ރުޤްޔާ ކިޔެވީ : އައްރާޤީ އަޖްނާދު ޢަލީ.

Close Ad XGet My Ruqya Android App On Google Play

ސިޙުރު ޖެހިފައި ހުރިތޯ އަމިއްލައަށް ބެލުމަށް  7 ފަހަރު ތަކުރާރުކޮށް އަޑުއަހާށެވެ. ސިޙުރު ޖެހިފައި ހުރިނަމަ އަންނަނިވި ޢަލާމާތްތަކުގެ ތެރެއިން ކޮމްވެސް ޢަލާމާތްތަކެއް ފެންނާނެއެވެ.

1- ބޮލުގައި ރިހުން ނުވަތަ ބޮލަށް ބަރުވެ ފިތޭގޮތަށް އިޙުސާސްވުން

2- ހަށިގަނޑުތެރޭގައި އެއްޗެއް ދުވާހެން އިޙްސާސްވުން

3- ހަށިގަނޑުގެ އެކި ތަންތަނަށް ތަދުވުން.

4- ހޮޑުލަވާގޮތްވުން ނުވަތަ ހޮޑުލެވުން

5- ބަނޑަށް އުނދަގޫވުން/ ބަނޑު ފުއްޕުން ނުވަތަ ބަނޑުތެރޭގައި އެއްޗެއް ދުވާހެން ހީވުން

6- ގައިގެ ކޮންމެވެސް ހިސާބަކުން ދިލަނެގުން

އަޑުއަހަމުން ދާއިރު މިއިން އެއްވެސް ޢަލާމާތެއް ކުރިމަތި ވެއްޖެނަމަ ސިޙުރު ޖެހިފައިކަން ޔަޤީން ވީއެވެ.

  1. 1. Self Diagnose for magic

    ޑައުންލޯޑް 30155 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

80 ކޮމެންޓު

  1. mohamed

    mi inehves ahlaamathe fenijenama meege rhakalakeekobaa

    1. މުޙައްމަދު އަސްޢަދު

      ހެނދުނާ ހަވީރުގެ ޒިކުރުތައްކިޔުމާ ފަރުޝު ފަސް ނަމާދައް ރައްކާތެރިވުމާ އަދި ވެސް ރަސޫލާގެ ސުންނަތުން ސާބިޔުވާ ދުޢާތައް މިސާލަކަށް ގެއިން ނުކުންނައިރު ކިޔާ ޒިކުރުތައްފަދަ މުހިއްމު ދުޢާތައް ބަރާބަރށް ކިޔުމުން އިންޝާ ﷲ ރައްކާތެރިކަން ލިބޭނެ

  2. mujuthaba

    މިކަށް މިހެއް އެއްވެސް ދަލީލެއްގައި ވާރިދުވެފައި ވެފައިވޭތޯ؟ ސިޙުރު ޖެހިފައިތިބިތޯ ބެލުމަށް މިހެއް ހެދުމަކީ ބައެއްފަހަރު މީހުން ޝައްކުބަލި ޖެހޭކަމެއް

    ސިހުރު ޖެހިފައި ހުރިތޯ ބެލުމަކީ އެއީ މެޑިކަލު ޖެކްއަޕް ހަދާ ގޮތަށް ހަދާކަމެއްތޯ؟؟

    1. އަޖްނާދު ޢަލީ

      ކޮންމެ ރުޤްޔާއަކީ އެ ރުޤްޔާއަކަށް ވަކިން ސީދާ މި އާޔަތް ނުވަތަ ސޫރަތް ކިޔަވާށޭ ސީދާ ދަލީލަކުން އެނގެން އޮންނަ ރުޤްޔާއެއް ނޫނެވެ. އެހެންކަމުން މިފަދަ ކަންކަމުގައި ބަލަން ޖެހެނީ ޢާއްމު ދަލީލަށެވެ. ރަސޫލުﷲ (ސ.އ.ވ) ގެ ޙަދީޘްފުޅުގައިވަނީ ” އެރުޤްޔާއެއްގައި ޝިރުކު އެކުލެވިފައިނުވާ ކޮންމެ ރުޤްޔާއެއް ހުއްދައެވެ”. އެހެން ކަމުން މިދަލީލުގެ ދަށުން ޝިރުކު ނުހިމެނޭ ނަމަ، ޤުރުއާނުގެ އާޔަތްތަކާއި، ތަޖުރިބާ ކުރެވޭ ކަންކަން ވެސް އޭގައި ޝިރުކު ނުހިމެނޭ ނަމަ، އަދި ރުޤްޔާގައި ބޭނުްނ ކުރުން ހުއްދަ އެއްޗެއް ބޭނުން ކުރާނަމަ މައްސަލައެއް ނެތެވެ. . ކޮންމެ ބައްޔަކަށްވެސް ފަރުވާ ކުރުމުގެ ކުރިން ޖެހެނީ ބަލި ޔަޤީން ކުރަންށެވެ. ސިޙުރު ޖެހުނީކަމަށް ހީކޮށްގެން ފަރުވާ ކުރުމަށްވުރެ، ސިޙުރު ޖެހިފައި ހުރިތޯ ޔަޤީން ކޮށްގެން ފަރުވާ ކުރުން ބުއްދިވެރިއެވެ. ފާލުބަލައި އަތްބަލާ ހަދައިގެން މިފަދަ ކަމެއް ބެލުމަކީ ޙަރާމް ވެގެންވާ ކަމެކެވެ. އެހެންވީމަ ރުޤްޔާގެ ބޭނުންކޮށްގެން ޔަޤީންކުރުމަކީމަނާކަމެއް ކަމުގެ އެއްވެސް ދަލީލެއްވެސް ނެތެވެ..

      ޝައްކުބަލި އެއީ ކަމަކާ ނުލާވެސް މީހުނަށް ޖެހިދާނެ އެއްޗެކެވެ. އެއީ އެބައިމީހުންގެ ޢަޤީދާ ބައެއް ފަހަރު ބަލި ވުމުން ނުވަތަ ނަފްސާނީ ގޮތުން ބަލިވުމެވެ.. އަޑު އަހަމުން ދާއިރު ބޮޑަށް ބަލަންވީ ޔަޤީން ކުރެވޭތޯއެވެ. އެހެންކަމުން ހީވާ އެއްޗަކަށްވުރެ ބޮޑަށް ޔަޤީންކުރެވެނީ ކޮންކަމެއްތޯ ދެނެގަންނާށެވެ.

  3. އަޖްނާދު ޢަލީ

    ރުޤްޔާ އަޑުއަހަމުންދާ ވަގުތު ތިވިދާޅުވިފަދަ ގޮތެއްވާނަމަ، އަދި އަޑުއަހާ ކޮންމެ ފަހަރަކުވެސް އެހެން ވާނަމަ އެއީ ސިޙުރު ޖެހިފައި ހުރީމަ.

    1. އިޒްމީން

      އަޑުއަހަމުންދާއިރު އނެއްކާ ވިދާޅުވެފައިވާގޮތްނޫން އެހެން އިތުރު އުދަގުލެއްނުވާނެތޯ؟

      1. އިތުރު އުނދަގުލެއް ވުމަކީވެސް އެކަށީގެންވާ ކަމެއް. އަޑުއަހަން ފެށުމުގެ ކުރިން ނުވާ އުނދަގުލެއް އަޑުއަހަމުން ދާވަރުން ބޮޑުވަމުން ދާނަމަ، އަދި އަޑުއަހާ ނިމުމުން އެއުނދަގޫ ލުއި ވާނަމަ ސިޙުރުކަމަށް ބެލެވޭނެ.

  4. އަޖްނާދު ޢަލީ

    އެފަދަ ޢަލާމާތެއް ޔަޤީން ވެއްޖެނަމަ ސިޙުރަށް ފަރުވާ ކުރުމުގެ ގޮތުން ރުޤްޔާ ކުރާނީ. މިސައިޓުގެ “ޢަޑުފޮށޮ” ބައިގައި އަޑުއަހާނެ ރުޤްޔާތައް ހިމެނިފައިވާނެ. އަދި ޖިންނީގެ ސަބަބުން ޖެހޭ ފިރިހެނުންގެ ބަލިތައް އަދި ޖިންނީގެ ސަބަބުން ޖެހޭ އަންހެނުންގެ ބަލިތައް މިސައިޓުގައި ވާނެ. އޭގައިވާ ފަރުވާތައް ކުރުމުންވެސް ސިޙުރުގެ ބާރު އިރާދަކުރެއްވިއްޔާ ކެނޑޭނެ. އެންމެ މުހިއްމީ ﷲ އަށް ރުޖޫޢަވެ އިޚްލާޞްތެރިކަމާއިއެކު ދުޢާކޮށް ރުޤްޔާވެސް ކުރުން.

  5. saan

    kudakamu dhaan jehigen hama nuhurevey varu veun ei ekamuge alaamaatheh thoo…ekamakuves hama 7 faharu hama vandhen adu ehin

  6. މުޙައްމަދު އަސްޢަދު

    ރުޤްޔާ އަޑުއެހީމަ ކަންފަތް ކަިރީގައި މީހަކު ފުމޭހެން ހީވަނީ ބައެއްފަހަރު ވަރަށް ބާރަށް ފުމޭހެންވެސް ހީވޭ؟ އެއީ ކޮންކަހަލަ ކަމެއްތޯ؟

  7. ޤާސިމް

    ކައިވެނި ކޮށްގެން އުޅޭ ދެމަފިރިއަކު ކޮންމެ ހުކުރު ދުވަހަކު ޒުވާބު ކުރާކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިއްޖެ… ހުކުރު ދުވަސް ނޫން އެހެން ދުވަހަކު އެޒުވާބެއް ނުކުރެ… މީ ސިޙުރު ގެ ކަމަކަށް ވެދާނެތީ ސިހުރު ޖެހިފަ ހުރިތޯ ބެލުމަށް އިން ވީޑިއޯ އެދެމީހުނަށް ކުރަން މިއުޅެނީ ކޮން ކަމެއްކަން ނޭގޭގޮތަކަށް ދެއްކުން ރަނގަޅުވާނެތޯ؟؟؟؟

  8. މުޙައްމަދު

    ރުޤްޔާ އަޑުއަހަމުންދާ އިރު އިރުއިރުކޮޅާ ހަށިގަނޑުތެޅިލާފަ ކޮންމެވެސް އެއްޗެއް ނުކުމެގެންދާހެން ހީވަނީ. އެއީ ސިހުރުގެ ކަމެއްހެން ހީވޭތަ؟ އަދި މީގެ ކުރިންވެސް ނަމާދަށް ހުންނަ އިރުގައްޔާއި އެހެން ބަޔެއްވަގުތުތަކުގައި މިގޮތަށް ހަށިގަނޑު ތެޅިލާފައި އެއްޗެއް

  9. މުޙައްމަދު

    އެކަނި ނިދަން އޮށޯވެ އޮންނަ އިރު ބައެއް ފަހަރު މީހަކު ގައިމައްޗަށް އަރާ ބައްދާގެން އެއްވެސް ފަރާތަކަށް ގުޑާވެސް ނުލެވޭ ގޮތަށް އަދި ނުތެދުވެވޭގޮތަށް މީހާ ހިފަހައްޓާގެން އޮންނަކަން އިޙްޞާޞްކުރެވޭ. އެހީތެރިވުމަށް އެއްވެސް މީހަކަށް ގޮވާވެސް ނުލެވޭ ގޮތަށް ހިފަހައްޓާގެން އޮންނަނީ. އޭތީގެ ކިބައިން ސަލާމަތްވުމަށް ޝާހާދަތް ކިޔާލަކިޔާލަ އޮންނަނީ. އިތުކޮޅަކުން އޭތި ހިނގާދާނެ. މިހެން ދުވަސްކޯކޮޅުން އެހެންވާތާ މިހާރު 13 އަހަރު ވެއްޖެ. އަބަދުވެސް ހުންނަނީ ހިތަށް ފާޑުފާޑުގެ ވަސްވާސްތައް އަރައަރާ، މި ވެދާނެތަ ސިޙުރުގެ ކަމެއްހެން.

  10. މުޙައްމަދު

    އަޑުއަހާ ނިމުނީމަ މަތީގައި ބަޔާން ކުރެވިފައިވާ ކަން ކަން ވެފައި ރަނގަޅުވާނެތޯ؟

  11. ސުޖާއު

    މީގައި ކިޔަވާފައުވަނީ ކޮން އާޔަތް ތަކެއްކަން ބުނެ ދެއްވަ ފާނަންތޯ؟

  12. ޝާހިދް

    ސުވާލުތަކުގެ ޖަވާބު ލިބޭލެއް ތަންކޮޅެއް ލަސް. ވީހާވެސް އަވަހަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވައިފިއްޔާ ވަރަށް ރަނގަޅު. (ތިޔަ ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަން. ޖަޒާކުމުﷲ ޚައިރަން)

  13. މުޙައްމަދު

    ރުގުޔާކުރުން އެންމެމޮޅީ ކޮންގޮތަކަށް އަދި ކޮންވަގުތަކުތޯ؟ މިހެންމިދެންނެވީ ނިދާގަދީގަ ސީޑިއެއްޖަހައިގެން އަޑުއެހުންތޯ ނުވަތަ އަމިއްލަޔަށް ކިޔެވުންތޯ؟ ނުވަތަ މީހަކުލައްވާކިޔެވުންތޯ؟

    1. ނިދާގަޑި ނޫނަސް އަޑު އިއްވިދާނެ. ބޮޑަށް ރަނގަޅީ ވީހާވެސް ބޮޑަށް ބަލިމީހާ އަމިއްލައަށް ކިޔެވުން. އެހެން ކަމުން ދަރިފުޅު ލައްވާ ގިނައިން ޤުރުއާން ކިޔުއްވާ ، ދުޢާތަކާއި އެއްޗެހި ކިޔުމަށް އާދަކުރުވާ. ބަލިމީހާ އަމިއްލައަށް ކުރުމާއި އެކު އެހެން މީހަކު ކޮށްދިނުންވެއް ރަނގަޅު. އެއީ އަމިއްލައަށް ނުކުރެވޭ ޙާލަތުގައި ވާނަމަ. މިސާލަކަށް މޮޔަވުން ނުވަތަ އިރު އިރުކޮޅުން ހޭނެތި ގޮތްގޮތް ވާނަމަ. އެނޫން ނަމަ ރަނގަޅީ ހަމަ އަމިއްލައަށް ކިޔެވުން.

  14. މުޙައްމަދު

    އަޅުގަޑުގެދަރިފުޅު 9 އ. ރޭގަޑު 9:30 ގައި ނިދާފަ ދަންވަރު 2:00 ހާކަންހާއިރު ހޭލެވިގެން ބިރުގަންނަކަމަށްބުނެ މަންމަގެކައިރިޔަށްދެއެވެ. ކިހެނެއްތޯވަނީއެހީމަ ބުނަނީ ބިރުގަންނަހުވަފެން ފެންނަނީކަމަށް. މިކަމާގުޅިގެން ރައްޓެއްސަކާ މަޝްވަރާކޮށްލުމުންއޭނަދިނީ ސީޑީޔެއް. ދީފަބުނީ އޭނަ ނިދަންއޮށޯތުމުން އަޑުއިވޭހިސާބުގަ މި ސީޑީ ޖަހާށޭ. މިކަން މިގޮތަށް ކުރަންފެށުމުން އޭނަޔަށް އެ އުދަގު ކުޑަޑަވަމުންދާކަމަށް ފާހަގައެބަކުރެވޭ. އަދި ކުއްޖާގެ މިޒާޖުވެސް ކުރިޔަށްވުރެން އުފާވެރިވެ ޙަރަކާތްތެރިވާކަށްވެސްފެނޭ. މިވެދާނެތޯ ސިހުރެއް ނުވަތަ ޖިންނިޔެއްގެއުދަގުލަކަށް؟ އަދި މިހާރު އޭނަބޭނުންވަނީވެސް ނިދާގަޑީގަ އެ ސީޑީ ތަންކޮޅެއް އަޑުގަދަކޮށް ޖަހަން.

    1. ތިވިދާޅުވި ސީޑީ އަކީ ރުޤްޔާ ސީޑީއެއް ނަމަ ތިކަން ބެލެވެނީ އެއީ ޖިންނީގެ ކަމެއް ކަމަށް . މުޅީން އެކަން ރަނގަޅުވަންދެން ކުރިއަށް ގެންދަވާ.

  15. ސާލިމް

    ވަކިފައިލް އަކަށް ލާފާ ޑައުންލޮދު ކުރެވޭގޮތް ހައްދަވައި ދެވުން އެދުން

  16. މުޒައްފަރު

    އަޑުއަހަމުން ދިޔައިރު ގައިގެ ތަންތަން ތަދުވާހެން ހިރުވާ. މިއީ ސިޙުރުގެ ޢަލާމާތެއްތޯ؟

    1. އަޑުއަހާ ނިމުމުން އަދި އަޑުއެހި އިރު އަޑުއަހަން ފެށުމުގެ އިރުކޮޅެއް ކުރިން އެކަން ނުވާނަމަ، އަދި އަޑުއަހަމުން ދިޔައިރު އެކަން ފާހަގަވިނަމަ ސިޙުރުގެ ޢަލާމާތަކަށް ބެލެވޭނީ

  17. އަބްދުﷲ

    އަޑުއަހާ ނިމުނީމަ މަތީގައި ބަޔާން ކުރެވިފައިވާ ކަން ކަން ވެފައި ރަނގަޅުވާނެތޯ؟

    1. ﷲ އިރާދަކުރެއްވިއްޔާ އަޑުއަހާ ނިމުމުން އަސަރުފިލައިދާނެއެވެ. ބައެއް ފަހަރު އެއުނދަގޫ އިރުކޮޅެއްވަންދެން ހުރެދާނެއެވެ. މާގިނައިރު އުނދަގޫ ނުކެނޑި ހުންނަ ނަމަ ޔާސީން ސޫރަތް ކިޔަވާލައްވާށެވެ.

  18. އަޙުމަދު މައު

    މިއަޑުއަހަމުން ގެންދިޔަައިރު ގަައިހިރުވާ ގައިގާ އެއްޗެއް ދުވާހެން ހީވާނަމަ ދެން ކަންތައް ކުރާނީ ކިހިނެއްތަ؟؟ މީގެ ފަރުވާއަކީ ކޮބާތަ؟؟ އަޅުގަނަޑަށް މި ގޮތްގޮތްވޭ….

    1. ތިވިދާޅުވި ފަދަ ކަންކަން ވާނަމަ އެހުރީ ސިޙުރުގެ އަސަރުކޮށްފައި. ދެން ޖެހޭނީ ސިޙުރަށް ފަރުވާ ކުރަނ. ސިޙުރަށް ކުރާނެ ފަރުވާއާއި ކުރާނެ ގޮތްތައް މިސައިޓުގައި ހުންނާނެ.

  19. އައިޝަތު

    މަސްސަރު ކަންތައް ޖެހިފައިވާ މީހަކަށް މި އަޑުއެހިދާނެތަ؟؟؟ ވަރަށް އަވަހަށް ރިޕްލައި ކޮށްދެއްވުން އެދެން….

    1. ޙައިޟުވެރިޔާ ނުވަތަ މައްސަރު ކަންތައް ޖެހިފައިވާ މީހާއަށްވެސް އަޑުއެހިދާނެ.

  20. ފަރުހަތު

    އަޅުގަނޑުގެ ރައްޓެއްސެއް ސިހުރު ޖެހިފައި ހުރިތޯ ބެލުމަށް ރުޤްޔާ ޖެހީމެވެ. އަދި ރުޤްޔާ 07 ވަނަ ފަހަރަށް ޖަހައި ނިމުމުން އޭނާ ކުއްލިއަކަށް ހޭނެތި ގަޔަށް ބާރު ތަކެއް އެރި. އެހެން ކަމުން އަޅުގަނޑުމެން އޭނާ ބިންމަތީގައި ބޭއްވި އިރު އޭނާގެ ބުރަކަށި ބިންމަތީގައި ނުޖެހި ހިއްލިފައި ހުއްޓެވެ. އޭނާ ހިފެހެއްޓެނީ ހަމަ ކިރިޔާ އެވެ. އޭނާ ކުޑަކޮށް ވެސް މައިތިރިވީ ޔާސީން ޖެހި ޖެހި ތަނާއެވެ. ރުޤްޔާ ޖެހުމުން މީހަކަށް މިވަރު ވެދާނެތޯ އެވެ؟ މިސުވާލު މި ކުރެވުނީ މި އާރޓިކަލް ގައި މިވަރު ވާކަމުގެ ވާހަކައެއް ލިޔެފައި ނެތީމައެވެ. އަދި މިކަމަކީ ގޯސް ކަމަކަށް ވާނަމަ މީގެ ފަރުވާއެއް ބުނެދެއްވުން އެދެމެވެ

    1. ވަރަށް ބޮޑަށް ސިޙުރުގެ އަސަރު ކޮށްފަ ހުރުމުން ވާގޮތް އެއީ. އެޙާލަތުގައި އެއޮތީ ޖިންނި ހަށިގަނޑަށް ވަދެފަ. ތެޅިފޮޅި އެހަދަނީ އެސޮރަށް ތަކުލީފު ވާތީ. އަވަހަށް ސިޙުރުގެ ފަރުވާތައް ކުރައްވާ. މިސައިޓުގައި ސިޙުރަށް ކުރާނެ ބައިވަރު ފަރުވާ ލިޔެވިފައި ހުންނާނެ.

      1. ފަރްހަތު

        ދެއްވި ޖަވާބައް ޝުކުރިއްޔާ

  21. މަޜީނަާ

    ަަާAnmukoh kadhuraa mathin dhila nagani kevetha.?? Mihaaru ahareh haadhuvas vedhaane dhilanagaatha. Beys koh koh vex rangalhe nuvey.

    1. ސިޙްރުގެ ސަބަބުން ދިލަނެގުމަކީ ވަރަށް ޢާއްމުކޮށް ދިމާވާކަމެއް. އެހެންކަމުން ސިޙްރުގެ އެހެން ޢަލާމާތްތައް ހުރިތޯ އަދި ސިޙްރު ޖެހިފައި ހުރިތޯ ޔަޤީންކޮށްލަައްވާ

  22. ަހަސަން

    މާފްކުރޭ.. އެކަމަކު އަޅުގަނޑު މި އަޑްއަހާ އިރަށް ނިދި އަންނަނީ… ކާފަ ޒަމާނުގަ ފަންޑިތަ ހަދާ އުޅުން.. ދެން އަޑު އެހިން ދަރިންގެ ދަރިންނަވެސް އޭގެ އަސަރ ކުރާނެ އޭ.. އެހެންވެގެން މި އަޑު އެހީ 7 ފަހަރު…. މާ ބޮޑު ކަމެއް އިހސާސް އެ ނުުކުރެވޭ.. އެކަމަކު މިސްކިތުގަ ކިޔަވަން އިންނަންޔާ ފަައި ހަމަ ވަރަށް ގަދަޔަށް އަސްސި އަރާނެ. އެހެން ނޫނީ ހީވާނެ އިގިލި ތަކުގާ ކަށި ހަރާހެން…ދެން މާ ގިނަ އިރަކު ނީންދެވޭނެ މިސްކިތަކު ގައެއް. އަދިވެސް އެތަައް ކަމެއްވޭ… މިކަހަލަ ވާހަކަ ދެއްކޭނީ ކާކު ކައިރިއޭ ހިތަަައް އަރާ….

    1. ތިޔައީ ނާރެއްގެ މައްސަލައަކަށް ވުންވެސް އެކަށީގެންވޭ. ޤުރުއާނާއި ދުޢާތަކުން ފެންފޮދެއް ކިޔަވާލުމަށްފަހު ބުއިން ރަނގަޅު. އެގޮތުން ސޫރަތުލް ފާތިޙާ އަދި ޝިފާގެ ވާހަކަ ނަންގަނެވިގެންވާ އެހެން އާޔަތްތައްވެސް ކިޔެވިދާނެ. މިސައިޓުގައި ހުންނާނެ އެފަދަ އާޔަތްތައްވެސް ލިޔުންތަކުގައި.

  23. ފާތިމަތު

    ހަށިރައްކަލަ ކަށް މީހުން ތަވީދުތައް އެޅުމަކީ ކޮންކަހަލަ ކަމެއް؟އަދި އެސްފީނާ އިން ސަލާމަތް ވުމަށް ތަވީދު އެޅުމަކީ ކޮންކަހަލަ ކަމެއް؟؟

  24. ޝީން

    އަޅުގަނޑުގެ ބޯ ވަރަށް ގަދަޔަށް ރިއްސާ،ނިދި އަންނަނީ މި އަޑުއަހަން ފެށީމަ،އަޅުގަޑު ޑޮކްޓަރަށް ދައްކާވެސް ރަނގަޅެއްނުވޭ،ނާރުތައް ގުޅެލެވިފަ ހިގާބިގާ ވެސް އުޅުން ވަރަށް އުދަގޫ،ނަމާދު ކުރަންފެށީމަވެސް ހީވަނީ މީހަކު އިސްތަށިގަޑުގަ ހިފާފަ ދަމާހެން، އަޅުގަޑު ބޭނުން ރަނގަޅުވާން!

    1. ސައިތުގައިވާ ލިޔުންތައް އެއްކޮށް ކިޔާލުން ވަރަށް މުހިއްމު. އަދި ތިވިދާޅުވި ގޮތަށް އުނދަގޫ ވާނަމަ ފަރުވާ ކުރައްވާ. ފަރުވާތައްވެސް ސައިޓްގައި ހުންނާނެ. އެތަނުން ތިކަމާ އެންމެ އެކަށީގެންވާ ނުވަތަ ފަސޭހަ ފަރުވާއެއް އިޚްތިޔާރުކުރުއްވައިގެން ކުރިޔަށް ވަޑައިގަންނަވާ. ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި، ޒިކުރުތައް ކިޔުމާއި، ހެޔޮކަން ގިނަކޮށް ނުބައި ކަންތަކުން ދުރުވެ ލައްވާ. އެއިރުން ރަނގަޅުވާނެ ﷲ ގެ އިރާދަފުޅާއެކު.

    2. ފަތުމަތު

      ާަައަޑުއަހަމުން ދިޔައިރު ގައިގެ ތަންތަން ތަދުވާހެން ހިރުވާ. މިއީ ސިޙުރުގެ ޢަލާމާތެއްތޯ؟

      1. ތިކަން ދިމާވީ ޔަޤީނުންވެސް އަޑުއަހަމުން ދިޔަ ވަގުތު (އަޑުއަހަން ފެށުމުގެ ކުރިން އެހެން ނުވެ) ކަމަށް ވަންޏާ ސިޙްރުގެ ޢަލާމާތެއް ތީ.

  25. ރިފާ

    އަޑުއަހަމުން ދިޔައިރު ދޭތެރެދޭތެރެއިން ބަނޑަށް ކުޑަކޮށް އުންދަގޫވި،ކަނދުރާމަތިން ވެސް އެއްފަހަރު ކުޑަކޮށް ދިލަނެގި،މި ވެދާނެތޯ ސިހުރުގެ ކަމަކަށް؟

    1. އެކަށީގެންވޭ. ސިޙުރަށް ފަރުވާކުރެއްވުން ބުއްދިވެރި. އަދި ނަމާދުތަކަށް ރައްކާތެރިވެ ، ކުށްފާފަތަކަށް ތައުބާވެ، އިސްތިޣުފާރުކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރައްވާ.

  26. އިސްމާއީލް

    އޮޑިދޯނިފަހަރު ބައިލަން ބައެއްމީހުން ވަކިދުވަހެއް ވަކިވަގުތެއް ކަނޑައަޅާ އަދި ފިހާރަ ނުވަތަ އަލައްގޭކަށް ބަދަލުވާނަމަ މިގޮތައްކަންތައްކުރޭ
    މީ ރަނގަޅު ގޮތެއްތޯ ނޫނަމަ މީގެ ޙުކުމަކީ ކޮބާ؟

    1. އެއަށް ކިޔަނީ އިރުވަރު ބެލުން. އެއީ ހުއްދަ ކަމެއް ނޫން.

  27. މަރިޔަމް

    އަޅުގަނޑު މިއަޑު އެހުމުން ހީވަނީ ދެފައި ތިލައަށް ފާޑެއްގެ ގޮތެއްވެފަ ހުންނަހެން.. ބައެއް ފަހަރު ހީވޭ ދިލަނަގާ ހެންވެްސް. މި ވެދާނެތޯ ސިހުރަށް. އެހެންވެއްޖެ ނަމަ މިކަމުގެ ހައްލަކީ ކޮބައިތޯ

    1. އެހެންވެއްޖެ ނަމަ ސިޙުރުގެ ކަމަކަށް ވެދާނެ. ސިޙުރުގެ ފަރުވާ ކުރައްވާ. މިސައިޓުގައި ސިޙުރަށް ފަރުވާ ކުރާނެ ގޮތުގެ އާރޓިކަލްތައް ހުންނާނެ.

  28. ހާ

    ަްއަޑު އަހަމުން ދިޔަ އިރު އަވަހަށް ނުނިމިގެން ނިވާލާ ހިތްވީ. މި ވެސް ވާނެތޯ ސިހުރުގެ ކަމަކަށް؟ ދެން ކުދަކޮށް ބޮލުގަ ވެސް ރިއްސި.

    1. އަޑުއަހަމުން ދިޔަ ވަގުތު ، އަޑު ނާހާވަގުތު ނުވާ ތިފަދަ އުނދަގލުއް ވީނަމަ ބޮޑަށް ބެލެވެނީ އެފަދަ ކަމަކަށް

  29. ފާތިމަތު

    މި ރުގްޔާ ދައުންލޯޑް ކުރާނި ކިހިނެއް؟؟

  30. ޝަރޫ

    ަަަަައަޅުގަނޑުގެ މަންމަ މި ރުގްޔާ އަޑުއެހުމުން ކަންފަތްކައިރީ މީހަކު ގޮވާހެން ހީވަނީ… އެއީ ކިހިނެއްވާ ކަމެއްތޯ؟ ދެން ކަންތައް ކުރަންޖެހެނީ ކިހިނެއްތޯ؟

    1. މިރުޤްޔާ އަޑުއެހުމުން ތިވިދާޅުވި އުނދަގޫ ވާނަމަ ބެލެވެނީ ސިޙުރުގެ އަސަރު ކޮށްފައި ހުރިކަމުގައެވެ. އެހެންކަމުން ސިޙުރަށް ފަރުވާކުރައްވާށެވެ. ސިޙުރަށް ކުރާނެ ފަރުވާތައް ތިރީގައިވާ ލިންކަށް ޒިޔާރަތްކުރެއްވުމުން ފެނިވަޑައިގަންނަވާނެއެވެ.

      http://spiritualhealersofma.ipage.com/Maithiri/?cat=21

  31. Mohamed

    Aharen husbandaa hure meethi adu eheema, bandu thethelhunu, adhi adu ahaa nimuneemaves. Mives belidhaanetho sihuru jehifa hurikamah. Meegen ithurun emme fahu faharu adu aha nimenikoh bolah baruvan vefeshi adhi adu ahaa nimuneemaves egothah bolah baruvefa oiy.

  32. ސަނާ

    އަޅުގަޑު މީތީގެ އެއްބާއި އަޑުއަހާފަ ނިއްވާލި ފަހުން ވަރަށް އުދަގޫ ވޭ އެބަ… ޕްލީސް ހެލްޕް މީ….. މީ އަނެއްކާ ސިހުރު ކަމެއްބާ..

    1. އަޑުއަހާ ވަގުތު އުނދަގޫވެ ބޮލުގަ ރިއްސާ ގޮތްގޮތް ވާނަމަ ، ވާނީ ސިޙުރު ޖެހިފައި ހުރީމަ އެހެންކަމުން ސިޙުރަށް ކުރާ ފަރުވާތަކައިގެން ކުރިޔަށް ދިއުން މުހިއްމު.
      http://spiritualhealersofma.ipage.com/Maithiri/?cat=21

  33. ފާތިމަތް

    އައްސަލާމް އަލައިކުމް…. އަޅުގަނޑު ހިއްސާކޮށްލަން ބޭނުންވާ ކަމަކީ އަޅުގަނޑުގެ ގާތް އުޙްތަކަށް ދިމާވެގެން އެޅޭ ހާދިސާ އެއްގެ ވާހަކަ.. އޭނައައް ވާގޮތަކީ ހުވަފެނުގައި ބިޗޫ ، ކުރެފި ފަދަ ތަކެތި ގަޔަށް އަރާތަން ފެނުމާއި އާންމުކޮން ވަރަށް ކަޅުކޮން ހުއްނަ ކުޑަ ފިރިހެން ކުއްޖަކު އޭނަގެ އަތުގަ ހިފައިގެން ވަކި ހިސާބަކަށް ގޮސް އަތުން ދޫކޮށްލާ ތަނުން މޫދާށް ވެއްޓޭތަން އާއްމު އުސޭލެއްގެ ގޮތުން ފެނެ އެވެ.. މިހެންކަމުން އަޅުގަނޑު އޮޅުންފިލުވާލަން ބޭނުންވަނީ މިއީ ސިހުރެއްގެ ސަބަބުން ދިމާވެދާނެ ކަމެއްތޯއެވެ…..

    1. ތިފަދަ ހުވަފެނަކީ ސިޙުރުގެ ސަބަބުންވެސް ފެންނަ ހުވަފެން. އެހެންކަމުން އިތުރަށް ޔަޤީންކޮށްލުމުގެ ގޮތުން ޑައިގްނޯސް ކޮށްލުން މުހިއްމު. އަމިއްލައަށް ޔަޤީންކުރެވޭނެ ގޮތްތައް ސައިޓްގައި ހުންނާނެ.
      http://spiritualhealersofma.ipage.com/Maithiri/?cat=13

  34. މާހާ

    އެސްފީނާ ހުރިތޯ އަޑުއަހައިން އަމިއްލައަށް ބަލާނެ އޯޑިއޯ އެއް ނެތްތޯ؟

    1. އިން ޝާ ﷲ ވަރަށް އަވަހަށް އޯޑިއޯ އެއް އަޕްލޯޭޑް ކުރާނަން

  35. fathimath

    ެއަޅުގަނޑު ބޮލުގަ ރިއްސާފަ ހޮޑުލަވާ ގޮތްވަނީ… މިހެން ވަންޏާ މިއީ ސިހުރުގެ ކަމެއްތޯ.. ހޮޑުލަވާ ގޮތްވުމީ ސިހުރުގެ ކޮން ވައްތަރެއްތޯ؟

    1. ސިހުރުގެ ސަބަބުންވެސް އެހެންވެދާނެ. އަދި ބޮލަށް ދިމާވެފައިވާ ސިއްޙީ މައްސަލައަކުންވެސް އެހެން ވުން އެކަށީގެންވޭ. ގިނަފަހަރަށް ސިހުރުން ނަމަ އެގޮތަށް ދިމާވަނީ ސިހުރު ކެވިފައި ނުވަތަ ބޮވިފައި ހުރުމުން.

  36. aishath

    ދެމަފިރިންނަށް އެއްދާްން ނުކުރެވުން މީ ކޮން ކަހަލަ ކަމެއްތޯ؟ އަންހެންމީހާ ފޫހިވަނީ ހަމަ އަތްލާއިރަށް އަދި އެކަހަލަ ވާހަކަ ދެއްކިޔަސް، ދެން އެއްގޮތަކަށް ވެސް ނުކުރެވޭ އަންހެންމީހާގެ އެތަނުން ދިލަ ނަގާ ތަދުވާތީ. މިއަށް ހައްލެއް ބުނެދެއްވަފާނަންތޯ ވަރަށް އަވަހަށް

    1. ތިފަދަ ކަންކަން ޖިންނިއާއި ސިހުރުގެ ސަބަބުން ކުރިމަތިވެއެވެ. ވީމާ ސިހުރަށް ފަރުވާ ކުރައްވާށެވެ. އަދި ޖިމާޢުވާ ވަގުތު ދުޢަ ކިޔުމަށް ސަމާލުވާާށެވެ.

  37. Asfaa

    އަޅުގަނޑުގެ ޕީރިއަޑް ރަނގަޅުނުވެ ގާތްގަނޑަކަށް 2 މަސްވެސް 3 މަސްވެސް ވެގެން އެބަދޭ. ޑޮކްޓަރުންނަކަށް އެކަމަކު ބައްޔެއް ނުފެނޭ. އެހެންނަމަ އެއީ ވެދާނެތޯ ޖިންނި ކަމަކަށް.

  38. ނަބީލް

    ނިދި ނައިސް ހުންނަގަޑިއެއްގަ ވެސް ރުޤްޔާ އަޑުއަހަން ފެށުމާއެކު ނިދިއައުން އެއީ ކޮންކަހަލަ ކަމެއް؟

    1. އެފަދަ ކަމެއްގެ އަސަރު ހުރިކަމުގެ ޢަލާމާތެއް.

  39. Dhanvaru ge vaguthugaa aammukoh kessany. Ekam dhuvaalu mivarei nuvey. Dhanvaru mihen vaairu baeffaharah heevey neyvaa haas vaahen. Adhi karun hanmashaigoss karu hikifa hunnahen. Ekam dhuvaalu mikahala kamei nuhurey. Miee sihurutho

    1. ސިހުރުގެ ސަބަބުން އެގޮތަށް ދިމާވެއެވެ.

  40. aisha

    Alhugandu ithuru kujjaku hoadhan massakai kuraatha mihaaru 5 aharu vee. Varah massakaih koffin ekamu libey gotheh nuvey. Sihuruge sababun mikahala kameh dhimaa vedhaane tho? Mikamah oi hallaky kobaatho

    1. ސިހުރުގެ ސަބަބުންވެސް ވެދާނެއެވެ. އަދި އެހެން ސަބަބަކާހުރެވެސް ވެދާނެއެވެ. މިލިޔުން ކިޔާލެއްވުން އެދެން.
      http://maithiri.com/?p=47415

  41. Hameed

    ނިދިއަންނަގޮތް ވަނީކީއްވެގެންތޯ

    1. އަޑުއަހާ ކޮންމެފަހަރަކު އެހެން ވާނަމަ ސިހުރުގެ ޢަލާމާތެކެވެ.

  42. shuaibmoosa

    ބޮލައްބަރުވެފައި ހުރުމަކީ ކޮންކަހަލަ ކަމެއް؟

    1. އަޑުއަހަމުން ދާވަގުތު ބޮލަށް ބަރުވާނަމަ ސިހުރު ޖެހިފައި ހުރިކަމުގައި ބެލެވެއެވެ.

  43. Ali Nilam

    Dhema firin vari kurevi dhaane tho sihurakun adhi ekan kohfa emeeha a indhegan ulheviddhaane tho

    1. ސިހުރުގެ ސަބަބުން ދެމަފިރިން ވަރިވެދާނެކަން ކީރިތި ޤުރުއާނުންވެސް އެނގެއެވެ. ސިހުރަކީ ޙަޤީޤީ އަސަރުތަކެއްވާ އެއްޗެކެވެ. އެހެންކަމުން ތިދެންނެވިފަދަ ކަމެއް ސިހުރު ޖެހުމުގެ ސަބަބުން ހިނގާފާނެއެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުން ސިޙުރުގެ ޙަޤީޤަތް އެނގިގެން ދެއެވެ.

  44. Moosa

    Viyafaariah hadhaaga hunna sihur belidhaanetha..

  45. އުމަރު

    ކައިވެނި ކުރުމަށް ދަތިވުމަކީ ސިހުރުގެ ނުވަތަ ޖިންނީގެ ނުވަތަ އެސްފީނާގެ އަލާމާތެއްކަމަށް ބެލިދާނެ ތޯ؟ މި ދެންނެވީ މީހަކު ކައިވެނި ކުރަން ބޭނުން ވެއްޖެނަމަ އެމީހަކު ދެކެ ފޫހިވަނީ. ވަރަށް ބޮޑަށް. އަމިއްލައަށް މީހަކުދެކެ ހިތްކިޔައިފިނަމަ އޭނަ އަހަރެންދެކެ ފޫހިވަނީ. މިހެން ހަމަ ކޮންމެ ފަހަރަކުވެސް ވަނީ. މިގޮތަށް މިހާރު އެތަށް ފަހަރަކު ވެއްޖެ. މިކަމަށް އެއްވެސް ހައްލެއް އެބޮތްތޯ؟ ޖަވާބު ވަރަށް އަވަހަށް ބޭނުން

    1. ސިހުރާއި އެސްފީނާ ފަދަ ރޫހާނީ ބަލިތަކުގެ ސަބަބުން ކައިވެންޏަށް ހުރަސް އެޅުމަކީ ތިދެންންވި ފަދައިން ހިނގާ ކަމެކެވެ. ތިކަމުގެ ތަފްސީލާއި ފަަރުވާ މިވެބްސައިޓުގައި ހިމަނާފައިވާނެއެވެ.
      http://maithiri.com/47405/