ހުމަށް ފަރުވާކުރުމަށް ކުރެވިދާނެ ރުޤްޔާ

ޑައުންލޯޑް ކުރުމުގައި މައްސަލަ ދިމާވާނަމަ މިތަނަށް ކްލިކް ކުރައްވާ

ބަލިތައް ޚަލްޤު ކުރައްވާ އެބަލި އިންސާނުންނަށް ޖައްސަވައި، އަދި އެބަލީގެ ފަރުވާ ލައްވައި ބަލި ފަސޭހަ ކުރައްވާ ފަރާތަކީ މާތް ﷲ ސުބުޙާނަހޫވަތަޢާލާއެވެ. އެއްވެސް ބައްޔެއް ފަރުވާއާއި އެކުގައި މެނުވީ އެއިލާހު ބާވައިނުލައްވައެވެ. އެކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަރީޙަ ބަސްފުޅުތަކުން ސާބިތުވެއެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَا أَنْزَلَ اللَّهُ مِنْ دَاءٍ إِلَّا أَنْزَلَ لَهُ شِفَاءً) ( صحيح البخاري (5678)) މާނައަކީ: “އެބައްޔަކަށް ބޭހެއް ނުލައްވާ އެއްވެސް ބައްޔެއް މާތް ﷲ ނުލައްވައެވެ.”

Close Ad XGet My Ruqya Android App On Google Play

މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޖާބިރުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيْبَ دَوَاءُ الدَّاءِ بَرِأَ بِإِذْنِ اللَّهِ عَزَّ وَجَلَّ (صحيح مسلم (2204)) މާނައަކީ: “ކޮންމެ ބައްޔަކާއި އެކު ބޭހެއް ވެއެވެ. ބައްޔާއި ގުޅޭ ބޭސް ބޭނުން ކުރެވިއްޖެނަމަ ﷲގެ އިޛްނަފުޅާއިއެކު ބަލިން ސަލާމަތްވާނެއެވެ.”

އަދި ހަމަ އެފަދައިން ކީރިތި ޤުރުއާނަކީ މާތް ﷲ ބާވައިލެއްވި މުޢުޖިޒާތެކެވެ. އެޤުރުއާނުގައި ﷲ ހުރިހާ ކަހަލަ ބައްޔަކަށްމެ ޝިފާ ލެއްވިއެވެ.

މާތް ﷲ ވަޙީކުރެއްވިއެވެ.  ” وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ ” (الإسراء: ٨٢)  މާނައީ” އަދި ތިމަންއިލާހު ޤުރުއާނުން މުއުމިނުންނަށް ރަޙްމަތާއި ޝިފާކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.”

މިބަހުގެ މާނައަކީ އެއްވެސް ޙާލެއްގައި މިޒަމާނުގެ ހޯދުންތަކާއި ބޭސްފަރުވާތައް ކުރުން އެއީ ބޭކާރު ކަންތައްތައް ކަމުގައި ކަނޑައެޅުމެއް ނޫނެވެ. އަދި ކިއެއްތަ މާތް ނަބިއްޔާ ވަނީ އެކި ޒާތުގެ އެކި ބޭސްތަކާއި ފަރުވާތައް ބަޔާންކޮށްދެއްވާފައެވެ.

މުއުމިނު އަޅާގެ ހިޔަށް ހަމަޖެހުމާއި، އެހިތާއި ހަށިގަނޑުގެ ބަލިތަކަށް ޤުރުއާނުގައި ޝިފާ ވެއެވެ. ވީއިރު ކޮންމެ ބައްޔަކަށްމެ އެއިން ފަރުވާ ލިބިގަތުމަކީ އެންމެ ހެޔޮވެގެންވާ ގޮތްކަމުގައި މުއުމިނުން އީމާންވާނެއެވެ. އަދި އެބައްޔަކަށް ބޭނުންވާ ބޭސްފަރުވާ ކުރުމަކީވެސް ދީނުގައި އަންގަވާފައިވާ ކަމެކެވެ.

ރުޤްޔާ ކުރެވެނީ ހަމައެކަނި ސިހުރާއި އެސްފީނާ ފަދަ ރޫޙާނީ ބަލިތަކަށް އެކަންޏެއް ނޫނެވެ. ބޮލުގެ ރިހުންތަކާއި، ކެންސަރާއި އަދި އެހެން ކޮންމެ ޖިސްމާނީ ބައްޔަކަށްވެސް، މުނާސަބު އާޔަތްތަކާއި ދުޢާތަކުން ރުޤްޔާކުރެވިދާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ).(صحيح مسلم (5732))
މާނައަކީ: “އެރުޤްޔާއެއްގައި ޝިރްކު އެކުލެވިގެން ނުވާ ކޮންމެ ރުޤްޔާއެއް ކުރުމަކުން މައްސަލައެއް ނެތެވެ.”

 

ހުން އައުމުން އެކަމަށް ފަރުވާ ކުރުމަށްޓަކައި ބަލިމީހާ މިރުޤްޔާ ގިނައިން ކިޔެވުމުގެ އިތުރުން ބޯފެނަށް ކިޔަވައިގެން ބޯށެވެ. އަދި މިރުޤްޔާ ކިޔަވާފައިވާ ފެން ހަށިގަނޑުގައި އިރުއިރުކޮޅުން އުނގުޅާލާށެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ ހުން މަޑުވެ ރަނގަޅުވާނެއެވެ. ރޫޙާނީ ބަލިތަކުގެ ސަބަބުންނާއި، އާދައިގެ ހުންތަކާއި، ވައިރަލް ހުންތަކަށްވެސް ރަނގަޅުވުން އެދި މިރުޤްޔާ ކުރެވިދާނެއެވެ.

ނޯޓް: މިރުޤްޔާ ކުރުމުން އަންނަ ބަދަލުތައް ދެނެގަނެ ނަތީޖާ އަޅުގަނޑުމެނާ މިލިޔުމުގެ ކޮމެންޓްގެ ގޮތުގައި ޙިއްސާކުރެއްވުން އެދެމެވެ.

  1. 1. ހުމަށް ފަރުވާ ކުރުމަށް ކުރެވިދާނެ ރުޤްޔާ

    ޑައުންލޯޑް 13564 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު