ޢިލްމީ ޚަޒާނާ އަކީ ޖަމްޢިއްޔަތުއް ސަލަފާއި ސަން އެފް.އެމް ގުޅިގެން ތަފާތު ދީނީ މަޢުލޫތަކަށް އަލިއަޅުވާލައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިހާރު ފެށިގެން ކުރިއަށްދާ މައުލޫއަކީ “ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުން” މި މައުލޫއެވެ. މި މައުލޫގެ ބައިތަށް ކުރިއަށް ގެންދަވަނީ ވަޙީދު ޢަބްދުއް ސަލާމް ބާލީ ލިޔުއްވާފައިވާ “ވިޤާޔަތުލް އިންސާން މިނަލް ޖިންނި ވައް ޝައިޠާން” މިފޮތުންނެވެ.

މީގެ އިތުރުން ޖިންނި ޝައިޠާނުންނާއި ސިޙުރު ހާހޫރައާއި، މިނޫންވެސް މިފަދަ ކަންކަމާއި،  ރުޤްޔާ ޝަރުޢިއްޔާއާއި މެދު ހޭލުންތެރިކުރުވާ ފަރުވާ ކުރާނެ ގޮތް ބަޔާންކޮށްދިނުމުގެ ގޮތުން ޖަމްޢިއްޔަތުލް ބަޔާންއާއި ސްޕިރިޗުއަލް ހީލަރޒް އޮފް މޯލްޑިވްސް ގުޅިގެން ވީ.އެފް.އެމް އިން 2013 ވަނަ އަހަރުން ފެށިގެން ދަނީ “ޝަރުޢީ ރުޤްޔާ” ގެ ނަމުގައި ލައިވް ޕްރޮގްރާމެއް ގެނެސްދެމުންނެވެ. މިހާތަނަށް 18 ޕްރޮގްރާމް ގެނެސްދީފައިވާ އިރު، ޕްރޮގްރާމްގައި ތަފާތު ޝެއިޚުންވެސް ވާހަކަ ދައްކަވާފައި ވެއެވެ. މި ޕްރޮގްރާމްގެ ބައިތައް ގެނެސްދެނީވެސް “ވިޤާޔަތުލް އިންސާން މިނަލް ޖިންނި ވައް ޝައިޠާން” މިފޮތުގެ ތަރުތީބުން ނެވެ. އަދި އެމައުލޫތަކުގައި އެހެން ފޮތްތަކާއި ޢިލްމުވެރިންނާއި ރާޤީންގެ ތަޖުރިބާތައްވެސް ޙިއްސާކުރަމުން ގެންދެއެވެ .

Close Ad XGet My Ruqya Android App On Google Play

ޝަރުޢީ ރުޤްޔާ ޕްރޮގްރާމްތަކުގެ އޯޑިއޯ ރެކޯޑިންތައް

ޖަމްޢިއްޔަތުއް ސަލަފުން މިމައުލޫގައި ގެނެސްދޭ ޕްރޮގްރާމްތަކަކީވެސް ޢިލްމުވެރިން ހިމެނިގެން ގެނެސްދެވޭ އަގުހުރި ޕްރޮގްރާމްތަކަކަށް ވެފައި، މިޕްރޮގްރާމްތަކަކީވެސް އިތުރު ތަފާތު މައުލޫމާތު ރުޤްޔާ ކުރައްވާ ބޭފުޅުންނަށާއި، މިފަންނު ދަސްކުރަން ބޭނުން ބޭފުޅުންނަށާއި އެންމެހާ ދިވެހި އަޚުންނާއި އުޚްތުންނަށް ލިބިގެންދާނެ ފައިދާހުރި ޕްރޮގްރާމެއްކަމުން، މިވެބްސައިޓުގައި އެޕްރޮގްރާމްތައްވެސް ﷲގެ އިރާދަފުޅާއި އެކު ހިމަނާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށްޓަކައި ޕްރޮގްރާމް ހުށައަޅައިދޭ ފަރާތުގެ އިޛްނަވެސް ވަނީ ލިބިފައެވެ. ދުޢާއަކީ މިހުރިހާ މަސައްކަތަކީވެސް އިޚްލާޞްތެރި އަދި އޭގެން އެންމެހާ ދިވެހި އަޚުންނާއި އުޚްތުންނަށް ފައިދާ ކުރަނިވި މަސައްކަތްތަކެއް ކަމުގައި މާތް ﷲ ލެއްވުމެވެ. އާމީން.

ޢިލްމީ ޚަޒާނާ 241 ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިވުން:

 

_____________________________________

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު