އެސްފީނާއަކީ ކޮބާ؟

އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބުމެވެ. އެސްފީނާގެ ތަޢުރީފުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ” އެސްފީނާއަކީ އެއްޗަކާމެދު ޤަބޫލުވެވޭހިނދު، އެމީހާގެ ނަފްސުގެ ނުބައިކަން އެ އެއްޗަކަށް އަމާޒުވެ، އެއްޗަކާ އަޅައިގަނެ، އެނަފްސުގެ ވިހަ އެބަލައިލެވޭ އެއްޗަކަށް ފޯރުވާ ފޯރުވުމެވެ. ” އިބްނު މަންޒޫރު ވިދާޅުވެފައިވާ ގޮތުގައި އެސްފީނާއަކީ ” ލޮލުގެ ވިހަ އެއްޗަކަށް އަމާޒުވެ، އެ އެއްޗަކަށް ގެއްލުންލިބުމެވެ. މިގޮތުން ޢަދާވާތްތެރިއަކު އޭނާއާ ދިމާއަށް ބަލާ ބެލުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ބެލެވުނު ފަރާތް “ބަލިވެ” އެވެ. ” އަލްހާފިޒު އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. ” އެސްފީނާ އަކީ އެދުންވެރިކަމާއެކު އެއްޗަކަށް ބަލައިލާ ބަލައިލުމެއްގެ ސަބަބުން، އޭނާގެ ނުބައި ނަފްސުގެ ޠަބީޢަތުގައިވާ ވިހަކަމުގެ އަސަރު އެއެއްޗަކަށް ފޯރައި، އެކަމުގެ ސަބަބުން އެއަށް ގެއްލުން ލިބޭ ލިބުމެވެ. “. އެސްފީނާއާއި ބެހޭގޮތުން ޤުރުއާނާއި ޙަދީޘުން އެތަކެއް ދަލީލެއް ފެންނާން އެބަހުއްޓެވެ. އެސްފީނާގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިސައިޓުގައި އެސްފީނާއާއި ބެހޭގޮތުން ލިޔެފައިވާ ލިޔުންތައް ކިޔާލެއެވުން ވަރަށްވެސް މުހިއްމެވެ.

Close Ad XGet My Ruqya Android App On Google Play

އެސްފީނާ ޖެހެނީ ގަސްތުގައި އެސްފީނާ ޖެއްސުމަށް ޙަސަދަވެރިކަމާއެކު ބެލުމުންތަ؟

އެސްފީނާ ޖެހެނީ ހަމައެކަނި އިޚްތިޔާރަކުނޫނެވެ. ގަސްތުގައާއި ބޭއިޚްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. ޙަސަދަވެރިއަކު ޙަސަދަވެގެން ނުވަތަ ގަސްތުގައި އެސްފީނާ އެޅުމުގެ ގޮތުން ބަލާ ބެލުމުންނާއި ނޭނގި ބެލޭ ބެލުމުން ނުވަތަ ބުނެވޭ ބަހުންވެސް އެސްފީނާއެއް ޖެހިދާނެއެވެ. މިސާލަކަށް ކުޑަކުއްޖަކު ރީތިކަމުން މީހަކު، މީނަ ހާދަ ރީއްޗޭ!، ނުވަތަ ހާދަލޯބިކުއްޖެކޭ!، މިފަދަ ގޮތަކަށް ޙައިރާންކަމާއެކު، ނުވަތަ ޙައިރާން ކަމާއެކު ނުލާވެސް ބުނާއިރު، “މާޝާ ﷲ(ﷲ އިރާދަކުރެއްވީތީއެވެ / ﷲ އިރާދަކުރެއްވިގޮތެވެ)” މިފަދައިން ނުބުނެއްޖެނަމަ އެބުނި ބުނުމުގެ ސަބަބުން އެކުއްޖާއަށް އެސްފީނާގެ އަސަރުކޮށްފާނެއެވެ. އެސްފިނާވެސް ޖެހެނީ ﷲގެ އިރާދަފުޅުންކަމުގައި އަހަރެމެން ޤަބޫލުކުރަން ޖެހެއެވެ. އަދި އެސްފީނާ ޖެހެނީ ހަމައެކަނި އިންސާނުންގެ ފަރާތަކުން ނޫނެވެ. އިންސާނުންނާއި ޖިންނީންގެ ފަރާތުންވެސް އެސްފީނާ ޖެހިދާނެއެވެ.

އެސްފީނާ ޖެހުމުން އެނގޭނީ ކިހިނެއް؟

އެސްފީނާ ޖެހުނުކަން ދެގޮތަކުން ދެނެގަނެވިދާނެއެވެ. އެއީ
1- ޢަލާމާތްތަކުގެ އަލީގައި
2- ރުޤްޔާ ކިޔަވައިގެން

މިގޮތުން:
1- އަލާމާތްތަކުގެ އަލީގައި އެސްފީނާ ޖެހުނުކަން ދެނެގަންނާނެގޮތް: އެސްފީނާ ޖެހުމުން އެކިފަހަރު، އެކިމީހުނަށް ދިމާވާނީ އެކި ގޮތެވެ. މިގޮތުން ބައެއް އެސްފީނާއަކީ އެއެސްފީނާ ޖެހޭވަގުތު، އިތުރު ފަރުވާއެއް ކުރާނެ ފުރުޞަތު ނުލިބޭ ވައްތަރެކެވެ. އެއީ މިސާލަކަށް، އެސްފީނާގެ އަސަރު ވަގުތުން ޖެހި މީހަކު މަރުވުން، ތަނެއް ނުވަތަ އެއްޗެއް ފުނޑުފުނޑުވުން ނުވަތަ ހަލާކުވުން ކަހަލަ ކަމެކެވެ. އަނެއް ޙާލަތަކީ އެސްފީނާ ޖެހުމުން އެކަމަށް ފަރުވާކުރާނެ ފުރުޞަތު ލިބޭފަދަ ޙާލަތެވެ. މިސާލަކަށް، ކުޑަކުއްޖަކާ ދިމާއަށް މީހަކު، މީނަ ހާދަރަނގަޅަށް ކައޭ، ބުނާފަހުން އެކުއްޖާ ނުކާން ފެށުން ކަހަލަ ކަމެއް ދިމާވުން ނުވަތަ މީހަކު ބަލިވުން، ނުވަތަ ގައިގެ ހަމަށް ގެއްލުމެއް ވުން ފަދަ ކަންކަމެވެ. ފަރުވާކުރެވޭ ނުވަތަ ދެނެގަނެވޭ ޙާލަތުގައި އެސްފީނާގެ ސަބަބުން ފެންނާނެ ބައެއް ޢަލާމާތްތަކަކީ:
1- ލޮލުގައި އާދަޔާ ޚިލާފަށް ރިއްސުން
2- ލޮލުން ދިލަނެގުން
3- ލޮލުން ހޫނުއެރުން
4- ލޮލުން އިރުއިރުކޮޅާ ފެން އައުން
5- އަވަސް އަވަހަށް އަބަދު އެސްފިޔަ ޖެހޭގޮތްވުން
6- ލޮލުގެ ކުލަ ރީނދޫވުން ނުވަތަ ފެހިކުލަ އެރުން (ޚާއްޞަކޮށް ކުޑކުދިންނަށް އެސްފީނާ ޖެހުމުން)
7- ބޮލުގައި ރިހުން
8- ބުރަކަށިން ހޫނުއެރުން ނުވަތަ އަބަދުހެންވެސް ބުރަކަށި ވަކިން ގަދަޔަށް އުދާސްވެފައި ހުރުން.
9- ވާނުވާއެއް ނޭނގި ވަރުބަލިވުން / އަބަދުހެންވެސް ވަރުބަލިކަން ނުފިލާ ހުރުން
10- ކުރިން ކުރަމުން އައި ކަމެއް ކުއްލިއަކަށް މީހަކު ކުރާ ތަޢުރީފަކަށްފަހު ކުރުމަށް ނުކުޅެދުން ނުވަތަ ކުރެވޭ ގޮތް ނުވުން.
11- މީހަކު ތަޢުރީފުކުރިފަހުން އެތަޢުރީފުކުރި ކަމެއްގައި ގެއްލުން ވާންފެށުން ނުވަތަ އެތަޢުރީފު ރައްދުކުރި މީހާ ބަލިވުން
12- އާދަޔާ ޚިލާފަށް ގައި ކެހުން
13- ގައިގެ ހަން ރަތްވެ، ކަހާ، އާދަޔާޚިލާފަށް ބިހިނެގުން ފަދަ ކަމެއް ދިމާވެ ބޭހުންވެސް ރަނގަޅުނުވެ ވާނުވާ ނޭނގޭފަދައިން މިފަދަ ކަމެއް ދިމާވުން.
14- ކުޑަ ކުއްޖަކަށް އެސްފީނާ ޖެހުމުން، އާދަޔާ ޚިލާފަށް ރޮއެ، ރޭގަނޑު ނުނިދާ، ނުކައި، ނުވަތަ މައިމީހާގެ ގާތުން ނުބުއިން ފަދަ ކަންކަން ދިމާވެއެވެ.
މިއީ މައިގަނޑުގޮތެއްގައި ފެންނަ ބައެއް ޢަލާމާތެވެ. އެސްފީނާއަކީ އޭގެ ސަބަބުން ކޮންމެ ކަމެއްވެސް ދިމާވެދާނެ އެއްޗެކެވެ. އެހެންކަމުން ޢަލާމާތުގެ ގޮތުގައި ހުރިހާކަމެއް ލިޔަންވެއްޖެނަމަ ކިޔާ މީހަކަށް ޝައްކާއި ވަހުމް ވަދެ، އޮޅުން އަރާފާނެކަމަށްޓަކައި، އެސްފީނާ ޖެހުމުން ފެންނާނެ ނުވަތަ ދެނެގަނެވޭނެ މައިގަނޑު މުހިއްމު ޢަލާމާތްތައް އެކަނި ލިޔެލުމަށްފަހު ކުރުކޮށްލީއެވެ. ޖިންނީގެ ފަރާތުން އެސްފީނާ ޖެހިއްޖެނަމަ، ޖިންނި އަވަލުމުން ފެންނަ ޢަލާމާތްތައްވެސް ޢާއްމުގޮތެއްގައި ފެންނާނެއެވެ.

ނޯޓް: މިޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ، މީހާގެ ހަށިގަނޑަށް ދިމާވާ ފިޒިކަލް (މާއްދީ) ކަންކަމަކީ، ޑޮކްޓަރީ،(ބޭސްވެރިކަމަކަށް) / މެޑިކަލް ކަމަކަށް ވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ހަމައެކަނި އެއްމެ ޢަލާމާތެއްގެ މައްޗަށް ބަރޯސާވެ އެއީ އެސްފީނާކަމުގައި ބަލައިގެން ނުވާނެއެވެ. ނަމަވެސް މެޑިކަލް ސަބަބެއްނެތި އެކަން ދިމާވާނަމަ، ނުވަތަ ރުޤްޔާ ކިޔެވުމުން އެއުނދަގޫ ބޮޑުވާނަމަ، އަދި މިޢަލާމާތްތަކުގެ ތެރެއިން ގިނަކަންކަން ދިމާވާނަމަ އެސްފީނާ ކަމުގައި ބަލައި ފަރުވާ ކުރެވިދާނެއެވެ.

2- ރުޤްޔާ ކިޔަވައިގެން: ތިރީގައި މިބަޔާންކުރަނީ ސުންނަތުން ޘާބިތުވާ ބައެއް ދުޢާތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ކުރު ރުޤްޔާއެކެވެ. މިރުޤްޔާ އެސްފީނާ ޖެހިފައިހުރިތޯ ބެލުމަށް އަމިއްލައަށް ކިޔަވާށެވެ. ތަކުރާރުކޮށް ކިޔަވާށެވެ. ނުވަތަ އަނެކާއަށް އެސްފީނާ ޖެހިފައިހުރިތޯ ބެލުމަށް، އެސްފީނާ ޖެހިފައިކަމަށް ޝައްކުވާމީހާ ކައިރީ އަޑުއިވޭވަރަށް ކިޔަވާށެވެ. މިގޮތުން 7 ފަހަރު ނުވަތަ އެހެންވެސް އޮނަހިރި ޢަދަދުގެ މިންވަރަކަށެވެ. 7 ފަހަރު ކިޔެވުން ލާޒިމެއް ނޫނެވެ. އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ 3 ފަހަރު ކިޔެވުމުންވެސް ޢަލާމާތްތައް ފާޅުވެއްޖެނަމަ ހުއްޓާލެވިދާނެއެވެ. ކިޔެވުމުން، ހަށިގަނޑަށް އުނދަގޫތައްވާނަމަ އެސްފީނާ ޖެހިފައިހުރިކަން ޔަޤީންވީއެވެ. ކިޔަވަމުންދާއިރު ފެނިދާނެ ބައެއް ޢަލާމާތްތަކަކީ:

1- ލޮލުގައި ގަދަޔަށް ރިހުން
2- ލޮލުން ފެން އަންނަން ފެށުން
3- އާދަޔާ ޚިލާފަށް ގައި ކަހަން ފެށުން
4- ބުރިކަށިން ނުވަތަ އުނަގަނޑުން ހޫނުއެރުން
5- ބޮލަށް ބަރުވުން ނުވަތަ ބޮލުގައި ރިހުން.
6- ބަނޑަށް ތަދުވުން ނުވަތަ ގައިގެ އެހެން ތަނެއްގައިވިޔަށް ރިހުން.
ކިޔަވަން ފަށާއިރު ހަށިގަނޑަށް ނުވާ އުނދަގުލެއް، ނުވަތަ އިސްވެ ބަޔާންވެދިޔަ ފަދަ އުނދަގުލެއް ކިޔަވަމުންދާވަރަކަށް ވާނަމަ އެސްފީނާ ޖެހިފައި ހުރީއެވެ. އެސްފީނާއަށް ފަރުވާކުރާނެގޮތާއި، އެސްފީނާއަށް ފަރުވާކުރާނެ ރުޤްޔާތައް މިސައިޓްގައި ހިމެނިފައިވާނެއެވެ.

ނޯޓް: މިރުޤްޔާގައިވާ ދުޢާތައް އެވަނީ އަމިއްލަ ނަފްސުގެ މައްޗަށް ކިޔަވާ ޢިބާރާތުންނެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެން އެސްފީނާއާއި އެހެންވެސް އިތުރު މުޞީބާތްތަކާއި ބަލިތަކުން ސަލާމަތްކުރައްވާށިއެވެ. އަދި ޙާލުގައި ޖެހިފައިވާ، ނުވަތަ ވާނުވާނޭނގި ގޮތްހުސްވެފައިވާ އެސްފީނާޖެހިފައިވާ އަހުލުވެރީންނަށް މިލިޔުމުގެ ސަބަބުން ހެޔޮމަގު ދައްކަވައި، މީގެ އެންމެ ހެޔޮ ފައިދާ މިންވަރުކުރައްވާށިއެވެ.
އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
إِنَّ الْعَيْنَ لَتُولِعُ بِالرَّجُلِ بِإِذْنِ اللَّهِ ، حَتَّى يَصْعَدَ حَالِقًا ثُمَّ يَتَرَدَّى مِنْهُ
މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ.

(ނިމުނީ)

ލިޔުމުގެ ޕީ.ޑީ.އެފް (އުނިއިތުރުކުރުމަކާއިނުލާ ޕްރިންޓްކޮށް ބެހުމަށް)

Download (PDF, 693KB)

  1. 1. Ruqya to Self diagnosis for evil eye

    ޑައުންލޯޑް 8234 ފަހަރު ޑައުންލޯޑުކުރެވިފައި

ޙިޔާލުފާޅުކުރައްވާ

12 ކޮމެންޓު

  1. ސުޖާ

    މިދެ ޑޮކިއުމަންޓްވެސް ޑައުންލޯޑެއް ނުކުރެވުނު!
    ކިހިވެއްވެބާ!

    1. ސާއްޕެ

      ރައިޓްކްލިކް ކޮށްލުމަށްފަހު ސޭވް ކުރޭ! އެއިރުން ޑައުންލޯޑް އެބަކުރެވޭ! ޔޯ!

    2. sinan

      ތިރީގަ އިންނާނެ އިގިރޭސިން ލިޔެފަ ޑައުންލޯޑް ޕީޑީއެފް 693 އެއަށް ފިއްތާލީމަ ހުޅުވޭނެ ޕީޑީއެފް އެއަށްފަހު ސޭވުކުރޭ

  2. ޒާން

    ތިހާ ދިގު ދުޢާއެއް 5 ނޫނީ 7 ފަހަރު އެއްތާކު އިނދެގެން ކިޔަވައިނަމަ ކަމެއް ނެތަސް މަަތީގަ ލިޔެފަ ހުރި ކޮންމެވެސް އެއް އުނދަގުލެއް ޖެހޭނެ….

    1. ޤުރުއާނާއި ދުޢާތައް ގިނައިން ކިޔެވުމުން މީހަކަށް އުނދަގުލެއް ނުޖެހޭނެއެވެ. އަދި ކިއެއްތަ، ގިނައިން ކިޔަވާ ދުޢާ ކުރިވަރަކަށް އެމީހެއްގެ އީމާންކަން ވާނީ ތާޒާއެވެ. އެހެނެއްކަމަކު ރޫޙާނީ ބައްޔެއް ހުންނަމީހާއަށް އުނދަގުލެއް ވެދާނެއެވެ.

  3. Ashi

    Kudakudhin puppu laairu green kulaigai hunnanama e vedhaanetho esfeena ah??

    1. ކުޑަކުދިންނަށް އެސްފީނާ ޖެހުމުން ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ތިކަންވެސް ހިމެނެއެވެ.

      އިތުރު މަޢުލޫމާތު މިލިންކުން ބެއްލެވުން އެދެން.

      http://maithiri.com/47012/

  4. ރިޟްވާން

    އެސްފީނާ އެހެން މީހަކަށް ޖެހިފައިވޭތޯ ބެލުމަށް ކިޔަވަން ބޭނުންނަމަ ކިޔަަވަން ޖެހޭގޮތް ތަފާތު ވާނެތޯ؟

    1. ދުޢާތަކުގެ ޢިބާރާތްތައް އެހެން މީހެއްގެ މައްޗަށް ކިޔަވާ ގޮތަށް ބަދަލުކުރަން ޖެހޭނެއެވެ.

  5. އަޙްމަދު

    މި ޓެސްޓް ހަދައިގެން ބޮލަށް ބަރު ވީމަ ދެން އެކަން އެވަގުތު ރަނގަޅު ކުރާނީ ކިހިނެއްތޯ؟

    1. ސޯރަތުލް ފާތިޙާ ފެންތައްޓަކަށް ކިޔަވައިގެން ބޯލާށެވެ. ނުވަތަ ސޫރަތު ޔާސީން އަޑުއަހާލާށެވެ.