އެމްޑީޕީ އިން ސިހުރު ހަދާ ކަމަށާއި އެ ހަދާ ސިހުރުތައް ބަލައި އެކަންކުރާ މީހުން ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގޮވާލައްވައިިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު ވިދާޅުވީ، ވެރިކަން ހޯދުމަށް ޓަކައި ދިވެހި ރައްޔިތުން މަރައި ދިވެހި ރައްޔިތުންނަށް ދެރަގޮތްހަދައި ރައްޔިތުންނަށް ބަލި ޖެއްސުމަށް ޓަކައި އެމްޑީޕީން ފަންޑިތަ ހަދަމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތައް ހައްޔަރުކޮށް ހަރުކަށި އަދަބު ދިނުމަށް މިހާރުގެ ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑު މިއަދު ދިވެހި ސަރުކާރަށް ގޮވާލަން ބޭނުން ދިވެހި ރައްޔިތުން މަރައި، ދިވެހި ރައްޔިތުންނަށް ދެރަގޮތް ހަދައި، ރައްޔިތުންނަށް ބަލި ޖެއްސުމަށް ޓަކައި އެމްޑީޕީން މިއަދު ހަދާ ސިހުރުތައް ބަލައި އެކަންކުރާ މީހުން ހިފައި ހައްޔަރުކޮށް، އެމީހުންނަށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަށް،” މަހްލޫފު ވިދާޅުވި އެވެ.

Close Ad XGet My Ruqya Android App On Google Play

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްތަލިބު މިއަދުގެ ޖަލްސާގައި ވިދާޅުވީ ކަނޑަށް ފާލަން އަޅައިގެން މާ ބަހައްޓައިގެން ކިޔެވުމަކީ ތާރީހުގައި ރާއްޖެ ދުށް ކަންތައްތަކެއް ކަމަށެވެ. މިއަދު ބަޔަކު އެކަން އެ ކުރަނީ އެތައް ބަޔަކު މެރުމަށް ޓަކައި، އެތައް ބަޔަކު ނައްތާލުމަށް ޓަކައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

“ކަނޑަށް ފާލަން އަޅައިގެން މާ ބަހައްޓައިގެން ކިޔެވުމަކީ ތާރީހުގައި ރާއްޖެ ދުށް ކަންތައްތަކެއް. މިއަދު ވެސް އެމީހުން (އެމްޑީޕީ)ން އެކަން އެކުރަނީ އެތައް ބަޔަކު މެރުމަށް ޓަކައި. އެތައް ބަޔަކު ނައްތާލުމަށް ޓަކައި. ރައީސް ނަޝީދު ކުރިން ވިދާޅުވެފަ ވަނީ ރާއްޖޭގެ ތާރީހު އިއާދަކޮށްދޭ ނަމޭ،” މުއްލަލިބު ވިދާޅުވި އެވެ.

ސިހުރުހަދާ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރުކުރި ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މިއީ ސަން އިން ނަގާފައިވާ ޚަބަރެކެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު