މިއާޔަތްތައް ކިޔަވަމުން ބަލިމީހާގެ ގަޔަށް، ޚާއްޞަކޮށް ތަދުވާތަންތަނަށް ފުމެމުން އިޚްލާޞްތެރިކަމާއެކު ތަކުރާރުކުރަމުން ކިޔަވާށެވެ. ހަމައެހެންމެ މި އާޔަތްތައް ސިހުރާއި އެސްފީނާ އަދި މައްސުން އަންނަ ޖިންނީން އެންދުމުގެ ނިޔަތުގައި ފެނަށާއި މާމުޔަށް އަދި ޒައިތޫނިތެލަށް ކިޔަވާ ބޭނުންކުރެވިދާނެއެވެ. މިއީ ޚުލާޞާ އާޔަތްތަކެކެވެ. މިކަމަށްޓަކާ ބޭނުންކުރުމަށް ޢަޒާބުގެ އާޔަތްތައްވެސް ވެއެވެ. ކިޔަވާއިރު، ރަތް ކުލައިން ފާހަގަކޮށްފައިވާ ތަންތަނަށް ސަމާލުކަންދީ އެބައިތައް ތަކުރާރުކުރުމުން އަސަރު އިތުރަށް ވަރުގަދަވާނެއެވެ. إن شاء الله
މަޞްދަރު: ޝެއިޚް ޚާލިދުލް ޙަބްޝީގެ ރުޤްޔާ ވެބްސައިޓް
ނޯޓް: ޖިންނި އެންދުމުގެ ނިޔަތުގައި ކިޔަވަންވާނީ، ޖިންނީގެ މައްޗަށް ޙުއްޖަތް ޤާއިމްކޮށް، ނަސޭޙަތްތެރިވެ ހެދުމުންވެސް ހަށިގަނޑުން ނުނިކުމެ، އަދި ދޫކޮށްނުލާނަމައެވެ. އަދި ދަންނާށެވެ. ތިބާގެ ބާރުން ޖިންނި އަނދައިގެން ނުދާނެއެވެ. އަދި މިއީ ތިބާ ޖިންނި އަލިފާނަށް ލާ އަލިފާނުން ޢަޒާބުދީ އެންދުމެއް ނޫނެވެ. އެންދުމުގެ ނިޔަތުގައި، އެކަން ހިންމަވައިދެއްވުން ﷲގެ ޙަޒުރަތުން އެދި ކިޔެވުމުން، އެއިލާހުގެ އިރާދަފުޅުން ނޫނީ ޖިންނި އަނދައިގެން ނުދާނެކަން ދަންނާށެވެ.
Short introduction about these verses
These verses are to be recited to burn the harming jinn. You should recite these verses sincerely to burn the jinn after setting the evidences and after advising the jinn. Blow on the painful spots and body of the ill person while you recite. These verses can also be recited on Honey, Olive oil and use in the intention to burn the jinn. This is to burn the Jinn due to Evil eye, Black magic or Jinn possession with the will of Allaah. These are the summary verses. There are also verses of “Punishment” for this purpose. Repeating the marked parts of verses in Red color will make the effect more powerful in sha Allaah
ޢަޒާބުގެ އާޔަތްތައް އަޕްލޯޑް ކޮއްލަދެއްވުން އެދެން.