
” اَللَّهـُمَّ اسْقِنَا غَيْثًا مُغِيْثًا مَرِيْئاً مَرِيْعًا، نَافِعًا غَيْرَ ضاَرٍّ، عَاجِلاً غَيْرَ آجِلٍ “
މާނައީ،”އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅާމެންނަށް އެހީވެދޭ، އަޅަމެން އުފާކުރުވައި ހިތްހަމަޖައްސުވައިދޭ، އަޅަމެންގެ ދަނޑުބިންތަކަށް އާރޯކަން ގެނެސްދޭ، އަޅަމެންނަށް ފައިދާދޭ ގެއްލުމެއްނުދޭ، ވެހުން ލަސްނުވާ އަވަހަށްވެހޭ ވާރޭއަކުން އަޅަމެންނަށް ފެންދެއްވާނދޭވެ!” (رواه أبو داود وصححه الألباني. )
” اَللَّهـُمَّ أَغِثْناَ ، اَللَّهـُمَّ أَغِثْناَ ، اَللَّهـُمَّ أَغِثْناَ “
މާނައީ،” އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ވާރެ ވެއްސަވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ވާރެ ވެއްސަވާނދޭވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނަށް ވާރެ ވެއްސަވާނދޭވެ!” (رواه البخاري ومسلم.)
” اَللَّهـُمَّ اسْقِ عِباَدَكَ، وَبَهـاَئِمَكَ، وَانْشُرْ رَحْمَتَكَ، وَأَحْيِ بَلَدَكَ الْمَيِّتَ “
މާނައީ،” އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ ގެ އަޅުތަކުންނަށާއި ހައިވާނުންތަކަށް ފެންދެއްވާނދޭވެ! އަދި އިބަﷲގެ ރަޙްމަތް ފަތުރައިލައްވާނދޭވެ! އަދި އިބަﷲގެ މަރުވެފައިވާ ރަށް ދިރުއްވާނދޭވެ!” (رواه أبو داود وحسنه الألباني.)
0 ކޮމެންޓު