
މާތް ﷲ ރުއްސުންލެއްވި أبو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ
. “لاَ يَقُلْ أَحَدُكُمْ: اللَّهـُمَّ اغْفِرْلِي إِنْ شِئْتَ، اللَّهـُمَّ ارْحَمْنِي إِنْ شِئْتَ، لِيَعْزِمِ المَسْأَلَةَ فَإِنَّ اللهَ لاَ مُكْرِهَ لَهُ”
މާނައީ:”ތިޔަބައިމީހުންކުރެ އެކަކުވެސް މިފަދައިން ދުޢާނުކުރާހުށިކަމެވެ. “އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގެންފިނަމަ މިއަޅާއަށް ފާފަފުއްސަވާނދޭވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އެދިވޮޑިގެންފިނަމަ މިއަޅާއަށް ރަޙްމަތްލައްވާންދޭވެ!” (އަދި ކިއެއްތަ!) އެކަލާނގެއަށް ދުޢާކުރުން ހަރުދަނާކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން އެކަލާނގެއަށް މަޖުބޫރުކުރެވޭނެ އެއްވެސް ފަރާތެއްނުވެއެވެ.” (صحيح البخاري وصحيح مسلم)
އަދި صحيح مسلم ގައިވަނީ މިފަދައިންނެވެ
. “وَلِيُعَظِّمِ الرَّغْبَةَ، فَإِنَّ اللهَ لاَ يَتَعَاظَمُهُ شَيْءٌ أَعْطَاهُ”
މާނައި:”އެކަލާނގެ ޙަޟްރަތުން އެދޭއެދުން ބޮޑުކުރާހުށިކަމެވެ. އެހެނީ ހަމަކަށަވަރުން އެކަލާނގެ ދެއްވާ އެއްޗެއް އެކަލާނގެއަށް ބޮޑުވެގެންނުވެއެވެ.”
0 ކޮމެންޓު