ޙައިޟު ނިފާސް ކަމުގެ ދުވަސްވަރުގައި ޙިޖާމާ ޖެހުން މަނާ ކުރާނެ ޝަރްޢީ ދަލީލެއް ނެތެވެ. ބައެއް ބޭފުޅުން ޙައިޟު ނިފާސް ދުވަސް ވަރުގައި ޙިޖާމާ ނުޖެހުމަށް ދައްކަވާ ޙުއްޖަތަކީ ޙިޖާމާ ޖެހުމުންވެސް ނިކުންނަނީ ފާސިދު ލެއެވެ. އަދި ޙައިޟު ނިފާސް ކަމުގެ ސަބަބުންވެސް ނިކުންނަނީ ފާސިދު ލެއެވެ. ވީމާ، އިތުރަށް ޙިޖާމާ ޖަހަން ނުޖެހެއެވެ. ނަމަވެސް، ޙައިޟު ނިފާސް ކަމުގެ ސަބަބުން ނިކުންނަ ލެޔަކީ ބިސް ފާސިދުވެގެން ނިކުންނަ ލެޔެކެވެ. ޙިޖާމާ އިން ނިކުންނަ ލެޔަކީ ދެހަން ދޭތެރެއިން ނެރޭ އެއްޗެކެވެ. ވީމާ، އެއީ ވަރަށް ތަފާތު ދެލެޔެކެވެ.
މި މައްސަލާގައި އެންމެ ރަގަޅު ގޮތަކީ: ޙައިޟު ނިފާސް ދުވަސްވަރު ޙިޖާމާ ޖަހައިފިނަމަ، އެމީހަކަށް އިތުރަށް ވަރުބަލިކަން އިޙްސާސް ކުރަން ޖެހޭނަމަ، އެދުވަސްވަރު ނުޖެހުމެވެ. ނޫންނަމަ، މައްސަލަ އެއް ނެތެވެ. والله أعلم.
ގުޅުން ހުރި ލިޔުންތައް:
- ޙިޖާމާ ޖެހުމަށް ތަނެއް ހުޅުވުމާއި ޙިޖާމާ ޖެހުމަށް އުޖޫރަ ނެގުމުގެ ޙުކުމް
- ރޯދައަށް ހުރެ ޙިޖާމާ (ކަވާ) ޖެހުމުގެ ޙުކުމް
- ޙިޖާމާއަށް ފަހު ނުވަތަ ޙިޖާމާގެ ކުރިން ވުޟޫކުރުމާއި ހިނައިގަތުމުގެ ޙުކުމް
- ކަވާޖެހުމުގެ ބައެއް ފައިދާ ހަށިގަނޑަށް ކުރާ ގޮތް 1
- ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 2
- ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 1


0 ކޮމެންޓު