ސުވާލު:

ކޮންމެ ސިޙުރުވެރިއަކީ ކާފިރެއްކަމުގައި ބެލޭނެތޯއެވެ؟

ޖަވާބު:

ސިހުރުވެރިންނަކީ ޝައިޠާނުންގެ ބޭނުން ހިފައި ޖިންނީން އެދޭ ކަންތައްތައް ކޮށްގެން އެތަކެއްޗަށް ކުއްތަންވާ ބައެކެވެ. އެއީ ﷲ ފިޔަވައި އެތަކެއްޗަށް ޤުރްބާންކޮށްގެންނެވެ. އަދި ﷲ އާއެކުގައި ނަމަވެސް އެތަކެއްޗަށް ދުޢާކޮށްހަދައިގެންނެވެ. އަދި އެތަކެއްޗަށް ކިޔަމަންވުމުގެ ގޮތުން ޒިނޭކުރުމާއި ރާބުއިމާއި ހަރާމްތަކެތި ކެއުމާއި ނަމާދުއެޅުމާއި ނަޖިސްތަކެތި ގައިގައި އުނގުޅުމާއި މުޑުދާރު ތަންތަނުގައި އުޅުންފަދަ ކަންކަމުން ﷲ އަށް އުރެދިގެންނެވެ. އެއީ ސިހުރު ޖައްސަން ބޭނުންވާ މީހާއަށް ތަފާތު ގޮތްގޮތުން ގެއްލުން ދިނުމާއި ދެމަފިރީން ދުރުކުރުމާއި (މީހުންނަށް ނޭނގޭ) ޣައިބުގައިވާ ބައެއް ކަންތައްތަކާއި ވަގަށްނަގާފައިވާ އެއްޗެތީގެ ޚަބަރުތައް ހޯދުމާއި ގެއްލިފައިވާ އެއްޗެއް ވާތަން ހޯދުން ފަދަ، ސިހުރުވެރިޔާ އެދޭ ކަންކަމަށް ޝައިޠާނާ އިޖާބަދޭތޯއެވެ. މިފަދަ ސިޙުރުވެރިއަކީ މުޝްރިކެކެވެ. ކާފިރެކެވެ. ސަބަބަކީ އޭނާ މާތް ﷲ އަށް އަޅުކަންކުރާއިރު ޝައިޠާނާއަށްވެސް އަޅުކަންކުރެއެވެ. މިއީ ބޮޑު ޝިރުކެވެ. އެހެންކަމުން އޭނާ ވާނީ ކާފިރަކަށެވެ. މިފަދައިން މާތް ﷲ ވަޙީކުރައްވާފައިވާތީއެވެ.
(وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ) البقرة/102
“ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަންނަވައެވެ. އެކަމަކު އެޝައިޠާނުން ކާފިރުވިއެވެ. އެމީހުން މީސްތަކުންނަށް ސިޙުރު ދަސްކޮށްދީގެންނެވެ.”

Close Ad XGet My Ruqya Android App On Google Play

އަދިވެސް ވަޙީކުރައްވާފައިވެއެވެ.
(وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ) البقرة/102

“ހަމަކަށަވަރުން ތިމަންބޭކަލުންނީ ފިތުނައެކޭ. (އީމާންކަން ހުރިވަރު ބެލުމަށްވެވޭ އިމްތިޙާނެކޭ) ފަހެ ތިބާ (ސިޙުރު ދަސްކޮށްގެން) ކާފިރު ނުވާށޭ (މިފަދައިން) އެދެބޭކަލުން ވިދާޅުވުމަށްފަހު މެނުވީ އެދެބޭކަލުން އެއްވެސް މީހަކަށް (ސިޙުރު) އުނގަންނައި ނުދެއްވައެވެ.”
އަދި ކީރިތި ރަސޫލާ صلى الله عليه وسلم  ވަނީ ސިޙުރުހަދާ މީހާ ޤަތުލުކުރުމަށް އަމުރުކުރައްވާފައެވެ. ޙަދީޘްގައި ވެއެވެ. (حد الساحر ضربة بالسيف) “ސިޙުރުހަދާ މީހާގެ ޙައްދަކީ ކަނޑިން ޖެހުމެވެ.”  ]رواه الترمذي (1460)والدار قطني (3/114) والحاكم (4/360) والبيهقي (8/136) ، وانظر السلسلة الضعيفة 3/641 رقم 1446[. މިކަންކަމަށް ބަލާއިރު ސިޙުރު ހަދާ މީހާވާނީ ކާފިރަކަށެވެ. އޭނާ ނަމާދުކޮށް ރޯދަ ހިފައި ޤުރްއާންކިޔަވައި ދުޢާކޮށް އުޅުނު ނަމަވެސް މެއެވެ. ޝިރުކަކީ ޢަމަލުތައް ބާޠިލުވާ ކަމެކެވެ. والله أعلم.

=اللؤلؤ المكين من فتاوى ابن جبرين ص 11=

http://islamqa.com/ar/ref/7870

ޖަވާބުދެއްވީ: އައްޝައިޚް އިބްނު ޖިބްރީން

ޖަވާބު ދެއްވީ:

ތަރުޖަމާ: އައްޝައިޚް މުޙައްމަދު ރަމީޒް އަޙްމަދު

ރާއްޖެއިސްލާމް ކިޔު.އޭ އިން ނަގާފައި

ނިޔާޒް އަށް ރައްދުދެއްވާ ރައްދު ކެންސަލް

2 ކޮމެންޓު

  1. ަނތު

    ސިހުރުވެރިންގެ ކިބައިން ކުޑަކުދިން ރައްކާތެރިކުރެވޭނީ ކިހިނެއް އަދި ކުޑަކުދިންނަށް އެބައިމީހުން ވަކިކުރަން އެގޭނެތޯ.

  2. ނިޔާޒް

    ސިޙުރު ވެރިންނޭ ބުނުމުން އެކަމަށް ޖޯކު ޖަހާ މީހުންވެސް މަދެކޭ ދެންނެވޭކަށްނެތް. މިހެން މިދަންނަވަން ޖެހުނީ ސިޙުރުވެރިއެއްގެ ވާހަކަ ބުނެފިނަމަ ރައްދުގައި އެބައިމީހުން އެބަބުނޭ އެމީހުންނަކީ އެހާ މޮޅުބައެއްނަމަ އެމީހުންނަށް ނޫދުހެވެނީ ކީއްވެތޯއެވެ…؟ އެމީހުން އެއްފަހަރުން މުއްސަނދި ނުވަނީ ކީއްވެތޯއެވެ..؟ އަޅުގަނޑު ހިތަށް އަރާ މިބައިމީހުން ޤުރުއާން ކުޑަކޮށްވެސް ކިޔައި ނޫޅެނީ ބާވައެވެ..