ޙިޖާމާގެ ރޮނގުން ފުންނާބު އުސް ޢިލްމިވެރިން: ޝެއިޚް މުޙައްމަދު މޫސާ އާލް ނަޞްރު ރަޙިމަހުﷲ

ޝެއިޚް މުޙައްމަދު މޫސާ އާލް ނަޞްރު ރަޙިމަހުﷲ އަކީ ޙިޖާމާގެ ފަންނުގައި، ޚާއްސަކޮށް ނަބަވީ ބޭސްވެރިކަމުގައި ވަރަށް ޤާބިލް ބޭފުޅެކެވެ. އުފަންވެވަޑައިގަތީ 1954 ވަނަ އަހަރު ފަލަސްޠީނުގެ ނާބުލުސް އަށެވެ. އަވަހާރަވީ އުމުރުން 64 އަހަރުފުޅުގައި އެކްސިޑެންޓެއްގައި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގައެވެ. ޢިލްމު ޙާސިލްކުރައްވާ ތަޚްޞީޞް ވެލައްވާފައިވަނީ ޢުލޫމުލް ޤުރުއާން އިންނެވެ. އަދި ތަފްސީރުން ޕީ.އެޗް.ޑީ ހައްދަވާފައި ވެއެވެ. ޝެއިޚްގެ އުސްތާޛުންގެ ތެރޭގައި އައްޝެއިޚް އަލްބާނީ ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.

ޝެއިޚްގެ ޢިލްމަށް ތަޢުރީފުކުރައްވާ އަލްބާނީ ރަޙިމަހުﷲ ހުރިހާ ދަރިވަރުންނަށް އިޝާރާތްކުރައްވާ ވިދާޅުވެއެވެ: “އަހަރެމެންގެ އިމާމް އަހަރެމެންނާއި އެކު އެބަ ހުންނެވިއެވެ.” އިސްލާމްދީނުގެ ދަޢުވަތު ދެއްވުމުގައި ޝެއިޚް ވަރަށް ގިނަދުވަސްތަކެއް ހޭދަކުރެއްވިއެވެ. އަދި ބޭސްވެރިކަމާއި ހިޖާމާގެ ތަފާތު ޕްރރޮގްރާމްތައް ޓީވީ އިން ހުށައަޅައިދެއްވިއެވެ. އޮމާން އަދި ޖޯޑަންގެ ގިނަ މިސްކިތްތަކެއްގެ ޚަޠީބުކަމާއި އިމާމްކަން ކުރެއްވިއެވެ.

Close Ad XGet My Ruqya Android App On Google Play

ޝެއިޚް ވަނީ ޢަޤީދާއާއި ފިޤުހުގެ ރޮނގުން ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ. އަދި ބޭސްވެރިކަމާއި ގުޅޭ 15 ފޮތެއް ލިޔުއްވިއެވެ. މިގޮތުން އެންމެ މަޝްހޫރު އެއްފޮތަކީ “މަންހަޖުއްސަލާމާ ބިއްތަދާވީ ބިލްފަޞްދި ވަލް ޙިޖާމާ” އެވެ. މިފޮތަށް ގިނަ ޢިލްމުވެރިން ވަނީ ތަޒްކިޔާ ދެއްވާފައެވެ. މާތް ﷲ ޝެއިޚަށް ހެޔޮރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން.

ޝެއިޚްގެ ވެބްސައިޓް 

Image result for ‫الشيخ محمد موسى آل نصر‬‎

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު