ސުވާލު:

މި ޒަމާނުގައި ޖިންނިޔާކާ އިންސިޔަކާ ދެމީހުންނަށް ދަރިޔަކު ލިބިދާނެތޯ؟ ލިބޭނެ ނަމަ އެކުއްޖާ ވާނީ އިންސި އަކަށްތޯ ނުވަތަ ޖިންނި އަކަށްތޯ؟ ތަފްސީލް އެއް ދެއްވިއްޔާ ރަނގަޅެވެ.

Close Ad XGet My Ruqya Android App On Google Play
ޖަވާބު: އައްޝެއިޚް އާދަމް ޝަމީމް

الحمد لله، والصلاة والسلام على رسول الله

أما بعد:

ޖިންނިންނާއި އިންސީންނަށް ކައިވެނީގެ ގޮތުން ގުޅެވިދާނެތޯ ނުވަތަ ނޫންތޯ؟ އަދި އެއީ ކުރެވިދާނެ ކަމެއްނަމަ ހުއްދަ ކަމެއްތޯ ނުވަތަ ނޫންތޯ؟ ނުވަތަ މިތަނުގައި އަހާފައި މިވާފަދަ ސުވާލަކީ ވަކި ޒަމާނަކާ ނުވަތަ މަކާނަކާއި ގުޅުމެއް ހުރި ކަމެއް ނޫނެވެ. ޒަމާނެއްގެ ސަބަބަކުން އެފަދަ ކަންކަމުގެ ހުކުމަކަށް އަންނާނެ ވަކި ބަދަލެއް ނޯންނާނެއެވެ.

ޢިމްވެރިން މިފަދަ ސުވާލު ހިމަނުއްވާފައިވަނީ ބޭކާރު، ފައިދާއެއް ނެތް ސުވާލުގެ ތެރޭގައެވެ. އަދި ތިބާގެ ދީނާއި ދުނިޔޭގައި ފައިދާހުރި، ބޭނުންތެރި ސުވާލު ކުރުމަށާއި އެފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ޢިލްމުވެރިން ނަޞޭހަތްތެރިވެއެވެ. އެފަދައިން އަޅުގަނޑުވެސް ސާއިލުންނާއި ކިޔުންތެރިންނަށް އެކަން ހަނދުމަ އަރުވަމެވެ.

ޢިލްމުވެރިންގެ ބަސްފުޅުތަކާއި ޖިންނީންގެ ހަގީގަތަށް ބަލާއިރު، ޖިންނި އަކީ އިންސާނުންގެ ސޫރައަށް ބަދަލު ވެވޭ އެއްޗެވެ. ޖިންނި އިންސީންގެ ސޫރައަށް ބަދަލުވެގެންވާ ހާލަތުގައި ކައިވެނި ކޮށްފިނަމަ، ނުވަތަ ދެޖިންސުގެ ދެމެދުގައި ޖިންސީ ގުޅުން ހިންގުމަކީ ކުރެވިދާނެ ކަމެއްކަމުގައި ގަބޫލު ކުރެވެއެވެ. އަދި އޭގެ ސަބަބުން ދަރިން ލިބުމަކީވެސް ވެދާނެ ކަމެކެވެ. ޝައްކެއްނެއް ގޮތުގައި ދެޖިންސެއް ގުޅިގެން ލިބޭ ދަރި ވާނީ ދެޖިންސުންކުރެ އެއް ޖިންސަކަށެވެ. ނުވަތަ ދެޖިންސުން އެއްވެގެން އައުމަކީވެސް ވެދާނެކަމެކެވެ. މިވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެފައި ހުރި ވާހަކައެއް ނޫނެވެ.

ކީރިތި ޤުރްއާނުން އެނގެން އޮތް ޞަރީހަ ބަސްފުޅަކީ: އިންސީންނާއި ޖިންނީން މި ޖިންސުން ކައިވެނި ކުރުމަކީ ހުއްދަ ނޫން ކަމެއް ކަމެވެ. މާތް ﷲ އިންސާނުންނަށްޓަކައި ލައްވާފައިވަނީ އިންސާނުންގެ ޖޯޑެވެ. އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވާފައިވަނީވެސް އިންސާނުން އިންސާނުންނާއެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. {والله جعل لكم من أنفسكم أزواجاً} النحل: 72. މާނައަކީ: “އަދި މާތް ﷲ ތިޔަބައިމީހުންގެ ނަފްސުތަކުން ތިޔަބައިމީހުނަށްޓަކައި ތިޔަބައިމީހުންގެ ޖޯޑު އުފެއްދެވިއެވެ.” އަދި ކައިވެނި ކުރުމުގެ ހުއްދަ ދެއްވައި އެކަލާނގެ ވަހީކުރައްވާފައި ވެއެވެ. { فانكحوا ما طاب لكم من النساء} النساء: 3. މާނައަކީ: “ފަހެ ތިޔަބައިމީހުނަށް ކަމުދާ، ރަނގަޅު އަންހެނުންނާއި ތިޔަބައިމީހުން ކައިވެނި ކުރާށެވެ.” އިމާމް އައްސުޔޫޠީ އެބޭފުޅާގެ ‘الأشباه والنظائر’ (ج 1، ص 257) ގައި ވިދާޅުވެފައިވެއެވެ. މިއާޔަތުގައި އެވާ ‘النساء’ (އަންހެނުން) ގެ މާނައަކީ އާދަމުގެ ދަރީންކުރެ އަންހެނުންނަށް ޚާއްސަ ނަމެކެވެ.” ހަމައެފަދައިން ސަލަފުންގެ ޢިލްމުވެރިންގެ އަރިހުން އެއީ ޙަރާމް ކަމެއް ކަމުގައި ސާބިތުވެއެވެ.

والله أعلم، وصلى الله على محمد وآله وسلم

-ޝެއިޚް އާދަމް ޝަމީމްގެ ވެބްސައިޓުން ނަގާފައި –

ޙިޔާލުފާޅުކުރައްވާ

6 ކޮމެންޓު

  1. partey

    kyh veygeyn thoah beykaaru suvaalu kuranyh ….

  2. sihthifulhu

    thiyea massala akyh beykaaru suvaalu kohgeyn ves eyge ragalh hageegaih ingeynyh eyrun thaa dhw eyhen v maa beykaaru suvaalu ves kureyveyneh vaanuvaa olhun filuvumu ge beynumuga eykam eyge maana akyh hama hithah araahaa suvaaleh kuumeh noon

  3. pindey

    insaanun naa jinni eyee dhey baeh eykam allah ufehdhey v hama insaanun theyreyga ves anheyn firiheyn adi jinni theyreyga ves ufehdheyvi anheyn firiheyn eyhen v ma eyba ehge theyreyga ulheyveynyh insaanakaa jinni akaa huhdhaeh nuvaaney kaaveyni kuraakah ves adi gulhumeh hingan ves haraam vaaney

  4. ޔާ

    ސުވާލުގެ ޖަވާބު އެންމެ ރަގަޅަކަށް ނުލިބުނު…………..އިންސާނުންނާއި ޖިންނިން ކައިވެނި ކުރުން ހަރާމް ވިއަސް އިންސާނުންނާއި އިންސާނުން ޒިނޭ ކުރާ އުޞޫލުން އިންސާނުންނާއި ޖިންނިންގެ ދެމެދުގައި އެފަދަ ގުޅުމެއް ހިގައިގެން ދަރިޔަކު ލިބިދާނެބާ އޭ ހިތަށް އަރަނީ؟؟؟؟؟؟؟؟؟؟ ސުބުހާނަﷲ މީ ހާދަ ބިރުވެރި ކަމެކޭދޯ!!!!!!!!!!!!!!!!!!!!!!

  5. ޢަބްދުﷲ

    ބޭކާރު ސުވާލެއް ނޫން. މިހާރުވެސް ވަރަށް ގިނައިން ޖިންނި މޮޔަވެފަ ތިބޭ މީހުން ބުނޭ ދަރިން ތިބޭވާހަކަ. އެހެންވީމަ އެކަން ކަމުގެ ހަގީގަތް ސާފުވުން މުހިންމު.

  6. ހާ

    ތާކުންތާކު ނުޖެހޭ ޖަވާބެއް. ތިމާވަރުގެ މޮޅު މީހަކު ނެތިގެން ސުވާލެއްކޮށްލީމާ ބޭކާރު ސުވާލެކޭ ކިޔާފަ ތިދިން ޖަވާބު ދެވޭނެ ކުޑަކުއްޖަކަށްވެސް.