ސުވާލު: ޙައިޟުވެރިޔާ އާއި، ޖުނުބުވެރިޔާ އަދި ނިފާސްވެރިޔާ ހިނައި ނުގަނެ ރުޤްޔާ ކިޔަވާފައިވާ ފެން (ހުއްދަ ފަންޑިތަ ހެދިފައިވާ ފެން) ބުއިމާއި އެފެން ގައިގަ އުނގުޅުމާއި އެފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟


ޖަވާބު: ޖުނުބުވެރިވެފައިވާ ބަލިމީހާ ބޮޑަށް ރަނގަޅީ ރުޤްޔާއިން ފަރުވާ ލިބިގަތުމަށްޓަކައި ހިނައި ޠާހިރުވުމެވެ. އެއީ އެރުޤްޔާގެ ފައިދާ ބޮޑަށް ލިބިގަތުމަށްޓަކައެވެ. އެއީ އެފެން ބުއިކަމުގައި ވީނަމަވެސް މެއެވެ. އަދި އެފެނުން ގައިގަ އުނގުޅާ އަދި ފެންވެރިކަމުގައިވީނަމަވެސް މެއެވެ.
ޙައިޟުވެރި އަންހެނާއާއި ނިފާސްވެރި އަންހެނާއަށް ރުޤްޔާކޮށްފައިވާ ފެން ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެދެޙާލަތުގައި ރުޤްޔާނުކޮށްފިނަމަ ލިބޭ ގެއްލުން ބޮޑުވެދާނެތީއެވެ.

_________________________________
- ބައްލަވާ: عبد الله جبرين : الكنز الثمين ص 194 –
- ބައްލަވާ: الفتاوى الذهبية في الرقى الشرعية -

1 ޚިޔާލު މިލިޔުމަށް “ރުޤްޔާ ކިޔަވާފައި ހުންނަ ފެން، ޙައިޟު، ނިފާސް އަދި ޖުނުބުވެރިޔާ ބޭނުން ކުރުން!”

  1. sanތި މަރިޔަބު says:

    ވަރަށް ރަނގަޅު މަަަައުލޫމާތެއް މިއީ ……

މިލިޔުމަށް ޚިޔާލު ދެއްވާ!