رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަން ކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާ ދަންނައެވެ. މާތް ﷲ އޭނާގެ މައްޗަށް ދިހަ ފަހަރު ރަޙްމަތްލައްވާނެއެވެ.” (أخرجه مسلم.)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ގަބުރުފުޅަކީ ވަކި ވަގުތު ތަކެއް ކަނޑައަޅައިގެން ޒިޔާރަތްކުރާ ތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިޔަބައިމީހުން ކިޔަވާ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ފޯރާނެއެވެ. އެއީ ތިޔަބައިމީހުން ކޮންމެ ތަނެއްގައިވީނަމަވެސްމެއެވެ.” (رواه أبو داود وأحمد وصححه الألباني.)

Close Ad X

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެެވެ. “ބަޚީލުމީހާއަކީ އެމީހާގެ ގާތުގައި ތިމަންކަލޭގެފާނުގެ ނަންފުޅުގަނެވޭ ހިނދު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލާވާތް ނުކިޔަވާމީހާއެވެ.” (رواه الترمذي وصححه الألباني).

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. “ބިންމަތީގައި ދަތުރުފަތުރުކޮށް އުޅުއްވާ ﷲގެ މަލާއިކަތްބޭކަލުންތަކެއްވެއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތިމަންކަލޭގެފާނަށް ކުރާ ސަލާމް އެބޭކަލުން ތިމަންކަލޭގެފާނަށް ފޯރުކޮށްދެއްވައެވެ.” (رواه النسائي والحاكم وصححه الألباني.)

އަދިވެސް އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ” އެމީހެއްގެ ސަލާމަށް ޖަވާބުދެއްވުމަށްޓަކައި ﷲ ތަޢާލާ ތިމަންކަލޭގެފާނުގެ ފުރާނަފުޅު ތިމަންކަލޭގެފާނަށް ރައްދުނުކުރައްވާ ގޮތަކަށް ހަމައެކަކުވެސް ތިމަންކަލޭގެފާނަށް ސަލާމެއްނުކުރެއެވެ.” (رواه أبوداود وحسنه الألباني.)

މަސްދަރު: ޙިސްނުލް މުސްލިމް

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު