ޖިންނީންގެ ކިބައިން އެހީ ހޯދައި އެމީހުނަށް ބަރޯސާވެ ފަރުވާ ކުރާ ބައެއް ރާޤީންގެ ވާހަކަ މިހާރަކަށް އައިސް މާވަރަކަށް ދަނީ އަޑުއިވެމުންނެވެ. އެހެން ކަމުން މިމަޢުޟޫއަށް ރާއްޖޭގެ އެއްވެސް ޢިލްމުވެރިއަކު ލިޔުއްވާފައިވޭތޯ ބަލާހޯދީމެވެ. ނެތްނަމަ އެކަމާއި މެދު ލިޔެ ޢިލްމުވެރިއެއްގެ މުރާޖައާ އާއިއެކު ޝާއިއު ކުރުމަށެވެ. ހޯދި ހޯދުމުން އަޅުގަނޑަށް މިކަމާއި ގުޅޭ އެންމެ ޞައްޙަ ލިޔުމެއް ވަނީ ފެނިފައެވެ. އެލިޔުން ތިރީގައި މިވަނީއެވެ. 

މުއުމިނު ޖިންނީންނަށް ބޭކަލުންނޭ ކިޔައި މަތިވެރިކޮށް މިފަދަމީހުން ހަދައެވެ. އިންސީންނަށްވުރެ މަތީ ޤަދަރެއް ޖިންނީންނަށް ދިނުމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ އިންސާނާ ޚަލްޤުކުރައްވާ މާތްކުރައްވާ ޖިންނީންނަށް ، އެއިންސާނާއަށްޓަކައި ﷲއަށް ސަޖިދަ ޖެހުމަށް އަމުރުކުރައްވާފައިވާތީއެވެ. އަދި ބައެއް ފަރުވާކުރާ މީހުން ބަލިކުދިން ނުވަތަ މީހުން ކައިރީ ރައްކަލަށޭ ބުނެ “މުއުމިނު ޖިންނީން” ބައިތިއްބާ ހަދައެވެ. މިއީ ހެޔޮވާވަރު ކަމެއްނޫނެވެ. ކުއްޖާގެ ބަލި ދިގުދެމި ޖިންނީގެ އަސަރު ހަށިގަނޑުން ނުފިލާ ދެމިހުރުމަށް މިކަމުން މަގުފަހިވާނެކަން ކަށަވަރުކޮށްދެމެވެ.

Close Ad XGet My Ruqya Android App On Google Play

الحمد لله، والصلاة والسلام على رسول الله

أما بعد:

ޖިންނީންގެ ކިބައިން އެހީ ހޯދުމަކީ އެއްވެސް ގޮތަކަށް ހުއްދަކަމެއް ނޫނެވެ. އެއީ އަހަރުމެނަށް ޣައިބުގައި ވާ ބައެކެވެ. މާތް ﷲ ގެ ބަސްފުޅުގައި ވެއެވެ. { وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا } الجن 6. މާނައަކީ: “އަދި ހަމަކަށަވަރުން އިންސީންގެ ތެރެއިން ބަޔަކު މީހުން ޖިންނީންކުރެ ބައެއްގެ ކިބައިން ރައްކާތެރިކަމަށް (އެހީއަށް) އެދޭކަމުގައި ވިއެވެ. ފަހެ އެކަމުގެ ސަބަބުން ޖިންނީން އިންސީންގެ މައްޗަށް ގަދަވެ، އެމީހުނަށް ބިރުދައްކައި ހެދުމުގައި އިތުރުވިއެވެ.” މިއާޔަތުގައި އެވަނީ އާންމުކޮށް ޖިންނީންގެ ގާތުން އެހީތެރިކަމަށް އެދުން މަނާކުރައްވައި އިންކާރު ކުރައްވައިފައެވެ. އެއީ ބޮޑު ޝިރުކާއި ހަމައަށް ދިއުމުގެ މަގު ބަންކުރުމަށްޓަކައެވެ. فتاوى اللجنة الدائمة، (ج 1، ص 220)

އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގައި ވެއެވެ. { وَقَالَ أَوْلِيَاؤُهُمْ مِنَ الْإِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَا أَجَلَنَا الَّذِي أَجَّلْتَ لَنَا قَالَ النَّارُ مَثْوَاكُمْ خَالِدِينَ فِيهَا ..} الأنعام الآية 128. މާނައަކީ: ” ކާފަރުންނާއި ޖިންނީންގެ ތެރެއިން އެމީހުންގެ ރަޙުމަތްތެރިން މަޙުޝަރު ކުރެވޭ ދުވަހުގައި އިންސީންކުރެ ޖިންނީންގެ ރަހުމަތްތެރިން ބުނާނެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންމެން (އިންސީންނާއި ޖިންނީން) އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތީމުއެވެ. (އެހާލުގައިވަނިކޮށް) އިބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވާފައިވާ އަޖަލު އައިސް ޖެހުނީއެވެ. މާތް ﷲ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންގެ ތަނަކީ އަލިފާނެވެ. އެތަނުގައި އަބަދަށް ދެމި ތިބޭނެއެވެ.”

އިންސީންނާއި ޖިންނީން އެއްބަޔަކު އަނެއްބައެއްގެ ކިބައިން ފައިދާ ލިބިގަތުމުގެ މާނައަކީ: އިންސީން ޖިންނީންނަށް މާތްކޮށް ހިތައި، އެތަކެއްޗަށް ކިޔަމަންވެ، އެތަކެތީގެ ކިބައިން އެހީއަށް އެދުވުމެވެ. އަދި ޖިންނީން އިންސީން ބޭނުންވާ ކަންތައް ކޮށްދީ، އެމީހުން އެދުނު ކަންތައްތައް ފުއްދައިދިނީއެވެ. އެއީ އިންސާނުންނަށް ނޭންގޭ ފަދަ މީހުންގެ ބައްޔާއި އޭގެ ސަބަބު ބުނެދިނުން ފަދަ ކަންކަމެވެ.  فتاوى اللجنة الدائمة (ج 1، ص 92).

ވީމައި މި އާޔަތްތަކުގެ އަލީގައި އެއްވެސް ގޮތަކަށް ޖިންނީންގެ އެހީ ހޯދުމަކީ ޙަރާމްކަމެއްކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދިކިޔެއް، އިންސާނުންނަށް ހުއްދަ މިންގަނޑުގައި ޙަލާލު ފަރުވާ ހޯދުމަށް ދާންޖެހޭނީ އިންސާނުންގެ ގާތަށެވެ! ބަލި މީހަކަށް ޝިފާއަށް އެދި ޝިފާ ދެއްވާ ފަރާތަކީ ހަަމައެކަނި ﷲ ތަޢާލާކަމުގައި އީމާން ވުމާއި އެކުގައި، ބައްޔަށް ބޭސްކުރުމަށްޓަކައި ޑޮކްޓަރީ ފަރުވާ ހޯދުމަކީ މާތް ﷲ ހުއްދަ ކުރައްވާފައި ވާ ކަމެކެވެ. ހަމައެފަދައިން، ޖިންނީގެ ނުވަތަ ސިޙުރެއްގެ އުނދަގުލެއް ފޯރައިފައިވާ މީހެއް ނަމަ އެކަން ރަނގަޅުވުމަށް އެދިގެން ކީރިތި ޤުރްއާން ކިޔެވުމާއި ސުންނަތުގައި ވާރިދުވެފައިވާ ދުޢާ އާއި ވިރުދުތަކުން ފަރުވާ ކުރުން ވަނީ ކަނޑައަޅުއްވާފައެވެ. އަދިވެސް އެފަދަ ކޮންމެ ކަމެއް ކުރުމުގެ ޝަރުޢީ މަގުތަކެއް ﷲ އާއި އެކަލާނގެ ރަސޫލާ  ކަނޑައަޅުއްވާފައި ވެއެވެ. ވީމައި ޝަރުޢުވެގެންވާ މަގަކުން މެނުވީ އެފަދަ ކަމެއް ކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް އެއީ މީހާ ޝިރުކުގެ ތެރެއަށް ގެންގޮސްދާނެ، ނުރައްކާތެރި ކަމެކެވެ.

والله أعلم، وصلى الله على محمد وآله وسلم

ޝެއިޚް އާދަމް ޝަމީމްގެ ވެބްސައިޓުން ނަގާފައި

ޙިޔާލުފާޅުކުރައްވާ

5 ކޮމެންޓު

  1. pindey

    ey ee kadaeyligeyn haraam kameh jinni kairyh eyhee hoadhaa dhinumah aharumen abadhuves hadhaan bahathan jeyheyneh allah jinni ves ufehdhey v allah malaaikathunnaa insaanun ves ufehdhey v aharumen allah ah dhuaa kuran jeyheynyh allah ah adi allah a vaagi eydheynyh allah ey myhaku kuri massai kathakah minvaru kurah vaaney shifaa hoadhan beynun nama ey aa ehvarah namaadhu koh sunnai namaadhu koh roadha hyfaa heydhunaa haveeru ge dhuaa kiyun adi adhu ahanjeyhey ehchihi adhu ahaa adhu naahan jeyhey ehchihin ehkibaa vaa myhaku allah ey myhakah shifaa dheh vaaney … hama eykani myhaku aiss kithanmey varakah faditha hadhaa feyn alhaa kiyea viyeh kamaku ragalheh nuvaaney sihr jeyhifa huri myhaku nuvatha jinni avalavaafa huri myhaku ehkameh vess nukoh aih uraalaageyn huriyaamun.. eymyhaku ves vaaney hama fanditha hadhaa myhaa ah thureh ves gadha alhaa massai kai kuran gina myhun gabool kuraa gothuga fanditha hadhaa myhaa jeyheynyh kameh veyfa huryaamun ragalu kuran .. ey eh noon dhey k ney gothakyh hama eykani fanditha hadhaa myhaa ah thureh ehthah haas gunaeh sihr jeyhifa huri myhaa nuvatha jinni avalavaafa huri myhaa jeyheyney eythah kameh ragalhu kohffa eythah kameh ragahu kuran … muhminnu jinni kairin vaagi eydhigeyn kanthah kurumakyh ragalhu kameh noon ey ee allah ah vaagi eydheyn jeyheynyh jinni kairin naku noon jinnin neh noon mi dhuniyea ufeh dhey v jinnin neh noon insaanun dhuniyeah leh v allah eyy haaligu vanthah ehmeh baaru huri faraathakyh

  2. pindey

    vara ragalhu mykahala gina mauloomaathu gina ginainn foahru koh dhyhfiyaamun eyrun vara gina kanthah thakun olhun filaaney mi than dhoru neygey myhunnah

    1. މުންޑޭ

      ޕިންޑޭ މިއީ ހާދަހާ ތަންދޮރު އެނގޭ މީހެކޭދޯ! އެހެން މީހުންނަށް ކުޑައިމީސް ބަސް ބުނާއިރު ކޮމެންޓު ތާނައިން ޓައިޕްވެސްކޮށް ނުލެވުނު. ލެޓިނުން ކުރިއިރުވެސް ކުޑަކުއްޖަކުވެސް ނުލިޔާހާ ކޮށިކޮށްލިޔެފަ ތިއޮތީ. ތަންދޮރު ނުދަންނަނީ އެއް ނޫން، ތަޢުލީމީ ނިޒާމުގައި ހުރި މައްސަލައެއް، ތަރުބިއްޔަތުގައި ހުރި މައްސަލައެއް، ޢިލްމުގެ އަހުލުވެރިން އެބައިމީހުންގެ ދައުރު އަދާކުރުމުގައި ފަސްޖެހުން ދިމާވި މައްސަލައެއް ސިޔާސީ މައްސަލައެއް. ﷲއިރާދަކުރައްވައިގެން މިހާރު މީހުން ހޭލުންތެރިވާން ފަށައިފި. ޢިލްމު ފެތުރެން ފަށައިފި. ޕިންޑޭއަށްވެސް މިކަންތައްތައް ކޮންމެވެސް ގޮތަކުން އެނގިއްޖެ.

  3. ފަލާޙް

    إستعانة(މަދަދަށާ ވާތްގަށް އެދުން)ކޮންމެ ދުވަހަކު ނަމާދުގައި إياك نعبد وإياك (نستعين) އަޅަމެން އަޅުކަންކުރަނީ އަދި މަދަދަށާ ވާތްގަށް އެދެނީ އިބަاللهގެ حضرة ން ނުވަތަ إستعاذة(أعوذ)(ސަލާމަތް ކަމަށްއެދުން) މި ދެކަން މިއީ ޖިންނީންގެ ކިބައިން އެދެފި ނަމަ އިންސާނާ شرك ގެތެރެއަށް ދާ ކަންކަން ޖިންނީންގެ ކިބައިން މި 2ކަމަށް އެދެފި މީހާ ފަހެ އެކުރީ شرك އެއް إستعانة އަދި إستعاذة للجن حرام ވެގެންވޭ…….

  4. yoosuf

    ބައެއް ރާޤީން ރުޤުޔާ ކުރަމުން ދާއިރު އެމީހުންނަށް އަސްލު ބަލިމީހާއަށް ވާގޮތް ނުވަތަ އަންނަ ބަދަލުތައް ގިނަފަހަރު ނޭނގޭތަންވެސް އާދެއެވެ. އޭގެ ސަބަބުން ބަލިމީހާއަށް ވަރަށް ގިނަ ތަފާތު އަނިޔާތައްވެސް ލިބިފައި އެބަހުއްޓެވެ. އަދި ބައެއް ރާޤީންނަށް އެކިމީހުންގެ ތަފާތު ކަމާހެދި ބައެއްފަހަރު ކުރިޔަށްދާން ނޭނގުނީމާ މުއުމިނު ޖިންނީންނަށް ގޮވާ ވަމުން އަންނަ ގޮތާއި ދެންކުރިޔަށް ދާންވި ގޮތާއި ބެހޭގޮތުން އޮޅުން ފިލުވާފައިވާލެއްވެސް މަދެއް ނޫނެވެ. އަދި ބައެއް ރާޤީން ގޮތް ހުސްވެގެން އުޅޭތަން ފެންނަ ފަހަރުވެސް އާދެއެވެ. ރުޤްޔާ ކުރުމުގައި ޖިންނީންގެ ވާގި ހޯދުމަކީ ޙަރާމް ކަމެއްކަމުގައި ވީތީ ރާޤީން ކުރަމުން އަންނަ މިފަދަ އަމަލުތައް ހުއްޓާލުމަށް އަޅުގަނޑުގޮވާލަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮވިސްނުން ދެއްވާށިއެވެ. ޢާމީން..