ބޭޤަރާރުވެ  ކަންބޮޑުވުމުން ކުރާ ދުޢާ

(1) “لا إِلَهَ إِلاَّ اللهُ العَظِيْمُ الحَلِيْمُ، لا إِلَهَ إِلاَّ اللهُ رَبُّ العَرْشِ العَظِيْمِ، لا إِلَهَ إِلاَّ اللهُ رَبُّ السَّمَوَاتِ وَرَبُّ الأَرْضِ وَرَبُّ العَرْشِ الكَرِيْمِ”

މާނައީ: “މަތިވެރިވެ ކެތްތެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. މަތިވެރި ޢަރުޝުގެވެރި ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އުޑުތަކާއި ބިމުގެވެރި އަދި މާތް ޢަރުޝުގެވެރި ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ.”

Close Ad X

(2) “اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ، وَأَصْلِحْ لِي شَأْنِي كُلَّهُ لا إِلَهَ إِلاَّ أَنْتَ.”

މާނައީ: އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ އުއްމީދު ކުރަނީ ހަމައެކަނި އިބަﷲގެ ރަޙްމަތަށެވެ. ފަހެ އެސްފިޔައެއްޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފްސު ޙަވާލުނުކުރައްވާނދޭވެ! އަދި މިއަޅާގެ ހުރިހާ ކަމެއް މިއަޅާއަށް އިޞްލާޙުކޮށްދެއްވާނދޭވެ! އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ.”

(3) “لا إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِيْنَ”

މާނައީ: “އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަﷲ ހުސްޠާހިރުވަންތައެވެ. ހަމަކަށަވަރުން މިއަޅާ އަނިޔާވެރިންގެ ތެރެއިން ވީމެވެ.”

(4) “اللهُ اللهُ رَبِّي لاَ أُشْرِكُ بِهِ شَيْئاً.”

މާނައީ:” ﷲއީ ، ﷲއީ މިއަޅާގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއާ އެއްވެސް އެއްޗެއް މިއަޅާ ބައިވެރިނުކުރަމެވެ.”

 

މަސްދަރު : ޙިސްނުލްމުސްލިމް. (رواه البخاري و مسلم. رواه ابو داود واحمد و حسنّة الا لباني. رواه الترمذي والحاكم وصحّحه ووافقه الذهـبي وصحّحه الاَ لباني)

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު