ރަމަޟާން މަހުގެ އިރުއޮއްސޭ ވަގުތު ކުޑަކުދިން ބޭރަށް ނެރެވިދާނެތޯއެވެ؟  އެހެނީ އެމަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވޭކަމަށް ޙަދީޘްފުޅުތަކުން އެނގެއެވެ. ؟

ޖަވާބު:

Close Ad XGet My Ruqya Android App On Google Play

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިރުއޮއްސިގެން އަންނަ ވަގުތަކީ ޖިންނި ޝައިޠާނުންތައް ފެތުރިގެން އަންނަ ވަގުތެވެ. އެހެންކަމުން އެވަގުތު ކުޑަކުދިން ގެއަށް ވެއްދުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އަމުރުކުރައްވާފައެވެ.

جَابِرٍ رضي الله عنه ގެ އަރިހުން مسلم ރިވާކުރައްވާފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރެއްވިއެވެ. ((لَا تُرْسِلُوا فَوَاشِيَكُمْ وَصِبْيَانَكُمْ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ فَإِنَّ الشَّيَاطِينَ تَنْبَعِثُ إِذَا غَابَتْ الشَّمْسُ حَتَّى تَذْهَبَ فَحْمَةُ الْعِشَاءِ)) މާނައީ: “އިރު އޮށްސި އިޝާގެ އަނދިރިކަން ހިނގައްޖައުމަށް ދާންދެން ތިޔަބައިމީހުންގެ ނާމް ސޫފި ތަކާއި ކުޑަކުދިން ބޭރަށް ދޫކޮށްނުލާށެވެ. ފަހެ އިރުއޮށްސި އަނދިރިވެގަންނަ ހިނދުން ފެށިގެން އެވަގުތު ފިލައިފުމަށް ދާންދެން ޝައިޠާނުންތައް ބިންމަތީގައި ފެތުރިގަނެއެވެ.” އަދިވެސް البخاري އާއި مسلم ރިވާކުރައްވާފައި ވެއެވެ. ((إِذَا كَانَ جُنْحُ اللَّيْلِ أَوْ أَمْسَيْتُمْ فَكُفُّوا صِبْيَانَكُمْ فَإِنَّ الشَّيْطَانَ يَنْتَشِرُ حِينَئِذٍ فَإِذَا ذَهَبَ سَاعَةٌ مِنْ اللَّيْلِ فَخَلُّوهُمْ وَأَغْلِقُوا الْأَبْوَابَ وَاذْكُرُوا اسْمَ اللَّهِ فَإِنَّ الشَّيْطَانَ لَا يَفْتَحُ بَابًا مُغْلَقًا وَأَوْكُوا قِرَبَكُمْ وَاذْكُرُوا اسْمَ اللَّهِ وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللَّهِ وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا وَأَطْفِئُوا مَصَابِيحَكُمْ)) މާނައަކީ: “ރޭގަނޑުގެ އަނދިރިކަން ވެރިވެގަންނަ ހިނދު ނުވަތަ އިރު އޮށްސުނީއްސުރެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހަށްޓާށެވެ. ފަހެ ހަމަކަށަވަރުން ޝައިޠާނުން އެވަގުތުގައި ފެތުރިގަނެއެވެ. ދެން ރޭގަނޑުން ސާޢަތެއް (އެބަހީ އިރު އޮށްސުމާއި އެކުގައި ވެގަންނަ އަނދިރިކަން) ފިލައި ދިޔުމުން ދޫކޮށްލާށެވެ. އަދި ﷲ ގެ ނަންފުޅުގަނެ (بسم الله ކިޔައި) ދޮރުތައް ބަންދުކުރާށެވެ! (އެކަލާނގެ އިސްމުފުޅާއި އެކުގައި) ލައްޕާފައިވާ ދޮރެއް ޝައިޠާނާ ނުހުޅުވާނެއެވެ. އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ފެން އަޅާ ތަކެތި ބަންދު ކުރާށެވެ! އަދި بسم الله ކިޔައި ތިޔަބައިމީހުންގެ ތެލިތަށިތައް މަތިޖަހާށެވެ! މަތި ނެތިއްޖެނަމަ އޭގެމަތީ އެއްޗެއް ހުރަސްކޮށްލާށެވެ! އަދި (އަލިފާން) ބައްތިތައް ނިއްވާލާށެވެ!”

 މިދެޙަދީޘްފުޅުންވެސް އެނގިގެންދަނީ އިރުއޮއްސޭ ވަގުތު ކުޑަކުދިން ގެއަށް ވައްދަން ޖެހޭނެކަމެވެ. އަދި ރަމަޟާންމަހު މާރިދުންނާޢި، ޝައިޠާނުން ކަސްތޮޅު އެޅުވޭކަމަށްވެސް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައެވެ. ޖިންނީންގެ ތެރޭގައި މާރިދުންނާއި ޝައިޠާނުން، އަދި ޢިފްރީތުންނާއި، އަރްވާހް ފަދަ އެކި ބައިތަކުގެ ޖިންނީން ވެއެވެ. އަދި ކަސްތޮޅުއެޅުވޭނެކަމަށް އަންގަވާފައިވަނީ، މާރިދުންނާއި ޝައިޠާނުންނެވެ. ކުޑަކުދިންނަށް ގޯނާ ކުރާ ޖިންނީންކަމުގައިވާ އަރުވާޙް އޭ ކިޔުނު ޖިންނީން ކަސްތޮޅު އެޅުވޭވާހަކަ އެނގޭކަށް ނެތެވެ. އަދި އިސްވެ ބަޔާންކުރެވުނު ދެޙަދީޘްގައި އެވާ ޙުކުމް، (އިރުއޮއްސޭ ވަގުތު ކުޑަކުދިން  ގެއަށްވެއްދުން) ރަމަޟާންމަހު ކެނޑިގެންދާނެ ކަމަށް، ނުވަތަ ރަމަޟާންމަހު އެގޮތަށް ޢަމަލު ކުރަން ނުޖެހޭނެކަން އެނގޭ އެއްވެސް ދަލީލެއް ނެތެވެ. އެހެންކަމުން ރަމަޟާންމަހުވެސް އިރު އޮއްސޭ ވަގުތު ކުޑަކުދިން ގެއަށް ވައްދަން ޖެހޭނެއެވެ.

والله أعلم

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. ސަކީނާ

    ކޮށްފައިވާ ސުވާލަކާ ޖަވާބަކާ ނުގުޅޭ. ސުވާލުގައި ވަނީ ރަމަޟާން މަހުގެ ވަހަކަ އެމަހަކީ ޖިންނި ޝައިޠާނުން ބަންދުކުރެވިފައިވާ މައްސަރަކަށްވާތި އެމަހުގައި ކުދިން ނެރެވިދާނެތޯ؟

    1. ލިޔުމުގެ ފަހު ޕެރެގްރާފް ކިޔާލެއްވިންތޯ ??
      އަދި އިސްވެ ބަޔާންކުރެވުނު ދެޙަދީޘްގައި އެވާ ޙުކުމް، (އިރުއޮއްސޭ ވަގުތު ކުޑަކުދިން ގެއަށްވެއްދުން) ރަމަޟާންމަހު ކެނޑިގެންދާނެ ކަމަށް، ނުވަތަ ރަމަޟާންމަހު އެގޮތަށް ޢަމަލު ކުރަން ނުޖެހޭނެކަން އެނގޭ އެއްވެސް ދަލީލެއް ނެތެވެ. އެހެންކަމުން ރަމަޟާންމަހުވެސް އިރު އޮއްސޭ ވަގުތު ކުޑަކުދިން ގެއަށް ވައްދަން ޖެހޭނެއެވެ.

      والله أعلم