رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުން އީމާންވެއްޖައުމަށްދާންދެން ތިޔަބައިމީހުން ސުވަރުގެއަކަށް ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް ލޯބިކޮށްފުމަށްދާންދެން ތިޔަބައިމީހުން އީމާންވިކަމުގައިނުވެއެވެ. ތިޔަބައިމީހުން އެކަމެއްކޮށްފިނަމަ ތިޔަބައިމީހުން އެކަކުއަނެކަކުދެކެ ލޯބިވާނެ ކަމެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބުނެދެއްވަންހެއްޔެވެ. ތިޔަބައިމީހުންގެ މެދުގައި ސަލާމް ޢާއްމުކުރާށެވެ.” (رواه مسلم.)

މާތްﷲ ރުއްސުންލެއްވި ޢައްމާރު ބުނު ޔާސިރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިންކަމެއް ޖަމާކޮށްފިމީހާ ފަހެ ހަމަކަށަވަރުން އީމާންކަން ޖަމާކޮށްފިއެވެ. އެއީ އަމިއްލަ ނަފްސަށް އިންސާފުވެރިވުމާއި، އެންމެހައި މީސްތަކުންނަށް ސަލާމްކުރުމާއި، އަތްމަތި ދަތި ޙާލުވެސް ﷲގެ މަގުގައި ހޭދަކުރުމެވެ. (رواه البخاري).

Close Ad XGet My Ruqya Android App On Google Play

އަދި މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން މީހަކު رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ އާއި ސުވާލުކުރިއެވެ. އިސްލާމްދީނުގައި އެންމެ ހެޔޮކަންތައްތަކަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. “(ފަގީރުންނަށް) ތިބާ ކާންދިނުމާއި، ތިބާ ދަންނަމީހުންނަށާއި ނުދަންނަމީހުންނަށް ތިބާ ސަލާމްކުރުމެވެ.” (متفق عليه.)

ނޯޓް: އަތާއަތްޖޯޑުކޮށް ސަލާމްކުރުމަށް ކިޔަނީ މުޞާފަޙާކުރުމެވެ. ސަލާމްކުރުމަކީ، السلام عليكم އޭ ބުނުމެވެ. އަދި ސަލާމް ބަލައިގަތުމަކީ وعليكم السلام އޭ ބުނުމެވެ. ހިލޭ އަންހެނަކާއި ފިރިހެނަކު، މުޞާފަޙާކުރުން ހުއްދަވެގެންނުވެއެވެ. 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު