ފާލު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު:
ވަރަށް ގިނަ ދުވަހު ބޭސްކޮށްގެންވެސް ކުއްޖަކު ނުލިބުމުން ފާލު ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި ފާލުބަލާފައި ދަރިންނުލިބެނީ ސިހުރުވެރިކަމެއް ސަބަބުންނޭ އަދި ރަނގަޅުވާން ކަމެއްކުރަންޖެހޭނޭ ބުނެފިނަމަ ދެން ހަދަންވީ ކިހިނެއްތޯ؟

ޖަވާބު:

Close Ad XGet My Ruqya Android App On Google Play

ޖަވާބުދެއްވީ : އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކާހިނުން ގާތަށްގޮސް ކަންކަން އޮޅުންފިލުވާ ހެދުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެއީ ބޮޑުވެގެންވާ ނުބައިކަމެކެވެ. އެކަންކުރާމީހުންގެ ޙުކުމް ބަޔާން ކުރައްވާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. (مَنْ أَتَى عَرَّافًا فَسَأَلَهُ عنْ شَيْءٍ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ لَيْلَةً) މާނައަކީ: “ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހުންކުރެ ކަމަކަށް އެދި ސުވާލުކޮށްފިމީހާގެ ނަމާދު ސާޅީސްރޭ ވަންދެން ގަބޫލު ނުކުރައްވާނެއެވެ”.

އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. (مَنْ أَتَى كَاهِنًا أَوْ عَرَّافًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ) މާނައަކީ: “ކާހިނެއް ނުވަތަ ފާލުބަލާމީހެއްގެ ގާތަށްގޮސް އެމީހަކު ދައްކާވާހަކަ ގަބޫލުކޮށްފި މީހާ މުޙަންމަދުގެފާނުގެ މައްޗަށް ބާވާލެއްވި ތަކެއްޗަށް ކާފިރުވެއްޖެއެވެ”.

މިފަދަ މީހުންގެ ވާހަކަ ތައް ގަބޫލު ނުކުރުމަށް އަންގަވާފައިވާ ސަބަބަކީ އެބައިމީހުންނަކީ ޖިންނީންނަށް އަޅުކަން ކުރާ، ޖިންނީންގެ ފަރާތުން މަޢުލޫމާތު ހޯދާ ބަޔަކަށްވާތީވެއެވެ. އެމީހުން ނަމާދުކޮށް ގުރްއާން ކިޔަވާ އުޅެނީ މީސްތަކުންނަށް އޮޅުވާލުމުގެ ބޭނުމުގައެވެ. ޙަގީގަތުގައި އެބައިމީހުންނަކީ ގުރްއާނަށް އެންމެބޮޑަށް ކާފިރުވާމީހުންނެވެ. އެބައިމީހުން ގުރްއާން ނަޖިސް ތަކުގެ ތެރެއަށްލައި، ﷲ އަށް ކާފިރުވެ، ޖިންނީންނަށް  އަޅުކަން ކުރުމުން މެނުވީ ޖިންނީން އެބައިމީހުންނަށް އެއްވެސް މަޢްލޫމާތެއް ނުދޭނެއެވެ. އެބައިމީހުން ނަމާދުކުރި ކަމުގައިވީނަމަވެސް ޙަގީގަތުގައި އަޅުކަން ކުރަނީ ޖިންނީންނަށެވެ. ﷲ އަކަށް ނޫނެވެ.

އެއްވެސް މީހަކު މަރުވާނީ ކޮންތަނަކު ކޮންވަގުތަކު ކަމެއް ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އެނގިގެނެއް ނުވެއެވެ. ކަހީނުން ފާލުބަލާފައި ބުނާ އެއްޗަކީ ޙަގީގަތެއް ނޫނެވެ. ފަހަރުގައި ތެދެއް ހެދުނު ކަމުގައިވީނަމަވެސް ޙަގީގަތުގައި އެބައިމީހުން ހަދަނީ ހުސްދޮގެވެ. والله أعلم

ރާއްޖެ އިސްލާމްއިން ނަގާފައި

ޙިޔާލުފާޅުކުރައްވާ

2 ކޮމެންޓު

  1. saan

    fanditha verin naa sihuru verin ge thafaatheh veythoo…fanditha hadhaa konme meehakah jinni gennan neygi eba hurey…

    1. ފަންޑިތަ ވެރިންނޭ ބުނުމުން ސިޙުރުވެރިންނާއި ރުޤްޔާކުރާ މީހުންވެސް އޭގެތެރޭގައި ހިމެނޭ. ސަބަބަކި ފަންޑިތަ ދިވެހިބަހުގައި މާނަކުރާ ގޮތުންނަމަ ނުވަތަ ދިވެހިންގެ ތެރޭގައި އެބަސް ބޭނުންކުރާ ގޮތަށް ބަލާނަމަ، ހުއްދަ ފަންޑިތައާއި ޙަރާމް ފަންޑިތަ (ސިޙުރު) މަސްހުނި މާނައެއްގައި ބޭނުން ކުރަނީ. ފާލުބަލާ ކޮންމެ މީހަކު ޖިންނިއެއް ގެނެސްގެނެއް ނުބަލާނެ. އެކަމު އެއީ ސިޙުރުވެރިން. ބަލިމީހާ ނުވަތަ ކަމަކަށް އެދި ދާމީހާ ކުރިމަތީ ޖިިންނި ނުގެނެސްދާނެ. އެހެންނަމަވެސް އެމީހުން ތިބޭނީ ޝައިޠާނާ އެދޭ ގޮތުގެމަތީގައި. ރުޤްޔާ ކުރާ ކޮންމެ ފަހަރަކުވެސް ޖިންނި އަންނާކަށް ނުޖެހޭނެ. ސަބަބަކީ ކިޔަވަނީ ޖިންނި ގެންނާކަށް ނޫން . ﷲގެ ވާގިފުޅުން ޝިފާއަށް އެދި. ޖިންނި ހާޒިރު ވަނީ ކިޔަވަން ފެށުމުން އެސޮރަށް ވާ ތަކުލީފެއްގެ ބޮޑުކަމުން، ﷲ ގެ އާޔަތްތަކުގެ މަތިވެރިކަމުގެ ކުރިމަތީ އެސޮރުގެ ނިކަމެތިކަމުން ކެތް ނުވެގެން. އަނެއްބައި ފަހަރު އެސޮރު ދުވެފިލަނީ ހާޒިރުނުވެ. އަޑު ނުއިވޭ ހިސާބަށް ދަނީ. އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ.