްވުން އެދި މިއަޅާ އިބަ ﷲ ގެ حضرةން ދަންނަވަމެވެ. އަދި އޭނާގެ ކިބައިގައިވާ ނުބަޔަކާއި އޭނާގެ فطرةގައި އިބަ ﷲ ލެއްވި ނުބައިކަމަކުން މިއަޅާ ރައްކައުތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ حضرة ން ދަންނަވަމެވެ.”
އަދި ޖަމަލެއް ގަނެފިނަމަ ގޮންގަނޑުގެ ކޮޅުގައި ހިފަހައްޓައިގެން ހުރެ މި ދުޢާކިޔާހުށިކަމެވެ.
0 ކޮމެންޓު