ސުވާލު:
އިނގިފަވާގޮތުގައި އަޅުގަނޑުގެ ޢާއިލާއަށް ސިހުރު ހަދާބަޔަކު އުޅެއެވެ. އެހެންކަމުން ޢާއިލާގެ މީހުންނަށް ޖިންނީގެ އުނދަގޫވެއެވެ. ވީމާ މިކަމުން އަޅުގަނޑުގެ ޢާއިލާ ސަލާމަތްވެ ތިބުމަށް ކުރާނެ ކަންތައްތައް ތަފްޞީލްކޮށް ބުނެދެއްވުން އެދެން..
ޖަވާބު:
ޖަވާބު ދެއްވީ: އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް
الحمد لله، والصلاة والسلام على من لا نبي بعده،
ސިޙުރު ޖެހިފަިއިވާ މީހަކަށް ބޭސް ކުރުމުގައި ސިޙުރު ހަދާމީހެއް ކައިރިއަށް ގޮސް އެމީހަކު ލައްވާ ސިޙުރު ހައްދުވައިގެން ނުވާނެއެވެ. ސަބަބަކީ ނުބައިކަމެއް އިތުރު ނުބަޔަކުން ފޮހެ ނުލެވޭނެތީވެއެވެ. އަދި ކުފުރުވެރިކަން އިތުރު ކުފުރުވެރިކަމަކުން ވެސް ދުއްވާ ނުލެވޭނެތީވެއެވެ. އެހެންނަމަވެސް، ނުބައިކަން ދުއްވާލެވޭނީ ހެޔޮކަމަކުންނެވެ. އެހެންކަމުން ނަޝްރާ (ސިޙުރުން ސިޙުރު ބާޠިލް ކުރުން) އާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލުވެވުނު ހިނދު ޙަދީޘް ކުރެއްވިއެވެ. (هي من عمل الشيطان) މާނައަކީ: “އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ”. ސިޙުރުވެރިޔާ ސިޙުރު ހަދަން ދަސްކުރަނީ ޝައިޠާނާގެ ކިބައިންނެވެ. ޝައިޠާނާ އަށް އަޅުކަން ކުރުމަށްފަހުގައެވެ. އަދި ޝައިޠާނާ ބޭނުންވާ އެތައް ކަންތަކެއް ކޮށްދިނުމަށްފަހުގައެވެ. އެހެންކަމުން އެއީ ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ. ވީމާ، އެކަމުން ދުރުހެލިވުމަށް އަޅުގަޑުމެން ކޮންމެ މީހަކުވެސް ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. އަދި އަޅުގަޑުމެންގެ ބަސްވިކޭ ކޮންމެ މީހަކުވެސް މިފަދަ ނުރައްކާތެރި ކަންތަކުން ދުރުހެލިކުރުވުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރަންވާނެއެވެ.
އެހެންކަމުން ސިޙުރު ބާޠިލް ކުރުމަށް ޓަކައި ފަރުވާ ކުރަންވާނީ ގުރްއާނުންނާއި ޙަދީޘް ގައި ވާރިދުވެފައިވާ ޞައްޙަ ރުގްޔާ އިންނެވެ. ބަލިވުމުން ޑޮކްޓަރުން ކައިރިއަށް ގޮސް ބޭސްކުރާ ފަދައިން ސިޙުރު ޖެހުމުން ވެސް ފަރުވާ ހޯދަން ޖެހެއެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ކޮންމެ ބަލި މީހަކަށް ޝިފާ ނުލިބި ހިނގައިދާނެކަމެވެ. ބައެއް ފަހަރަށް ބަލިމީހުންނަށް ފަރުވާ ކުރުމުން އޭނާގެ އަޖަލުގައި ބާކީ ދުވަސް އޮތް ނަމަ ޝިފާ ލިބެއެވެ. ނޫންނަމަ އެބައްޔެެއްގައި އޭނާ މިދުނިޔެ ދޫކޮށް ދެއެވެ. ކިތަންމެ މޮޅު ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދިނަމަވެސް އެވެ. މަރުއައިސް ޖެހުމުން ޑޮކްޓަރެއްގެ މޮޅުކަމެއް، ފަރުވާގެ މޮޅުކަމެއް ނޯވެއެވެ. އަލްމުނާފިގޫން ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ (ولن يؤخر الله نفساً إذا جاء أجلها) މާނައަކީ “އެއްވެސް ނަފްސެއްގެ އަޖަލު އައިސް ޖެހުމުން މާތް ﷲ އިތުރަކަށް ލަހެއް ނުކުރައްވައެވެ”. އެހެންކަމުން ޑޮކްޓަރުންނާއި ފަރުވާގެ ސަބަބުން ފައިދާ ކުރާނީ އަޖަލު އައިސް ނުޖެހޭ ނަމައެވެ.އަދި ﷲ އެމީހަކަށް ޝިފާ ދެއްވުމަށް އިރާދަ ކުރައްވާފައިވާނަމައެވެ. ނޫންނަމަ ކުރާނެ ކަމެއް ނޯންނާނެއެވެ. އެހެންކަމުން، ސިޙުރު ޖެހިފައިވާ މީހާވެސް ހަމަ މިފަދައެވެ. ފަހަރުގައި އޭނާގެ ބައްޔަށް (ޖެހިފައިވާ ސިޙުރަށް) ﷲ ޝިފާ ދެއްވުން އެކަށީގެންވެ އެވެ. ނޫންނަމަ އެބަލީގައި އޭނާ މިދުނިޔެ ދޫކޮށް ދާން ވެސް ޖެހިދެއެވެ. މިއީ ﷲ އަޅުތަކުންނަށް ކުރިމަތި ކުރެއްވި އިމްތިޙާނެކެވެ. މިކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއް ކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ސުބްޙާނަހޫ ވަަތަޢާލާ އެވެ.
ސިޙުރުޖެހިފައިވާ މީހާ އަށް ފަރުވާ ކުރުމުގައި ޝަރީޢަތުގައި ވާރިދުވެފައިވާ ކަންތަކުގެ ތެރޭގައި ގުރްއާން ކިޔެވުމާއި ބައެއް ޛިކުރުތައް ކިޔުން ހިމެނެެއެވެ. އެގޮތުން ފުރަތަމަ ގުރްއާނުގައިވާ އެންމެ މަތިވެރި ސޫރަތްކަމަށްވާ ސޫރަތުލްފާތިޙާ ކިޔަވަންވާނެއެވެ. ތަކްރާރުކޮށް ކިޔަވާނީއެވެ. ކޮންމެ ކަމެއްވެސް ނިމިގެން ދާނީ ﷲ ގެ ގަޟާ ގަދަރުގައި ވާ ގޮތަށްކަންދަނެ، ﷲ އީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން ދަނެ، ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަމަކަށް “ވާށޭ” މިހެން ވަޙީ ކުރެއްވުމުން އެކަމެއްވާނެކަން ދަންނަ ޞާލިހް ތަގްވާވެރި، އަޅަކު އިޚްލާޞްތެރިކަމާއި އެކު ސޫރަތުލްފާތިޙާ ތަކްރާރުކޮށް ކިޔަވައިފިނަމަ ﷲ ގެ ރަޙްމަތުން ބަލިމީހާ އަށް ޝިފާ ލިބޭނެއެވެ.
އެެއްފަހަރެއްގައި ބާދިޔާއެއްގެ އަމީރެއްގެ ގަޔަށް ހަރުފައެއް ކަށިޖަހައިގެން އުޅެނި ކޮށް ޞަޙާބީންނަށް ދިމާވިއެވެ. އެޒަމާނުގައި ކުރެވެން ހުރި ހުރިހާ ބޭހެއް އޭރުވަނީ ކޮށްފައެވެ. ނަމަވެސް، އެއިން އެއްވެސް ބޭހަކުން ފަރުވާ އެެއް ނުލިބުނެވެ. އެހެންކަމުން ޞަޙާބީންނަށް ދެންނެވުނެވެ. “ތިޔަބައިމީހުންގެ ތެރޭގައި ރުގްޔާ (ޝަރްޢީ ހަމަތަކުގެ މަތިން ހަދާ ފަންޑިތަ) ހަދާމީހަކު އެބަހުރި ހެއްޔެވެ؟”، ޞަޙާބީން ދެންނެވިއެވެ. “އާދޭހެވެ”، އެހިނދު ޞަޙާބީ ބޭކަލަކު ސޫރަތުލްފާތިޙާ ކިޔަވައި ވިދާޅުވިއެވެ. ކިޔަވައި ވިދާޅުވުމާއި އެކު ބަލިމީހާ އެއްކޮށް ރަގަޅުވެގެން ތެދުވެއްޖެއެވެ. އޭނާގެ ބައްޔަށް ފުރިހަމަ ޝިފާ ލިބިއްޖެއެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا بأس بالرقي ما لم تكن شركاً) މާނައަކީ: “ރުގްޔާ ހެދުމުގައި ޝިރްކު ނުކުރާނަމަ މައްސަލަ އެއް ނެތެވެ”. ޚުދު ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރުގްޔާ ހެއްދެވިއެވެ. ރުގްޔާ އަކީ އޭގައި ގިނަގުނަ ފައިދާ ތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ސިޙުރު ޖެހިފައިވާ މީހެއްގެ ކައިރީގައި ސޫރަތުލްފާތިޙާ އާއި އާޔަތުލް ކުރްސީ، އަދި އިޚްލާޞް، ފަލަގި، ނާސް، މި ސޫރަތްތަކާއި އެނޫންވެސް ސިޙުރު ބާޠިލް ކުރާ އާޔަތްތައް ކިޔެވުން ރަގަޅެވެ. މީގެ އިތުރުން ޙަދީޘް ގައި އައިސްފައިވާ ބައެއް ޛިކުރުތައް ވެސް ކިޔުން ރަގަޅެވެ. ކީރިތި ރަސޫލާ- ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ބައެއް ބަލިމީހުންނަށް ރުގްޔާ ހެއްދެވުމުގައި އަންނަނިވި ދުޢާ ކިޔުއްވި ކަމަށް ވާރިދުވެފައިވެއެވެ. (اللهم رب الناس ، أذهب البأس ، واشف أنت الشافي لا شفاء إلا شفاؤك شفاء لا يغادر سقماً) މި ދުޢާ ތިންފަހަރަށް ނުވަތަ އެއަށް ވުރެވެސް ގިނަފަހަރު ތަކުރާރު ކުރެއްވިކަމަށް ވާރިދރުވެފައިވެއެވެ. އަދިވެސް ޘާބިތުވެފައިވެއެވެ. (بسم الله أرقيك ، من كل شيء يؤذيك ، ومن شر كل نفس أو عين حاسد الله يشفيك ، بسم الله أرقيك) މި ރުގްޔާ ތިންފަހަރަށް ތަކުރާރު ކުރެއްވިކަމަށް ޘާބިތުވެއެވެ.
ކިރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ވާރިދުވެފައިނުވާ، ދުޢާ އެއް އަމިއްލަ ބަހުން ކީ ކަމުގައި ވީ ނަމަވެސް މައްސަލައެެއް ނެތެވެ. ޝިރްކަކަށް ނުވަނީނަމައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا بأس بالرقي ما لم تكن شركاً) މާނައަކީ: “ރުގްޔާ ހެދުމުގައި ޝިރްކު ނުކުރާނަމަ މައްސަލަ އެއް ނެތެވެ”.
ސިޙުރު ޖެހިފައިވާ މީހާ އަށް ބޭސް ކުރުމުގައި ސިޙުރު ބާޠިލް ކުރާ އާޔަތް ތައް ފެން އެއްޗަކަށް ކިޔެވުމަށްފަހު ބަލިމީހާ އަށް ބޯންދިނުންވެސް ހިމެނެއެވެ. ސިޙުރު ބާޠިލް ކުރާ އާޔަތް ތަކަކީ:
1. ސޫރަތުލް ފާތިޙާ.
بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾
2. ސޫރަތުލްބަގަރާގެ 1 އިން 5 އަށް.
الم ﴿١﴾ ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿٢﴾ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾ أُولَـٰئِكَ عَلَىٰ هُدًى مِّن رَّبِّهِمْ ۖ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥﴾
3. ސޫރަތުލްބަގަރާގެ 255 އިން 257 އަށް.
اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ ﴿٢٥٦﴾ اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ ۖ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُم مِّنَ النُّورِ إِلَى الظُّلُمَاتِ ۗ أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٥٧﴾
4. ސޫރަތުލްބަގަރާގެ 102 ވަނަ އާޔަތް.
وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ ﴿١٠٢﴾
5. ސޫރަތުލް އަޢްރާފް ގެ 117 އިން 122 އަށް.
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾
6. ސޫރަތު ޔޫނުސް ގެ 79 އިން 82 އަށް.
وَقَالَ فِرْعَوْنُ ائْتُونِي بِكُلِّ سَاحِرٍ عَلِيمٍ ﴿٧٩﴾ فَلَمَّا جَاءَ السَّحَرَةُ قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ ﴿٨٠﴾ فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾
7. ސޫރަތު ޠާޙާ ގެ 65 އިން 69 އަށް.
قَالُوا يَا مُوسَىٰ إِمَّا أَن تُلْقِيَ وَإِمَّا أَن نَّكُونَ أَوَّلَ مَنْ أَلْقَىٰ ﴿٦٥﴾ قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ ﴿٦٦﴾ فَأَوْجَسَ فِي نَفْسِهِ خِيفَةً مُّوسَىٰ ﴿٦٧﴾ قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ ﴿٦٨﴾ وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾
8. ސޫރަތުލް އިޚްލާޞް، ފަލަގް، ނާސް (ތިންފަހަރު ތަކުރާރު ކުރަން).
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
މި އާޔަތްތައް ފެން އެއްޗަކަށް ކިޔަވައި ބަލިމީހާގެ ގަޔަށް އޮއްސާލާށެވެ. ފެންގަނޑުގެ ތެރެއަށް ކުންނާރުފަތުގެ ހަތްފަތް ރަގަޅަށް ފުނޑާފައި އެއްކޮށްލުން ރަގަޅެވެ.
މިއީ ކުރެވެން ހުރިފަރުވާތަކެވެ. އަޅުތަކުން ކުރާނީ މަސައްކަތެވެ. ޝިފާ ދެއްވާނީ ﷲ ތަޢާލާ އެވެ. އެހެންކަމުން ބޭސްކުރާމީހާއާއި ބަލިމީހާގެ ހިތުގައި ވަރުގަދަ އީމާން ކަމެއް އޮުތުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ކޮންމެ ކަމެއްވެސް ވަނީ ﷲ ގެ އިރާދަފުޅާ ގުޅިފައިކަމާއި، ޝިފާ ދެއްވަނީ ﷲ ކަން ހެޔޮހިތުން ގަބޫލުކޮށްގެން ހުރެއްޖެނަމަ، އެމީހެއްގެ ބަލި ރަގަޅުވާލެއް ﷲ ގެ އިރާދަފުޅުން އަވަސްވާނެއެވެ. والله أعلم ރާއްޖެއިސްލާމް ސުވާލާއި ޖަވާބު ސެކްޝަނުން
. ރާއްޖެ އިސްލާމް އިން ނަގާފައި
އެޑްމިން ނޯޓް:
މިމައުޟޫއަށް ވަރަށް ތަފްޞީލު ލިޔުމެއް ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އިތުރު ފަރުވާތަކާއި އެކު މިސައިޓުގައި ހިމަނާނެ ވާހަކަ ދަންނަވަމެވެ -އަޖްނާދު-
masha allah
މާޝާﷲ
very beneficial
جزاك اللهُ خيراً
ކުޑަ ކުދީނ ރަށކާ ކރނ ކިހިނ
މިކަން ކުރަންޖެހޭނީ ކޮންގަޑިއަކު؟؟؟؟؟؟
އަލްހަމްދުލިއްލާހި! އަޖުނަދުއަށް ކާމިޔާބާއި ހެޔޮރަޙުމަތް ލައްވާށި. މިލިޔުމުގައި ކީރިތި ރަސޫލާ ރުޤްޔާ ހެއަދެވުމުގައި ކިޔުއްވި ދެ ދުޢާއެއް ހިމނާފައި ވެއެވެ. އެހެންނަމަވެސް ފިލި ނުޖަހާ ލިޔުއްވާފައި އޮތުމުން ކިޔަން ވަރަށް އުނދަގުލެވެ. ނުބައިކޮށްކީދާނެތީ ބިރުގަނެއެވެ. ވީމާ ޙަތިމުގައި ލިޔެފަހުންނަ ގޮތަށް ލިޔެލުމުން ކޮންމެ ބޭފުޅަކަށްވެސް ކިޔާލަން ވަރަށް ފަސޭހަވާނެއެވެ. ޝުކުރިއްޔާ!
މިއީ ވަރަށް ރަންގަޅު ލިޔުމެކެވެ. މިހާރަކަށް އައިސް މި މުޖްތަމައަށް ވަރަށް ބޭނުންތެރި މުހިއްމު ލިޔުމެކެވެ.
އަޅުގަނޑުވެސް ހަސަންގެ ކޮމަންޓަށް ތާއީދު ކުރަން އެހެނީ އެފަދަ ދުޢާތައް ކިޔުމުގައި ވަރަށް ފަރުވާތެރިވާންޖެހޭނެ ނުބައިކޮށް ކިއިދާނެކަމަށް. …
އަދި އިތުރުކޮށްލަންބޭނުން ވަނީ ސިހުރުހަދާފައިވާ ތަންތަނަށާއި، ތަކެތިން ސިހުރު ފިލުވުމަށްކުރެވިދާ ކަންކަމަކީ ކޮބައިތޯއޭ…. ދެން ނުކުންނަ ލިޔުމުގައި މިކަމަށް އަލިއަޅުވާލަދެއްވުންއެދެން! އަދި ފޮނުވާކޮމަންޓްތަކަށް ޖާވާބު ލިބޭގޮތް ހައްދަނވައި ދެއްވުން ވެސް އެދެން…….
އަޅުގަނޑުގެ ބޮލުގަ ރިއްސާތާ މިހާރު 04 އަހަރު ވަނީއެވެ. އަބަދުވެސް ބޮލަށް ހުންނަނީ ބޮލަށް ބަރުވެ(ބޮޑަށް ނިތްކުރިއާއި ދިމާލުގަ) ބޮލަށް އުދަގޫވާގޮތަވެފައެވެ. ބޮޑަށް އުދަގޫވަނީ އިރާކޮޅު އަދި ރޭގަނޑު ވަގުތުގައެވެ. އަދި މިހެންވާން ފެށީއްސުރެ އަޅުގަނޑުގެ ނޭފަތުން ކޮންމެވެސް އެއްފަރާތް ހުންނަނީ ބެދިފައެވެ. އެއްފަރާތް ހުޅުވޭއިރު އަނެތްފަރާތް ހުންނާނީ ބަންދުވެފައެވެ. މިމައްސަލާގައި އަޅުގަނޑު ރާއްޖޭގެ އެކިފެންވަރުގެ ޑޮކްޓަރުންނާއި އަދި އިންޑިއާގެ މަތީފެންވަރުގެ ޑޮކްޓަރުންނަށް ދައްކައި އެތައް ޓެސްޓެއް ހެދުމުން އެއްވެސް ބައްޔެއްނެތްކަމަށް ޓެސްޓްތަކުން ދައްކައެވެ. އެހެންވެ ޑޮކްޓަރުން އަޅުގަނޑަށް ދޭ ބޭހަކީ މައިގްރޭން އަށް ދޭ ބޭސް އެވެ. މިބޭސް ކާތާ މިވީހާ ދުވަސް ވީއިރު މިކަމަށް ހައްލެއް ނުލިބުނެވެ. ވީމާ އަޅުގަނޑަށް ޖެހިފައި މިހުރީ ސިހުރެއްތޯ ނުވަތަ ނޫންތޯ ބުނެދީބަލާށެވެ.
ޖެހިފައި ތިހުރީ ސިޙުރެއްތޯ ނުވަތަ ނޫންތޯ ޔަޤީން ކޮށްލުމަށް މިސައިޓުގެ އިމްތިޙާން ކުރުން މިބައިގައިވާ އޯޑިއޯ އަޑިއައްސަވާލައްވާށެވެ.
http://spiritualhealersofma.ipage.com/Maithiri/?cat=12
އަޅުގަނޑަކީ ވަރަށް ބޮލުގަރިއްސާ މީހެކެވެ. އަޅުގަނޑަށް ރުގުޔާ މިބައި ފެނުނީ ވަރަށް ފަހުންނެވެ. އަޅުގަނޑު ބޮލުގަރިއްސާވަރުން އެއްދުހު ހަމަ ވަރަށް ގިނަފަހަރު ސޫރަތުލް ފާތިހާ އާއި ކުރުސި ވަރަށް ގިނަފަހަރު ކިއެވީމެވެ. ދެން ބޮލުގަރިހުން މަޑުވިއެވެ. މި ބެލެވޭނީ ސިހުރު ނުވަތަ ޖިންނި ކަމެއް ކަމަށް ހެއްޔެވެ. ސިހުރު ޖެހިފައިވާ މީހާ އަށް އުނދަގޫ ކުރަން އެ އަންނަނީ ޖިންނި ހެއްޔެވެ. އަޅުގަނޑު އެކަނި މިކަން ރުގުޔާއިން ޓެސްޓު ކުރަން ވެދާނޭގޮތެއް ނޭންގޭތީ ވަރަށް ބިރުގަނެއެވެ. ދެން ކަންތަށް ކުރާނީ ކިހިނެއް