ކަވާޖެހުމަކީ ސިއްޙަތަށް ވަރަށް ފައިދާހުރި ކަމެކެވެ. މިކަން ރަސޫލާ صلى الله عليه وسلم ވަނީ މިއުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނު ވަނީ ކަވާ ޖައްސަވާ ޢަމަލީގޮތުން އެކަން ކުރާނެގޮތް ދަސްކޮށްދެއްވާފައެވެ. ހުޅަނގުގެ ބޭސްވެރީންނާއި ފަހުގެ ސައިންސްވެރިންވެސް ކަވާޖެހުމުގައި ހުރި ފައިދާތަކަށް އިއުތިރާފުވެއެވެ. ކަވާޖެހުމަކީ މާބޮޑު ޚަރަދެއް ނުކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއިއެކު އެތަށް ސަތޭކަ ބައްޔަކަށް ފަރުވާ ކުރެވޭނެ ގޮތެކެވެ. މިގޮތުން ދިފާޢީ ބާރު ވަރުގަދަކޮށްދިނުމާއި، ހަށިގަނޑުން ވިހަމާއްދާތަށް ނެރެލުމާއި، ލޭ ދައުރުކުރުން ތާޒާކޮށްދިނުންފަދަ އެތައް އެތައް ފައިދާތަކެއް ކަވާޖެހުމުގެ ސަބަބުން ކުރެއެވެ. އެހެންކަމުން ހަށިގަނޑުގެ ބައެއް ނިޒާމްތަކަށް ކަވާޖެހުމުގެ ސަބަބުން ކުރާ ބައެއް ފައިދާ ވަރަށް ކުރުގޮތަކަށް ބަޔާންކޮށްލާނަމެވެ.

 

Close Ad XGet My Ruqya Android App On Google Play

ނާރުތައް (Nervous system)

nervous system hijamaކަވާޖެހުމުގެ ސަބަބުން މައިބަދަޔާއި، ކަރާއި، ބޮލުގެ ނާށިގަނޑަށް ލޭދައުރުކުރުވާ ލޭހޮޅިތަށް ސާފުވުން މެދުވެރިކުރައްވައެވެ. އެހެންކަމުން މި ސަރަހައްދުތަކަށް އޮކްސިޖަން ގިނައިން ލިބޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ﷲގެ އިރާދަފުޅާއިއެކު ހަށިގަނޑުގެ ހުރިހާ ނިޒާމުތަކެއްގެވެސް މަސައްކަތްކުރާކުރުން އިތުރަށް ރަނގަޅުވެގެންދެއެވެ. އެހެނީ ސިކުނޑިޔަށް ބޭނުންވާ ކާނާ ރަނގަޅަށް ލިބެންފެށުމުން ”ނިއުރޯ ޓްރާންސްމިޓާރސް“ (neurotransmitters) ދޫކުރާ ކުރުން ހައްލަކަށްއެޅުމަށް މެދުވެރިވެގެން ދާތީއެވެ.

ނޯޓް: ނިއުރޯ ޓްރާންސްމިޓާރސްއަކީ ދެނާރު ދޭތެރޭގައިވާ (ޕްރިސިނެޕްޓިކް ނިއުރޯންއާއި ޕޯސްޓް ސިނެޕްޓިކް ނިއުރޯންއާއި ދެމެދުވާ) ހުސްޖާގައިގައި(synapse) އެއްނާރުން އަނެއް ނާރަށް ސިގްނަލް ފޮނުވުމަށްޓަކައި ރަޙްމާންވަންތަ ރަސްކަލާންގެ ލައްވަވާފައިވާ ކެމިކަލްއެއް ނުވަތަ ކެމިކަލް ތަކެކެވެ. މިސާލު: އެސިޓޯކޯލީން

 

ދިފާޢީ ނިޒާމް

immune system hijama

ކަވާޖެހުމުގެ ސަބަބުން ލޭގެ ހުދު ސެލް ނުވަތަ ވައިޓް ބްލަޑް ސެލް

(white blood cells) އިތުރު ވެގެންދެއެވެ. ނަތީޖާއަކަށްވަނީ ދިފާޢީ ނިޒާމަށް އާރޯކަމާއި ތާޒާކަން ލިބި ހަރުދަނާ ވެގެންދިއުމެވެ. އެހެންކަމުން ބަލިތަކާއި އެބަލިތަކުގެ ޝިފާ ލެއްވި ރަސްކަލާންގެ ރަޙުމަތާއިއެކު ބަލިތަކުން ސަލާމަތްވުމުގެ ބާރު އިތުރުވެގެން ދެއެވެ. ނުރައްކާތެރި ޖަރާސީމުތަކުން ހަށިގަނޑު ސަލާމަތްވުމަށް އިތުރު ބާރަކަށް ވެގެންދެއެވެ. އާދެ ކަވާޖެހުމަކީ ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ.

ނޯޓް: ލޭގެ ހުދުސެލްތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމުގައި ބައިވެރިވާ ސެލްތަކެކެވެ.

 

ލޭ ދައުރުކުރުމުގެ ނިޒާމް

circulatory hijama

ކަވާޖެހުމުގެ ސަބަބުން “އެސިޑޯސިސް” އިން ސަލާމްތް ކޮށްދެއްވައެވެ. “އެސިޑޯސިސް” އަކީ ލެޔާއި ހަށިގަނޑުގައި ހުންނަ އެހެނިހެން ދިޔާ މާއްދާތަކުގައި އެސިޑުގެ މިންވަރު އިތުރުވުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ. ކަވާޖަހާއިރު މަޑު ޕްރެޝަރެއްގައި ހަށިގަނޑުން ކަވާޖަހާ ތައްޓަށް ލޭ ދެމުމުގެ ސަބަބުން ހަށިގަނޑުގެ ލޭނާރުތަކުގައި ލޭހިނގުން ރަނގަޅުވެއެވެ. އެހެންކަމުން މާބޮޑަށް ލޭ އޮލަވުމުން ސަލާމަތްވެގެންދެއެވެ. ނަތީޖާއެއްގެގޮތުން މުޅި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް ރަޙުމާންވަންތަ ރަސްކަލާންގެ ރަޙުމަތުން ލޭދައުރުވުމަށް ފަސޭހަވެގެންދެއެވެ. އަދި މުޅިހަށިގަނޑަށް ބޭނުންވާ ކާނާއާއި އޮކްސިޖަން ފަސޭހަކަމާއިއެކު ލިއްބައިދެއެވެ.

 

ނޭވާލުމުގެ ނިޒާމު

Respiratory hijama

ކަވާޖެހުމުގެ ސަބަބުން ހިތާއި، ފުއްޕާމެޔާއި ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ލޭދަޢުރުކުރުން އިތުރުވުމަށް މަގުފަހިކުރުވައެވެ. ނަތީޖާއެއްގެގޮތުން ފަސޭހަކަމާއިއެކު ބޭނުންވާ މިންވަރަށް އޮކްސިޖަން ފޯރުކޮށްދެއެވެ. އޮކްސިޖަން ބޭނުންވާވަރަށް ފޯރުކޮށްދެއްވުމުގެ ސަބަބުން ބޭނުންވާ ހަކަތަ ފަސޭހަކަމާއިއެކު އުފައްދައިދެއެވެ. އެހެންކަމުން ނޭވާލުމާއި ފުއްޕާމޭގެ މަސައްކަތަށް އިތުރު ފަސޭހަކަމެއް ލިއްބައިދެއެވެ.

 

ކަށި

bones hijama

ކަވާޖެހުމުގެ ސަބަބުން ކަށީގެ ޙާލަތު ރަނގަޅުކުރުވާ އާރތްރައިޓިސް (arthritis) ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށްވެސް ލުއިލިބެއެވެ. ހުޅުހުޅު ދުޅަވުމުގެ މައިގަނޑު ސަބަބެއްކަމުގައިވާ ނުބައި (toxic) ލޭ ކަވާޖަހައިގެން ހަށިގަނޑުން ބޭރުކޮށްލެވެއެވެ. އެހެންކަމުން ބުރަކައްޓާއި، އުނަގަނޑާއި، ކަރާއި، ކޮނޑުފަދަ އެތައް ތަނެއްގެ ރިހުން ﷲ ރަޙުމަތުން ކަނޑުއްވައެވެ. އަދި މައިބަދަ ތެދުކޮށް ސީދާކޮށް ވަރުގަދަކަމާއިއެކީ ބެހެއްޓުމަށް އެހީތެރިވެދެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ ކެއުމުގެ ކަންތަކަށް ރަނގަޅަށް ސަމާލުކަންދީ، ކަސްރަތުކޮށް، މާތްﷲ އަށް ވަކީލުކޮށް، ކަވާޖެހުމުގައި ފަރުވާއެއް ވާކަމަށް ޤަބޫލުކުރާ ކޮންމެމީހަކަށް ކަވާޖެހުމަކީ ހުރިހާ ބައްޔަކަށްވެސް އޮތް ފަރުވާއެކެވެ. ކަވާޖެހުމުގެ ސަބަބުން ފަރުވާގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދެއެވެ. އަދި ކަވާޖެހުމުން ކުރުވާ ރަނގަޅު އަޘަރަކީ ގިނަދުވަހަށް ދެމިގެންދާ ކަމެކެވެ. މިގޮތުން ﷲގެ އިރާދަފުޅާއިއެކު އެތަކެއް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ކަވާޖެހުން ކާމިޔާބުކަމާއިއެކީ ބޭނުންކުރަމުން އަންނަތާ އެތަށް ޤަރުނެއް ވެއްޖެއެވެ. މިގޮތުން އާއްމުކޮށް ފަރުވާ ކުރެވިފައިވާ އަދި ފަރުވާ ކުރެވެމުންދާ ބަލިތަކުގެ ތެރޭގައި ބޮލުގައި ރިހުމާއި، މައިގްރެއިންނާއި، ނާރުތަކުގެ ބަލިތަކާއި، ކައްޓައްޖެހޭ ތަފާތު ބަލިތަކާއި، މަސްގަނޑުގައި ރިއްސުމާއި، ލޭ މައްޗަށްދިއުމާއި، ހަކުރުބައްޔާއި، ވާބައްޔާއި، ހަމުގެ ބައެއް ބަލިތަކާއި، ޑިޕްރެޝަންގެ އިތުރުން އެތައް ބަލިތަކެއް ހިމެނެއެވެ.

 

މަޢުލޫމާތު ހޯދި ބައެއް މަސްދަރުތައް

ޙިޖާމާ ވެޓް ތެރަޕީ، ޙިޖާމާ ނޭޝަން، ޖީ.އާރް.ސީ.ސީ.ޓީ، 2011-2014

ކަޕިންގް – އަ ޕްރޮފެޓިކަލް މެޑިސިން އެޕެއަރސް އިން އިޓްސް ނިއު ސައިންޓިފިކް ޕަރސްޕެކްޓިވް، މުޙައްމަދު އަމީން ޝައިޚޯ

ޕަބްމެޑް، އެން.ސީ.ބީ.އައި

ޙިޔާލުފާޅުކުރައްވާ

7 ކޮމެންޓު

  1. މުނީ

    މާލެއިން ކަވާޖަހާދެއްވާ ފަރާތަކާ ގުޅޭނެ ނަންބަރެއް ލިޔެލިނަމަ ވަރަށް ރަނގަޅު. ނެއްތަ ކަވާޖަހާ ފަރާތެއް އެނގޭނެ ގޮތެއް

    1. Helping hand

      Facebook page: hijama for sisters

  2. ައަލީ

    ކަވާ ޖަހާ އަންހެންބޭފުޅެއްގެ ޚަބަރު ދެއްވަފަަނަންތޯ…

    1. fathun

      ފޭސްބުކް ޕެޖޮ؛އެމް ވީ ހިޖާމާ

  3. ލިޔާ ލާމިރު

    ބަރާބަރު މައުލޫމާތު

  4. އަލީ މުހައްމަދު

    މިފަދަ މާތް ކަމަކައްވެސް އެޖަހަނީހަޖޫ އަހަރެން މިތިބެނީ ކިހިނެއްތަ ވެފާ؟

  5. ali najeeb

    ވަރައް ފުރިހަމަ އެކަމަކު މިކަންކުރަން ބޭނުންވީމަ ގުލާނި ފޯނު ނަމްބަރެއް ބޭނުން