މިއީ އިޙްޔާގެ އާޔަތްތަކެވެ. މިއާޔަތްތަކަކީ ވަރަށް ބޮޑެތި ބަލިތަކަށް (ކޯމާއަށްދިއުން – ސިކުނޑިން ބައެއް މަރުވުން/ސިކުނޑިން ބައެއް ގާވުން – ކެންސަރު ފަދަ ބަލިތަކަށް) ވަރަށް ބޮޑު ތާސީރުތަކެއް އެކުލެވޭ އާޔަތްތަކެކެވެ. މަރަން ހަދާފައިވާ ސިހުރު ޖެހިފައިވާ ބަލިމީހާއަށް އަދި ބައެއް ފަހަރު ޖިންނީންގެ ތެރެއިން މާރިދުންނަށްވެސް މި ރުޤްޔާއިން އަސަރުކުރުވައެވެ. ހަމައެހެންމެ މޮޔަވުމާއި ސިކުނޑި ހެދިބޮޑުވުން ލަސްވުމާއި، ހަށިގަނޑު މާބޮޑަށް އަނަރޫފަވުމާއި، ބޮލުން އިސްތަށިފޭބުން ފަދަ ބަލިތަކަށް ފަރުވާކުރެވެއެވެ.

މުޅި ޤުރުއާނަކީވެސް ޝިފާއެކެވެ. އެހެންކަމުން މުޅި ޤުރުއާން ކިޔަވަމުން ގެންދިއުމަކީވެސް ހަމަ ޝިފާ ލިބޭނެކަމެކެވެ. ކޮންމަ ބައްޔަކަށްވެސް، އަދި ކިތައްމެ ކުޑަ ބައްޔަކަސް ނުވަތަ ކިތައްމެ ބޮޑު ބައްޔަކަށްވެސް މެއެވެ. މިކަން ޤަބޫލުކުރާޙާލު މިފަދައިން އެކި ކަންކަމަށް ތާސީރު ބޮޑުކަމަށް ނުވަތަ ފައިދާ ބޮޑުކަމަށް ތަޖުރިބާކުރެވޭ އާޔަތްތައް، ނުވަތަ އެކި ކަންކަމާ ގުޅުން ހުރި ވާހަކަތައް ހިމެނޭ އާޔަތްތައް، އޭގެ ތާސީރަށްޓަކައި ވަކިން ނަގައިގެން ބޭނުންކުރުމަކީ މައްސަލައެއްނޫނެވެ. އެހެންކަމުން މިއާޔަތްތަކުން ނޫނަސް ޝިފާލިބުންވާކަން ޤަބޫލުކުރަންޖެހެއެވެ. ހަމަ އެއާއެކު މިއާޔަތްތަކުން ޝިފާލިބޭނީ ހަމައެކަނި މިބަލިތަކަކަށްވެސް ނޫނެވެ. ގޮތް ނޭނގޭ ބަލިތަކާއި، އޯޓިޒަމްފަދަ ޙާލަތްތަކަށް ފަރުވާކުރުމަށާއި، ފަރުވާ ކުރުމުގައި ޑޮކްޓަރުން މާޔޫސްވެފައިވާ ބަލިތަކާއި، ޑޮކްޓަރީ ފަރުވާ ފެނިފައި ނެތް ބަލިތަކަށްވެސް ބޭނުންކުރެވިދާނެއެވެ. އެހެނީ ޑޮކްޓަރުންނަށް ފަރުވާ ފެނިފައި ނެތުން އެއީ ބަލީގެ ފަރުވާއެއް ނެތުމެއް ނޫނެވެ. ކޮންމެ ބައްޔަކާއި އެކު އޭގެ ފަރުވާ ﷲ ބާވައިލެއްވިއެވެ. ހަމަކަށަވަރުން ޤުރުއާނަކީ ޝިފާއެކެވެ. މިއާޔަތްތައް ގިނައިން ކިޔެވުމުގެ އިތުރުން، ފެނަށް، މާމުޔަށް، ތެލަށް ކިޔަވައިގެން ބޭނުންކުރެވިދާނެއެވެ. މިގޮތުން ފެންފުޅިއަކަށް ކިޔަވާފައި ބަހައްޓައިގެން އެފެން ކޮންމެ ރެއަކު ނިދަންވުމުން، އަދި ހޭލުމަށްފަހު ހެނދުނު ބޯނީއެވެ. އަދި މާމުޔަށް ކިޔަވާފައި ބަހައްޓައިގެން، އެއިން ރޭގަނޑު ނިދަންވުމުން، އަދި ހެނދުނު ހުސްބަނޑާ 1 ސައިސަމްސާ ބޯނީއެވެ. އަދި ޒައިތޫނި ތެޔޮ ނުވަތަ ކަޅުދިރި ތެލަށް ކިޔަވާ އެތެޔޮ މުޅި ހަށިގަނޑުގައި ހާކާނީއެވެ. މިނޫންވެސް އިތުރު ހުއްދަ ގޮތްތަކަށް ފަރުވާގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.

Close Ad XGet My Ruqya Android App On Google Play

އިޙްޔާގެ އާޔަތްތައް (ޑައުންލޯޑްކުރައްވާ)

ޑައުންލޯޑްކުރައްވާ (PDF, 817KB)

———————–

މަޞްދަރު: ޝައިޚް ޚާލިދުލް ޙަބްޝީގެ ވެބްސައިޓުން ނަގާފައި

ޙިޔާލުފާޅުކުރައްވާ

13 ކޮމެންޓު

  1. Adam

    Vaahaka dhekkumu ga udhagoo kan hunna kudhin.. misalakah aagathun.. mikamah faruvaa eh vanna genes dhevidhaa netha..

    1. ތިކަމުގެ ފަރުވާއަށްވެސް މިއާޔަތްތައް ފުދޭނެ އިން ޝާ ﷲ

  2. hawwa

    އިޙްޔާގެ (ދިރުމުގެ) އާޔަތްތައް؛ މިސުރުޚީގައި ވާ އާޔަތްތައް ކޮންމެތަނެއް ކިޔަންވީ ކިތަށްފަހަރު ތޯއެވެ.

    1. އެއް ފަހަރު ކިޔެވުމުންވެސް ފުދޭނެއެވެ. ގިނައިން ކިޔެވި ވަރަކަށް އަސަރު ގަދަވާނެއެވެ. އަދި ކިޔެވުމުގައި އޮނަހިރި ޢަދަދުތަކަށް ކިޔެވުން އެދެވިގެން ވެއެވެ. އެހެނީ ﷲ އޮނަހިރިއަށް ލޯބިކުރައްވައެވެ.

      1. Saneeza Mohamed

        ތެލަސީމިޔާ ބަލި ކުއްޖަކަށް މިރުޤުޔާ ކުރެވިދާނެތަ؟

      2. Fareesha Mohamed

        މާމުޔަށް ނުވަތަ ފެނަށް މިއާޔަތްތައްކިޔަވާއިރު ކޮންމެ އާޔަތެއް ކިޔެވުމަށްފަހު ފުމެލަންޖެހޭނެތޯ؟

        1. ބޮޑަށް ރަނގަޅީ ކޮންމެ އާޔަތެއް ނުވަތަ ކޮންމެ ބައެއް ކިޔެވުމަށްފަހު ފުމެލުމެވެ.

  3. Aishath

    ޤުރުއާން ނުކިޔަވަން އުލޭކުއްޖަކަން މިރުގުޔާ ރަގަލުވާނެތޯ

    1. ތިކަމުގައި މިލިންކުގައިވާ ރުޤްޔާ ބޮޑަށް އެދެވިގެންވެއެވެ.

      http://spiritualhealersofma.ipage.com/Maithiri/?p=42311

      1. ޝާމިލް

        ރުޤްޔާ ކުރުމުގައި އަލްމޮންޑު އޮއިލް ގައިގަ އުނގުޅުމަށް ބޭނުން ކުރެވޭނެތޯ؟