ތަރުޖަމާ މުރާޖަޢާ ކުރެއްވީ: ޑރ.މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

މިކަމާއި މެދުފަޟީލަތުއް ޝައިޚް ސުލައިމާން ބިން ޢަބްދުﷲ އަލްމާޖިދު އާއި ސުވާލުކުރެވުނެވެ. ތިރީގައި މިހިމަނާލަނީ ކުރެވުނު ސުވާލާއި އެބޭފުޅާގެ ފަތުވާއެވެ.

Close Ad XGet My Ruqya Android App On Google Play

ސުވާލު: އައްސަލާމް ޢަލައިކުމް… ވަޒީފާއެއް ލިބުން އެދިގެން ނުވަތަ ދަރިން ދެއްވުން އެދި ނުވަތަ ކައިވެނި ވުމަށް އެދި ނުވަތަ ޙާޖަތެއް ފުއްދުމަށް އެދި އެފަދަ ނިޔަތެއްގައި ސޫރަތުލް ބަޤަރާ ކިޔެވުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އަދި ﷲ ތިބާއަށް ތަވްފީޤް ދެއްވާށިއެވެ.

ޖަވާބު: ވަޢަލައިކުމުއްސަލާމު ވަރަޙްމަތުﷲ ވަބަރަކާތުހޫ… މުސްލިމުންގެ މައްޗަށް ޝަރުޢު ވެގެންވަނީ އެމީހެއްގެ ދުނިޔެއާއި އާޚިރަތަށްޓަކައި މާތް ﷲ ރުއްސަވާ ޞާލިޙު ކޮންމެ ޢަމަލެއް ކުރުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

(مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ )  [النحل: ٩٧]

މާނައީ: ” މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ.” އަދި ކައިވެނިވެސް ވަނީ އެފަދައިންނެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

ޙިޔާލުފާޅުކުރައްވާ

4 ކޮމެންޓު

  1. Nisa

    Soorai kiyavaanee kongadiehggathw Adhi Konmme dhuvahakuves mi sooraikiyavann jiheynethw?

    1. ކޮންމެ ވަގުތަކު ކިޔެވިކަމުގައި ވިޔަސް މައްސަލައެއްނެތެވެ. ކަމަކަށް އެދި ނޫނަސް ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމަށް ޙަދީޘްގައި އައިސަފައި ވެއެވެ. އެމީހަކު އެދޭ ކަންތައް ޙާސިލްވަންދެންވެސް ކިޔަވާ ދުޢާކުރެވިދާނެއެވެ.

  2. އިބްރާހިމް

    ބަގަރާ ސޫރަތް އެއްކޮށް އެއްފަހަރާ ތޯ ކިޔަވަންވީ!!!

    1. އެކަމެއް ފުދެންދެންވެސް ކިޔަވަންވީއެވެ. ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމަކީ ހަދީޘުގައި އަންގަވާފައިވާ ކަމެކެވެ.