ކައިވެނިކުރާމީހާއާއި ސަވާރީއެއް ގަންނަމީހާ ކިޔާ ދުޢާ

ތިޔަބައި މީހުންކުރެ މީހަކު އަންހެނަކާ ކައިވެނިކޮށްފިނަމަ ނުވަތަ އަޅު އަންހެނަކު ގެންފިނަމަ ފަހެ މި ފަދައިން ކިޔާށެވެ.

“اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما جَبَلْـتَهـا عَلَـيْه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما جَبَلْـتَهـا عَلَـيْه”

Close Ad X

މާނައީ: “އޭ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އޭނާގެ ކިބައިގައިވާ ހެވަކާއި އަދި އޭނާގެ فطرةގައި އިބަ ﷲ ލެއްވި ހެޔޮކަމެއް ދެއްވުން އެދި މިއަޅާ އިބަ ﷲ ގެ حضرةން ދަންނަވަމެވެ. އަދި އޭނާގެ ކިބައިގައިވާ ނުބަޔަކާއި އޭނާގެ فطرةގައި އިބަ ﷲ ލެއްވި ނުބައިކަމަކުން މިއަޅާ ރައްކައުތެރިކޮށްދެއްވުމަށް އެދި އިބަ ﷲ ގެ حضرة ން ދަންނަވަމެވެ.”

އަދި ޖަމަލެއް ގަނެފިނަމަ ގޮންގަނޑުގެ ކޮޅުގައި ހިފަހައްޓައިގެން ހުރެ މި ދުޢާކިޔާހުށިކަމެވެ.

މަސްދަރު : ހިސްނުލް މުސްލިމް (رواه أبوداود،و إبن ماجه، وصححه الألباني.)

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު