ސިޙުރު ގެ ވާހަކަ އިންސާނުންނަށް އިންޒާރުކުރެއްވި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުހުއްޓެވެ. އަދި އެކަމަށް އޮތް ފަރުވާ ބަޔާންކޮށްދެއްވި މާތް ނަބިއްޔާއަށް ޞަލަވާތާ ސަލާމްހުއްޓެވެ. އެއަށްފަހު ދަންނައެވެ! ސިޙުރު ހެދުމުގައި ސިހުރުވެރރީން ތަފާތު ގިނަ ގޮތްތަކެއް ދަސްކޮށް މީސްތަކުންނަށް އެކަމުގެ ވޭން ތަޙައްމަލު ކުރުމަށް މަގުފަހި ކުރުވައެވެ. މިގޮތުން ސިހުރު ޖައްސަން ބޭނުންވާ މީހުންގެ އިސްތަށި ނަގައިގެން އެއަށް ގޮށްޖަހައިގެން ފުމުމާއި، ކަނަޑަށް ތަފާތު ވައްތަރުގެ އެއްޗެހި ފެއްތުމާއި، ތަންތާގައި އެއްޗެހި ވަޅުލުމާއި، މީހުންނަށް ސިޙުރު ހަދާފަ ކާންދިނުން ފަދަ އެތައް ޢަމަލެއް ކުރެއެވެ. ނަމަވެސް ސިހުރުވެރިޔާ ކޮންެމެ އެއްޗެއް ގެނައި ކަމުގައިވިޔަސް ކާމިޔާބު ނުވާނެކަން ﷲ ވަނީ އަންގަވާފައެވެ.” وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ “﴿ سورة طه٦٩﴾ މާނައީ ” އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ”. މިގޮތުން މިފަހަރު މި ބަލާލަނީ ކާންދީފައި ހުންނަ ސިޙުރު ބާތިލް ކުރާނެ ގޮތަކަށެވެ.
އާންމު ގޮތެއްގައި ސިޙުރުވެރީން ސިހުރު ހަދާ އިރު، ސިޙުރު ޖައްސަން ބޭނުންވާ މީހާއަށް އެއްޗެއް ކާންދީގެން ސިހުރު ހެދުމަށް އިސްކަންދެއެވެ. ސަބަބަކީ މިގޮތަށް ކަންތައް ކުރުމުން ސިޙުރުގެ އަސަރުތައް ހަށިގަނޑަށް ވާސިލްވާ ބާރުމިން ހަލުވިވެ، އެ ސިހުރަކާއި ހަވާލުވެގެން ތިބޭ ޖިންނީންނަށް، ބަލި މީހާގެ ހަށިގަނޑު ތެރެއަށް ވަނުމަށް ވަރަށް ބޮޑުތަން ފަސޭހަވާތީއެވެ. މިފަދައިން ސިހުރު ހަދާފައިވާ އެއްޗެއް ކެވިއްޖެނަމަ އާންމުކޮށް މޭނުބައިކޮށް، ހޮޑުލެވުމާއި އެކު ބަނޑަން އުނދަގޫވުމާއި ބަނޑު ފުއްޕުން ހިމެނެއެވެ. ހަމަ އެހެންމެ ކާން އުނދަގޫވުމާއި ބަނޑު އަބަދުވެސް ފުރިފައި ހުންނަ ކަމުގެ އިޙްސާސް ކުރެވުމަކީ ވެސް މިކަމުގެ ޢަލާމާތެކެވެ. ތިރީގައި، އަޅުގަނޑު މި ގެނެސްދެނީ މިފަދައިން އެއްޗެއް ކާންދީގެން ހަދާ ސިޙުރު ހަށިގަނޑުން ނެރުމަށްޓަކައި ކުރެވިދާނެ ރުޤްޔާއެކެވެ. ކޮންމެ ކަމަކަށް ހަދާފައިވާ ސިޙުރެއްނަމަވެސް މި ރުޤުޔާގެ ސަބަބުން ﷲ ގެ ވާގިފުޅާއެކު ކެވިފައިވާ ސިޙުރުތައް ނިކުންނާނެއެވެ.
މިއާޔަތްތައް 1ލީޓަރުގެ ރޯކިރު (ފުލް ކްރީމް މިލްކް) ގެތެރެއަށް 125 އެމްއެލްގެ ޒައިތޫނި ތެޔޮ އެއްކޮށްލުމަށް ފަހު ކިޔަވާށެވެ. އަދި އެއަށްފަހު އެއްކޮށް އެބޮއެ ހުސްކޮށްލާށެވެ. އިރާދަަކުރެއްވިއްޔާ ކެވިފައި ހުންނަ ސިހުރުގެ އަސަރުތައް ހޮޑާއި އެކު ބޭރުވެދާނެއެވެ.
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ﴿١٠٢﴾(سورة البقرة 102 ) 7 ފަހަރު
اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ﴿٣٥﴾(سورة النور 35 ) 7ފަހަރު
ނަމެވެސް އިސްތިރި/ ލޯބި ޖައްސަން ހަދާފައިވާ ސިހުރެއްނަމަ ބަޤަރާ ސޫރަތުގެ 102 އާޔަތުގެ ބަދަލުގައި ކިޔަވާނީ ތަޤާބުން ސޫރަތުގެ 14-16 ވަނަ އާޔަތާ ހަމައަށް 7 ފަހަރުއެވެ. އެއަށްފަހު ހަމަ ނޫރު ސޫރަތުގެ 35 ވަނަ އާޔަތް 7 ފަހަރު ކިޔަވާނީއެވެ. ތަޤާބުން ސޫރަތުގެ 14-16 ވަނަ އާޔަތަށް ތިރީގައި އެވަނީއެވެ.
يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ ۚ وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿١٤﴾ إِنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ ۚ وَاللَّـهُ عِندَهُ أَجْرٌ عَظِيمٌ ﴿١٥﴾ فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا وَأَنفِقُوا خَيْرًا لِّأَنفُسِكُمْ ۗ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٦﴾
މިގޮތަށް 2 ދުވަސް ވަންދެން އަމަލު ކުރާށެވެ. މިގޮތަށް ޢަމަލުކުރުމުންވެސް ކެވިފައިވާ ސިޙުރު ބާތިލް ނުވެއްޖެނަމަ ތިރީގައިވާ ގޮތަށް ޢަމަލު ކުރާށެވެ.
4 ތަށި ފެން ކެއްކުމަށްފަހު ސަނާމުކީ ފަތް މުށެއް ފެން އެތިތެރެއަށް އަޅާ މަޑު މުށި ކުލައެއް އަރަންދެން ކައްކާލާށެވެ. އެއަށްފަހު ފަތްތައް ނަގާ ފެންގަނޑު ފުރާނާލާށެވެ. އަދި ހިހޫ ވަންދެން ބަހައްޓާށެވެ. ހިހޫވުމުން ތިރީގައިވާ އާޔަތްތައް އެފެނަށް ކިޔަވާށެވެ.
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانْقَلَبُوا صَاغِرِينَ ﴿١١٩﴾وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ (سورة الأعراف 117-122 ) 7 ފަހަރު
فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُمْ بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ﴿٨٢﴾ (سورة يونس 81-82 ) 7 ފަހަރު
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ (سورة طه 79 )
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴿٣٤﴾ (سورة الحجر 34 ) 7 ފަހަރު
ދެން އެފެން އެއްކޮށް ބަލި މީހާއަށް ބޯންދޭށެވެ. ފަހަރެއްގައި ހޮޑުލަވާގޮތް ވެދާނެއެވެ. އެހެންކަމަށް ވާނަމަ ނުހިފާއްޓާ ހޮޑު ލާށެވެ. ހަމައެހެންމެ ގަދަޔަށް ފާޚާނާއަށް ދެވޭ ގޮތްވާނެއެވެ. ނަމަވެސް ހާސް ނުވާށެވެ. ބަނޑުހުސްވުމުން އެކަން ހުއްޓޭނެއެވެ. މިގޮތަށް ތަކުރާރުކޮށް 2 ދުވަހު އަމަލު ކުރާށެވެ. މި 2 ދުވަހު ފަސޭހައިން ހަޖަމްވާ ކަހަލަ އެއްޗެހި ކާށެވެ. މަސް ފަދަ އެއްޗެހި ބޭނުން ނުކޮށް ލުއި ކެއުން ކާށެވެ. އިރާދަކުރެއްވިއްޔާ ކެވިފައި ހުރި ހުރިހާ ސިހުރެއް ނިކުންނާނެއެވެ.
ހަމައެހެންމެ 500 ގްރާމް މާމުއި ތެރެއަށް (އައްޝިފާ ބްރޭންޑްގެ މާމުއި މިފަދަ ކަންކަމުގައި ބޭނުންކުރުމަށް ކޮލިޓީ ރަނގަޅުކަން ފާހަގަކުރެވިފައި ވެއެވެ) 30-40 ގްރާމް މުގުރި ކަޅުދިރި އެއްކުރާށެވެ. އެއަށްފަހު ކަޅުދިރިއާއި މާމުއި އެއްކުރަމުން ސިޙުރު ބާތިލް ގެ ރުޤްޔާ އާއި ބުތޫން ގެ އާޔަތްތައް ކިޔަވާށެވެ. ކިޔަވާއިރު މާމުއި ފުޅި އަނގަޔާ ކައިރިކޮށްގެން ކިޔަވާށެވެ. ކިޔަވާފައިހުރި މާމުއިން ހެނދުނު ހުސްބަނޑާ ސަމްސަލެއް އަދި ރޭގަނޑު ނިދުމުގެ ކުރީން ސަމްސަލެއް ބޯލާށެވެ.
މީގެ އިތުރުން ކުރިން ބަޔާން ކުރެވުނެ އާޔަތްތައް 5 ލީޓަރުގެ ފެން ފުޅިއަކަށް ކިޔަވަިގެން ދުވާލަކު 3 އިރު ބޯށެވެ. މިގޮތަށް މަދުވެގެން 40 ދުވަސް ވަންދެން ކުރިއަށް ގެންދާށެވެ. އިންޝާ ﷲ ބަނޑުތެރެއަށް ވާ ހުރިހައި އުނދަގުލެއް ފިލާގޮސް ސިޙުރުގެ އަސަރު ކެނޑިގެން ދާނެއެވެ.
ﷲ އަޅަމެންނަށްް ޖެހިފައިވާ ރޫޙާނީ ބަލިތަކުންނާއި މާއްދީ ބަލިތަކުން ސަލާމަތްކުރައްވާ ދުޅަހެޔޮކަންމަތީ ލަހައްޓަވާށިއެވެ. އާމީން!
ސިޙުރު ބާޠިލުގެ ރުޤްޔާ
ބުޠޫންގެ އާޔަތްތައް
ހުރިހާ ސިހުރު ބާތިލްކުރާއިރުވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް އެބޮތް ވިދާޅުވެފަ. އޭގެ ތެރެއިން އެއްކަން ކުރިޔަސް ރަނގަޅުވާނެތޯ؟ ނުވަތަ ލިޔެފައިވާ ހުރިހާ ކަމެއް ކުރަންޖެހޭނެތޯ؟ މިސާލަކަށް މާމުއި ބޭނުންކުރުން،ފެން ބޭނުންކުރުން، ތެޔޮ ބޭނުންކުރުން……
އެއްފަރުވާއެއްގެ ތެރޭގައި ބުނެފައި ހުންނަ ހުރިހާކަމެއް ކުރަންވާނެ. ވަކި ވަކި ބައިވަރު ފަރުވާތައް ހުރިނަމަ އެތަނުން ކޮންމެ އެއްގޮތެއް ނުވަތަ އެއްގޮތުން ނުވިނަމަ އަނެއްގޮތް އިޚްތިޔާރުކުރާނީ. ހޮޑުލައްވަން ނުވަތަ ސިހުރުގެ އަސަރު ހަށިގަނޑުން ބޭރުކުރަން ދޭފަރުވާ އެއްގެ އިރުރުން، ފެނަށާއި މާމުޔަށް ކިޔަވައިގެން ބުއިމަކީ އެތެރެއަށް ވެފައި ހުންނަ ގެއްލުންތަކަށް ދެވޭ ފަރުވާއެއް.