ކޮންމެ ކަމެއްކުރުމުގައިވެސް އަހަރުމެން މުސްލިމުން އެއްކައުވަންތަ ﷲ މަތިން ހަނދާންކުރަންވާނެއެވެ. އަދި އެކަލާންގެ ނަންފުޅު ” بِسْمِ للهِ الرَّحْمٰنِ الرَّحِيْمِ ” އިން ފެށުމީ ހެޔޮގޮތެވެ. މީގެ އިތުރުން ވާރިދުވެގެން އައިސްފައިވާ ދުޢާތަށް ދަސްކޮށް އެ ދުޢާތައް ކިއުމުގައި ދެމިތިބޭ ބަޔަކަށްވާންވާނެއެވެ.   

اَلْحَمْدُ لِلَّـهِ الَّذِيْ كَسَانِيْ هـٰذَا (الثَّوْبَ ) وَرَزَقَنِيْهِ مِنْ غَيْرِ حَوْلٍ مِنِّيْ وَلاَ قُوَّةٍ

Close Ad XGet My Ruqya Android App On Google Play

މާނައީ: “އެންމެހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އެކަލާނގެއީ މިހެދުން މިއަޅާއަށް ލެއްވެވި ރަސްކަލާނގެއެވެ. އަދި މިއަޅާގެ އެއްވެސް ބާރަކާނުލައި މި ހެދުން މިއަޅާއަށް ދެއްވި ރަސްކަލާނގެއެވެ.”

މަސްދަރު: رواه أهل السنن إلاّ النسائي. وذكره الألباني في إرواء الغليل. أخرجه أبو داود وصحه اللأالباني

ޙިޔާލުފާޅުކުރައްވާ

0 ކޮމެންޓު