ދިރިހުރުމާމެދު މާޔޫސްވެފައިވާ ބަލިމީހާ ކުރަންވީދުޢާ

أللّهُـمَّ اغْفِـرْ لِي وَارْحَمْـنِي وَأَلْحِقْـنِي بِالرَّفِـيقِ الأّعْلـَى

މާނައީ: “އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތްލައްވާނދޭވެ! އަދި އެންމެ މަތިވެރި ރަޙްމަތްތެރިޔާއާ (އެބަހީ ﷲއާ) ބައްދަލުކޮށްދެއްވާނދޭވެ!

Close Ad X
(رواهالبخاريرواهمسلم)

رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ އަވަހާރަވެވަޑަައިގަންނަވަން ކައިރިވީ ވަގުތު ފެނުގެ ތެރެއަށް ދެއަތްޕުޅުލައްވައި ދެއަތްޕުޅު މޫނުފުޅުގައި ފުއްސަވަމުން ވިދާޅުވިއެވެ.

لَا إِلَهَ إِلَّا اللهُ، إِنَّ لِلمَـوْتِ لَسَكَـراتٍ
މާނައީ: “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. ހަމަކަށަވަރުން މަރަށް ވަރަށްގިނަ އުނދަގޫތަކެއްވެއެވެ.”

(رواهالبخاري އަދި މި ޙަދީޘްފުޅުގައި އެވަގުތު އެކަލޭގެފާނު ދަތްއުނގުޅުއްވި ވާހަކަވެސް އައިސްފައިވެއެވެ.)

لاَ إلهَ إلاَّ اللّهُ وَاللّهُ أَكْبَـر، لاَ إلهَ إلاَّ اللّهُ وَحْـدَهُ ، لاَ إلهَ إلاَّ اللّهُ وَحْـدَهُ لَا شَريكَ لهُ، لاَ إلهَ إلاَّ اللّهُ لَهُ المُلكُ وَلَهُ الحَمْدُ، لاَ إلهَ إلاَّ اللّهُ وَلاَ حَـوْلَ وَلاَ قُـوَّةَ إِلاَّ بِاللهِ

މާނައީ، “ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. އަދި އެންމެ ބޮޑީ ﷲއެެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުުވެގެންވާ އެހެންއެއްވެސް އިލާހަކުނުވެއެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެންއެއްވެސް އިލާހަކު ނުވެއެވެ. އެންމެހައި ވެރިކަމާއި އެންމެހައި ޙަމްދެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް ﷲގެ ޙަޟްރަތުންމެނުވީ ނުވެއެވެ.

(أخرجهالترمذيوابنماجهوصححهالألباني. )
މަސްދަރު : ޙިސްނުލް މުސްލިމް

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު