ސިޙުރުގެ ޢަލާމާތްތަކެއް މީހެއްގެ ކިބައިން ފެނިއްޖެނަމަ ސިޙުރު ހުރިތޯ ޔަޤީން ކުރުން މިއީ އެންމެ މުހިއްމު ކަންތަކެވެ. މިގޮތުން މިކަން ޤުރުއާނުގެ ރުޤުޔާ ބޭނުންކޮށްގެން ޔަޤީން ކުރާނެ
ފަސޭހަ ގޮތެއް ބުނެދޭނަމެވެ. މިނޫންވެސް އެތައް ގޮތަކުން ޤުރުއާން ބޭނުންކޮށްގެން މިކަން ޔަޤީން ކުރެވޭނެއެވެ. މިއީ ފަސޭހަ އަދި ތަޖުރިބާ ކުރެވިފައިވާ މުޖައްރިބު ކަމެކެވެ
އަންމެ ފުރަތަމަ ވުޟޫކޮށްގެން ނުކުމެ ސިޙުރުޖެހިފައިކަމަށް ޝައްކުކުރެވޭ މީހާ ތަނެއްގައި ބާއްވާށެވެ. އަދި ކައިރީ އިށީންދެ ކަނާއަތް އެމީހާގެ ނިއްކުރިމަތީ ބާއްވާ އަންނަނިވި އާޔަތްތައް އެމީހާއަށް އަޑު އިވޭ ވަރަށް ކިޔަވާށެވެ.
أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ.. بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ سورة الفاتحة
اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ سورة البقرة
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ سورة الأعراف
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾ سورة يونس
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ سورة طه
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفل
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس
މި ކުޑަކުޑަ ރުޤުޔާ 7 ފަހަރު ކިޔަވާށެވެ. ސިޙުރު ޖެހިފައި ހުރިނަމަ ބަލިމީހާގެ ލޮލުން ފެން އަންނަން ފަށާނެއެވެ. ނުވަތަ ބޮލަށް ބަރުޖެހި ރިއްސަންވެސް ފަށާފާނެއެވެ. އަތްފަޔަށް ވާގި އަރާގޮތްވެ ދެލޯ ރަތް ވެދާނެއެވެ. ނުވަތަ ރޯން ފަށާނެއެ، އަދި އެރޮވެނީ ކީއްވެކަމެއް ސުވާލުކުރުމުން ނޭނގޭނެއެވެ. ފަހަރެއްގައި ޝައިޠާނާ ހަށިގަނޑުގެތެރެއަށް ވަދެ ވާހަކަ ދައްކަންވެސް ފަށާފާނެއެވެ. ހަޅޭލަވާވެސް ހަދާފާނެއެވެ. މީގެން ކަމެއް ވެއްޖެނަމަ ސިޙުރުޖެހިފައިކަން ޔަޤީންވީއެވެ.
:މައިތިރި
ރުޤުޔާނިމޭއިރު އުނދަގޫތައް ނުކެނޑުނުނަމަ سورة يس 3 ފަހަރު ކިޔަވާށެވެ. އޭރުން ކުރިން ހުރި ޙާލަތަށް އަންނާނެއެވެ. އަދި ޝައިޠާނާ ވަތްނަމަވެސް ނުކުންނާނެއެވެ. ޝައިޠާނާ ވަދެ ވާހަކަ ދައްކާނަމަ އެއާ ވާހަކަ ދައްކަން ނުހަދާށެވެ. ﷲ އަށް ޓަކައި އެސިޙުރެއް ދޫކޮށް ބަލިމީހާ ދޫކޮށް ﷲ އަށް އީމާންވެ ބިރުވެތިވުމަށް ގޮވާލުމަށްފަހު އިންކާރު ކުރިނަމަ ނުވަތަ ނުކުރިނަމަވެސް މި ބުނި ސޫރަތް ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ ކުރިން ހުރި ޙާލަތަށް އެނބުރިދާނެއެވެ. ދެން ސިޙުރަށް ކުރަންޖެހޭ ފަރުވާތައް ކުރާށެވެ. އަމިއްލައަށް ކުރަން ނޭނގޭނަމަ ކުރަން އެނގޭ މީހެއްގެ އެހީ ހޯދާށެވެ.
anhenkuhjakahves myhehge kaireegai mi gothah kiyevi dhaane tho.
މީހަކައް ސިހުރު ޖެހިފަ ހުރިތޯ ބަލާނެގޮތް ވަރައް ރަނގަޅައް އެނގިއްޖެ.ތިގޮތައް ގޭގެޔައް ހަދާފަހުންނަ ސިހުރު ހޯދާނެގޮތް ތަފްސީލު ކޮއްލެވިދާނެ ތޯއެވެ،
ވަރަށް ފުރިހަމަ ވަރަށް ބޭނުން ތެރި މަޢުލޫމާތު ކޮޅެކެވެ. ކުރިއަށްއޮތްތާގަވެސް ތިފަދަ މަޢުލޫމާތު އާމްކޮށް ދެއްވުން އެދެމެވެ… މާތްﷲ އެންމެހާ ޝައިތާނުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި ،، އާމީން=
ގެދޮރަށް ސިޙުރު ހަދާފަ ހުރިތޯ ބަލާނީ ކިހިނެއްތޯ، އަދި އެކަންތަށް ރަނގަޅު ކުރާނީ ކިހިނެއްތޯ؟
އެގޮތައް ކިޔަވައިގެން ޝައިތާނާ ހަށިގަނޑަށް ވަދެގެން އިތުރު ގޯސްތަކެއް ކިޔެވި މީހާ އަށާއި ބަލިމީހާ އަށް ވެދާނެތޯ ؟ ބާތިލް ކިޔެވުމުން ރަނގަޅުވެފައި ފަހުން އިތުރައް ގޯސް ނުވާނެތޯ؟
މިގޮތަށް ކިޔަވަނީ ސިޙުރުގެ އަސަރު ހުރިތޯ ޔަޤީންކުރުމަށް. މިގޮތަށް ކިޔަވާ އިރު ޝައިޠާނާ ހަށިގަނޑަށް ވަދެދާނެ. ޔަޤީން ކުރަން ކިޔަވާއިރު ރަނގަޅީ އުނދަގޫ ވާކަން ބަލިމީހާއަށް ޔަޤީން ވެއްޖެ ނަމަ ހުއްޓާލުން. އަދި ފަރުވާ ތައް ކުރުން. މިއާޔަތްތައް ކިޔަވާ ފެން ދީ، ފެނަށް ކިޔަވާ އެފެނުން ފެންވެރުވުމަކީވެސް ކުރެވިދާނެ ފަރުވާއެއް. މިގޮތަށް ފަރުވާގެ މަރުޙަލާގައި އުނދަގޫތައް ބޮޑުވުމަކީ އެކަށީގެންވާކަމެއް. އެހެންނަމަވެސް ފަރުވާ ކުރިއަށް ގެންދިއުމުން މަޑުމަޑުން ﷲ ގެ އިޛުނައާއި އެކު ރަނގަޅުވާނެ. މިކަން ބިނާވަނީ އެމީހަކަށް ސިޙުރުގެ އަސަރު ކޮށްފަ ހުންނަ މިންވަރަކުން. والله أعلم
އަޅުގަނޑުގެ އެންމެ ޅައުމުރުގައި ޢާއިލާގެ އެންމެންވެސް އަޅުގަނޑުދެކެ ވަރަށްބޮޑަށް ލޯބިވެއެވެ. ނަމަވެސް ޢާއިލާގެ އެއްވެސް ކުއްޖަކު މިހާރު އަޅުގަނޑާ އެއްވެސްގުޅުމެއްނެތެވެ. އެކުދިންދެކެ އަޅުގަނޑު ވަރަށް ލޯބިވެއެވެ، ނަމަވެސް މަންމައާބައްޕަ ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުދެކެ ވަރަށްލޯބިވެއެވެ. އަޅުގަނޑުގެ ސުވާލަކީ އެއްބަނޑު މީހުންގެ ގުޅުން ކެނދިގެން ދިއުމަކީ ސިހުރުގެ ސަބަބުން ކުރިމަތިވެދާނެ ކަމެއްތޯއެވެ؟
ސިޙްރުގެ ސަބަބުން ދެ ރަޙްމަތްތެރިންވެސް، އަދި އެއްބަނޑު މީހުންގެ މެދުގައިވެސް ގުޅުން ކެނޑުމަކީ އެކަށީގެންވާ ކަމެއް. އެހެންކަމުން ތިމާއަށް ސިޙުރެއް ޖެހިފައި ހުރިތޯ ޔަޤީންކޮށްލެއްވުން ބުއްދިވެރި ކަމުގައި ދެކެން. އަދި އިތުރު މަޢުލޫމާތު މިއާރޓިކަލް އިން ލިބިލައްވާނެ.
http://spiritualhealersofma.ipage.com/Maithiri/?p=729
އަޅުގަނޑުގެ ފިރިމީހާ ކުއްލިއަކަށް ފޫހިވެގެން އަޅުގަނޑު ދޫކޮށްލާފައި ދިޔަފަހުން އާއިލާއާއި އަދި ދަރިފުޅަށްވެސް ވަރަށް ގުޅުން ކުޑައެވެ. މީނާއަށް ސިހުރު ޖެހިފައި ހުރިތޯ ބެލުމަށް އޭނާ ކައިރީގައި ކިޔެވުމަށް ބުނުމުން އެކަން ކުރާކަށް އެއްބަހެއް ނުވެއެވ. ވީމާ މީނާއަށް ސިހުރު ޖެހިފައި ހުރިތީ ބަލާނީ ކިހެއް ހެއްޔެވެ. އަދި މީނާއަށް ފަރުވާ ކުރާނީ ކިހެނެއް ތޯ؟
އޭނާއަށް ސިޙުރުގެ އަސަރުކޮށްފައި ހުރިތޯ ބެލޭނީ އޭނާ އަމިއްލައަށް ކިޔަވައިގެނެވެ. ނުވަތަ އޭނާ ކައިރީ ކިޔަވައިގެނެވެ. އެހެންކަމުން އޭނާ އެކަން ކުަން ބޭނުން ނުވަނީ އަމިއްލަ އިޚްތިޔާރުގައި ނަމަ އެކަމެއް ނުކުރެވޭނެއެވެ. ނަމަވެސް އޭނާއަށް ސިޙުރެއް ހުރިނަމަ އެކަން ދެއްކެވުމަށާއި އެސިޙުރު ބާޠިލުކުރެއްވުން އެދި ގިނަގިނައިން ދުޢާކުރާށެވެ. އަދި ސިޙްރުބާޠިލުގެ ރުޤްޔާތައް ކިޔަވާއިރު އޭނާއަށް ޖެހިފައިހުރި ސިޙުރު ބާޠިލުކުރެއްވުން އެދި ކިޔަވާ ދުޢާކުރެވިދާނެއެވެ.