4 ސެޕްޓެމްބަރ 2013

ފުވައްމުލަކު ދިގުވާޑު އަވަށުގެ ގެއެއްގެ ބަގީޗާގެ ތެރެއިން ސިހުރު ހަދާފައި އޮތް ކިހާކެއް ފެނިއްޖެއެވެ. ސީއެންއެމަށް އެރަށުން މައުލޫމާތުދިން މީހަކު ބުނީ އެކިހާ ފުރަތަމަ ފެނިފައިވަނީ އެގޭ އަންހެން ކުއްޖަކަށް މިއަދު ހެނދުނު ކަމަށެވެ.

Close Ad XGet My Ruqya Android App On Google Play

ސީއެންއެމަށް މައުލޫމާތު ދެމުން އެކިހާ ދުށް މީހަކު ބުނީ ސިހުރު ހަދާފައި ހުރީ ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނުގެ ކިބައިން ސަލާމަތް ކުރައްވާތޯ ކަމަށާއި ކިހާއް ފެނިފައިވަނީ ދިގުވާޑު ޕީޕީއެމް ޖަގަހައާއި މާދުރު ނޫން ހިސާބެއްގައި ހުންނަ ޕީޕީއެމަށް ތާއިދު ކުރާ ގެއަކުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެކިހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އަދި ފުލުހުންގެ ކޮމެންޓެއްވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުވައްމުލަކުން ސީއެންއެމަށް މައުލޫމާތުދިން މީހަކު ބުނި ގޮތުގައި މީގެ ކުރިން އެފަދަ ކިހާކެއްވަނީ ދިގުވާޑު ފުޓްބޯޅަ ދަނޑު ތެރެއިން ވެސް ފެނިފައެވެ. ނަމަވެސް އެއީ ކާކާއި ދެކޮޅަށް ހަދާފައިވާ ސިހުރެއް ކަމެއް ނޭނގޭ ކަމަށް އެމީހާ ބުންޏެވެ. މީގެ އިތުރުން ގޭގޭގައި ހަވާދު ފުނޑަން ބޭނުން ކުރާ ކަޅުދާ ވެސް ދަނީ ގެއްލެމުންނެވެ. އެރަށުން މައުލޫމާތުދިން ގޮތުގައި ކަޅުދާ ބޭނުން ކުރަނީ ސިހުރު ހެދުމަށްފަހު ފެއްތުމަށެވެ.

ޚަބަރު ސީ.އެން.އެމް އިން ނަގާފައި

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު