ސުވާލު:

ތަވީދު އެޅުމުގެ ޙުކުމަކީ ކޮބާތޯ؟ ރުޤްޔާ ހުއްދަވަނީ ކިހިނެއް؟ އަސްލު ރުޤްޔާ އަކީ ކޮބާ؟ އަނބިމީހާ ވަރިވާން ބޭނުންވެގެން ފިރިމީހާއަށް ވަރިނުކުރާ ގޮތަށް ފަންޑިތަ ހެދުމަކީ ކޮންކަހަލަ ކަމެއްތޯ؟

Close Ad XGet My Ruqya Android App On Google Play

ޖަވާބު:

ތަވީދު އެޅުމާއި ބެހޭގޮތުން ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ من تعلق تميمة فقد أشرك މާނައީ ” ތަވީދެއް އަޅައިފިމީހާ ހަމަކަށަވަރު ޝިރްކު ކޮށްފިއެވެ.” އެހެން ރިވާޔަތެއްގައި އައިސްފައިވާބަސް ފުޅެއްގެ މާނައިގައި ވެއެވެ. “ތަވީދެއް އަޅާފައި މީހަކަށް ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާޙަދީޘް ކުރެއްވިއެވެ” މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެހިނދު އޭނާ ދެންނެވިއެވެ. ތިމަން ބަލިކަމުން އަޅާފައިވާ އެއްޗެކެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.” ތިޔަ ނަގާށެވެ!  އޭގެ ސަބަބުން ތިބާއަށް ބަލިމަޑުކަން  އިތުރު ވުން ނޫނީ ނުވާނެއެވެ. ތިބާ އަތުގައި ތިޔަވާ ހާލުގައި ތިބާ މަރުވެއްޖެ ނަމަ ތިބާ ދުވަހަކުވެސް ކާމިޔާބު ނުވާނެއެވެ.”

ތަވީދު އަޅާފައިވަނީ ކީރިތި ޤުރްއާނުން ނުވަތަ މާތް ﷲ ގެ ޞިފުޅުތަކުން ނުވަތަ އެކަލާނގެ އިސްމުފުޅުތަކުން ކަމުގައި ވާނަމަ އެފަދަ އެއްޗެއް އެޅުމާއި މެދު އުންމަތު ސަލަފުންގެ މެދުގައި ޚިލާފެއް ވެއެވެ. ނަމަވެސް އިސްވެދިޔަ ނަބަވީ އިރުޝާދުގައި އެވަނީ ވަކި ބާވަތެއް ތަފާތު ނުކުރައްވައި ޢާންމު ގޮތެއްގައި ތަވީދު އެޅުން ހުއްދަނޫން ކަމުގައި ބަޔާން ކުރައްވާފައެވެ. ވީމާ ތަވީދު އެޅުމަކީ ހުއްދަ ކަމެއް ނޫންކަން ޘާބިތުވެއެވެ.
ރުޤްޔާގެ މާނައަކީ ” ފަރުވާ އަކަށް ނުވަތަ ރައްކާތެރި ކަމަށް ކީރިތި ޤުރްއާން ނުވަތަ ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ގެ ސުންނަތުން ސާބިތުވާ ދުޢާތައް ނުވަތަ އެނޫންވެސް ޝިރުކު ކަމުގައި ނުހިމޭ އެއްޗެއް ކިޔެވުން ނުވަތަ ކިޔަވާފައި ފުމުން ނުވަތަ މެތުރުމެވެ.

އަންނަނިވި ޝަރުޠުތައް ހަމަވާނަމަ ރުޤްޔާ ހުއްދަވެގެން ވާ ކަމަށް ޢިލްމުވެރިން އިޖްމާޢު ވެއެވެ. ” ހ- އެ ކިޔަވާ އެއްޗަކީ ކީރިތި ޤުރްއާން ނުވަތަ މާތް ﷲ ގެ ޞިފަފުޅުތަކާއި އިސްމުފުޅުތައްކަމުގައިވުން. ނުވަތަ ސުންނަތުން ޘާބިތު ޢިބާރާތެއްކަމުގައި ވުން.
ށ- ޢަރަބި ބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެކިޔާ އެއް ޗެއްގެ މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން.
ނ- އެ ކަންމަކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއްނޫންކަމާއި ، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާ ވާނީ މާތް ﷲ ގެ އިޛްނަ ފުޅާއެކު ކަމަށް ފަރުވާ ދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ޤަބޫލު ކުރުމެވެ.

ދެމަފިރިން ލޯބިޖެއްސުމަށް ހަދާ ތިޔަބާވަތުގެ ފަންޑިއަށް ކިޔަނީ އިސްތިރިއެވެ. އެއީ ޢާންމު ގޮތެއްގައި ސިޙުރުގެ ކަމެކެވެ. سنن أبي داود ގައި އަލްބާނީ ޞައްޙަ ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ( إِنَّ الرُّقَي وَالتَّمَائِمَ وَالتِّوَلَةَ شِرْكٌ ) މާނައީ “ހަމަކަށަވަރުން ( ޝިރުކުގެ ޢިބާރާތަކުން ) މެތުރުމާއި ތަވީދު އެޅުމާއި، އިސްތިރި ހެދުމަކީ ޝިރުކުގެ ތެރެއިން ވާ ކަންކަމެވެ” މި ޙަދީޘްފުޅުގައި އެވާ التِّوَلَةَ އަކީ އަންހެނުން އެކަނބަލުންގެ ފިރިންނަށް ލޯބި ޖެއްސުމަށް ޓަކާ ހަދާ އުޅުނު ފަންޑިތައެކެވެ. ވީމާ އެއީ ހުއްދަ ކަމެއް ނޫނެވެ.  والله أعلم

ރާއްޖެއިސްލާމް އިން ނަގާފައި

 

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު