މިމައްސަލައާއި ބެހޭގޮތުން ފަޟީލަތުއްޝައިޚް ޞާލިޙް ބިން ޢަބްދިލް ޢަޒީޒް އާލުއްޝައިޚް އާއި ސުވާލު ކުރެވުނެވެ.

ފާޚާނާގައި ހުރެގެން ޒަމްޒަމް ފެނުން ނުވަތަ ކިޔަވާފައި ހުންނަ ފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއްތޯ؟

Close Ad XGet My Ruqya Android App On Google Play

ޖަވާބުގައި ވިދާޅުވިއެވެ.

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އެއީ މައްސަލަ އެއް ހުރި ކަމެއް ނޫނެވެ. ސަބަބަކީ އެއީ ލިޔެވިފައިވާ ގުރްއާނެއް ނޫނެވެ. އޭގައި ހުރީ ކިޔެވެލީގެ އަޘަރެވެ. ކުރީ ޒަމާނުގައި މައްކާގެ އަހްލުވެރިންގެ އަތުގައި ޒަމްޒަމް ފެން ފިޔަވާ އެހެން ފެނެއް ނުހުރެއެވެ. އެބައިމީހުން ހުރިހާ ބޭނުން ތަކަށްވެސް ބޭނުންކޮށް އުޅުނީ ޒަމްޒަމް ފެނެވެ. އެހެންކަމުން، މައްސަލާގައި އެންމެ ރަގަޅު ގޮތަކީ ޒަމްޒަމްފެން ބޭނުން ކުރުމަކީ މައްސަލަ އެއް ހުރި ކަމެއް ނޫން ކަމެވެ. އަދި އެއީ ހުއްދަ ކަމެއް ކަމެވެ.

(އައްތަމްހީދު ލިޝަރްޙި ކިތާބިއް ތައުޙީދި ލިފަޟީލަތިއްޝައިޚް ޞާލިޙް އާލިއްޝައިޚް، ޞ 621).

ފަޟީލަތުލް ޢައްލާމާ ޢަބްދުލް ޢަޒީޒް ބިން ބާޒް- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ.

ކިޔަވާފައި ހުންނަ ފެނުން ފާޚަނާގައި ފެންވެރުމަކީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބުގައި ވިދާޅުވިއެވެ.

ކިޔަވާފައި ހުންނަ ފެނުން ފާޚަނާތެރޭ ހުރެގެން ފެންވެރުމަކީ މައްސަލަ އެއް ނޫނެވެ.

ހަމަ މިސުވާލު ފަޟީލަތުއްޝައިޚް ޢަބްދުﷲ ބިން ޢަބްދިއްރަޙްމާނި އަލްޖިބްރީން އާއި ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

ﷲ ގެ އާޔަތްތައް ކިޔެވިފައި ހުންނަ ފެނަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށް ފެނެއެވެ. މިފަދަ ފެނަކީ މާތް ކަމެއް ލިބިފައިވާ ފެނެކެވެ. ﷲ ގެ ކަލާމްފުޅަށް އިޙްތިރާމް ކުރުމުގެ ގޮތުން ނަޖިސްތަންތަނަށް މިފަދަ ފެން ނޭޅުން ހުއްޓެވެ. ވީމާ، ކިޔެވި ފެނުން ފެންވަރާނަމަ ޠާހިރު ތަނެއްގައި ހުރެގެން ފެންވެރުން އެދެވިގެން ވެއެވެ.

މައްސަލާގައި ރާޖިޙް ގޮތް:

މި މައްސަލާގައި ބޮޑަށް ރާޖިޙް ގޮތަކީ ޚިލާފުން ބޭރުވުމުގެ ގޮތުންނާއި އެންމެ ރައްކާތެރިކަން ބޮޑު ގޮތް ޚިޔާރު ކުރުމުގެ ގޮތުން ކިޔެވިފެނުން ފެންވަރާނަމަ ޠާހިރު ތަނެއްގައި ހުރެގެން ފެންވެރުމެވެ. އެއީ ފެނަށް މާތްކޮށް ހިތުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް ގުރްއާނަށް މާތްކޮށް ހިތުމުގެ ގޮތުންނެވެ. މީހަކު ފާޚަނާގައި ހުރެގެން ކިޔެވި ފެނުން ފެންވެރި ނަމަވެސް އެއީ ފާފަ އެއް ކަމުގައި ނުބުނެވޭނެއެވެ. ސަބަބަކީ އެކަން މަނާ ކުރާނެ ދަލީލެއް ސުންނަތުގައި އައިސްފައި ނުވާތީވެއެވެ.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު