މިއީ ޤުރުއާނުގައިވާ ޝިފާގެ ވާހަކަ ނަންގަނެވިފައިވާ އާޔަތްތަކެވެ. މީގެ އިތުރުން ސޫރަތުލް ފާތިޙާއަކީ ހުރިހާ ބައްޔަކަށް ޝިފާއެއް ކަމުގައި ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. ރުޤްޔާގައި ޝިފާގެ އާޔަތްތަކުގެ ނަމުން މަޝްހޫރުވެފައިވަނީ މިއާޔަތްތަކެވެ. ޤުރުއާނުގެ ކޮންމެ އާޔަތަކީވެސް އޭގެން ޝިފާ ލިބުންވާ އާޔަތެކެވެ. މިކަން އަހަރެމެން ޤަބުލުކުރަން ޖެހެއެވެ. މިއާޔަތްތަކުގެ އިތުރުންވެސް ޝިފާގެ އާޔަތްތަކުގެ ގޮތުގައި ފަރުވާ ކުރުމަށް ރުޤްޔާގެ އަހުލުވެރީން ޖަމަޢަ ކުރާ އާޔަތްތައް ވެއެވެ. މިފަހަރު މި ހިމަނާލީ ޝިފާގެ ވާހަކަ ނަންގަނެވިގެންވާ އާޔަތްތަކެވެ. ބަލިމީހުންނަށް މިއާޔަތްތަކުން ފެން ކިޔަވާ ދިނުން ފަދަ ފަރުވާތައް ކުރެވިދާނެއެވެ. އަދި އަމިއްލައަށް ގިނައިން ކިޔެވުން މޮޅުއިތުރެވެ.
ނެޓުގަ ހުންނަނީ ވަރައޮ ކުރުކޮއް ސިފާގެ ބައި އެކަނި
وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ.
َيخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاء لِلنَّاسِ
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاء وَرَحْمَةٌ لِّلْمُؤْمِنِين
وَإِذَا مَرِضْتُ فَهُوَ يَشْفِين
يَا أَيُّهَا النَّاسُ قَدْ جَاءتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاء لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ
قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ
މިސައިޓްގައި ހިމެނިފައި އެވަނީ އާޔަތްތައް ފުރިހަމައަށް. ތިޔަ ވިދާޅުވެފައިވާ ބައިތަށް ކިޔަވާ އިރު ތަކުރާރު ކުރެވިދާނެ. އަދި މާނަ ފުރިހަމަ ވާގޮތަށް ބޭނުންވާ ބައިވެސް ބޭނުންކުރެވިދާނެ. ބޮޑަށް އެދެވިގެންވަނީ އާޔަތް އެއްކޮށް ކިޔެވުން. ތިވިދާޅުވިގޮތަށް ބޭނުން ކުރުންވެސް މައްސަލައެއް ނޫން.