ސިޙުރު ބާޠިލުކުރާނެ ގޮތާއި ސިޙުރުގެ ޙަޤީޤަތް !

ސިޙްރަކީ ކޮބާ؟

ބަހުގެ ގޮތުން ބަލާނަމަ ޢަރަބިބަހުގައި ‘ސިޙްރު’ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙްރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުގެ ގޮތުގައި ބާޠިލުނެރެ އޮޅުވާލައިގެން ދެއްކުމެވެ.[ تهذيب اللغة: 4/290، مقايس اللغة س ح ر، صارم البتار: ص. 12] އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙްރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙްރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙްރުގައި ޙަޤީޤަތެއްވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާތަކެތިވެއެވެ. އަދި މަރާލާ ތަކެތިވެއެވެ. އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތިވެއެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހުން ގަދަކަމުން ކައިރި ކުރުވާ(ލޯބިކުރުވާ) ތަކެތިވެއެވެ.(މިއީ އިސްތިރީގެ ވާހަކައެވެ)”[ (المغني: 10/104، صارم البتار: ص. 13).]

ޤުރުއާނާއި ސުންނަތުން ސިޙުރުގެ ތަފްޞީލް ލިބެން އޮތް ގޮތަށް ބަލާއިރު،
ސިޙްރަކީ ޙަޤީޤަތެއްކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާކަމަށް ޤުރުއާނުންނާއި، ސުންނަތުން ދަލީލުލިބެއެވެ. އަދި އެއީ ކުފުރެއްކަމުގެ ދަލީލުލިބެއެވެ. އެގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.

وَاتَّبَعُوا مَا تَتْلُوا الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾ (البقرة: ١٠٢)

Close Ad XGet My Ruqya Android App On Google Play

މާނައީ: “އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހު ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙްރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ.” މިއާޔަތުން ދަލީލުލިބޭގޮތުގައި، ސިޙްރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި، ހަށިގަނޑަށް އަސަރުކުރުވާކަމެއްކަން ހާމަވެއެވެ. އަދި ސިޙްރުޖެހޭ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒުނަފުޅައިލައިގެންކަން އެނގެއެވެ.
ސުންނަތުގައި އައިސްފާވާ ގޮތަށް ބަލާއިރު، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. ((اجْتَنِبُوا السَّبْعَ الْمُوبِقَاتِ)) قَالُوا: يَا رَسُولَ اللهِ وَمَا هُنَّ؟ قَالَ: ((الشِّرْكُ بِاللهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)). މާނައީ: “ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙްރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ.”[3 البخاري: 2766، 6857، ومسلم: 89.] މިޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރައްވާފައިއެވަނީ ސިޙްރުން ދުރުހެލިވުމަށެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ ސިޙްރަކީ ހަލާކުކޮށްފަނިވި ބޮޑުވެގެންވާ ފާފައެއްކަމުގައެވެ. މިކަމުން ދޭހަކޮށްދެނީ ސިޙްރަކީ ޚުރާފާތެއް ނޫންކަމެވެ. ޙަޤީޤަތެއްކަމެވެ.
އަދި ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ((لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ ، أَوْ سَحَرَ أَوْ سُحِرَ لَهُ ، وَمَنْ عَقَدَ عُقْدَةً، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ)) މާނައީ: “ފާލުބަލާމީހާއާއި، އެބަލުވާމީހާއާއި، ކަހާނަތުކަންކުރާމީހާއާއި، އެކަންކުރުވާމީހާއާއި، ސިހުރުހަދާމީހާއާއި، އެހަދުވާމީހާ އަހަރެމެންގެ ތެރެއިންނުވެއެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދުގެފާނު މައްޗަށް ބާވާލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެއެވެ.”([ البزار: 3578އައްސިލްސިލަތުއް ޞަޙީޙާ: 2195]) މިހަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ސިޙުރާއި، ސިޙްރުހަދަން ސިޙްރުވެރިން ކައިރިއަށް ދިޔުން މަނާކުރައްވާފައެވެ.

ކޮންމެއަކަސް ސިޙުރުވެރިން ސިޙުރުހަދާއުޅެނީ ޝައިޠާނާއާއި ވާގިވެރިވެގެންނެވެ. އެބައިމީހުންގެ ކުފުރު ޢަމަލުތަކާއި ޝިރުކުތައް ޝައިޠާނުން ރުއްސުމަށްޓަކައި ކުރެއެވެ. ﷲ ނޫން ފަރާތްތަކުގެ ނަންތަކުން ޤުރުބާންކުރުމާއި، އަޖިދައަށް ކޮރުލުންފަދަ ކަންކަމަކީ ޝައިޠާނާ ރުއްސާ އެސޮރުގެ ކިބައިން އެހީތެރިކަން ހޯދުމުގެ ގޮތުން ސިޙުރުވެރިން ކޮށްއުޅެ ކަންތަކެވެ. މިފަދަ ގޮތްގޮތަށް ކަންކަން ކުރުމަށްފަހު ޝައިޠާނުންގެ ވެރިންނާ ވާހަކަ ދައްކައި އެއްބަސްވުން ތަކަކަށް ފަހު އެސޮރުގެ އައުވާނުންތަކެއް ސިޙުރުވެރިންނާއިއެކު ބައިވެރިވެ މަސައްކަތް ކޮށްދެއެވެ. ދެން ސިޙުރުވެރިޔާ ގެއްލުން ދޭން ބޭނުންވާ މީހާއަށް ސިޙުރު ޖެއްސުމަށްޓަކައި އެއްޗެހި ވަޅުލުމާއި، ޝިރުކުގެ މެތުރުންތަކާއިއެކު ތަންތަނަށް ފެންއެޅުމާއި ކާންދިނުން ފަދަ ކަންކަން ކުރެއެވެ. ދެން އެސިޙުރުވެރިޔާއާއި ބައިއަތު ހިފައިގެން ތިބޭ ޖިންނީން އެސިޙުރުވެރިޔާ އެހެދި ސިޙުރުގެ ވަޒީފާއަދާކުރުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ. އަދި ސިޙުރުވެރިޔާގެ ކުފުރާއި ޝިރުކުގެ ޢަމަލު ބޮޑުކުރިވަރަކަށް، އަދި ޤުރުއާނަށް އިހާނެތިކޮށް ހިތިވަރަކަށް އެސިޙުރުގެ ބާރުގަދަވެ ސިޙުރުވެރިޔާއާއެކު މަސައްކަތްކުރާ ޖިންނީން އިތުރުވެގެން ދެއެވެ.

ސިޙްރުވެރިން ދެނެގަންނާނެ ޢަލާމާތްތައް:

ސިޙްރުވެރިން ދެނެގަންނާނެ ވަރަށް ގިނަ ޢަލާމާތްތައްވެއެވެ. އޭގެތެރެއިން ބައެއް މުހިއްމުކަންކަމަކީ:
1. ސިޙްރުވެރިންގެ ތެރޭގައި ޤުރުއާނުގެ ބޭނުން ކޮށް މީސްތަކުންގެ ލޯމައްޗަށް އޮޅުވާލައިގެން ސިޙްރު ހަދާމީހުންވެއެވެ: މިއީ ވަރަށް ފަރުވާތެރިކަމާ އެކު އެމީހުންގެ އަމަލުތަކަށް ބަލަންޖެހޭނެ ބައެކެވެ. މިފަދަ މީހުން ކަން ކުރާ ގޮތްތަކުގެ މިސާލަކަށް ބަލާނަމަ، ތިމަން މިކުރަނީ ޤުރުއާނުންނޭ ބުނެއެވެ. އަދި ބަލިމީހާ ލައްވާ ލޯމަރާފައި ވަކި ތާވަލެއްގައި ނުވަތަ ނަން ތަކެއްގައި އިނގިލި ޖައްސުވައެވެ. ދެން އެއަށްފަހު ޤުރުއާނުގެ (ގެއްލުމާއި ހަލާކުގެ ވާހަކަތައް ހުރި) އާޔަތެއްގެ ތަރުޖަމާ އިއްވައެވެ. އަދި އެއާ ގުޅުވައި ބަލިމީހާ ބިރުން ފިތް ކެނޑޭ ގޮތަށް ވާހަކަތަކެއް ދައްކައެވެ. އެވާހަކަތައް ބިނާވެފައި އޮންނަނީ ސިޙްރު ހަދާމީހާ ކައިރިއަށް ނައިސް ފަރުޖެހެންވެސް ، އަދި ސަލާމަތްވާންވެސް ނެތްކަމުގައި ބަލިމީހާއަށް ވިސްނޭ ގޮތަށެވެ. ޣައިބުގެ ދަޢުވާތަކެއް ވާހަކަ ތެރޭގައި އެކުލެވިގެން ވާނެއެވެ. މިސާލަކަށް މިވެނި ކަމެއް ކަލެއަށް ނުވާނެއެވެ. ކަލޭ ތިހުރީ މުޅީން ނަގާލާފައެވެ. ދެން ޖެހޭނީ މިވެނި އެވެނި ތަކެތި ގެނެސް މިވެނި ޤަބުރުސްތާނަކު މިވެނި ކަމެއް ކުރާށެވެ. ގައިގެ މިވެނި ތަނަކު ލިޔެ މިވެނި ގޮތެއް ހަދާށެވެ. މިވެނި ފައިސާ އަކުން ނޫނީ މިކަމެއް ނުވާނެއެވެ. މިފަދަ ބަސް ތަކަކުން ބަލިމީހާ މާޔޫސް ކޮށްލާ އެމީހާގެ އަވައިގައި ޖައްސާނެއެވެ. ދެން މިބައިމީހުން، ޤުރުއާނުން ތަންކޮޅެއް ސިޙްރުގެ ބަނަދިތަކާއި މަސްހުނިކޮށް ކިޔަވަފާނެއެވެ. މިސާލަކަށް ޖިންނި ކަންކަމުގައި ސިޙްރުވެރިންގެ ތެރޭގައި މަޝްހޫރު ޝިރުކުގެ ކިޔެވެއްޔެއް ކަމަށްވާ ދަހުރުސީ އޭ ކިޔައި އެމީހުން ނަންދޭ ދަހުރޫސިޔާ އާއި ޖިންނި ސޫރަތުގެ ބައެއް އެއްކޮށްގެން ކިޔަވަފާނެއެވެ. މިފަދަ ކިޔަވެލިތަކުގެ ސަބަބުން ޝައިޠާނާ އެމީހާއާއި ވާގިވެރިވެއެވެ. މީހަކު މިގޮތަށް ފަރުވާ ކުރާނަމަ، ނުވަތަ ކަން ކުރާނަމަ އެމީހަކީ ކަނޑައެޅިގެން ސިޙްރުވެރިއެކެވެ.
2. ކަމެއް ކުރުމުގެ ކުރިން އެހީހޯދުމަށް ދާމީހާގެ (ބަލިމީހާ) ނަމާއި މަންމަގެ ނަން ހޯދުން: ރުޤްޔާ ކުރުމަށް ނުވަތަ ހުއްދަގޮތުގައި ޤުރުއާނާއި ސުއްނަތުން ފަރުވާ ކުރާނަމަ ފާލުބެލުމެއް ޝިރުކު ކުރުމެއް ނޯންނާނެއެވެ. އަދި މަންމަގެ ނަމާއި ބައްޕަގެނަމާއި ބަލިމީހާގެ ފުރިހަމަ ނަން ބޭނުމެއް ނުވާނެއެވެ. އެހެން ނަމަވެސް ސިޙްރުވެރިން ފާލުބަލައެވެ. އެމީހުން ހުރިހާކަމެއް ބިނާކުރަނީ އިރުވަރުބެލުމާއި ފާލުބެލުމާއި އަތް ބެލުން ފަދަ ކަންކަމުގެ މައްޗަށެވެ. މިސާލަކަށް މީހަކު ބަލިވެގެން ދާއިރަށް އެމީހާގެ ނަން އަހައެވެ. އަދި މަންމަ ނަން އަހައެވެ. އަދި އެ ދެނަން އަބުޖަދުކޮށް، (ނަމުގެ އަކުރުތައް ވަކިވަކި ކޮށް ހިސާބަށް ބަދަލުކުރުން) އެ އެއްކޮށް ކަނޑާ ބައިބަޔަށް ގެއްލާ ހިސާބުތަކެއް ހަދައެވެ. ދެން ބާކީ އަންނަ އަދަދަށްބަލައި އެމީހުންގެ ފާލުފޮތުގައި އެބާކީއާ ދިމާވާގޮތަށް ހުންނަ ވާހަކަތައް ބަލިމީހާއާ ގުޅުވައިގެން ކިޔައެވެ. މިޔަށް ކިޔަނީ ފާލުބެލުމެވެ. އެއްގޮތަކީ މިއެވެ. އަނެއް ގޮތަކީ ޖިންނި ބޭނުންކޮށްގެން ފާލުބެލުމެވެ. މިގޮތަށް ފާލުބެލުމަށްޓަކައި އެމީހުން ހަދާ ހިސާބެއް ހަދައި ކިޔަވާ ކިޔެވެލިތަކެއް ކިޔުމުން ޖިންނި އެކަމުގެ (ބަލިމީހާއަށް ވެފައިވާ ކަންތައްތަކުގެ) ޚަބަރުތައް ހޯދައި އެއަށް ދޮގާމަކަރުން ގިރިޓީކޮށް ވާނޭގޮތްތަކޭކިޔައި ބުހުތާނުތަކާއި ޝިރުކުގެ ވާހަކަތައް މަސްހުނިކޮށް ކިޔައިދީ ބަލިމީހާ ކުފުރުގެ ތެރެއަށް ވައްޓާލައެވެ. ނުވަތަ އަތްބަލައި ބަލިމީހާއަށް ޚިޔާލީ ވާހަކަތަކެއް ކިޔައިދެއެވެ. މިފަދަ ކަމެއް ކުރާމީހެއްނަމަ އެއީވެސް ކަނޑައެޅިގެން ސިޙްރުވެރިއެކެވެ.
3. ޖަނަވާރެއް ނޫނީ ދޫންޏެއް ކަތިލަންބުނުން: ދިވެހިރާއްޖޭގައި މިކަން ކުރާ މީހުން ނަސީބަކުން ތަންކޮޅެއް މަދެވެ. ބައެއްފަހަރު ބަލިވެގެން ނުވަތަ ކަމަކު މިފަދަ މީހެއް ކައިރިއަށް ދިއުމުން ޖަނަވާރެއް ނުވަތަ ދޫންޏެއް ކަތިލުމަށް ބުނެއެވެ. ބައެއްފަހަރަށް ރަތް ހާ ކަތިލުމަށާއި އޭގެ ލޭނެގުމަށް ބުނެއެވެ. އަދި ބައެއް ފަހަރު ކަމަކު އެދި ދާމީހާގެ ބޯމަތީ ރަތް ހާ ފަދަ ތަކެތި ބަހައްޓާ ސިޙްރުވެރިޔާގެ ބަނދިތަކާއި އެކު ކަތިލާހަދައެވެ. މިކަތިލުން މިމީހުން ކަތިލަނީ އިބްލީސް ނުވަތަ އެމީހާއަށް ވާގިވެރިވާ ޖިންނީގެ ނަމުން އެސޮރުމެނަށް ޤުރުބާންކޮށްފައެވެ. ޖަނަވާރެއް ކަތިލުމަށް ނުވަތަ ޖަނަވާރެއް ނުވަތަ ދޫންޏެއްގެ ލޭ ގެނައުމަށްބުނެ ނުވަތަ އެފަދަ އެއްޗެއް ބޭނުންކޮށްގެން ފަންޑިތައިގެ ކަންކަން ކުރާނަމަ އެމީހަކީ ކަނޑައެޅިގެން ސިޙްރުވެރިއެކެވެ.
4. ބަލިމީހާ ބޭރަށް ނުނެރެ ވަކިދުވަހެއްވަންދެން ބޭންދުން: މިއީ ޢާއްމުގޮތެއްގައި ސިޙްރު ހަދާމީހުން ކޮށްއުޅޭކަމެކެވެ. 40 ދުވަސް ވަންދެން ފެންނުވަރާ ގެއިން ބޭރަށް ނުނުކުމެ ގޭގައި އިނުމަށް ބަލިމީހާއަށް އަންގައެވެ. ގިނަފަހަރަށް މިގޮތަށް އަންގަނީ ބަލިމީހާއަށް ސިޙްރުގެ ތަވީދުތަކެއް ނުވަތަ އެހެންވެސް އެއްޗެއް އެމުއްދަތުގައި ބޭނުންކުރުމަށް ދިނުމަށްފަހުއެވެ. ބައެއްފަހަރު ކުކުޅުބިހުގައި ލިޔެ އެ ބިސް ވަކި މުއްދަތެއް ވަންދެން ލިޔެ ކާން ދެންދެން ގެއިން ނުނުކުމެ އިނުމަށް ބުނާނެއެވެ. އޭގެބޭނުމަކީ އެމީހާއަށް ވާގިވެރިވާ ޖިންނި ލައްވާ އެ ކަންކުރުވަން އައިމީހާއަށް އެހީވެ އެމީހާއަށް ވާނުވާ ބެލުމެވެ. ނަމަވެސް ބައެއް ފަހަރު ރުޤްޔާ ކޮށް ހަދާއިރުވެސް ގެއިން ނުނިކުތުމަށް ބައެއް ޙާލަތްތަކުގައި ރާޤީއެއް އިރުޝާދު ދީފާނެއެވެ. އެއީ މިސާލަކަށް ބަލިމީހާ ހޭނެތުން ނުވަތަ އިރު އިރުކޮޅުން މޮޔަވުން ފަދަ ކަމެއް ދިމާވާނަމަ ނުވަތަ ގެއިން ބޭރަށް ދިއުމުން ގެއްލުން ބޮޑު އުނދަގޫތަކެއް ބަލިމީހާއަށް ވާނަމަ އެކަން ޙައްލު ވަންދެނެވެ. މިނޫން ގޮތަކަށް ކުރިން މިބުނެވުނު ގޮތަށް ގެއިން ނުނުކުމެ އިންނަން ބުނެ އެގޮތަށް ކަންތައް ކުރުވާނަމަ އެމީހަކީ ސިޙްރުވެރިއެކެވެ. އެމީހާ އެކަމެއް އެކުރަނީ ޖިންނީގެ ވާގި ހޯދައިގެންނެވެ. އެއީ ޝިރުކެވެ.
5. ތަންތަނުގައި އަކަ ތަތްކުރުމާއި، ބަލިމީހާ ލައްވައި އެއްޗެތި ވަޅުލުވާ ޖަނަވާރުގެ ހަމުގައި ލިޔެ އެލުވުން ފަދަ ކަންކަން ކުރުން: ގޮޅިގޮޅީގައި ނަމްބަރު ނުވަތަ އަކުރުތަކެއް ނުވަތަ ލަފުޒުތަކެއް ހިމެނޭ ގޮތަށް ކުރަހައި ފައި ހުންނަ (އަކަ ކުރެހުން) ތަވީދުތައް މީހުނަށް ދިނުމާއި، ވިޔަފާރިގެތައް ފަދަ ތަންތަނުގައި އެތަކެތި ހަރުކޮށްފައި ބެހެއްޓުމަށާއި ގޭގައި ހަރުކުރުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބޭނުންކުރުމަށް ދީ އުޅެއެވެ. ތިމަރަފަތާއި ފުއްލާ ދުއްޔާއި ލޯފޮތި ނުވަތަ ލޯފަތް ފަދަ ތަކެތީގައި ލިޔެ ތަވީދު ހަދައި ބަލިމީހުނަށް ނުވަތަ ކަންކަމުދާ މީހުނަށް ސިޙްރުވެރިން ދީއުޅެއެވެ. މިފަދަ ތަކެތި ތަންތާ ވަޅުލުމަށާއި އެލުވާފައި ބެހެއްޓުމަށް މިބައިމީހުން ބުނެއެވެ. ފުޅި ފުޅިއަށް ތަވީދުލައި ދިރޭރަހަ ފަދަތަކެތި އަޅައި ދީއުޅެއެވެ. މިފަދަ ކަންކަން ކުރާނަމަ އެމީހަކީ ސިޙްރުވެރިއެއްކަމާއި މެދު ޝައްކުނުކުރާށެވެ.
6. ކިއަވަނީ ކޯޗެއްކަން ނޭގޭ ކިއެވެލި ތަށް ކިއެވުން: ކުރިން ބުނެވުނުފަދައިން ބައެއް މީހުން ފާޑުފާޑުގެ ޝައިޠާނީ ބަނދިތަކާއި ޖިންނީންގެ ނަންތައް ވައްދާފައި ހުންނަ ކިޔަވެލިތައް ކިޔަވައި ހަދައެވެ. ބަލިމީހުން ކައިރީއާއި އެނޫންވެސް ބޭނުންތަކުގައި މިފަދަ ކިޔަވެލިތައް ކިޔަވާ ހަދައެވެ. އަދި އެކިޔަނީ ކޮން ބަހުރުވައަކުން ކޯޗެއްކަން ނޭނގޭ ޒާތުގެ ތަކެތި ކިޔަވައި އުޅެއެވެ. މިސާލަކަށް ދަންނަވާނަމަ ދަހުރުސީ އިސްމާއި މަރުޙާލު އާއި މަރުޖާނާ ފަދަ ނަންނަން ދީފައިވާ ކިޔަވެލިތަކެވެ.
7. އަރަބި އަކުރުވަކިވަކިން ލިޔެ ކަރުދާސްފަދަ ތަކެތި ދިނުން: ބަލިމީހުނަށް ތަށިލިޔެދީ ހަދާއިރު އާއި ތަވީދުފަދަ ތަކެތި ހަދާއިރު ޤުރުއާނުގެ ލަފުޒުތައް އަކުރުތައް ވަކިވަކީން ލިޔެ ގޮތްގޮތަށް އޮޅާ ފާޑުފާޑުގެ ތަކެތީން ކަޅިކޮށް އޭގައި ޖިންނީންގެ ނަންތައްފަދަ ތަކެތި ލިޔެ ދީހެދުން މިއީ މިފަދަ މީހަކީ ސިޙްރުވެރިއެއްކަމުގެ ވަރުގަދަ ހެއްކެކެވެ. މިސާލަކަށް ﷲ ގެ ނަންފުޅު ހުރިހާ އަކުރެއް ވަކި ކޮށް ވަކި އަކުރުތަކެއްގެ ގޮތުގައި ލިޔެ އޭގެ ފަހަތުގައި ޖިންނި ޝައިޠާނުންގެ ނަން ލިޔެ ޝިރުކުކުރެއެވެ.
8. މީހަކު ކަމަކަށް އެދި ނުވަތަ ބައްޔަކަށް ފަރުވާއަށް އެދި ދިއުމުން އެމީހާގެ ފޭރާމު ފޮތި ފަދަ ތަކެތި ގެނައުމަށް ބުނުން: މައިން ބަފައިންގެ ނަން ހޯދުމާއި ކަންކުރުވަން ދިއުމުން ލާ އަންނައުނުގެ ފޮއްޗާއި ނިޔަފައްޗާއި ބޮލުގެ އިސްތަށި ފަދަ ތަކެތި ހޯދައިގެން ގެންނަން ސިޙްރުވެރިން ބުނާނެއެވެ. މީގެ ބޭނުމަކީ އެ ފޭރާމެއް ލީމީހާ، ނުވަތަ އެއިސްތަށި ނުވަތަ ނިޔަފަތީގެ ޒަރީޢާއިން ޖިންނި ސީދާ މީހާއާއި ހަމައަށް ވާސިލްކޮށްދީ ޖިންނި ލައްވައި އެކަމެއް ކުރުވުމެވެ. ޢާއްމުކޮށް މިފަދަ ކަންކަން ކުރަނީ މީހަކަށް ގެއްލުމެއް ދިނުމަށްޓަކައި ސިޙްރު ހަދާ އިރުއެވެ. މިސާލަކަށް އިސްތިރި ވަރިތޮޅި ހަދާއިރު އާއި މީހުން މެރުމަށާއި އެހެނިހެން ގެއްލުން ދިނުމަށް ސިޙްރު ހަދާއިރުއެވެ.
9- އިސްތިރި ވަރިތޮޅި ހެދުމާއި އަޖިދަ ކުރުން: ދެމީހަކު ހިތާކުރުވަން ހަދާ އުޅޭ ފަންޑިތަ ސިޙުރަށް ދިވެހިން ކިޔާ އުޅެނީ އިސްތިރިއެވެ. އަދި ދެމީހަކު ދުރުކުރުވުމަށް ނުވަތަ ވަރިކުރުވުމަށް ހަދާ އުޅޭ ފަންޑިތަ ސިޙުރަށް ކިޔާ އުޅެނީ ވަރިތޮޅިއެވެ. މިއީ ދިވެހިރާއްޖޭގައި އެންމެ ޢާންމުވެފައިވާ ވަބާއެވެ. ގިނަފަހަރަށް ސިޙްރު ހަދާފައި ހުންނަނީވެސް މިފަދަ ބޭނުމަކުއެވެ. ސިޙްރު ހަދާ މީހުން ކައިރިއަށް ދާމީހުންގެތެރޭގައި ޒުވާނުން ވަރަށް ގިނައެވެ. އޭގެތެރެއިން ގިނަމީހުނަކީ ނުވަތަ ކުދިންނަކީ “ބިޓު ކަޓައިގެން އެބިޓު ސެޓުކުރަން” ނުވަތަ “ބިޓާ އެހެންމީހަކު ރައްޓެހިވުމުން އެދެމީހުން ދުރުކުރަން” ނުވަތަ “ބިޓެއް ސެޓުކުރަން” ފަންޑިތަހަދުވަން ދާމީހުނެވެ. އަދި “ފިރިމީހާ އެހެން އަންހެނަކާ އިންނަން އުޅޭތީ ނުވަތަ ދެއަންބަށް އިންނަން އުޅޭތީ އެދެމީހުން ދުރުކޮށް އަންހެންމީހާއަށް ހޭއަރުވާލަން” ފަންޑިތަ ހަދުވަން ދާމީހުނެވެ. އަޖިދަ ކުރުމަކީވެސް މިދިވެހިރާއްޖެއިން ދޭތެރެ ދޭތެރެއިން ފެންނަ ކަންކަމެވެ. އިރު އަރާގަޑިއާއި އިރު އޮއްސޭ ގަޑީގައި ބަރަހަނާކޮށް މޫދަށް އެރި އިރަށް ވައްތަރުޖައްސާ ޝައިޠާނުންނާއި އެކު އިބްލީހަށް އަޅުކަން ކުރުމަށް ކިޔައި އުޅެނީ އަޖިދަކުރުމެވެ. މިކަން ކުރަނީ ޖިންނީގެ ވާގި ހޯދުމަށާއި ޖިންނީންނާއި ސީދާ ސީދަލަށް ވާހަކަ ދައްކައި އެގްރިމެންޓް ހަދައި ސިޙްރުގެ ކަންކަމުގައި ޖިންނީގެ ބާރު ހޯދުމަށެވެ. މިފަދަ ކަމެއް ކުރާނަމަ އެމީހަކި ބޮޑުވެގެންވާ ސިޙްރުވެރިއެކެވެ.
10. ބާޠިލު ޒީނަތްތެރިކުރުމާއި، ޙައްޤު ބާޠިލުކަމުގައި ދެއްކުން.
11. ގަނޑުކޮޅުކޮޅު ދީ، އެތަކެތި އަންދައިގެން ދުން އެރުވުމަށް ބުނުން.
12. ބަލިމީހާގެ ކުރިމަތީގައި ނުފެންނަ މީހުންނާ ވާހަކަ ދައްކައިގެން އެހީތެރިކަމަށާއި މަދަދަށް އެދުން.
މިފަދަ ޢަލާމާތެއް ފެނި، ސިޙްރުވެރިއެއްކަން އެނގިހުރެ އެމީހާގެ ގާތަށް ދިޔުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަންނާށެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅިވެފައިވެއެވެ. “ސިޙްރުއުގެނުމާއި އުގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ތިމަންމެންނަކަށް އެނގިފައެއްނެތެވެ. ތިމަންމެންގެ އަޞްޙާބުން (އެބަހީ، ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. ސިޙްރުވެރިޔާ ކާފަރުވަނީ އެއުނގެނުމާއި އެއަށް ޢަމަލުކުރުމުގެ ސަބަބުންނެވެ. އެމީހަކު އެކަންކުރީ ޙަރާމް ނުވަތަ މުބާޙުކަމެއްގޮތުގައި ދެކިގެންކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا)) މިއާޔަތުގެ ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) ނިޔަލަށެވެ. ((وَمَا كَفَرَ سُلَيْمَانُ)) އެބަހީ، ސުލައިމާނުގެފާނަކީ ސިޙްރުގެ ސަބަބުން ކާފަރުވި ބޭކަލެއްކަމުގައި ނުވެއެވެ. އަދި އެދެބޭކަލުން (އެބަހީ ހާރުތާއި މާރޫތު) ވިދާޅުވިއެވެ. ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) އެބަހީ، ސިޙްރު ނޫގެނޭށެވެ. އެކަމުގެ ސަބަބުން ކާފަރުވާހުއްޓެވެ.”[5 المغني: 10/106، صارم البتار: ص. 50.] އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ތަޢާލާގެ ވަޙީ ބަސްފުޅު ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ))މިބަސްފުޅުން އިޝާރާތްކުރާގޮތުގައި ސިޙްރު އުގެނުމަކީ ކާފަރުކަމެކެވެ.”[6 فتح الباري: 10/225، صارم البتار: ص. 50.]

ﷲއަށް ކިޔަމަންތެރިވާ މުއުމިނު އަޅުންގެ އަޤީދާއަކީ ސިޙްރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާ އެއްޗެއްކަން ޤަބޫލުކުރުމެވެ. އެހެންނަމަވެސް ސިޙްރަކީ ﷲ ގެ ޤުދުރަތްފުޅާއި، އިރާދަފުޅުގެ ބާރުގެ ދަށުގައިވާ ކަމެއްކަމާއި އެއިލާހުގެ އިރާދަފުޅާ ލައިގެން މެނުވީ ސިޙުރަކުން އެއްވެސް މީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެކަން ޤަބޫލުކުރުމެވެ.
އަހަރެމެން މުސްލިމުންގެ އީމާންތެރިކަމާއި ޢަޤީދާ ހަރުދަނާކޮށް ﷲ އަށް ބިރުވެތިވީ ވަރަކަށް ޝައިޠާނާ އެމީހަކުދެކެ ބިރުގަނެއެވެ. އަދި އހަރެމެން ޣާފިލްވެ ދީނާއި ދުރުވި ވަރަކަށް ޝައިޠާނާއާއި އެސޮރާއި ގުޅުން ބަދަހިވެފައިވާ ސިޙުރުފަދަ އެންމެހާ ކަންތައް ޖެހުން ތިމާއާ ގާތްކަން ބޮޑުވެގެން ދެއެވެ. އަޅުގަނޑުމެންނަށް ސަލާމަތެއްގެ ގޮތުން ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި ދުޢާތައް ކިޔައި، ﷲ ގެ އެންގެވުންތަކަށް ބޯލަނބާ ކިޔަމަންތެރިވާކަމުގައިވާނަމަ، ﷲގެ އިރާދަފުޅުން ސިޙްރުފަދަ ނުބައި ކަންތައްތަކުން ﷲ އެމީހާ ސަލާމަތްކުރައްވާނެތެވެ. އެއިލާހު ޠަލާޤް ސޫރަތުގެ 3 ވަނަ އާޔަތުގައވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ. “އަދި ﷲއަށް ވަކީލުކުރާމީހާ ދަންނާށެވެ! އެމީހާއަށް އެއިލާހު ފުދެއެވެ.”
އަޅުގަނޑުމެން ބިރުވެތިވެ، ދުޢާކޮށް ދަންނަވަންޖެހޭ ފަރާތަކީ ޢާލަމްތަކުގެ ވެރި ﷲއެވެ. އަޅުގަނޑުމެން ޤަބޫލުކުރަންވީ އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވެސް އެއިލާހުގެ އިޒުނަފުޅާލައިގެންމެނުވީ ނުލިބޭނެކަމެވެ. އަދި އަމުރުކުރައްވާފައިވާގޮތަށް އަޅުގަނޑުމެން އުޅޭކަމުގައިވަނީނަމަ، އެއިލާހު އަޅުގަނޑުމެން ސަލާމަތްކުރައްވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރުކުރަންވީއެވެ.
މިއާޚިލާފަށް ސިޙްރުވެރިންނަށާއި، ޝައިޠާނުންނަށް އަޅުގަނޑުމެން ބިރުގަތްވަރަކަށް އެމީހުން އަޅުގަނޑުމެން ބިރުގަންނަވައި ގޯނާކޮށް ހަދާނެއެވެ.

ސިޙްރުވެރިއާގެ ޙުކުމް

އެކި ވައްތަރުގެ މަރާއި ބެހޭ ގޮތުން ޢިލްމުވެރިން ވާހަކަ ދައްކަވަމުން، ބަޔާން ކުރައްވާފައިވެއެވެ.އެއްވެސް މީހެއް ސިޙްރު ބޭނުން ކޮށްގެން މީހަކު މަރައިފި ކަމުގައި ވާނަމަ ، އެމީހެއްގެ ޙުކުމަކީ މެރުމެވެ. އެއީ މީހަކު މަރައިފައި ވާތީއެވެ.
އިބްނު ޤުދާމާ، އަލް މުޣްނީ ގައި (330/9) ބަޔާން ކުރައްވައިފައިވެއެވެ. “ސިޙްރު ވެރިޔާ މީހަކު މަރައިފި ކަމުގައި ވާނަމަ، އެމީހެއްގެ ހުކުމަކީ މެރުމެވެ. ސަބަބަކީ މަރަން ބޭނުން ކުރާ ކަމެއް ބޭނުން ކޮށްގެން މީހަކު މަރައިފައި ވާތީއެވެ. އެއީ ވަޅިއެއް ބޭނުން ކޮށްގެން މެރުން ފަދަ ކަމެކެވެ. މެރުމަށް ބޭނުން ކުރާ އާލާތްތައް، ބޭނުން ކޮށްފައި ވާނަމަ އެމީހަކު ޖެހޭނީ މަރާލާށެވެ. ނަމަވެސް މެރުމަށްޓަކައި ބޭނުން ކުރި އާލާތަކަކީ، މަރަން ބޭނުން ކުރެވޭ އާލާތަކަށް ނުވާނަމަ، އަދި އެކަހަލަ އާލާތަކުން މީހަކު މަރު ވެއްޖެ ކަމުގައި ވާނަމަ، އެމީހަކު ޖެހޭނީ މަރުގެ ދިޔަދޭށެވެ. ޤިސާސް ހިފުމެއް ނޯންނާނެއެވެ. އެއީ އެމީހެއްގެ ނިޔަތަކީ ގެއްލުން ދިނުން ކަމުގައި ވާތީއެވެ.” މިމައްސަލާގައި إِختلاف ތައް އެބަހުއްޓެވެ.
ސިޙްރު ވެރިޔާގެ ޙުކުމާއި ބެހޭ ގޮތުން، އަލް މައުސޫއަތުލް ފިޤްހިއްޔާ(267 /24 ) ގައި ބަޔާން ކޮށްފައިވެއެވެ. ސިޙްރު ބޭނުން ކޮށްގެން މަރައިފި ކަމުގައި ވާނަމަ، ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ޤިސާސް ހިފަންޖެހޭނެ ކަމަށެވެ. މާލިކީ މަޒްހަބުގައި ނަމަ ، އެކަމަށް ހެއްކެއް ބޭނުންވެއެވެ. ޝާފީ މަޒްހަބުގައި ނަމަ ޤިސާސް ހިފަންޖެހޭނެއެވެ. އެހެން ނަމަވެސް ސިޙްރު ވެރިޔާގެ އިޢުތިރާފުން، އަހަރެން އޭނާ މަރައިލީ ސިޙްރު ހަދައި ގެންނޭ ބުނުމުން ނުވަތަ ކުރިން ސިޙްރު ހަދާ 2 މީހުން، (މިހާރު އެކަމުން ތަޢުބާވެފައިވާ) ހެކިންގެ ހެކި ބަހުން ، މިވެނި ސިޙްރަކުން މަރު ވެދާނެއޭ ބުނެފިނަމަ، ސާހިރުމީހާގެ މަށްޗަށް، މީހަކު މެރިކަން ސާބިތު ވާނެއެވެ. ނަމަވެސް ހެދި ސިޙްރަކީ މަރާލަން ހެދި ސިހުރެއް ނޫންނަމަ، އެކަން އެންމެ ގާތީ ޤަތުލް ޢާމް އަކާއިއެވެ. އެންމެ މޮޅަށް ދެނެ ވޮޑިގެން ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.
ކޮންމެއަކަސް ސިޙުރުވެރިޔާގެ ޙައްދާއިމެދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވަނީ މިފަދައިންނެވެ.
(حد الساحر ضربة بالسيف) “ސިޙުރުހަދާ މީހާގެ ޙައްދަކީ ކަނޑިން ޖެހުމެވެ.” [رواه الترمذي (1460)والدار قطني (3/114) والحاكم (4/360) والبيهقي (8/136) ، وانظر السلسلة الضعيفة 3/641 رقم 1446[.
ސިޙްރުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް:
ސިޙުރުން ރައްކާތެރިވުމަށްޓަކައި އަހަރެމެން ކުރަންޖެހޭހާވެސް ކަމަކީ ފުރިހަމަގޮތުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. މިގޮތުން އަހަރެމެން ސިޙުރުން ސަލާމަތްވުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. އެގޮތުން.
1. ﷲއަށް އިޚްލާޞްތެރިވުމާއި، އެއިލާހު އެއްކައުވަންތަކުރުމާއި، ޝިރުކުކުރުމުން ދުރުހެލިވުން.
2. ﷲއަށް އެންމެހާ ޙާލެއްގައި ކިޔަމަންތެރިވުމާއި، ފާފަތަކުން ދުރުހެލިވުން. މިގޮތުން ފަރުޟުފަސްނަމާދު ވަގުތުގައި ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.
3. ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެންވާ ޛިކުރުތަކާއި ދުޢާތައް ކިޔުން. މިގޮތުން ހެނދުނާއިހަވީރުގެ ދުޢާއާއި، ނިދުމުގެ ކުރިންކުރާ ދުޢާތަކާއި، ފާޚާނާއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާއާއި، ގެއަށް ވަންނަމުންނާއި ނިކުންނަމުން ކިޔާ ދުޢާފަދަ ދުޢާތަކަކީ ވަރަށް މުހިއްމު ދުޢާތަކެކެވެ.
4. ޤުރުއާން ކިޔެވުން. މިގޮތުން ވީވަރަކުން ޚާއްޞަކޮށް ބަޤަރާސޫރަތް ކިޔެވުމަކީ ޝައިޠާނާގެ ދުއްތުރާތަކުން ގެއާއި މީހާ ސަލާމަތްވާނެކަމެކެވެ.
5. މިއުޒިކު ސާމާނާއި، ދިރޭތަކެތީގެ ޞޫރަތައް ފަދަ ﷲ ޙަރާމްކުރެއްވި ތަކެތިން ގޭތެރެ ޠާހިރުކުރުން.
6.އިރުއޮއްސުނީއްސުރެ ގަޑިއިރެއްހާއިރު ވެލަންދެން ކުޑަކުދިން ގެއިންބޭރަށް ނުނެރުން. މިވަގުތަކީ ބިންމަތީގައި ޝައިޠާނުން ފެތުރިގަންނަ ވަގުތެވެ.

ސިޙްރު ބާޠިލުކުރާނެ ގޮތްތައް:
ސިޙުރު ބާޠިލުކުރުމަށް ނުވަތަ ޖެހިފައިވާ ސިޙުރަކުން ސަލާމަތްވުމަށްޓަކައި ކުރުން މުހިއްމު ކަންތައްތަކެއް ވެއެވެ. އަދި ހުއްދަކުރައްވާފައިވާ ކަންތައްތަކެއްވެއެވެ. މީގެތެރެއިން މުހިންމު ކަންކަމަކީ:

1.ގިނަގިނައިން ސަލާމަތްކުރެއްވުމަށް ދުޢާކުރުން. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ސިޙްރުޖެހިވަޑައިގަތުމުން ވަރަށް ގިނަ ފަހަރު ދުޢާކުރެއްވިއެވެ.
2. ސިޙްރު ހުރިތަން އެނގޭނަމަ، އެއެއްޗެއް ނަގައި ނެތިކޮށްލުން.
3. ކަވާޖެހުން (ޙިޖާމާ ކުރުން). ސިޙްރުޖެހިފައިވާ ގުނަނުގައި ކަވާޖެހުމަކީ ފައިދާކުރުވަނިވި ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިޙުރު ޖެހިވަޑައިގަތުމުން ބޯފުޅުގެ މެދަށް ކަވާ ޖެއްސެވިއެވެ.
4. ޛިކުރުތަކާއި، ދުޢާތަކާއި، ޤުރުއާންކިޔެވުމާއި، އިސްތިޣުފާރުކުރުން ގިނަކުރުން.
5. ސިޙުރަށް ޤުރުއާން ބޭނުންކޮށްގެން ފަރުވާކުރުން (ރުޤްޔާ ކުރުން)
6. އަޖުވާ ކަދުރުގެ 7 ކަދުރު ކޮންމެ ދުވަހަކު ހުސްބަނޑާހުރެ ކެއުން.
7. ޒަމްޒަމް ފެންބުއިމާއި ދުޢާކުރުން.

ސިޙުރު ބާޠިލުކުރުމަށް ކުރާނެ ބައެއް ރުޤްޔާ:

ސިޙުރު ބާޠިލުކުރުމަށްޓަކައި އަހަރެމެންނަށް ވަރަށް ގިނަ ރުޤްޔާ ކުރެވިދާނެއެވެ. އަދި މިކަމުގައި ޝިރުކުނުހިމެނޭ ގޮތުން ޤުރުއާނުގެ ކޮންމެ އާޔަތެއްވެސް ބޭނުންކުރެވިދާނެއެވެ. މިގޮތުން ބޮޑަށް ތަޖުރިބާކުރެވިފައިވާ އާޔަތްތަކާއި، ސިޙުރާއިމެދު ތާސީރު ބޮޑުކަމަށް ފާހަގަވާ އާޔަތްތަކުގެ ބޭނުންވެސް ކުރެވިދާނެއެވެ.
1- މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިޙުރު ޖެހިވަޑައިގަތުމުން ސިޙުރު ބާޠިލުކުރެއްވުމަށްޓަކައި ބާވައި ލައްވާފައިވާ ދެސުރަތް ފާހަގަކޮށްލެވެއެވެ. އެއީ ފަލަޤް ސޫރަތާއި ނާސި ސޫރަތެވެ. ސިޙުރު ޖެހިފައިވާ މީހާ ގިނަގިނައިން މި ދެސޫރަތް އަދި އާޔަތުލް ކުރުސިއާއި ސޫރަތުލް ފާތިޙާ ކިޔަވާށެވެ. އަދި ހުއްދަވެގެންވާ އެދި ގޮތްގޮތަށް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ފެނަށް ކިޔަވާ ބޮއެގެންނާއި، ގަޔަށް ފެން އަޅައިގެނެވެ. އަދި ކިޔަވާ ދެއަތަށްފުމެ ހަށިގަނޑުގައި އަތްފިރުމައިގެނެވެ. މިއީ ތިމާ އަމިއްލައަށް ކުރެވޭ ޙާލަތުގައި ހުރިނަމަ އަމިއްލައަށް ކޮށްލަން ފަސޭހަކަމެކެވެ. އަދި މޮޅުއިތުރުވެގެން ވަނީވެސް އެގޮތެވެ. އަމިއްލައަށް ކުރެވޭވަރު ނުވާމީހާ ކަމުގެ ޢިލްމާއި ތަޖުރިބާހުރި މީހުންގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއްނޫނެވެ.
2- ސިޙުރު ޖެހިފައިވާ މީހާ ގިނަގިނައިން ސޫރަތުލް ބަޤަރާ ކިޔަވާށެވެ. އެގެއެއްގައި ސޫރަތުލް ބަޤަރާ ކިޔެވޭ ނަމަ އެގެއަކަށް ޝައިޠާނާ ނުވަންނާނެކަމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. އަދި ސޫރަތުލް ބަޤަރާ ކިޔެވުމުން ޝައިޠާނާއަށް ވަރަށް އުނދަގޫވާކަން ވަނީ ހާމަވެފައެވެ. ތަޖުރިބާކުރެވިފައެވެ. އެހެން ކަމުން ސިޙުރު ޖެހިގެންވާ މީހާއާއި، ޖިންނީގެ އުނދަގުލާއި އެސްފީނާ ޖެހިފައިވާ މީހާވެސް ސޫރަތުލް ބަޤަރާ ގިނަގިނައިން ކިޔެވުމަކީ ވަރަށް މަންފާކުރަނިވި ކަމެކެވެ.
3- ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި ދުޢާތައް ކޮންމެ ދުވަހަކުވެސް ކިޔަވާށެވެ. އަދި އެދުޢާތައް ކިޔެވުން ގިނަކުރާށެވެ. އޭރުން ސިޙުރުވެރިންނާއި ޝައިޠާނާއާއި އެސްފީނާ ފަދަ ކަންކަމުން އަވަހަށް ސަލާމަތްވެ ތިމާ ރައްކާތެރިވާނެއެވެ.
4- ތިރީގައި އެވަނީ ސިޙުރެއް ޖެހިފައިވާ މީހުން ނާއި އަނބި މީހާ އާއި ގާތް ނުވެވި، އެއްދާން ނުކުރެވޭ މީހުންނަށް ވަރަށް ފައިދާ ހުރި ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ. މިއީ ސިޙުރުޖެހިފައިވާ މީހުންގެ މައްޗަށް އެތައްފަހަރަކު ތަޖުރިބާކުރެވި ކާމިޔާބުވެފައިވާ ފަރުވާއެއްކަން ފާހަގަކޮށްލަމެވެ.
އެންމެ ފުރަތަމަ ކުންނާރު ފަތުގެ ރީތި، ރޯ (ފެހި) ހަތް (7) ފަތް ހޯދައި ދެ ގައު ނުވަތަ އެފަދަ އެއްޗެއްގައި އެފަތް ޗިސްކޮށް ނުވަތަ ފުނޑައި ފެންވަރައި ނުވަތަ ގައި ދޮވެލުމަށް ފުދޭހައި ފެނާއި އެއްކޮށް أعوذ بالله من الشيطان الرجيم ކިޔައި އަންނަނިވި އާޔަތްތަކާއި ސޫރަތްތައް އެފެނަށް ކިޔަވާނީއެވެ.
-1- އާޔަތުލް ކުރްސީ: { اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ }.
– 2- سورة الأعراف ގެ 117 އިން 122 އަށް { وَأَوْحَيْنَا إِلَى مُوسَى أَنْ أَلْقِ عَصَاكَ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ (*) فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ (*) فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ (*) وَأُلْقِيَ السَّحَرَةُ سَاجِدِينَ (*) قَالُوا آمَنَّا بِرَبِّ الْعَالَمِينَ (*) رَبِّ مُوسَى وَهَارُونَ }.
-3- سورة يونس ގެ 79 އިން 82 އަށް: { وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ (*) فَلَمَّا جَاءَ السَّحَرَةُ قَالَ لَهُمْ مُوسَى أَلْقُوا مَا أَنْتُمْ مُلْقُونَ (*) فَلَمَّا أَلْقَوْا قَالَ مُوسَى مَا جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ (*) وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ}.
-4- سورة طه ގެ 65 އިން 70 އަށް: { قَالُوا يَا مُوسَى إِمَّا أَنْ تُلْقِيَ وَإِمَّا أَنْ نَكُونَ أَوَّلَ مَنْ أَلْقَى (*) قَالَ بَلْ أَلْقُوا فَإِذَا حِبَالُهُمْ (*) وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَى (*) فَأَوْجَسَ فِي نَفْسِهِ خِيفَةً مُوسَى (*) قُلْنَا لَا تَخَفْ إِنَّكَ أَنْتَ الْأَعْلَى (*) وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا إِنَّمَا صَنَعُوا كَيْدُ سَاحِرٍ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَى (*) فَأُلْقِيَ السَّحَرَةُ سُجَّدًا قَالُوا آمَنَّا بِرَبِّ هَارُونَ وَمُوسَى}.
-5- سورة الكافرون
بسم الله الرحمن الرحيم { قُلْ يَا أَيُّهَا الْكَافِرُونَ (*) لَا أَعْبُدُ مَا تَعْبُدُونَ (*) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (*) وَلَا أَنَا عَابِدٌ مَا عَبَدْتُمْ (*) وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (*) لَكُمْ دِينُكُمْ وَلِيَ دِينِ}.
-6- سورة الإخلاص
بسم الله الرحمن الرحيم { قُلْ هُوَ اللَّهُ أَحَدٌ (*) اللَّهُ الصَّمَدُ (*) لَمْ يَلِدْ وَلَمْ يُولَدْ (*) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ}.
-7- سورة الفلق
بسم الله الرحمن الرحيم { قُلْ أَعُوذُ بِرَبِّ الْفَلَقِ (*) مِنْ شَرِّ مَا خَلَقَ (*) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (*) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (*) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ}.
-8- سورة الناس
بسم الله الرحمن الرحيم { قُلْ أَعُوذُ بِرَبِّ النَّاسِ (*) مَلِكِ النَّاسِ (*) إِلَهِ النَّاسِ (*) مِنْ شَرِّ الْوَسْوَاسِ (*) الْخَنَّاسِ (*) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (*) مِنَ الْجِنَّةِ وَالنَّاسِ}.
މިސޫރަތްތައް ކުންނާރު ފަތާއި އެއްކޮށްފައިވާ ފެނަށް ކިޔެވުމަށް ފަހުގައި އެފެނުން ތިން ފަރަހު ބޮއެ، ބާކީ ބައިން ފެން ވަރާނީއެވެ. އަދި އިތުރަށް ބޭނުން ވެއްޖެ ނަމަ އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިންވެސް މިކަން ކުރެވިދާނެއެވެ.
މިފަރުވާއަކީ ސިޙުރު ޖެހިފައިވާ މީހުންނާއި އަނބިމީހާއާއި ގާތް ނުވެވިފައިވާ މީހުންނަށް ފައިދާ ހުރި މުހިންމު ފަރުވާއެއް ކަމުގައި ޢިލްމުވެރިން ލިޔުއްވާފައިވާ ފަރުވާއެކެވެ.
އަދި މިފަދަ ފަރުވާއަކަށް އެދޭ މީހާ އީމާން ކަމާއި އެކުގައި ބަލި ޖެހެނީ މާތް ﷲ އިޛުނައާއި ބާރުން ކަމާއި ބަލީގެ ފަރުވާ ދެއްވާ ފަރާތަކީވެސް އެކަލާނގެ ކަން ޔަގީން ކުރަން ޖެހޭނެއެވެ. ހަމަ އެފަދައިން ފަރުޟު ފަސް ނަމާދާއި ދީނީ ވާޖިބުތަކަށް ރައްކާތެރިވުމާއި މުންކަރާތްތަކުން ދުރުހެލި ވުމަކީވެސް ކޮންމެހެން ލާޒިމު ކަމެކެވެ. އަދި މި ފަރުވާގެ އިތުރުން ގިނައިން ޤުރްއާން ކިޔަވައި، ދުޢާކޮށް ހެދުމަކީ މުހިންމު ކަމެކެވެ.[1] މިފަރުވާގެ އަސްލު މަޞްދަރުތައް:
[1] وهب القحطاني، سعيد بن علي، الدعاء ويليه العلاج بالرقى من الكتاب والسنة، (السعودية: وزارة الشئون الإسلامية والأوقاف والدعوة والإرشاد، ط5، 1423هـ)، ص 35- 38.

ކޮންމެއަކަސް ސިޙުރަކީ އެކި ގޮތްގޮތަށް އެކި ބޭނުންތަކަށް ހަދާއުޅޭ އެއްޗެކެވެ. އަދި އެކި ބާވަތުގެ ސިޙުރު ޖެހުމުން އެކި ޢަލާމާތާއި ފަރުވާގެ ގޮތުގައި ކުރާނެ ތަފާތު ކަންކަން ޢިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. މިގޮތުން ހުރި ބާވަތްތަކާއި ފަރުވާތައްވެސް ﷲ އިރާދަކުރެއްވިއްޔާ މިވެބްސައިޓްގެ ކިޔުންތެރިންނާއި ޙިއްސާ ކުރާނެވާހަކަ ދަންނަވަަމެވެ. ދުޢާއަކީ ﷲ އަޅުގަނޑުމެން އެންމެނަށްވެސް މިލިޔުމުން މަންފާ ދެއްވައި، ސިޙުރާއި ޝައިޠާނުންގެ އުނދަގޫތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވާ އަޅަމެނަށް ތެދުމަގު ދެއްކެވުމެވެ. އާމީން.

 (ނިމުނީ)

ޙިޔާލުފާޅުކުރައްވާ

13 ކޮމެންޓު

  1. ހާއުފާ

    ގެނެސްދެއްވާ މަޢުލޫމާތާއި ދެއްވާ އިރުޝާދަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ގެނެސްދެއްވާފައިވާ ރުޤުޔާ ކިޔަވަންވީ ކިތައްފަހަރު ކަމެއް ދަންނަވާފައި ނެތުމުން ކުރިޔަށްދާ މީހަކަށް އުނދަގޫތަކެއް އުފުލަންޖެހިދާނެއެވެ. ނަމަވެސް ތިޔަބޭފުޅުންގެ އަރިހުން އުނގެނިގެންތިއްބެވި އަޅުގަނޑުމެންފަދަ ރާޤީންނަށް އުނދަގުލެއް ނެތެވެ. ވިސްނަންވީ ނޭގޭމީހާއަށް ވިސްނޭނެފަދަ އަކުން ގެނެސްދެއްވުމަށެވެ.

    1. ޢިލްމުވެރިން ލިއުއްވާފައިވާއިރު އޭގައި ވަކި ޢަދަދެއް ކަނޑައަޅުއްވާފައެއް ނުވޭ. އަދި ފައިދާ ވަނީ ވަކި ޢަދަދަކަށް ކިޔެވުމަކުން ނޫންކަން އަހަރެމެން ޤަބޫލުކުރަން ޖެހޭ. އެކަމުގައި އޮތް ގޮތަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދަ ކަންކަމުގައި ގެނެސްދެއްވާފައިވާ ދުޢާތައް ނުވަތަ ޛިކްރުތަކުގައި ކިޔަން ވާރިދުވެފައިވާ ޢަދަދަށް ކިޔުން ނުވަތަ އޮނަހިރި ޢަދަދަކަށް ކިޔެވުން. ގިނައިން ކިޔެވި ވަރަކަށް އެ ރުޤްޔާއެއްގެ އަސަރު ގަދަވޭ. ޞަޙާބީން ކުރެއްވި ރުޤްޔާގައި 7 ފަހަރު ކިޔަވާ ވިދާޅުވިކަމަށް ސާބިތުވޭ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ

  2. އަޙްމަދު ޢަޡީމް

    އަޅުގަނޑު މިގޮތަށް އަޅުގަނޑު ރަށުގައި ހުންނަ ދުވަހު ޢަމަލުކޮށް އަދި ރަށުގައި ނުހުރެވޭ ދުވަހު އަޅުގަނޑުގެ ކޮށްކޮ ލަށްވާ ހަތްދުވަހު ހަދުވައިފިން. އަންނަނީ ރަނގަޅުވަމުން. އަޅުގަނޑު ޢަމަލުކުރަމުން އައީ ބައެއް ޢަރަބި ފޮތްފޮތުގެ ތަރުޖަމާ އަށް ބަލައިގެން. މިސާލަކަށް ވާހިދް އިބްން ޢަބްދުއްސަލަމް ބާލީ ގެ ސްވޯޑް އަގެއިންސްޓް ބްލެކް މެޖިކް އެންޑް އެވިލް މެޖިޝަން، އަދި މިޔަދު މި މި ވެބްސައިޓް ބަލާލެވުނީ. ހީވަނީ މި ލިޔުން ތަކަކީ ހަމަ އެފަދަ ދިރާސާ ތަކެއްހެން. އަސްލު ނުގެއްލޭ ފަދަ ގޮތަކަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވޭ. އެކަމުން އަޅުގަނޑުމެންނަށް ބައެއް ޢަރަބި ލަފްޟުގެ މާނަ ނޭނގޭތީ، އިސްވެ ބަޔާންކޮށްފައިވާ ލިޔުމުގައި، “މި ފަރުވާގެ އަސްލު މަސްދަރު” ގެ ދަށުން ލިޔެފައިވާ އަރަބި ބަސްކޮޅުގެ ދިވެހި މާނަ ލިޔެލާނެ ނަމައޭ ހިތަށް އަރާ!

  3. ހުސައިން ޢަފީފް

    އަޅުގަނޑު އަހާލަން ބޭނުންވަނީ ކަނޑިބޭނުން ކޮށް ވަކިތަނަކަށް ޖިންނިތަށް އެތްކުރަނީއޭ ބުނެ ،ދެން އެއްކޮށްފީމޭބުނެ ދެންމި އެކޮށާލަނީއޭބުނެ ، އަލިފާނަށް ތަވީދުއަޅާ އެ އަންދާ އަޅިޔަށް ހަދަނީއޭ ބުނެ އުޅެނީ ކޮންކަހަލަ ބައެއް ؟ މިކަހަލަ ވާހަކައެއް އައިސްނެތީމަ؟

    1. އެއީ ހުއްދަ ކަންކަމެއް ނޫން. ސިޙްރުވެރިން ސިޙްރުގެ ގޮތަށް އެކަންކުރާއިރު ކުރާކަމެއް އެއީ. ސިޙްރުން ސިޙްރުބާޠިލް ކުރުމުގެ ތެރެއަށް އެކަން ވަންނާނީ.

  4. މުޢާވިޔަތު

    ގެޔަށް ނުވަތަ ގޯތިތެރެއަށް ސިޙްރު ހަދާފައިވާނަމަ، އެ ސިޙްރު ބާޠިލްކުރަން ހަދާނީ ކިހިނެއް؟
    އަދި ގެޔަށް ނުވަތަ ގޯތިތެރެއަށަް ސިޙްރު ހަދާފައިވާކަން ޔަޤީންކުރާނީ ކިހިނެެއް؟

    1. ތިމައުލޫއަށް އިންޝާ ﷲ ލިޔުމެއް ހިމަނާނަން މިސައިޓުގަ

  5. އަހުމަދު

    ރުޤްޔާ ކިޔަވާ މީހުން ޖިންނި ހަށްޔަރު ކުރަން ހައިވަކަރު ކޮޅަކަށް ވަޅި ޖަހައި އުޅޭތަ؟

    1. އެއީ ރުޤްޔާ ކުރުމުގައި ހުއްދަ ކަމެއް ނޫންކަމަށް ޢިލްމުވެރިން ވިދާޅުވަނީ

  6. މުޙައްމަދު

    ގޭގައި ވަކި ޚާއްޞަ އާޔަތް ތަކެއް ކންމެ ރެއަކު ލެޕްޓޮޕުން ޖަހާނަމަ ސިޙުރު ބާޠިލު ވެދާނެތޯ

    1. ގޭގައި ވަކި އާޔަތްތަކެއް ހަމައެކަނި ޖަހާލުމުން ސިޙުރު ބާޠިލުވުމަކީ އެހާ ފަސޭހަކަމެއް ނޫން. ގޭގައި ސޫރަތުލް ބަޤަރާ ކިޔެވުމަށާއި ސުންނަތް ނަމާދުތައް ކުރުމަށް ވަނީ އަންގަވާފަ. އަދި ގޭގައި ސޫރަ ހަރުނުކުރުމާއި، ލަވަޔާއި މިޔުޒިކާއި ފާޙިޝް ކަންތަކުން ގޭތެރެ ސަލާމަތްކޮށްގެން ފަރުވާ ކުރުމުން އިނޝާ ﷲ ރަނގަޅުވާނެ.

  7. ސިމާހު

    މިސާލަކައް ސިހުރުވެރިއެއް ބަހައްޓާފަ ހުރި އެއްޗެއް ނޭނގުމެގެ ތެރެއިންވިޔަސް ނެގިޖެނަމަ އެމީހަކައް ސިހުރުގެ ކަމެއް ޖެހިދާނެތަ؟؟

    1. ބައެއްކަހަލަ ސިޙުރަކީ އެއެއްޗެއްގައި އަތްލުމުން ނުވަތަ އެއްޗެއްގެ ބޭނުންކުރުމުން ޖެހޭ ސިޙުރު. އެހެންނަމަވެސް ސިޙުރު ޖެހެނީ ﷲ އިރާދަކުރެއްވި މީހަކަށް ﷲ ގަ އިޛުނައާއި އެކު.