…..”އަބުއްސާއިބު ވިދާޅުވިއެވެ. އަހަރެން އަބޫ ސަޢީދުލް ޚުދްރީގެ އަރިހަށް، އެކަލޭގެފާނުގެ ގެކޮޅަށް ދިޔައިމެވެ. އަދި (އަބުއްސާއިބު) ވިދާޅުވިއެވެ. އަދި އަހަރެންނަށް ފެނުނީ އެކަލޭގެފާނު ނަމާދުކުރައްވަން ހުންނަވަނިކޮށެވެ. ދެން އަހަރެން އެކަލޭގެފާނު ނަމާދުފުޅުން އަވަދިވެވަޑައިގަންނަވަންދެން އިންތިޒާރުގައި އިނީމެވެ. އެހިނދު ތިމަންނާއަށް އިވުނީ އެގޭގެ ކަނާއިދިމާލުގައި ހުރި ލަކުޑި ތަކެއްގެ ތެރޭން އެއްޗެއް ޙަރަކާތް ކުރާއަޑެވެ. ދެން އަހަރެން އެދިމައަށް ބަލައިލިއިރު ފެނުނީ ހަރުފައެކެވެ. އެހިނދު އަހަރެން އޭތި މަރާލުމަށް އެޔާއި ދިމާލަށް ފުންމައިގެން ތެދުވެގެން ދާން ފެށުމުން، އަހަރެން އިށީނުމަށް އަހަންނަށް އަބޫސަޢީދު އިޝާރާތް ކުރެއްވިއެވެ. އެހެންވެ އަހަރެން އިށިނީމެވެ. އަދި އަބޫސަޢީދު ނަމާދުން ނިމިވަޑައިގެން ގޭގައިވާ ކޮޓަރިއަކަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. “ތިބާއަށް އެކޮޓަރި ފެނޭހެއްޔެވެ.؟” ފަހެ އަހަރެން އާއެކޭ ބުނުމުން ވިދާޅުވިއެވެ. “އެތަނުގައި އަލަށް ކައިވެނިކުރި ޒުވާނަކު އުޅުނެވެ. ވިދާޅުވިއެވެ. ފަހެ އަހަރެމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކު ޚަންދަޤަށް (ޚަންދަޤު ހަނގުރާމައިގައި ބައިވެރިވުމަށް) ދިޔައިމެވެ. އަދި އެޒުވާނާ ދުވަހުގެ މެދެއްހާ ހިސާބު، އޭނާގެ އާއިލާގެ ގާތަށް ދިޔުމަށް ހުއްދައަށް އެދެއެވެ. “ދެންފަހެ އެއްދުވަހު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ހުއްދަ ދެއްވައި ޙަދީޘް ކުރެއްވިއެވެ. “ކަލެއާއި އެކު ހަތިޔާރު ގެންދާށެވެ. އެހެނީ ޤުރައިޡާގެ ލަޝްކަރު ކަލެއަށް ހަމަލާ ދީފާނެތީ ތިމަންކަލޭގެފާނު ބިރުވެތިވަމެވެ. ދެން އެޒުވާނާ އޭނާގެ ހަތިޔާރުތައް ހިފައިގެން އެނބުރި ޢާއިލާކައިރިއަށް ދިޔައިރު ފެނުނީ އޭނާގެ އަނބިމީހާ ދެދޮރުގެ ދެމެދުގައި ކޮޅަށް ހުއްޓައެވެ. އެހިނދު އެކަމާ ހިތްހަމަ ނުޖެހި އޭނާގެ ލޮންސި އެކަމަނާގެ ގަޔަށް ޖެހުމަށް ނެގިއެވެ. އެހިނދު އެކަމަނާ ބުންޏެވެ. “ތިބާގެ ލޮންސި އެއްފަރާތް ކުރާށެވެ! އަދި ތިބާގެ ގެއަށްވަދެ، ތިމަންކަމަނާ ބޭރަށް އައިސް ހުންނަން ޖެހުނީ ކީއްވެތޯ ބަލައިބަލާށެވެ!” އެހިނދު އެޒުވާނާ ގެއަށްވަދެ ބެލިއިރު ފެނުނީ އޭނާގެ އެނދުތަންމަތީ ދިގު ބޮޑު ދިރޭ ހަރުފައެއް އޮޅާލާފައި ވަނިކޮށެވެ. އެހިނދު އެޒުވާނާ އޭނާގެ ލޮންސި ހަރުފަޔަށް ހަރާލިއެވެ. ދެން އެހަރުފައާއެކު ލޮންސި ގޯތިތެރެއަށް ޖަހާފައި އޭނާ ނުކުތެވެ. ނަމަވެސް އެހަރުފަ މަޑުމަޑުން ހިރެމުން ގޮސް އޭނާއަށް ހަމަލާދިނެވެ. އަދި އެތަނުން ކުރިން މަރުވީ ހަރުފަކަމެއް ނުވަތަ އެޒުވާނާކަމެއް އެކަކަށްވެސް ނޭނގެއެވެ. ދެންފަހެ ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް އެވާހަކަތައް ކިޔައިދީ ދެންނެވީމެވެ. “ތިމަންބޭކަލުންނަށްޓަކައި އެޒުވާނާއަށް ދިރުން ދެއްވާތޯ ދުޢާކޮށްދެއްވާށެވެ.” އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ އަޚާއަށް ފާފަ ފުއްސެވުމަށް އެދޭށެވެ!” އަދި ޙަދީޘް ކުރެއްވިއެވެ. “ހަމަ ކަށަވަރުން އިސްމާމް ވެފައިވާ ޖންނީން މަދީނާގައި ވެއެވެ. ފަހެ ތިޔަބައިމީހުނަށް އޭގެން އެއްޗެއް ފެނިއްޖެނަމަ، ނުކުމެގެން ދިއުމަށް އެޔަށް 3 ދުވަހު އަންގާށެވެ. ދެން އެޔަށްފަހުވެސް އޭގެން އެއްޗެއް (ގޭތެރެއިން ހަރުފައެއް) ފެނިއްޖެ ނަމަ މަރާލާށެވެ. އެހެނީ އެހެން ވެއްޖެނަމަ ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ.””

ނޯޓް: މިޙަދީޘް އައިސްފައިވަނީ ޞަޙީޙް މުސްލިމްގައެވެ. ޙަދީޘްގެ އަސްލު:

وَحَدَّثَنِي أَبُو الطَّاهِرِ، أَحْمَدُ بْنُ عَمْرِو بْنِ سَرْحٍ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ، أَخْبَرَنِي مَالِكُ بْنُ أَنَسٍ، عَنْ صَيْفِيٍّ، – وَهُوَ عِنْدَنَا مَوْلَى ابْنِ أَفْلَحَ – أَخْبَرَنِي أَبُو السَّائِبِ، مَوْلَى هِشَامِ بْنِ زُهْرَةَ أَنَّهُ دَخَلَ عَلَى أَبِي سَعِيدٍ الْخُدْرِيِّ فِي بَيْتِهِ قَالَ فَوَجَدْتُهُ يُصَلِّي فَجَلَسْتُ أَنْتَظِرُهُ حَتَّى يَقْضِيَ صَلاَتَهُ فَسَمِعْتُ تَحْرِيكًا فِي عَرَاجِينَ فِي نَاحِيَةِ الْبَيْتِ فَالْتَفَتُّ فَإِذَا حَيَّةٌ فَوَثَبْتُ لأَقْتُلَهَا فَأَشَارَ إِلَىَّ أَنِ اجْلِسْ ‏.‏ فَجَلَسْتُ فَلَمَّا انْصَرَفَ أَشَارَ إِلَى بَيْتٍ فِي الدَّارِ فَقَالَ أَتَرَى هَذَا الْبَيْتَ فَقُلْتُ نَعَمْ ‏.‏ قَالَ كَانَ فِيهِ فَتًى مِنَّا حَدِيثُ عَهْدٍ بِعُرْسٍ – قَالَ – فَخَرَجْنَا مَعَ رَسُولِ اللَّهِ صلى الله عليه وسلم إِلَى الْخَنْدَقِ فَكَانَ ذَلِكَ الْفَتَى يَسْتَأْذِنُ رَسُولَ اللَّهِ صلى الله عليه وسلم بِأَنْصَافِ النَّهَارِ فَيَرْجِعُ إِلَى أَهْلِهِ فَاسْتَأْذَنَهُ يَوْمًا فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ خُذْ عَلَيْكَ سِلاَحَكَ فَإِنِّي أَخْشَى عَلَيْكَ قُرَيْظَةَ ‏”‏ ‏.‏ فَأَخَذَ الرَّجُلُ سِلاَحَهُ ثُمَّ رَجَعَ فَإِذَا امْرَأَتُهُ بَيْنَ الْبَابَيْنِ قَائِمَةً فَأَهْوَى إِلَيْهَا الرُّمْحَ لِيَطْعُنَهَا بِهِ وَأَصَابَتْهُ غَيْرَةٌ فَقَالَتْ لَهُ اكْفُفْ عَلَيْكَ رُمْحَكَ وَادْخُلِ الْبَيْتَ حَتَّى تَنْظُرَ مَا الَّذِي أَخْرَجَنِي ‏.‏ فَدَخَلَ فَإِذَا بِحَيَّةٍ عَظِيمَةٍ مُنْطَوِيَةٍ عَلَى الْفِرَاشِ فَأَهْوَى إِلَيْهَا بِالرُّمْحِ فَانْتَظَمَهَا بِهِ ثُمَّ خَرَجَ فَرَكَزَهُ فِي الدَّارِ فَاضْطَرَبَتْ عَلَيْهِ فَمَا يُدْرَى أَيُّهُمَا كَانَ أَسْرَعَ مَوْتًا الْحَيَّةُ أَمِ الْفَتَى قَالَ فَجِئْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم فَذَكَرْنَا ذَلِكَ لَهُ وَقُلْنَا ادْعُ اللَّهَ يُحْيِيهِ لَنَا ‏.‏ فَقَالَ ‏”‏ اسْتَغْفِرُوا لِصَاحِبِكُمْ ‏”‏ ‏.‏ ثُمَّ قَالَ ‏”‏ إِنَّ بِالْمَدِينَةِ جِنًّا قَدْ أَسْلَمُوا فَإِذَا رَأَيْتُمْ مِنْهُمْ شَيْئًا فَآذِنُوهُ ثَلاَثَةَ أَيَّامٍ فَإِنْ بَدَا لَكُمْ بَعْدَ ذَلِكَ فَاقْتُلُوهُ فَإِنَّمَا هُوَ شَيْطَانٌ ‏”‏ ‏.‏ (صحيح مسلم/كتاب السلام/ باب قَتْلِ الْحَيَّاتِ وَغَيْرِهَا. (صحيح مسلم: 2236) ‏‏)

Close Ad XGet My Ruqya Android App On Google Play

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު