ތުއްތު ކުދީންނަށް، އެސްފީނާ، ސިހުރު، ނުވަތަ ޖިންނީގެ އުނދަގޫ ޖެހުމަކީ މެދުވެރިވާކަމެކެވެ. ތިރީގައި މިބަޔާންކުރަނީ މިފަދަ ކަމެއް ތުއްތު ކުއްޖަކަށް ދިމާވެއްޖެނަމަ ފެނިދާނެ ބައެއް ޢަލާމާތެވެ. ރޫޙާނީ ކަމެއްގެ އިތުރުން، މިފަދަ ޢަލާމާތެއް ފެންނަ ފަދަ ޖިސްމާނީ އެހެން ބަލިމަޑުކަމެއް ހުރެއްޖެނަމަވެސް މިފަދަ ޢަލާމާތެއް ފެނިދާނެއެވެ. ނަމަވެސް އެފަދަ ސަބަބެއްވެސް ނެތި މީގެތެރެއިން ގިނަ ކަންކަން ތަކުރާރުވާނަމަ ރޫޙާނީ ބަލިމަޑުކަމެއްކަމުގައި ބެލެވޭނެއެވެ.
1- ކުއްޖާ ހިކި އަނަރޫފަވެ، ކެއުމާއި ދުރުވުން.
2- ރޭގަނޑުގެ ވަގުތުގައި ގިނައިން ރޮއެ ހަޅޭއްލަވާ ހެދުން. ނުވަތަ ހާސްވެ ނުނިދިގެން އުޅުން.
3- މޫނު ރީނދޫވުން.
4- ހަލަނިވުން
5- މައިންބަފައިންނަށް ނުކިޔަމަންވެ ބަސްނޭހުމާއި ކުއްޖާގެ އުޅުމަށް ބަދަލު އައުން.
6- ނިދާފައި އޮންނައިރު ހުވަފެނުގައްޔާއި، ހޭލާ ހުންނައިރު އެކިޒާތުގެ އެއްޗެހި ފެނުން. (އަސްލުގައި ފެންނަން ނެތް، ނަމަވެސް އެކުއްޖާއަށް އެފަދަ އެއްޗެއް ފެނުން.) ޚާއްސަކޮށް ޖަނަވާރުން.
7- ވިސްނުން ތޫނު ކުއްޖަކު ވިސްނުން ކޮށިވުމާއި ކަންކަމަށް ސަމާލުކަން ދިނުން ކުޑަވެ، ކަންކަން ހަނދާން ނެތޭލެއް އަވަސްވުން.
8- ގިނައިން އާފުރުން.
މިފަދަ ޢަލާމާތްތައް ތަކުރާރުވެ، މިފަދަ ބަލިމަޑުކަމެއް ހުރެއްޖެނަމަ ފަރުވާގެ ގޮތުން ކުރެވިދާނެ ކަންތައްތައް.
1- ގޭތެރެ އަބަދުވެސް ރައްކާތެރިކުރުން: ފުރާނަ އެޅުއްވި އެއްވެސް އެއްޗެއްގެ ސޫރަ (ބުދު، ފޮޓޯ ފަދަ) ފާޅުވާގޮތަށް ގޭގައި ނުބަހައްޓާށެވެ. އަދި މިއުޒިކާއި ލަވަ އަޑު ނީއްވޭ މާހައުލެއްކަމުގައި ދަރިފުޅުގެ މާހައުލު ހަދާށެވެ. ގެއަށް ވަދެ ނުކުމެހަދާއިރު ސަލާމް ގޮވުމާއި ވީހާވެސް ގިނައިން ސުންނަތް ނަމާދު ގޭގައިކޮށް ގިނައިން ޤުރުއާން ކިޔަވާށެވެ. ޚާއްސަކޮށް ބަޤަރާ ސޫރަތް ގޭގައި ކިޔަވާށެވެ.
2- ޝަރުޢި ރުޤްޔާގެ އާޔަތްތައް ޒައިތޫނި ތެލަށް ކިޔަވައި، ހެނދުނު ހޭލާ ގަޑީގައި، އަދި ރޭގަނޑު ނިދާއިރު ކުއްޖާގެ ހަށިގަނޑުގައި އުނގުޅާށެވެ.
3- މުޢައްވިޛަތައިން (ސޫރަތުލް ފަލަޤި އަދި ސޫރަތުއް ނާސް) ކިޔަވައި ދެއަތްތިލައަށް ފުމެ، ރައްކާތެރިކަމުގެ ދުޢާތައް ކިޔަމުން ތުއްތު ކުއްޖާގެ ގައިގައި އަތްފިރުމާށެވެ.
4- ރުޤްޔާގެ އާޔަތްތައް ފެނަށް ކިޔަވައި އެފެނުން ކުއްޖާ ފެންވަރުވާށެވެ. ކޮންމެ ދުވަހަކު މިކަން ކޮށްލާށެވެ.
5- ރުޤްޔާގެ އާޔަތްތައް ފެނަށް ކިޔަވައި އެފެން ބޯންދިނުން.
6- ސުންނަތުގައި އައިސްފައިވާ ގޮތަށް ކުއްޖާ ރައްކާތެރިކުރާށެވެ.
7- ކުއްޖާ ގައިގައި ހުންނަ ރަނގަޅު، އެހެން މީހުން އަޖައިބުވާފަދަ ސިފަތަކުގެ ވާހަކަ ރަޙްމަތްތެރީންނާއި އެހެންވެސް މީހުންކައިރީ ދެއްކުމުގައި ސަމާލުވެ ރައްކާތެރިވާށެވެ.
ކިޔެވިދާނެ ރުޤްޔާތަކާއި ދުޢާތައް މިލިޔުމުގައި ހިމަނާފައި ވާނެއެވެ. މިތަނަށް ކްލިކްކޮށްލައްވާ.