رَسُولُ الله صَلّي الله عَلَيْهِ وَسَلّمَ ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުން ހާ ގޮވައިލާ އަޑުއަހާ ހިނދު ފަހެ ﷲގެ ދަރުމަވަންތަކަމަށް އެދޭށެވެ. އެބަހީ މިފަދައިން ކިޔާށެވެ. “اَلَّلهـُمَّ إِنِّيْ أَسْأَلُكَ مِنْ فَضْلِكَ” ، މާނައީ ” އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަ ﷲގެ ދަރުމަވަންތަކަމަށް އިބަ ﷲގެ ޙަޟްރަތުން މިއަޅާ އެދެމެވެ.”

އެހެނީ ހަމަކަށަވަރުން އެ ހާ މަލާއިކަތަކު ދެކެފިއެވެ. އަދި ތިޔަބައިމީހުން ޙިމާރު ގޮވައިލާ އަޑުއަހާހިނދު ފަހެ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށްއެދި ﷲގެ ޙަޟްރަތުން އެދޭށެވެ. އެބަހީ މިފަދައިން ކިޔާށެވެ.

Close Ad X

أعُوْذُ بِااللهِ مِنَ الشَّيْطاَنِ الرَّجِيْم” މާނައީ ” ރަޙްމަތުން ދުރުކުރެވިފައިވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ ﷲގެ ޙަޟްރަތުން އެދެމެވެ.”

އެހެނީހަމަކަށަވަރުން އެ ޙިމާރު ޝައިޠާނަކު ދެކެފިއެވެ.”

މަސްދަރު : ޙިސްނުލް މުސްލިމް، متفق عليه.

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު