ސުވާލު:
ފެން ފިޔަވައި އެހެނިހެން ތަކެތީގައި ރުޤްޔާ ކުރެވިދާނެހެއްޔެވެ. ބޭހާއި ކާބޯ ތަކެތި ފަދަ ތަކެތީގައި ރުޤްޔާ ކުރެވިދާނެތޯއެވެ.؟ އަދި މިގޮތުން ރުޤްޔާ ކޮށްފައި ހުންނަ ތަކެތި ކެއުމަށާއި ބުއިމަށް ބޭނުންކުރެވޭނެތޯއެވެ؟ ނުވަތަ ޖެހޭނީ ހަށިގަނޑުން ފަރުވާ ކުރުމަށް ބޭނުންވާ ތަނަށް އޮއްސަންތޯއެވެ؟

ޖަވާބު:

Close Ad XGet My Ruqya Android App On Google Play

ފުރަތަމައީ:
އެރުޤްޔާއެއްގެ ފައިދާ ކުރާކަން އެނގޭ އަދި ޝިރުކާއި ޙަރާމް ކަންތަކާއި ތަކެތިން އެއްކިބާވެގެންވާނަމަ އެ ރުޤްޔާއަކީ ހުއްދަވެގެންވާ ރުޤްޔާއެއްކަމަށް ސުންނަތުން ދަލީލު ލިބެއެވެ.

فعَنْ جَابِرٍ ، قَالَ : ” نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنِ الرُّقَى ، فَجَاءَ آلُ عَمْرِو بْنِ حَزْمٍ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالُوا : يَا رَسُولَ اللهِ ! إِنَّهُ كَانَتْ عِنْدَنَا رُقْيَةٌ نَرْقِي بِهَا مِنَ الْعَقْرَبِ ، وَإِنَّكَ نَهَيْتَ عَنِ الرُّقَى ، قَالَ: فَعَرَضُوهَا عَلَيْهِ ، فَقَالَ: ( مَا أَرَى بَأْسًا ، مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْهُ ) رواه مسلم ( 2199 ) .
މާނައީ: “ފަހެ މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރުޤްޔާގެ ކަންތައް މަނާ ކުރެއްވިއެވެ. ޢަމްރު ބިން ޙަޒްމުގެ ދަރިކޮޅުގެ މީހަކު ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ. “ﷲ ގެ ރަސޫލާ އެވެ. ނަގުލަންދާށީގެ ކަންތަކުން ސަލާމަތްވުމަށް އަހަރުމެންގެ ތެރޭގައި ކުރާ ރުޤްޔާއެއް އޮވެއެވެ. ނަމަވެސް ކަލޭގެފާނު ރުޤްޔާކުރުން މަނާކުރެއްވިއެވެ.” ޖާބިރު ވިދާޅުވިއެވެ. “އެބައިމީހުން ކޮށްއުޅުނު ރުޤްޔާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަހަޅާ ކިޔައިދިނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. “ތިކަމުގައި މައްސަލައެއް ނެތެވެ. ތިޔަބައިމީހުންގެ އަޚާއަށް މަންފާއެއް ކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަން ކުރާހުށިކަމެވެ.”

އަބޫ ޖަޢުފަރުއްޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ޖާބިރުގެ ޙަދީޘުން ދަލީލު ލިބެނީ، އެރުޤްޔާއެއްގައި މަންފާ ހިމެނޭ ކޮންމެ ރުޤްޔާއެއް ހުއްދަވެގެންވާ ކަމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅުންނެވެ. 
“( من استطاع أن ينفع أخاه فليفعل ) ” . “ތިމާގެ އަޚާއަށް ފައިދާ ހުރި ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ އެކަން ކުރާހުށިކަމެވެ.”” (شرح معاني الآثار ( 4 / 326 ) .)

 
وعَنْ عَوْفِ بْنِ مَالِكٍ الْأَشْجَعِيِّ ، قَالَ : ” كُنَّا نَرْقِي فِي الْجَاهِلِيَّةِ ، فَقُلْنَا : يَا رَسُولَ اللهِ ! كَيْفَ تَرَى فِي ذَلِكَ ؟ فَقَالَ : ( اعْرِضُوا عَلَيَّ رُقَاكُمْ ، لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ ) رواه مسلم (2200) .
މާނައީ: “އަދި ޢަވްފް ބިން މާލިކިލްއަޝްޖަޢީގެ ކިބައިން ރިވާވެގެން ވެއެވެ. ވިދާޅުވިއެވެ: ” ޖާހިލިއްޔަ ޒަމާނުގައި އަހަރުމެން ރުޤްޔާކޮށް އުޅުނީމެވެ. ތިމަންމެން ދެންނެވީމެވެ. “ﷲގެ ރަސޫލާއެވެ. މިކަމުގައި ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ރުޤްޔާތަށް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. އެރުޤްޔާއެއްގައި ޝިރްކު އެކުލެވިގެން ނުވާ ކޮންމެ ރުޤްޔާއެއް ކުރުމުގައި މައްސަލައެއް ނެތެވެ.””

 
އަދި ހަމަ އެފަދައިން ފަރުވާ ކުރުމުގެ ގޮތުން ބަލިމީހާގެ ގަޔަށް ފެން އެޅުން ހުއްދަވުމާއި މެދުވެސް ސުންނަތުން ދަލީލު ލިބެއެވެ.
فقد روى أبو داود (3885) عن ثابت بن قيس رضي الله عنه : ” أن رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَيه وَهُوَ مَرِيضٌ ، فَقَالَ : ( اكْشِفْ الْبَأْسَ رَبَّ النَّاسِ ، ثُمَّ أَخَذَ تُرَابًا مِنْ بَطْحَانَ [واد في المدينة] فَجَعَلَهُ فِي قَدَحٍ ثُمَّ نَفَثَ عَلَيْهِ بِمَاءٍ وَصَبَّهُ عَلَيْهِ) . صححه الألباني في ” صحيح سنن أبي داود. ”
މާނައީ: “ހަމަކަށަވަރުން އަބޫ ދާވޫދު ރިވާކުރެއްވިއެވެ. މާތް ﷲ ރުއްސުން ލެއްވި ޘާބިތު ބިން ޤައިސްގެ އަރިހުން ރިވާވެގެން ވެއެވެ.: “އެކަލޭގެފާނު ބަލިވެފައި ވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒިޔާރަތް ކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.: ” اكْشِفْ الْبَأْسَ رَبَّ النَّاسِ” (މީސްތަކުންގެ ވެރިއިލާހެވެ! މިބަލި ފިއްލަވާފާނދޭވެ). އެއަށްފަހު ބަޠުޙާންގެ (މަދީނާގެ ވާދީއެއް) ވެލި ނަންގަވައި ތައްޓެއްގެ ތެރެއަށް އެޅުއްވިއެވެ. ދެން އެޔަށް އެކަލޭގެފާނުގެ އަނގަފުޅުން (އެކަލޭގެފާނުގެ އަނގަފުޅަށް ފެން އެޅުއްވުމަށްފަހު) އެފެން ވެލީގެ ތެރެއަށް އެޅުއްވިއެވެ. އަދި އެފެންއެތި އެކަލޭގެފާނުގެ (ޘާބިތުގެ) ގަޔަށް އޮއްސަވައިލެއްވިއެވެ.”

އަލްޢަޡީމު އާބާދީ ސުނަނު އަބީ ދާވޫދުގެ ޝަރަޙަ ޢަވްނުލް މަޢުބޫދުގައި ވިދާޅުވިއެވެ.
“(وَصَبَّهُ عَلَيْهِ) އެބަހީ: ފެނާއި އެއްކުރެވިފައިވާ އެވެލިއެތި ޘާބިތު ބިން ޤައިސްގެ ގައިކޮޅަށް އޮއްސަވާލެއްވިއެވެ. އަދި މާނައަކީ: އެކަލޭގެފާނުގެ އަނގަފުޅަށް ފެން އެޅުއްވިއެވެ. ދެން ވެލިތަކުގެ މައްޗަށް އެފެންފޮދު އޮއްސަވާލެއްވިއެވެ. ދެން އެފެނާއި އެއެއްކުރެވުނު ވެލިތައް ޘާބިތު ބިން ޤައިސްގެ ހަށިކޮޅަށް އެއްސަވާލެއްވީއެވެ. އަދި އެންމެ ފުރަތަމަ އެފެން ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެ ފާނުގެ އަނގަފުޅަށް އެފެން ލެއްވީ އެކަލޭގެފާނުގެ ކުޅުފޮދު އެފެނާއި އެއްކޮށްލެއްވުމުގެ ގޮތުންނެވެ. އަދި އެފެންފޮދު އެކަލޭގެފާނުގެ އަނގަފުޅަށް ނުލައްވައި ވެލީގެ ތެރެއަށް އޮއްސަވާ އެއްކުރައްވައި ދެން ޘާބިތު ބިން ޤައިސްގެ ހަށިކޮޅަށް އެފެންއެތި އޮއްސަވާލީ ކަމުގެ އިޙްތިމާލުވެސް މިބަސްފުޅުގައި އެބައޮތެވެ.” ނިމުނީ.

އަދި މިދެމުރާދުންކުރެ ކޮންމެ މުރާދެއްގެ މައްޗަށް ބެލިކަމުގައިވީނަމަވެސް، ފަހެ މިޙަދީޘުން ދަލީލުކޮށްދެނީ ފަރުވާ ކުރުމުގެ ގޮތުން ބަލިމީހާގެ ގަޔަށް ފެން އެޅިދާނެ ކަމެވެ. އަދި ހަމަކަށަވަރުން ޢިލްމުވެރީންވެސް އެފަދައިން ޢަމަލުކުރެއްވިއެވެ. ފަހެ އެބޭކަލުން ކިޔަވާފައިވާ ފެން ބަލިމީހުންގެ ގަޔަށް އަޅުއްވައިގެއް ފަރުވާ ކުރެއްވިއެވެ.

އިބްނުލް މުފްލިޙް ރަޙިމަހުﷲ ވިދާޅުވިއެވެ.
“އިމާމު އަޙްމަދު ބިން ޙަންބަލްގެ ދަރިކަލުން ޞާލިޙު ވިދާޅުވިއެވެ.: “ބައެއްފަހަރު ތިމަންނާ ބަލިވެފައިވަނިކޮށް ތިމަންނާގެ ބައްޕަ ފެންތައްޓެއް ގެންނަވައެވެ. ދެންފަހެ އެޔަށް ކިޔެވުމަށްފަހު ތިމަންނާއަށް ވިދާޅުވެއެވެ. “އޭގެން ފެން ބޯށެވެ. އަދި ތިބާގޭ މޫނާއި ދެއަތް އޭގެން ދޮންނާށެވެ.”
އަދި އަލްއިމާމު ޢަޙްމަދުގެ ދަރިކަލުން ޢަބްދުﷲ ނަޤުލުކުރެއްވިއެވެ. އެބޭފުޅާގެ ބައްޕާފުޅު ފެނަށް އަޢޫޛު ކިޔުއްވައި ކިޔެވުމަށްފަހު އެފެން ބޯތީ ދެކެވަޑައިގަތީމެވެ. އަދި އެފެނުން ގަޔަށްވެސް ފެން އަޅުއްވައެވެ. ނިމުނީ (އަލްއާދާބުއްޝަރުޢިއްޔާ: 441/2)

 

އަދި އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ:
” އަދި ތިމަން ޒަމްޒަމް ފެންތައްޓެއް ގެނެސް ފަހެ އެޔަށް ސޫރަތުލް ފާތިޙާ ތަކުރާރުކޮށް ކިޔަވައި އަދި އެފެން ބޮމެވެ. ފަހެ އެކަމުގެ ސަބަބުން ތިމަންނާއަށް ފައިދާއާއި ބާރު، އެފަދައިން އެހެން ބޭހަކުން ނުލިބޭފަދައިން ފެނިގެން ދެއެވެ. އަދި މިކަން އެއަށްވުރެ މާ މަތިވެރިވެގެންވެއެވެ. އެހެނެއްކަމަކު އީމާނުގެ ވަރުގަދަކަމާއި، ފުރިހަމަ ޔަޤީންކަމާއި އެކުގައެވެ. އަދި ﷲއީ އެހީތެރިވެވޮޑިގަންނަވާ އިލާހެވެ.”( مدارج السالكين( 1 / 293 ) .) ނިމުނީ.

އަދި ފެނަށް ކިޔަވައިގެން އެފެން ބުއިން ހުއްދަވެފައިވާ އިރު، ފަހެ އެފިޔަވައި، ކާތަކެއްޗާއި އަދި ބޯތަކެއްޗާއި ހުއްދަ ބޭސްތަކަށް ކިޔަވައިގެން ބޭނުން ކުރުން ހުއްދަވެގެން ވެއެވެ. އެހެނީ ކިޔަވާފައިވުމޭ ބުނެވޭ ބަހުން އެކަން އެބަ އެނގެއެވެ. އަދި އެހެންމެ، އެކަމުގެ ފައިދާ ޘާބިތުވެފައި، އަދި އޭގައި ޝިރުކު އެކުލެވިގެން ނުވުމާއި އެކު ޙަރާމް އެއްޗެއް އެކުލެވިގެން ނުވާތީ އެކަން ހުއްދަވެގެން ވެއެވެ.

އަދި އައްޝެއިޚް ޢަބްދުﷲ ބިން ޖިބްރީން ރަޙިމަހުﷲ ވިދާޅުވިއެވެ:
“އަދި ސަލަފުންގެ ކިބައިން، އެބޭކަލުން ފެނާއި އެފަދަ އެއްޗެއްސަށް ކިޔަވައިގެން އެފެން ބޮއެ އަދި އެފެނުން ފެންވަރާކަން ސާބިތުވެގެންވެއެވެ. އޭގެން އޭގެ ސަބަބުން ރިހުން ލުއިވެގެން ދެއެވެ. ނުވަތަ ރިހުން ފިލައިގެން ދެއެވެ. އެހެނީ މާތްﷲގެ ކަލާމްފުޅަކީ އެކަލާނގެ މިބަސްފުޅުގައި ވަޙީކުރްއްވާފައިވާ ފަދައިން ޝިފާއެކެވެ. (ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އީމާންވީ މީސްތަކުންނަށް ހިދާޔަތެކެވެ. އަދި ޝިފާއެކެވެ.) ހަމަ އެފަދައިން، ތެލަށް ކިޔެވުމާއި ކާބޯތަކެއްޗަށް ކިޔެވުމާއި، ދެން އެތަކެތި ބުއިން ނުވަތަ ތެޔޮ އުނގުޅުން ނުވަތަ ކިޔަވާފައިވާ ފެނުން ފެންވެރުންވެސް މެއެވެ. ފަހެ ހަމަކަށަވަރުން އެހުރިހާ ތަކެއްޗެއްވެސް ބޭނުންކުރަނީ ހުއްދަވެގެންވާ ކިޔެވުން ކަމަށްވާ މާތްﷲގެ ކަލާމްފުޅާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތައް ކިޔަވައިގެންނެވެ.” (ފަތުވާގެ ލިންކް:) ނިމުނީ.

އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

(ނިމުނީ)

 

ފަތުވާގެ އަސްލު (ޢަރަބި) ލިންކް:

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު