سُبْحاَنَكَ اللَّهـُمَّ وَبِحَمْدِكَ، أَشْهـَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ

މާނައީ: “އިބަ ﷲގެ ހުސްޠާހިރުވަންތަކަމެވެ! އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަދި އެންމެހައި ޙަމްދު ތަޢުރީފެއް އިބަ ﷲއަށް ލިބިވޮޑިގެންވެއެވެ. އިބަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އިބަ ﷲގެ حضرة ން ފާފަފުއްސަވާ ދެއްވުމަށް މިއަޅާ އެދެމެވެ. އަދި އިބަރަސްކާލާނގެ حضرة އަށް މިއަޅާ ތަޢުބާވަމެވެ.”

Close Ad X

ހަމަކަށަވަރުން މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ސާބިތުވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “މިކަލިމަފުޅުތަކުން ނުނިންމަވާ ގޮތަކަށް رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ މަޖިލީހެއްގައި އިށީނދެވަޑައިނުގަންނަވައެވެ. އަދި ޤުރުއާނެއް ކިޔަވައި ވިދާޅެއްނުވެއެވެ. އަދި ނަމާދެއް ނުމެކުރައްވައިމެއެވެ.

- أخرجه النسائي في عمل اليوم والليلة وأحمد وصححه الدكتور فاروق حمادة في تحقيقه لعمل اليوم والليلة للنسائي.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު