ދަރިޔަކުލިބޭމީހާއަށް ކިޔަންޖެހޭ ތަހުނިޔާއާއި އޭގެ ޖަވާބު

باَرَكَ اللهُ لَكَ فِيْ الْمَوْهـُوْبِ لَكَ، وَشَكَرْتَ الْوَاهـِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّهُ

މާނައީ: “ތިބާއަށް ލިބުނު ދަރިފުޅުގެ ކިބައިގައި މާތް ﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި (ތިބާއަށް އެދަރިފުޅު) ދެއްވިފަރާތަށް ތިބާ ޝުކުރުއަދާކުރާހުށިކަމެވެ. އަދި އެކުއްޖާ ޒުވާން އުމުރާހަމައަށް ފޯރާހުށިއެވެ! އަދި އެކުއްޖާ އިޙުސާންތެރިވުމުގެ ތައުފީޤު ތިބާއަށް ދެވޭހުށިއެވެ!

Close Ad X

ދެން ތަހުނިޔާ ލިބުނުމީހާ ތަހުނިޔާކީ މީހާއަށް މިފަދައިން ޖަވާބުދޭށެވެ.

بَارَكَ اللهُ لَكَ وَبَارَكَ عَلَيْكَ، وَجَزَاكَ اللهُ خَيْرًا، وَرَزَقَكَ اللهُ مِثْلَهُ، وَأَجْزَلَ ثَوَابَكَ

މާނައީ: “މާތްﷲ ތިބާއަށް ބަރަކާތްލައްވާށިއެވެ! އަދި ތިބާގެ މައްޗަށް ބަރަކާތްލައްވާށިއެވެ! އަދި މާތްﷲ ތިބާއަށް ހެޔޮ ޖަޒާދެއްވާށިއެވެ! އަދި މާތްﷲ ތިބާއަށްވެސް އެފަދަ ދަރިއަކު ދެއްވާށިއެވެ! އަދި ތިބާގެ ސަވާބު ގިނަކޮށްދެއްވާށިއެވެ!

 

މަސްދަރު: ޙިސްނުލް މުސްލިމް،”الأذكار للنووي” و”صحيح الأذكار للنووي” لسليم الهلالي.

ޙިޔާލުފާޅުކުރައްވާ

1 ކޮމެންޓު

  1. ًعبد الرحييم

    މިއިން އެއްވެސް ދުޢާއަކީ ޞައްޙަ ދުޢާއެއްނޫން. جزاكم الله خيرا.