މިކަމަށްޓަކައި އަހަރެމެން އީމާންކަމުގެ އަހުލުވެރީން ހިފުން އެންމެ ހެޔޮކަން ބޮޑު ގޮތަކީ ﷲ އާއި ވީހާވެސް ގާތް، އެކަލާނގެއަށް ބޮޑަށް ކުއްތަންވަނިވި ގޮތެކެވެ. އެގޮތުން އެންމެ ހެޔޮވެގެންވާ ކަމަކީ، ދަމުނަމާދު ކުރުމަށްފަހު ދުޢާކުރުމެވެ. އެހެނީ އެވަގުތަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ނާޒިލްވެވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހު އަންގަވާފައިވަނީ “ތިމަން ﷲ އަށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަކުރައްވާ ހުށީމެވެ.” މިފަދައިންނެވެ. ވީއިރު ކޮންމެ ކަމަކަށްވެސް ގިނައިން ދުޢާކުރުން ހުއްޓެވެ.

ރުޤްޔާގެ އަހުލުވެރިންނާއި ޢިލްމުވެރީންވެސް ސިޙުރު ހޯދުމުގައި ބޮޑަށް ތަޖުރިބާ ކުރައްވާ އިތުބާރު ކުރައްވާ މަގަކީ، ދަމުނަމާދަށްފަހު، އެ ސިޙުރު ހުރިތަނެއް ދެއްކެވުމަށާއި، އެސިޙުރު ބާޠިލުކުރެއްވުން އެދި ދެންނެވުމެވެ. މިކަން ކުރާނީ ބަލިމީހާއެވެ. އަދި ރުޤްޔާ ކުރާމީހާވެސް މިފަދައިން ކަންކުރުން ހެޔޮވެގެންވެއެވެ.

Close Ad XGet My Ruqya Android App On Google Play

ކޮންމެއަކަސް ސިޙުރު ހުރިތަން ދެނެގަނެ އެސިޙުރެއް ހޯދިއްޖެނަމަ ، އެސިޙުރެއްގެ އަސަރު ކަނޑުވާލަން އެންމެ ފަސޭހަގޮތް ވީއެވެ. އެހެންކަމުން މިކަމަށްޓަކައި ރުޤްޔާގެ އަހުލުވެރިން، ޝިރުކު ނުހިމެނޭ ގޮތްތަކަށް އެކި ރުޤްޔާތައް ތަޖުރިބާ ކުރައްވައެވެ. އަދި ތަޖުރިބާއަކީ ކޮންމެ ފަހަރަކު އެއްގޮތަކަށް ހުރިހާ އެންމެންނަށް ދިމާވާނެ ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ތަޖުރިބާ ޙިއްސާކުރަނީ، އެއީ އެކަމުގައި އޮތް ހަމައެކަނި ގޮތްކަމުގައި ނުދެކުމަށާއި އެހެންނަމަވެސް ތަޖުރިބާވެފައިވީތީ ކަން ކުރެވިދާނެ އެކި ގޮތްގޮތް ބަޔާން ކޮށްދިނުމުގެ ގޮތުންނެވެ. މިގޮތުން މިކަމުގައިވެސް އަޅުގަނޑު އަދި ބައެއް އެހެންވެސް ރުޤްޔާގެ އަހުލުވެރީން ތަޖުރިބާ ކުރައްވާފައިވާ ބައެއް ކަންކަން ޙިއްސާ ކޮށްލާނަމެވެ.

1-     ބަލިމީހާ ކައިރީ ރާޤީއަކު ކިޔަވައިގެން ދެނެގަންނަން ބޭނުންނަމަ (ބަލިމީހާއަމިއްލައަށްވެސް މިކަން ކުރެވޭނެއެވެ): ރުޤްޔާ ކިޔެވުމުން ބަލިމީހާގެ ހަށިގަނޑުގައި ސިޙުރު ހުރިކަން ޔަޤީން ވެއްޖެ ނަމަ، ދެން އެއީ ކޮންބާވަތެއްގެ ސިޙުރެއްތޯ ދެނެގަނެވޭ ގޮތެއް ވެއެވެ. އެގޮތަކީ ރުޤްޔާ ކިޔެވުމުން ސިޙުރު ހުރިކަން ޔަޤީން ވުމުން، ޖިންނި ހާޒިރު ވިޔަސް ނުވަތަ ނުވިޔަސް (ބޮޑަށް އެދެވިގެންވަނީ، ޖިންނި ހާޒިރު ނުވެ، އެހެންނަމަވެސް ރުޤްޔާ ކިޔެވުމުން އުނދަގޫތައްވާ ޙާލަތުގައި) ތިރީގައިވާ ދުޢާތައް، ފަހަރަކު ދުޢާއެއް ތަކުރާރު ކުރާނީއެވެ. މިގޮތަށް ތަކުރާރުކުރުމުން ބަލިމީހާއަށް ބޮޑަށް ތަކުލީފުވަނީ ކޮން ދުޢާއަކުންތޯ ބަލާނީއެވެ. އަދި އެކަމަކާ ބޮޑަށް ގުޅޭ ގޮތަށް ފަރުވާ ކުރާނީ އެވެ.
1- اللهمَّ اَبْطِلْ كُلَّ سِحْرٍ مَأَكُولٌ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ކާންދީފައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާ ތަކުރާރުކުރުމުން ބޮޑަށް އުނދަގޫވާނަމަ ކާންދީފައި ހުރިކަމަށް ބަލައި ކާންދީފައިވާ ސިޙުރު ބޭރުކުރުމަށް ކުރެވޭ ފަރުވާތައް ކުރެވިދާނެއެވެ.)
2- اللهمَّ اَبْطِلْ كُلَّ سِحْرٍ مَدْفُونٌ :  މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ވަޅުލާފައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން އުނދަގޫވާނަމަ، ސިޙުރުވަނީ ވަޅުލާފައި ކަމުގައި ބެލެވިދާނެއެވެ.)
3- اللهمَّ اَبْطِلْ كُلَّ سِحْرٍ مَرْشُوسٌ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ވިއްސާފައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ސިޙުރު ހެދުމަށް ފަހު ދިޔާ އެއްޗެއް ވިއްސާފައި ހުރި ކަމަށް ބެލެވިދާނެއެވެ)
4- اللهمَّ اَبْطِلْ كُلَّ  سِحْرٍ فِي الْبَيْتِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ގޭގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގެއަށް ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ)
5- اللهمَّ اَبْطِلْ كُلَّ سِحْرٍ فِي الْبَحْرِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ކަނޑުގައިވާ/ކަނޑަށް ހަދާފައިވާ ކޮންމެ ސިޙުރެއް        ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ކަނޑަށް ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)
6- اللهمَّ اَبْطِلْ كُلَّ سِحْرٍ فِي الْقَبْرِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ޤަބުރުގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، މަހާނައަށް ނުވަތަ ޤަބުރުސްތާނުގައި ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)
7- اللهمَّ اَبْطِلْ كُلَّ سِحْرٍ فِي الأَرْضِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ބިމުގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ބިމުގައި ވަޅުލާފައި ނުވަތަ އެނޫންވެސް ގޮތަކަށް ބިންގަނޑުގައި ސިޙުރު ހުރީ ކަމުގައި ބެލެވިދާނެއެވެ)
8- اللهمَّ اَبْطِلْ كُلَّ سِحْرٍ فِي الْعُقَدِ : މާނައީ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ، ގޮށްގޮށުގައިވާ/ގޮށުގެތެރޭގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގޮށް ޖަހައިގެން ހަދާފައިވާ ސިޙުރެއް ކަމުގައި ބެލެވިދާނެއެވެ.)
– މިދުޢާތައް ތަކުރާރުކޮށް ކިޔެވުމުން އުނދަގޫ ބޮޑުވާ ދުޢާތައް ފާހަގަކުރާށެވެ. އަދި ފަރުވާގެތެރޭގައި ގިނައިން އެދުޢާތަކެއް ތަކުރާރުކުރާށެވެ. އަދި މިގޮތުން ގެއަށް ސިޙުރު ހަދާފައި ހުރި ކަމަށް ބެލެވިއްޖެ ނަމަ ސިޙުރުބާޠިލުކުރުމަށް ފެނަށް ކިޔަވާ މުޅި ގެއަށް އެފެން ވިއްސާށެވެ. އަދި އޭގެ އިތުރުން، ބަލިމީހާ ގޭގެ ދޮރުމައްޗާއި ، ގޭގެ ކަންތަކާއި، ސިޙުރު ހަދާފާނެކަމަށް ބެލެވޭ ތަންތަނުގައި މަޑުކޮށްލައިގެން ހުރުމުން، އެތަނެއްގައި ސިޙުރު ހުރިނަމަ އުނދަގޫ ބޮޑުވާކަން ފާހަގަވެފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ ތަންތަނަށް ވަކިން ކިޔެވުމަށްފަހު ފެން އަޅާށެވެ. އަދި މިއިން ކޮންމެ ގޮތަކަށް ސިޙުރު ހަދާފައި ހުރިނަމަވެސް، އަދި އެސިޙުރެއް ނުފެނުނު ނަމަވެސް ސިޙުރަށް ކުރާ ފަރުވާތައް ކުރާށެވެ.

2-      ބަލިމީހާ ތިރީގައިވާ އާޔަތްތައް ގިނައިން ތަކުރާރުކޮށް ކިޔަވާށެވެ، ބޮޑަށް އެދެވިގެންވަނީ ނިދަން ވުމުން ކިޔެވުމެވެ. އަދި ކިޔެވުމަށްފަހު އެސިޙުރު ހުރިތަނެއް ދެއްކެވުން އެދި ދުޢާކުރާށެވެ. މިގޮތަށް ކަންކުރުމުންވެސް ސިޙުރު ހުރިތަން ހުވަފެނުގައި ފެނިފައި އެބަހުއްޓެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ކަންތައް ކުރާށެވެ.
1- وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾ سورة الأنعام: 59
2- سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢﴾ سورة البقرة : 32
3- قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص
4- قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
سورة الفلق
5- قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس

އާޔަތްތަކުގެ ތަރުޖަމާ:

1- އަދި غيب ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ.
2- އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށް އުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.
3- ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަﷲ އެވެ. (1) ﷲއީ އެންމެހާ ތަކެތި އެއިލާހުއަށް ބޭނުންތެރި ވެގެންވާ އަދި އެއްވެސް އެއްޗަކަށް އެއިލާހު ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެއިލާހުއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެއިލާހު އުފަންވެ ވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެއިލާހުއާ އެއްފަދަވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. (4)
4- ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިއިލާހު حضرةން ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ.(1) އެއިލާހު ހައްދާވާފައިވާ ތަކެތީގެ ނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.(3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحر ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسد ވެރިޔަކު حسد ވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުން ވެސްމެއެވެ. (5)
5- ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިއިލާހު حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1) (އެއިލާހުއީ) މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ (2) . (އެއިލާހުއީ) މީސްތަކުންގެ إله ވަންތަ ރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطان އާގެ ނުބައިކަމުންނެވެ. (އެބަހީ: شيطان އާގެ ނުބައިކަމުން އެއިލާހު حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ.) (4) އެ (شيطان އާ) އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ شيطان އާއެވެ. (5) ޖިންނީންގެ ތެރެއިންނާއި، މީސްތަކުންގެ ތެރެއިންވާ شيطان ންނެވެ. (6)

ސިޙުރު ހުރިތަން މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި މާތް ﷲ ވަޙީކުރައްވާފައިވަނީ “އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައި ކަމުގައިވިޔަސް، ސިޙުރުވެރިޔާ ކާމިޔާބު ނުވާނެއެވެ” މިފަދައިންނެވެ. އެހެންކަމުން ﷲ އާމެދު އެޔަޤީންކަން ބާއްވާށެވެ. އަދި އެއާއެކު ފަރުވާ ކުރުމާއި، ވަކީލް ކޮށް ގިނައިން ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ. މިރުޤްޔާއަކީ މިކަމަށްޓަކައި ކުރެވޭނެ ހަމައެކަނި ރުޤްޔާއެއް ނޫނެވެ. އަދި ހަމައެކަނި ބޭނުން ކުރެވޭނީ މިއާޔަތްތަކެއްވެސް ނޫނެވެ. މިއީ އެހީއެއްގެ ގޮތުން ބަޔާންކޮށްފައިވާ ތަޖުރިބާ ތަކެކެވެ. ލާޒިމްކޮށް ޝަރުޢުކުރުމުގެ ގޮތުން ލިޔެފައިވާ ކަންކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ.  ޝިފާ ދެއްވާ ފަރާތަކީ ހަމައެކަނި ﷲ އެވެ. އަދި ޣައިބު ދެނެވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ އެވެ، އެކަލާނގެ ކަޝްފުކުރެއްވި ކަމެއް މެނުވީ އަހަރެމެންނަކަށް، ނޭނގޭނެއެވެ. އެހެންކަމުން އަހަރެމެން ދަންނަވަންވީ ހަމައެކަނި މާތް ﷲ އަށެވެ.

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. އަހުމަދު

    މިތަނުނަ ކޮން ރުޤައްޔާ އެއްބާ ކިޔަވަން ޖެހޭނީ އަދި އޯޑިއޯ ދައުން ލޯޑު ކުރެވޭގޮތަން ހުރުން ރަނގަޅުކަމަން ފެނޭ

    1. މިދެގޮތްވެސް ބޭނުންކުރެވިދާނެ. މިސައިޓުގެ އަޑުފޮށި ބައި ބައްލަވާ. އޯޑިއޯ ޑައުންލޯޑްކުރެވެން ހުންނާނެވާހަކަ ދަންނަވަން