ރުޤްޔާ ޝަރުޢިއްޔާއާއި އޭގެ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއްހެއްޔެވެ ނުވަތަ އިޖްތިހާދީ އެއްޗެއްހެއްޔެވެ؟ (3 ވަނަބައި)

ރުޤްޔާގެ ކަންތަކަކީ އިޖްތިހާދީ ކަމެއް ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް:

 2. އަދި މުސްލިމް عَوْفِ بْنِ مَالِكٍ الْأَشْجَعِيِّ ގެއަރިހުން ރިވާކުރައްވާފއިވާ ބަސްފުޅުގައިވެސް ވެއެވެ. قال : كُنَّا نَرْقِي فِي الْجَاهِلِيَّةِ ، فَقُلْنَا : يَا رَسُولَ اللَّهِ ، كَيْفَ تَرَى فِي ذَلِكَ ؟ ، فَقَالَ : ” اعْرِضُوا عَلَيَّ رُقَاكُمْ لَا بَأْسَ بِالرُّقَى مَا لَمْ يَكُنْ فِيهِ شِرْكٌ”.(14)
މާނައަކީ: “ވިދާޅުވިއެވެ.” ޖާހިލިއްޔަ ޒަމާނުގައި އަހަރުމެން ރުޤްޔާކޮށް އުޅުނީމެވެ. ތިމަންމެން ދެންނެވީމެވެ. “ﷲގެ ރަސޫލާއެވެ. މިކަމުގައި ދެކިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ ރުޤްޔާތަށް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ. ޝިރްކު އެކުލެވިގެން ނުވާ ކޮންމެ ރުޤްޔާއެއް ކުރުމަކުން ފާފައެއް ނެތެވެ.”

މިޙަދީޘްގެ ވަޖްހުލް އިސްތިދްލާލް ތިންގޮތަކުން ނެގެއެވެ.
1. “ޖާހިލިއްޔަ ޒަމާނުގައި އަހަރުމެން ރުޤްޔާ ކޮށް އުޅުނީމެވެ” މި ބަހުން ދޭހަވަނީ އެކަމަކީ ޝަރްޢުގައި ހިމެނޭ ކަމެއް ނޫންކަމެވެ.
2. “ތިޔަބައިމީހުންގެ ރުޤްޔާތަށް ތިމަންކަލޭގެފާނަށް ހުށަހަޅާށެވެ” މިބަހުން ވަރަށް ސާފުކޮށް އެގެނީ އެއީ ޝަރްޢުގައިވާ ކަމެއްނޫންކަމެވެ.
3. “ޝިރްކު އެކުލެވިގެންނުވާ ކޮންމެ ރުޤްޔާ އެއް ކުރުމުގައި މައްސަލަ އެއް ނެތެވެ” މިއިން ދޭހަވަނީ ރުޤްޔާގެ ބާބުގައި އަޞްލަކީ އިބާޙާ ނުވަތަ ހުއްދަވުން ކަމެވެ. މަނާވަނީ އެރުޤްޔާ އެއްގައި ޝިރްކު އެކުލެވިގެންވާނަމައެވެ.

Close Ad XGet My Ruqya Android App On Google Play

3. ކަށިޖެހުމުގެ ޙާދިޘާގައި އައިސްފައިވާ، އަބޫ ސަޢީދުލް ޚުދުރީގެ ޙަދީޘުގައިވާ ސަލާމާއި ޞަލަވާތް ލެއްވި ނަބީކަލޭގެފާނުގެ ބަސްފުޅު “އެއީ ރުޤްޔާއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއް ހެއްޔެވެ.؟” މިބަސްފުޅުން ދޭހަވަނީ އެއީ އިޖްތިހަދީ މައްސަލައެއް ކަމެވެ. އެއީ ތައުޤީފީ މައްސަލައެއްނަމަ އެބޭކަލުންނަށް ދެވުނު އުޖޫރަ ހިފުމުގައި އެކަލޭގެފާނާއި ސުވާލު ކޮށްފުމަށް ދާންދެން ފަސްޖެހިވަޑައިނުގަތީހެވެ. އަދިކިއެއްހެއްޔެވެ. އެކަލޭގެފާނާ އެބޭކަލުން ސުވާލެއްވެސް ނުކުރެއްވީހެވެ.

4. އަބޫ ދާވޫދާއި އިމާމު އަޙްމަދު ރިވާކުރެއްވި ޝިފާ ބިންތި ޢަބްދުﷲގެ ޙަދީޘްގައިވެއެވެ. عَنِ الشِّفَاءِ بِنْتِ عَبْدِ اللَّهِ ، قَالَتْ : ” دَخَلَ عَلَيَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَنَا عِنْدَ حَفْصَةَ ، فَقَالَ لِي : ” أَلَا تُعَلِّمِينَ هَذِهِ رُقْيَةَ النَّمْلَةِ كَمَا عَلَّمْتِيهَا الْكِتَابَةَ.(15) މާނައީ: “އެކަމަނާ ވިދާޅުވިއެވެ. ތިމަންކަމަނާގެ އަރިހަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެންނެވިއެވެ. އެއީ ޙަފްޞާގެފާނުގެ އަރިހުގައި ތިމަންކަމަނާވަނިކޮށެވެ. ދެން އެކަލޭގެފާނު ތިމަންކަމަނާއަށް ވިދާޅުވިއެވެ. “އެކަމަނާއަށް ލިޔަން ދަސްކޮށްދެއްވިފަދައިން ކަމަނާ، އެކަމަނާއަށް ހިނީގެ ރުޤްޔާ ދަސްކޮށް ނުދެއްވާނަންހެއްޔެވެ؟”

5. މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲގެ ކިބައިން ރިވާވެގެންވެއެވެ.
(أَرْخَصَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي رُقْيَةِ الْحَيَّةِ)(16)
މާނައަކީ: “ހަރުފައެއްގެ ކަންތަކުގައި ރުޤްޔާކުރުމުގެ ރުޚްޞަތު ނުވަތަ ހުއްދަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވިއެވެ.”
އިސްވެދިޔަ ދެޙަދީޘުން ދޭހަވަނީ ބަޔާންކުރެވިފައިވާ ދެރުޤްޔާ އަކީވެސް ޝަރީޢަތުގައި ޘާބިތުވާން އޮތް ދެރުޤްޔާ ނޫންކަމެވެ. އަދިކިއެއްތަ، އެއީ އިޖްތިހާދީ ކަމެއް ކަމެވެ. ނަމަވެސް، އެރުޤްޔާ ތަކުގައި ޝިރްކުގެ އެއްވެސް މިންވަރެއް ހިމެނިފައި ނުވުމުގެ ސަބަބުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ރުޚްޞަތު ދެއްވާފައެވެ. މިއިން ދޭހަވަނީ ރުޤްޔާގައި ބޭނުން ކުރެވޭ ވަޞީލަތްތަކަކީ ތައުޤީފީ އެއްޗެއް ނޫން ކަމެވެ. މިބާބުގައި މިނޫންވެސް އިތުރު ވާހަކަތައްވެއެވެ.(17)

(ނުނިމޭ)

——————————————–

14- صحيح مسلم (5732).
15- رواه أبو داود (3887) والنسائي في (الكبرى 4/366)، وابن أبي شيبة (7/395) وأحمد (6/372) من طريق أبي بكر بن سليمان بن أبي حثمة عن الشفاء به لفظ أبي داود هذا إسناد صحيح. قال ابن القيم: “النملة قروح تخرج في الجنبين، وهو داء معـروف وسمي نملة؛ لأن صاحبه يحس في مكانه كأن نملة تدب عليه وتعضه”. (زاد المعاد 4/184).
16- صحيح مسلم (5727).
17- انظر: عمل يوم وليلة لابن السني ص 214 و215.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު