ސިޙުރުވެރިޔާ ކޯޓުން ދޫކޮށްލައި ސިޙުރުގެ ބިރު ޢާއްމުންނަށް ބޮޑުކޮށްފި !

މާފަންނު ސްޓީވް ބްރީޒްގައި ސިޙުރު ހަދަމުން ދަނިކޮށް މިމަހު 30 ވީ ދަންވަރުގެ ވަގުތުގައި ހައްޔަރުކުރި ހދ.ކުޅުދުއްފުށީ މުޙައްމަދު އާދަމް، އިއްޔެގެ ވަގުތެއްގައި ކޯޓުން ވަނީ ދޫކޮށްލާފައެވެ. މިކަމާ ގުޅިގެން އިއްޔެ އިރުއޮއްސުނު ވަގުތު އެގޭ ކައިރިއަށް މީހުން އެއްވެ އޭނާ ހައްޔަރުކުރުމަށާއި، މަރުގެ އަދަބު ދިނުމަށާއި، ދޫކޮށްލައިފިނަމަ މަރާލާނެ ކަމަށް ބުނަމުން ދިޔައެވެ. އަދި ބައެއްމީހުން އޭނާއަށް ޙަމަލާދޭން މަސައްކަތް ކުރިއެވެ. ފުލުހުނަނަށް އޭނާ ޖިޕަށް އެރުވުނީ މަގުބަންދުކޮށް އިތުރު ފުލުހުން ގެނެސް އޭނާ ވަށާލައިގެން ގެންގޮހެވެ. އަދި ޖިޕަށް އެރުވުމުން ޖިޕުގައިވެސް މީހުން ތަޅާހަދާ ހުރަސްއަޅާފައިވެއެވެ. އެއްވެ ތިބިމީހުންގެ ވަނީ “ރަތަށް” އަރާފައެވެ. އަދި އެވަރުމީހަކު ދޫކޮށްލައިގެން ނުވާނެކަމަށާއި އޭނާއަކީ ކަނޑައެޅިގެން އެތައް ބަޔަކަށް ސިޙުރު ހަދާފައިވާކަމަށާއި، އޭނާ ދޫކޮށްފިނަމަ އެތައް ބަޔަކަށް ބޮޑު ވޭނެއް ކަމަށް އެހިސާބުގަނޑު މީހުން ގޮވަމުން ދިޔައެވެ.
މިމީހާގެ ޢާއިލާގެ މީހުންގެ ވާހަކަތައް ހުރިގޮތުން، އެއީ އެފަދަ ޢަމަލުކުރާމީހެއްކަން ދޭހަވެއެވެ. “އަޅުގަނޑުމެން ވަރަށް އާދޭސްކުރަން އެކަންކަން ނުކޮށް ހުއްޓާލުމަށް ! އެކަމަކު ދުނިޔޭގެ ދަހިވެތިކަމުގަ ގޮތްދޫނުކުރާ މީހުންވެސް އުޅޭނެތާ!” އެގޭ އަނހެނަކު އަޅުގަނޑު ކައިރީ ހުއްޓާ ބުންޏެވެ. މިހުރިހާ މަންޒަރެއް އަޅުގަނޑު ގެންދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ.
“އެމީހާ އިނީ ހައްޔަރަކު ނޫން، ތަޅައިގަނެ އުނދަގޫ ކުރަން އުޅޭތީ އޭނަ ސަލާމަތަށްޓަކައި، ރަށަށް ދެވެންދެން ބެހެއްޓިފައި ހުރީ، ފުލުހުން އޭނަ ހިމާޔަތްކުރާކަށް ނޫން،”” ފުލުހުންގެ މީޑިއާއިން މަޢުލޫމާތުދެއްވަމުން ވިދާޅުވިއެވެ.
ތަކެއްޗާއި އެކު ހިފާ ހައްޔަރުކުރެވުނު ސިޙުރުވެރިއަކު ދޫކޮށްލުމަކީ އެތައް ބަޔަކަށް އޮތް ބޮޑުބިރެކެވެ. މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި އެތައް ބައެއްގެ ދިރިއުޅުން ހަލާކުވާނެ ކަމެކެވެ. ސިޙުރަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ވީއިރު މިފަދަ މީހުން މިފަދަ ސާބިތު ގޮތަކަށް ހައްޔަރުކުރުމުން ޝަރީޢަތުން “މަރުގެ އަދަބު ނުދީ” ދޫކޮށްލުމަކީ އެކަމަށް ހިތްވަރު ދިނުން ފިޔަވައި އިތުރު ކޮން ކަމެއްހެއްޔެވެ؟ މިކަމާ ބެހޭ ޤާނޫނުތައް ހަދައި ޙުކުމް ތަންފީޛުކުރެވެން ޖެހެނީ މުޖުތަމަޢުގައި އުޅޭ މީހުނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައެވެ. އެފަދަ ސިޙުރު ހަދާމީހުނަށް ޙިމާޔަތް ދިނުމަކީވެސް ޖަރީމާއެއްކަމުގައި ދެކެމެވެ. ކޯޓުން މިމީހާ ދޫކޮށްލުމަކީ މުޖުތަމަޢުގައި މީހުން ގޮތްހުސްވެ ހަލާކު ވަމުން މިދާ ސަބަބު ކަމުގައިވާ ސިޙުރުގެ މައްސަލައަށް ބޮޑު ބިރުވެރިކަމެކެވެ. މިކަމުގެ ސަބަބުން މިބިރުވެރިކަން މިދިޔައީ އިތުރުވެގެންނެވެ.

މިޙާދިސާއާއި ގުޅޭ ފޮޓޯތައް :

Close Ad XGet My Ruqya Android App On Google Play

[1pjq AIHAo2KHKAZY]

ޙިޔާލުފާޅުކުރައްވާ

11 ކޮމެންޓު

  1. މުޙައްމަދު

    އަހަރުމެންގެ އައި.ޑީ ކާރޑު އިސްލާމްވަނީ. ޢަމަލުތަކުން އިސްލާމުންނެކޭ ނުބުނެވޭނެ. ޤާނޫނުތައްވެސް ހަދަނީ ކަނޑައެޅިގެން ﷲ ގެ ޤާނޫނުތަކާއި ޚިލާފަށް. އެކަމަކު 100 ފަސެންޓް މުސްލިމް. ތިޔައީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއް.

    1. އަބްދުﷲ

      ކަލޯ އަދި މިތާ ޑިމޮކްރެސީއެކޭ ބުނާނެވަރެއް ނުވޭ، އަދި އެއާއި ގާތއްވެސް ނުދެވޭނެ. އަބްލޯ ގާޒީމެން އެއުޅެނީ ޤާނޫނެއް ނެތިގެންތޯ؟ ނޫނޭ އެއްގޮތަކަށްވެސް އެހެނެއްނޫން. މިޤައުމުގައި އިސްލާމީ އުސޫލާއި އެއްގޮތައް(އިސްލާމީ ޝަރީއަތް) މަސްދަރެއްގެ ގޮތުގައި ބަލައިގެން ޙުކުމް ކުރެވޭނެ ޖާގަ އެބައޮތް! މި ޤައުމުގައި އަދުލުވެރި ފަނޑިޔާރުން ނެތީ އެއީ ވާގޮތަކީ! ބައްލަވާ އަމީންދީދީ ވެރިކަން ކުރެއްވި ދުވަސްވަރު ކަންހިނގިގޮތް، ހަކީމްދީދީ ކިޔާމީހަކު ސިޙުރު ހަދައިގެން ވަނީ މަރުގެ އަދަބު އެ ސިޙްރު ވެރިޔާއަށްދީފައި، މިހާރުވެސް މިޤައުމުގެ ޝަރީއަތްކުރުމާއި ޙުކުމްތަންފީޒްކުރުމަށް އަދިވެސް އޮތީ އެފޮތް އެފޮތެއް އެއްވެސް ތަނަކުން ބަދަލެއްނުކުރޭ، އެކަން ނުކުރަނީ ޝަރުޢީ ބާރުގައި ތިބޭ މަދު ބަޔަކު. އެބައިމީހުންނަކީ ދުނިޔޭގެ އަރާމާއި ޒީނަތައްހެއްލިފައިވާ ބައެއް! ﷲ އަކްބަރު

  2. ސޫދު

    ދޫ ނުކޮށްލާ ހިފެހެއްޓޭނެ ގޮތެއް ނެތް! ކަމާއި ބެހޭ ޤާނޫނެއް ނެތި ކިހިނެއް ހުކުމެއްވެސް ކުރާނީ…

    1. އަބްދުﷲ

      ކަމާބެހޭ ޤާނޫނު އެއޮތީ އިސްލާމީ ޝަރީޢަތުގައި، އަހަރުމެންގެ އިންސާނުންގެ އަތުން ހަދާ ވަލުޢީ ޤާނޫނު ވާނީ ކޯންޗަކައްތޯ؟ ﷲ ގެ ޝަރީޢަތައް ނުވަތަ އޭގެ މައްޗައްވިޔަސް ތިރިއަށްވިޔަސް ސިޙްރުވެރިޔާ ހިމާޔަތް ނުކުރެވޭނެ. އަހަރުމެންނަށް އޮތީ ﷲ ޝަރީއަތް ތަންފީޒްކުރުން މިނޫން އެހެންގޮތެއް ޚިޔާރުކޮއްފިމީހަކީ ކޮންފަދަ ނުބައި މީހެއްތޯ؟ މި ބިންމަތި ފިތުނަޔާއި އަނދިރިކަމަށް ޖާގަދިނުމަށް ވަލުޢީ ޤާނޫނަކުން ސިޙުރުވެރިން ހިމާޔަތް ވެދާނެތީ ﷲ ބިރުވެތިވުމީ އިސްލާމުންގެ ސިފަ! ދޫނުކޮއް ހިފެހެއްޓީމާ ހިފެހެއްޓޭނެ! ތުހުމަތުގައި ގެންދެވޭމީހާ ދެނެގަތުމަށް ނުވަތަ އެކަންސާބިތު ކުރުމަށް ރާޤީން ބޭނުންވާނެ! އިސްލާމީ ޢިލްމްވެރިންބޭނުންވާނެ! އެހެން ނޫނަސް ޤާނޫނެއް ހެދުމުގައި މިހާރުގެ މަޖިލީހައް އެކަންކުރުމަކީ ވަރައް މުސްތަހީއްލު ކަމެއް!

  3. އަޙްމަދު ނީޒާދު

    ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނަނީ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރިއަތް ކަމުގަ، އެހެންވީމާ އެއޮތީ ސިހުރުހަދާމީހުންނަވެސް ހުކުމްކަޑައެޅި ނިމިފަ ހަމަ އެކަނި ތަންފީޒުކުރަންވީ، ޝަރިއަތައް ޢަމަލުނުކުރަން ދައްކާހާ ބަހަނާތީ

    1. އަބްދުﷲ

      ވަރައްބޮޑު ތެދެއް! ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ނުވަތަ މެޖޯރިޓީ ތަބާވާ ނިޒާމެއްގައި ތިކަން ވާނެބާ؟

  4. ޒަންޖަބީލް

    މިރަށަށް އައިސްފިއްޔާ ހޭ އަރުވާލާނަން… އަހަރެމެން މަޑަކުން ނުތިބޭނަން… ކޯޓުން އަދި ދޫވިޔަކަސް އަހަރެމެންގެ އަޠް ދަށަކުން ދުލެއްނުވާނެ….. އެނގިދާނެތާ….

  5. rrr

    sihuru veriyaa ves hama hurefaeh sihureh nuhadhaane! eynaa kairiyan nudhayyakaa, evves meehaku nudhan mashan fennanee, adhabu libey iru hadhaa meehaa ekayyakan noon adhab dheyn veekee, hadh eynaa lavvaa hadhuvaa meehunahves, sihuruge thuhumathu alhuvaa ehen meehungge aburu nagaalaa meehunahves adhabu dheynvee hama

    1. ސިޙުރުވެރިން ސިޙުރު ހަދަނީ ކޮންމެފަހަރަކު މީހަކު ބެނެގެނެއް ނޫނެވެ. އެމީހުންނަކީ ހިތުގައި ޙަސަދަވެރިކަމާއި ނުބައިކަން ވާބައެކެވެ. އެމީހުން ކޮންމެވެސް މީހަކަށް ސިޙުރެއް ނުހަދާ ތިބެފިނަމަ ޝައިޠާނުންތަކުގެ އުނދަގޫ ބޮޑުކުރެއެވެ. އެކަމުގެ ސަބަބުން އެއްވެސް މާނައެއްނެތި ސިޙުރެއް ހަދާލުމުގެ ގޮތުން އަމިއްލަ އަނބިދަރީންނަށްވެސް ސިޙުރު ހަދައެވެ. ސާބިތު ގޮތަކަށް ހެކިފެނި އަތުލުމަކީ ތުހުމަތެއް ނޫނެވެ. އޭގެ ޙައްދު ޤާއިމް ކުރެވޭ ވަރު ދަލީލެކެވެ. ސިޙުރުވެރިން ދެނެގަނެ އެބައިމީހުން ހޯދާނެ ގޮތްތަކެއް ވެއެވެ. އެކަންތައްތަކުގެ ތެރެއަށް ފެތޭ މީހާގެ މައްޗަށް ތުހުމަތު ކުރުމަކީ ޞައްޙަ ތުހުމަތެކެވެ. މީހަކު ފާލުބަލާކަން ޔަޤީންކޮށް އެނގޭނަމަ ނުވަތަ އެކަން ކުރަނިކޮށް ފެނުނުނަމަ އެއީ ސިޙުރުވެރިއެއްކަމަށް ތުހުމަތުކުރުމަށްވުރެ ރަނގަޅީ ޔަޤީން ކުރުމެވެ. ހަމަ އެފަދައިން އިސްތިރި އާއި ވަރިތޮޅިއާއި އަކަތަކާއި ފާޑުފާޑުގެ ތަވީދުތައް ހެދިކަމުގައި ވީނަމަވެސް މެއެވެ. އެހެންކަމުން މިމަޢުލޫ އާމެދު އެއްޗެއް ބުނަންވާނީ ވަރަށް ވިސްނާ، މިކަމުގެ މަޢުލޫމާތު ހުރެގެންނެވެ. ހިތަށް އެރިގޮތަކަށް ނޫނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

      1. އަބްދުﷲ

        އަޖްނާދު އަލީ ބުނެފައިވާ ބުނުމަށް އަހުރެން ހެކިވަން! ﷲ ސުބްޙާނަހޫ ވަތަޢާލާ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވެއެވެ.