ކުޑަކުދިން އިންސާނުންނާއި ޖިންނި ޝައިޠޯނުންގެ އެސްފިންނާއިން އަދި ޙަސަދަވެރިކަމުން ހިޞްނު(ރައްކާތެރިކުރުން) ކުރާނެ ގޮތެއް

ދުވާލަކު ދެއިރު ޙިސްނުކުރުން އެދެވިގެން ވެއެވެ. އެއީ ފަތިސް ނަމާދު ފަހުގައާއި މަޣްރިބު ނަމާދު ފަހުން ނެވެ. މިއީ އަމިއްލައަށް ދުޢާ ނުކިޔޭވަރު ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

ޙިޞްނު ކުރާނެގޮތް:

Close Ad XGet My Ruqya Android App On Google Play

بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾  (1 ފަހަރު)

اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ (1 ފަހަރު)

 آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾ް (1 ފަހަރު)

 قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ (3ފަހަރު)

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ (3ފަހަރު)

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ (3ފަހަރު)

بسـم الله 3ފަހަރު أَعُـوذُ بِعِـزَّةِ اللهِ وَقُدْرَتِـهِ مِـنْ شَـرِّ مَا أَجِـدُ وَأُحَـاذِرُ (7ފަހަރު)

 بِسْمِ اللهِ الَّذِيْ لاَيَضُرُّ مَعَ اسْمِهِ شَيْئٌ فِي الْأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيْعُ الْعَلِيْم (3ފަހަރު)

أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَاخَلَق (3ފަހަރު)

ކިޔެވުމަށްފަހު އަތަށް ފުމެލާ ކުއްޖާގެ ބޮލާއި މުޅި ހަށިގަނޑުގަ މަތުރާލާށެވެ.(އެއީ އަތްފިރުމާލުމެވެ.)

ނޯޓް: މިކަންތަކީ އެއްވެސް ހަދީޘަކުން މިކަން ސީދާ ކުރުމަށް ވާރިދުވެފައިވާ ކަމެއް ނޫނެވެ.ނަމަވެސް ރުޤްޔާކުރާ ރާޤީންގެ ތަޖުރިބާގެ އަލީގައި ބަޔާން ކުރެވިފައިވާ ކަންތަކެވެ. ޢިލްމުގެ އަހްލުވެރިން މިގޮތަށް ކަންތަށް ލާޒިމް ނުކޮށް ކުރުން ހުއްދަކުރައްވައެވެ. އެއީ މުޅި ޤުރްއާނަކީ ޝިފާ އެއްކަމުގައިވާތީ އެވެ.

______________

ޙިޔާލުފާޅުކުރައްވާ

4 ކޮމެންޓު

  1. ހުސައިން

    މިއީ މިހާރު އަސްލުވެސް ހަމައިން ނެއްޓިފަ އޮތް ކަމެއް. ކިތައް ފަހަރުތޯ ޝޭޚުން ބުނެދޭނީ ޝަރުއުގައި އަދަދު ކަނޑައެޅިފައި ނެތް ދުޢާ ތަކަށް އަދަދު ކަނޑަ ނޭޅޭނޭ. މީގެ ނުބައި މިހާރު ނުފެނުނަސް އަދި ކުރިމަގުގައި ވަރަށް ހިތިކޮށްފެންނާނެ. ވީމާ އޭގެ ކުރިން ހައްޤުބަސް އަހާ ބައެއް ކަމަށްވާނެ ކަމަށް އުއްމީދު ކުރަން. ތަޖުރިބާއިން އަދަދު ކަނޑައެއް ނޭޅޭނެ.

    1. މިލިޔުމުގައި ހުރި ދުޢާތަކުގައިވާ ޢަދަދުތަކަކީ، އެދުޢާތައް ކިޔުމަށް ސުންނަތުަގައިވެސް އައިސްފައިވަ ޢަދަދުތަކެވެ. ބައެއް އާޔަތްތަކުގައި 1 ފަހަރު ޖަހާފައި އެވަނީ 1 ފަހަރު ކިޔެވުމުންވެސް ފުދޭނެތީއެވެ. ރުޤްޔާގެ ވަރަށް ގިނަ މައްސަލަތަކަކީ، ވަރަށް އިޚްތިލާފް ގިނަވެފައި ހުރި މައްސަލަ ތަކެކެވެ. އަދި ޢަދަދަށް ކިޔުމުގައި އެކަމެއް ގުޅިގެން ދަނީ މީހާގެ ޢަޤީދާއާއި ނިޔަތުގެ މައްޗަށެވެ. ގިނައިން ކިޔެވި ވަރަކަށް އަސަރު ގަދަވެއެވެ. ޢަދަދު ކަނޑައަޅާފައި ވަނީ ތަޖުރިބާގެ މައްޗަށް ކަމެއް ލާޒިމް ކުރުމަކަށް ނޫނެވެ. އަދި ތަޖުރިބާގެ މައްޗަށް ކަމެއް ޙިއްޞާކުރުމަކީ ކަމެއް ޝަރުޢު ކުރުމެއްވެސް ނޫނެވެ. މިއީ ތިމައްސަލައިގައި ވާހަކަ ދައްކަވާ ބައެއް ބޭފުޅުންނަށް ހަމަ އޮޅިފައިވާ ކަމެކެވެ. ވަކި ބައެއް ނުވަތަ ވަކި މީހެއެްގެ ރައުޔު އެއީ ދީނުގައި އޮތް ހަމައެކަނި ގޮތަށް ނުވެދާނެއެވެ. އެކަމުގައި ދަލީލު ސާބިތު ނުކުރެވޭހާ ހިނދު މަނާ މަނާ ކިޔުމަކީ ބޭކާރު ވާހަކައަކަށް ވެދާނެއެވެ.

      ތިމައްސަލައިގައި ޢަމަލުކުރަން ޖެހޭ މިންގަނޑުވެސް މިވެބްސައިޓުގައި ހިމެނިފައިވާނެއެވެ. ތިރީގައިވާ ލިންކުތައް ބައްލަވާށެވެ. ކަމެއްގެ އެއްކޮޅު ބެލުމަށްފަހު ޙުކުމް ކަނޑައެޅުމަކީ އިސްލާމީ އުޞޫލެއް ނޫނެވެ.

      ކީރިތި ގުރްއާނުގެ ވަކި އާޔަތް ތަކެއް، ވަކި ކަމަކަށް، ވަކި ޢަދަދަކަށް ކިޔެވުން

      ރުޤްޔާކުރާއިރު ވަކި ޢަދަދަކަށް ކިޔެވުމުގެ ޙުކުމް !

  2. ޢާއީޝާ

    މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާާއަށާ ބައިވެރިންނަށް ބަރަކާތް ލަައްވާށި! ހައިޟުގެ ދުވަސްވަރުގައި، ހިތުންނޭގޭ ޒިކުރުތައް ޒިކުރު ފޮތްތަކުގައި ( ދިވެހި ޓްރާންސްލޭޝަން ހިމެނޭ) އަތްލައިގެން ކިޔުން ހުއްދަ ވާނެތޯ؟ ނޫންނަމަ މިކަން ކުރަން ޢައުލާކަން ބޮޑީ ކިހިނެއްތޯ؟ ޖަޒާކުﷲޚައިރާ!

    1. ތިދެންނެވިގޮތަށް ކިޔެވުމަކި މައްސަލައެއް ނޫނެވެ.